Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުންފުނިތައް ނުހިނގުން

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025 | ހުކުރު 06:46

ސަރުކާރުން ބަޖެޓް ފާސްކޮށް ދީފައި އޮތް ނަމަވެސް މަސައްކަތްތައް އެ ބަޖެޓާއި އެއްގޮތަށް ނުހިނގާކަމަށް އަމްރު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 17 އޮކްޓޯބަރު 2025 | ހުކުރު 06:46
އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު

އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އޮތީ މިހާރު ބަނގުރޫޓުވެފައި ކަމަށާއި މި ސަރުކާރުން ދަނީ އެކަން ފޮރުވަމުން ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އެމްޓީސީސީގެ ކިބައިގައި ބިން ހިއްކުމުގެ ޤާބިލްކަން ނެތް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް އެއާޕޯޓްސް ކުންފުންޏާއި ހަވާލުކުރުމަށް ވަނީ ނިންމަވާފައެެވެ. ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަމްރު ވަނީ މި ސަރުކާރަށް ކުންފުނިތައް ރަނގަޅަށް ނުހިންގޭކަން ފާހަގަކުރައްވާ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މީގެ އިތުރުން، ސަރުކާރަށް ކަންކަން ކުރުމަށް ބޭނުންވާ ބަޖެޓް ފާސްކޮށް ދީފައި އޮތް ނަމަވެސް އެ މަސައްކަތްތައް އެ ބަޖެޓާއި ގޮތަށް ނުހިނގާ ކަމަށް އަމްރު ވިދާޅުވިއެވެ. 50 ބިލިއަން ރުފިޔާގެ ބަޖެޓެއް ދީފައި އޮތް ނަމަވެސް އެއީ ވަކި ވަކި ޕްރޮޖެކްޓްތަކަށް އެލޮކޭޓް ކޮށްގެން ދީފައިވާ ބަޖެޓެއް ނޫން ކަމަށް އަމްރު ވިދާޅުވިއެވެ. އަމްރު ވިދާޅުވީ އެއީ ރައީސް ޑރ.މުހައްމަދު މުއިއްޒު ބޭނުން ގޮތަކަށް ހޭދަކުރަން މަޖިލީހުން ދީފައިވާ ބަޖެޓެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެހެންނަމަ ވެސް އެމްޓީސީސީ ފަދަ މަޝްރޫޢުތައް ހިންގަން އޮތް ކުންފުނިތައް ވެސް ނުހިނގާ ކަން އަމްރު ވަނީ ފާހަގަކުރައްވާފައެވެ. ނަތީޖާ އަކީ އެމްޓީސީސީ އަށް ބިން ހިއްކަން ހަވާލުކުރުމުގެ ބަދަލުގައި އެއާޕޯޓްސް ކުންފުންޏަށް ބިން ހިއްކަން ހަވާލުކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް އަމްރު ވިދާޅުވިއެވެ.

"ބައިވަރު އެއާޕޯޓްތައް ލޮސްގަ ހަދަން މި ހަވާލުކުރަނީ އެމްއޭސީއެލް އާއި. އަދި އެއާޕޯޓްތައް ލޮސްގައި އޮތް ތަންތަން ހަވާލުކޮށްފި އެ ކުންފުންޏާއި. ވީއައިއޭ ނޫން ހުރިހާ އެއާޕޯޓަކުން ވަނީ ގެއްލުން. އެތަންތަން އެއާޕޯޓްސް ކޮމްޕެނީ އާއި ހަވާލުކޮށްފި. މިކަހަލަ ލޮސްގަ ކުރަން ޖެހޭ ކަންކަން މި ވަނީ އެއާޕޯޓްސް ކޮމްޕެނީ އާއި ހަވާލުކޮށްފަ." އަމްރު ވިދާޅުވިއެވެ.

އެމްއޭސީއެލް އިން ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ އުޅަނދުތައް ހޯދުމަށް ބޮޑެތި ޚަރަދުތަކެއް ހިނގާނެ ކަަމަށް އަމްރު ވިދާޅުވިއެވެ. އަދި އެ ކަމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް އެމްއޭސީއެލް އިން ހޭދަ ކުރުމަކީ ރަނގަޅު ގޮތް ނޫން ކަމަށާއި އެކަމުގެ ގެއްލުން ލިބޭނީ އާއްމުންނަށް ކަމަށް އަމްރު ވިދާޅުވިއެވެ. އަދި ކުންފުނިތަކުގެ ހިންގުން ހަރުދަނާ ނޫން ކަމަށް ފާހަގަކުރައްވާ އެކަމަށް ވެސް އަމްރު ވަނީ ފާޑު ވިދާޅުވެފައެވެ. މިކަމުގެ ނަތީޖާ އަކަށް ވާނީ މުޅި ބަޖެޓަށް އޭގެ އަސަރުކޮށް އަސާސީ ކަންކަމަށް ހޭދަ ކުރަން އޮންނަ ބަޖެޓުން އެހެނިހެން ކަންކަން ކުރަން ޖެހުން ކަމަށް އަމްރު ވިދާޅުވިއެވެ.

އެމްޓީސީސީރައީސް މުއިއްޒުއެމްއޭސީއެލްބިންހިއްކުންހުސެއިން އަމްރު

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ގައިންގަޔަށް ނާރާ ބަލިތައް ކަންބޮޑުވާ މިންވަރަށް ދަނީ އިތުރުވަމުން، އިމްޕޯޓު ކުރާ ހުރިހާ އެއްޗެއް ޓެސްޓު ކުރެވޭނެ ގޮތަށް ލެބޯޓްރީއެއް ގާއިމް ކުރަންޖެހޭ: އަމްރު

12 ޑިސެމްބަރު 2025
ގައިންގަޔަށް ނާރާ ބަލިތައް ކަންބޮޑުވާ މިންވަރަށް ދަނީ އިތުރުވަމުން، އިމްޕޯޓު ކުރާ ހުރިހާ އެއްޗެއް ޓެސްޓު ކުރެވޭނެ ގޮތަށް ލެބޯޓްރީއެއް ގާއިމް ކުރަންޖެހޭ: އަމްރު
12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
06 ޑިސެމްބަރު 2025

އުނގޫފާރުގެ ބިން ހިއްކި ސަރަހައްދުގައި ރިވެޓްމަންޓް ނުޖަހާ ހުރުމުގެ ސަބަބުން ނެރު ތިލަވެ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް

06 ޑިސެމްބަރު 2025
އުނގޫފާރުގެ ބިން ހިއްކި ސަރަހައްދުގައި ރިވެޓްމަންޓް ނުޖަހާ ހުރުމުގެ ސަބަބުން ނެރު ތިލަވެ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް