Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއޭސީއެލް

ރައީސް ޞާލިހުގެ ސަރުކާރުން ހަނިމާދޫގައި ތަރައްގީކުރަން ފެށި އެއަރޕޯޓުގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި

17 އޮކްޓޯބަރު 2025 | ހުކުރު 12:00

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ވަގުތީ އޮޕަރޭޝަންތައް އާ ޓާމިނަލްގެ ގްރައުންޑް ފްލޯއަށް ބަދަލުކޮށްފައިވޭ

މަޚްތޫމް
މަޚްތޫމް | 17 އޮކްޓޯބަރު 2025 | ހުކުރު 12:00
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޕަސިންޖަރ ޓާމިނަލް އިން ހިދުމަތްދެނީ

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޕަސިންޖަރ ޓާމިނަލް އިން ހިދުމަތްދެނީ | އެމްއޭސީއެލް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ހަނިމާދޫގައި ތަރައްގީކުރަން ފެށި އެއަރޕޯޓުގެ އައު ޕަސެންޖަރ ޓާރމިނަލް ބޭނުންކުރަން ފަށައިފިއެވެ.

ޒަމާނީ އައު ޓާރމިނަލްއަކާއި އައު ޑިޒައިނަކާއެކު ތަރައްގީކުރަން ފެށި މި އެއަރޕޯޓުގެ ޕަސެންޖަރ ޓާރމިނަލް ބޭނުންކުރަން ފެށީ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. އެއަރޕޯޓް ބަލަހައްޓާ އެމްއޭސީއެލް އިން ބުނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ވަގުތީ އޮޕަރޭޝަންތައް އާ ޓާރމިނަލްގެ ގްރައުންޑް ފްލޯއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މިއީ ހަނިމާދޫ އިންޓަނޭޝަނަލް ޕްރޮޖެކްޓް އަލުން ތަރައްގީކޮށް ކޯޑް ސީ މަތިންދާބޯޓުތަކަށް މަރުހަބާ ކިޔުމުގެ ތަސައްވުރު ހާސިލްކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް ބުނެފައިވެއެވެ.

Advertisement - newsAdvertisement

އެމްއޭސީއެލްއިން ބުނީ މި ބަދަލުގެ ސަބަބުން ރެސްޓްރިކްޓެޑް ޒޯންގެ ތެރޭގައި ހުރި ސްޓްރަކްޗަރތައް ރައްކާތެރިކަމާއެކު ތަޅާލުމުގެ ފުރުސަތު ލިބިގެންދާއިރު، އެމްސީއޭއޭގެ ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް ރަންވޭ ފުޅާކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އައު ޓާރމިނަލް ހުޅުވުމަށް ނިންމާފައިވަނީ ނޮވެމްބަރު މަހުގައެވެ. މި މަހުގެ ކުރީކޮޅު އައު ޓާރމިނަލް ބޭނުންކުރަން ފެށޭނެކަމަށް ކުރިން އެމްއޭސީއެލްއިން ބުނި ނަމަވެސް ޓާމިރނަލް ބޭނުންކުރަން ފެށުނީ މަސް ދެބައިވި ފަހުންނެވެ.

އިންޑިއާގެ ލައިން އޮފް ކްރެޑިޓެއްގެ ދަށުން ފައިނޭންސްކޮށް، އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސް އިން ކުރިއަށްގެންދާ ހަނިމާދޫ އެއަރޕޯޓުގެ ތަރައްޤީގެ މަޝްރޫޢަކީ ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑެތި އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢުތަކުގެ ތެރެއިން މަޝްރޫއެކެވެ.

މި މަޝްރޫޢުގައި ހިމެނެނީ ބޮޑެތި މަތިންދާބޯޓުތައް ޖެއްސޭ ވަރުގެ 2.7 ކިލޯމީޓަރުގެ ރަންވޭއަކާއި، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށް ފަރުމާކުރެވިފައިވާ އައު ޓާރމިނަލަކާއި، އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި، ކާގޯ ފެސިލިޓީތަކަކާއި، ޒަމާނީ ފިއުލް ފާމެކެވެ.

136 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 2 ބިލިއަން ރުފިޔާ) ގެ އަގު ހުރި މި މަޝްރޫޢަކީ އިންޑިއާއިން ދިވެހިރާއްޖެ އަށް ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ އެގްޒިމް ބޭންކް ލައިން އޮފް ކްރެޑިޓްގެ ބައެކެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދަން ޕްލޭން ކުރެވުނު މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ނިމޭއިރު، އިރު، 2،400 މީޓަރުގެ ރަންވޭއަކާއި، 42،000 އަކަފޫޓުގެ އެޕްރަންއަކާއި، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ 10،500 އަކަފޫޓުގެ ޓާމިނަލްއަކާއި، 3،800 އަކަފޫޓުގެ އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރެއް، އަދި އާމް އަދި ފިއުލް ޖެޓީ ފަދަ ޚާއްޞަ ވަސީލަތްތައް ތަރައްގީ ކުރެވޭނެއެވެ.

މި މަޝްރޫއު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޮއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވޭނެ އެވެ. އަދި މެދުއިރުމައްޗާއި ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އަދި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ވެސް ލިބޭނެއެވެ.

ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިއަށްދިޔަނަމަ ހަނިމާދޫ އެއަރޕޯޓް 2024 ވަނަ އަހަރު އެ މަޝްރޫއު ނިމި ހިދުމަތް ދެވެން ފެށޭނެއެވެ. ނަމަވެސް މި ސަރުކާރު ބަދަލުވެ މި ސަރުކާރުން އައު ތާރީހުތައް ކަނޑައަޅައި މި އަހަރުގެ މާޗް މަހަށް އެއަރޕޯޓުގެ މަސައްކަތް ނިމެނޭކަމަށް ކުރިން ބުނި ނަމަވެސް ސަރުކާރުގެ ދޯހަޅި ސިޔާސަޔަތުތަކާއި އިންޑިއާއައެކު އޮތް ގުޅުން ކުރިން ގޯސްވެފައި އޮތުމުން މި މަސައްކަތް ވަރަށް ބޮޑަށް ލަސްވެގެން ދިޔައެވެ.

ހަނިމާދޫ އެއަރޕޯޓަކީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ޑޮމެސްޓިކް ބޭނުންތަކަށް ތަރައްޤީކުރެވުނު އެއަރޕޯޓެކެވެ. އެއަރޕޯޓުގެ ޚިދުމަތް ފުރަތަަމަ ދޭން ފެށީ 1986 ވަނަ އަހަރުއެވެ. ނަމަވެސް 2012 ވަނަ އަހަރު މި އެއަރޕޯޓު އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ކަނޑައެޅުނެވެ. އެހެންނަމަވެސް، އިންޓަރނޭޝަނަލް އޮޕަރޭޝަންތައް ހިނގަމުން އައީ ހަފްތާއަކު އެއްފަހަރު އިންޑިއާގެ ތިރުވަނަންތަޕޫރަމަށް ކުރާ ދަތުރަކަށް އެކަންޏެވެ. ޒަމާނީ ފެންވަރަށް ހަނިމާދޫގައި ތަރައްގީ ކުރާ އެއަރޕޯޓަކީ އުތުރުގައި މިހާތަނަަށް ތަރައްގީ ކުރާ އެންމެ ފުރިހަމަ އެއަރޕޯޓެވެ.

އެއަރޕޯޓް ހުޅުވުމުން ދެކުނު އޭޝިއާ އިންނާއި، ދެކުނު އިރުމަތީ އޭޝިއާ ގެ އިތުރުން މެދުއިރުމަތިން ސީދާ ފްލައިޓްތައް ދަތުރު ކުރާނެ ކަމަށް ކުރީ ސަރުކާރުން ވަނީ ހާމަ ކޮށްފައެވެ.

އިބްރާހިމް މުހައްމަދު ސޯލިހުރާއްޖެ-އިންޑިއާއެމްއޭސީއެލްހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް

އެންމެ ހިނގާ

1

ވަޒީރު އިހުސާނުގެ "ހަމަހިމޭންކަން" ބުނެދެނީ ކޮންވާހަކަ އެއް؟

2

"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި

3

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

4

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

5

ޓީއެމްއޭގެ ސީޕްލޭނެއް ފުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ކެބިން ކުރޫއަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

24 އޮކްޓޯބަރު 2026

ޕާކިސްތާނާއި ރާއްޖެއާ ދެމެދު ގާއިމުކުރި އެއްބަސްވުންތައް ވަރަށް ގާތުން ބަލައި، އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް އިންޑިއާއިން ބުނެފި

24 އޮކްޓޯބަރު 2026
ޕާކިސްތާނާއި ރާއްޖެއާ ދެމެދު ގާއިމުކުރި އެއްބަސްވުންތައް ވަރަށް ގާތުން ބަލައި، އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް އިންޑިއާއިން ބުނެފި
19 އޮކްޓޯބަރު 2026

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

19 އޮކްޓޯބަރު 2026
އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި
15 އޮކްޓޯބަރު 2026

ރާއްޖޭގައި ހައްޔަރުކުރި އިންޑިއާގެ 26 މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ހައިކޮމިޝަނުން ފަށައިފި

15 އޮކްޓޯބަރު 2026
ރާއްޖޭގައި ހައްޔަރުކުރި އިންޑިއާގެ 26 މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ހައިކޮމިޝަނުން ފަށައިފި
06 އޮކްޓޯބަރު 2026

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

06 އޮކްޓޯބަރު 2026
އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް
19 ސެޕްޓެމްބަރު 2026

ތަރައްގީއަށް ބޭނުންވާ އެހީގެ ކަންތައްތައް ހިނގާ މަގު ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާ މިންވަރަކީ ސުމެއް: ޝާހިދު

19 ސެޕްޓެމްބަރު 2026
ތަރައްގީއަށް ބޭނުންވާ އެހީގެ ކަންތައްތައް ހިނގާ މަގު ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާ މިންވަރަކީ ސުމެއް: ޝާހިދު
19 ސެޕްޓެމްބަރު 2026

މިނިވަންކަމަކީ ރައީސަކު ދެއްވާ ހަދިޔާއެއް ނޫން

19 ސެޕްޓެމްބަރު 2026
މިނިވަންކަމަކީ ރައީސަކު ދެއްވާ ހަދިޔާއެއް ނޫން
18 ސެޕްޓެމްބަރު 2026

ރާއްޖޭގެ ރިޒާވްގައި ހުރީ ދޮޅު މަސް ދުވަހުގެ އިމްޕޯޓަށް ބޭނުންވާ ފައިސާ

18 ސެޕްޓެމްބަރު 2026
ރާއްޖޭގެ ރިޒާވްގައި ހުރީ ދޮޅު މަސް ދުވަހުގެ އިމްޕޯޓަށް ބޭނުންވާ ފައިސާ
17 ސެޕްޓެމްބަރު 2026

މުއްދަތު އިތުރުކޮށް ނުދިނުމުން ސްޓޭޓް ބޭންކް އޮފް އިންޑިއާ އަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ އެންމެ ފަހު ޓްރެޜަރީ ބިލް ދައްކައިފި

17 ސެޕްޓެމްބަރު 2026
މުއްދަތު އިތުރުކޮށް ނުދިނުމުން ސްޓޭޓް ބޭންކް އޮފް އިންޑިއާ އަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ އެންމެ ފަހު ޓްރެޜަރީ ބިލް ދައްކައިފި
16 ސެޕްޓެމްބަރު 2026

50 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކަން މަޖުބޫރުވެ، ޒަރޫރީ ތަކެތި އެތެރެކުރުމަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި

16 ސެޕްޓެމްބަރު 2026
50 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކަން މަޖުބޫރުވެ، ޒަރޫރީ ތަކެތި އެތެރެކުރުމަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި
06 ސެޕްޓެމްބަރު 2026

ތިލަފުށީ ބަނދަރު ޗައިނާއަށް ދިނުމަކީ އިންޑިއާގެ ކަންބޮޑުވުން އޮންނާނެ ކަމެއް: ރިޕޯޓް

06 ސެޕްޓެމްބަރު 2026
ތިލަފުށީ ބަނދަރު ޗައިނާއަށް ދިނުމަކީ އިންޑިއާގެ ކަންބޮޑުވުން އޮންނާނެ ކަމެއް: ރިޕޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް