Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއޭސީއެލް

އެމްއޭސީއެލް އިން ބިންހިއްކަން ނިންމި ހިސާބުން އެއީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށް ބުނެ ފާޑުކިޔާފައި ވަނިކޮށް ރިޔާޒް ކުންފުނީގެ ބޯޑުން ވަކި ކޮށްފި

22 އޮކްޓޯބަރު 2025 | ބުދަ 12:30

ބޮޑެތި މާލީ ޒިންމާތަކެއް ކުންފުންޏަށް އަދާ ކުރަން ޖެހިފައިވާއިރު ތަނުގެ މަގްސަދާ ނުގުޅޭ ޕްރޮޖެކްޓްތައް ނެގުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން

ރާއްޖެ އެމްވީ | 22 އޮކްޓޯބަރު 2025 | ބުދަ 12:30
މުހައްމަދު ރިޔާޒް

މުހައްމަދު ރިޔާޒް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މަގްސަދުތަކާ ޚިލާފުވެ ކުންފުނި ނުބައި މިސްރާބަކަށް ދާ ކަމަށް ފާޑު ވިދާޅުވުމުން ކުންފުނީގެ ބޯޑުން މުހައްމަދު ރިޔާޒް (ލެޓްސް ގޯ ރިޔާޒް) ސަރުކާރުން ވަކި ކޮށްފިއެވެ.

ރިޔާޒް އެމްއޭސީއެލް ގެ ބޯޑުން ވަކިކުރިކަން އަންގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އޭނާ އަށް ސިޓީ ފޮނުވީ އޮކްޓޯބަރު 18، ގަ އެވެ. ރިޔާޒް ވަނީ އެކަން މި ނޫހަށް ކަށަވަރު ކޮށްދެއްވާފައެވެ.

Advertisement - newsAdvertisement

މިކަމާ ބެހޭ ގޮތުން ރާއްޖޭން ބޭރުގައި ހުންނަވާ މި ނޫހާ ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ، އެމްއޭސީއެލް އިން މިހާރު ކުރަމުންދާ ކަންކަމުގެ ސަބަބުން ކުންފުނީގެ ކުރިމަގާ މެދު ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމުގައެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރު ރިޔާޒް ވިދާޅުވީ، ބިން ހިއްކުން ފަދަ މަސައްކަތްތަކަކީ އެމްއޭސީއެލް ގެ ތަޖުރިބާ އާއި ގާބިލުކަން ހުރި ދާއިރާ އެއް ނޫން ކަމަށާއި، އަދި އެކަމަށް ބޭނުންވާ މާލީ ތަނަވަސްކަން ވެސް ކުންފުނީގައި ނެތް ކަން ބޯޑު ބައްދަލުވުން ތަކުގައި ފާހަގަ ކޮށްފައިވާނެ ކަމުގައެވެ. އަދި އެއީ ކުންފުނިން ކުރަން ޖެހޭ ކަންކަމެއް ނޫން ކަން ވެސް އޭނާ އެތައް ފަހަރަކު ފާހަގަ ކުރައްވާފައިވާނެ ކަމުގައެވެ.

އޭނާ ވިދާޅުވީ، ސަރުކާރުން ހިތްހަމަ ނުޖެހެނީ ހަގީގަތައް، ކަން އޮތް ގޮތައް ވާހަކަ ދައްކާތީ ކަމަށެވެ.

"ކިހިނެއްތޯ އަމިއްލަ ބުއްދި ގަބޫލު ނުކުރެވޭ ކަންކަމަށް އެއްބަސްވާނި؟" ރިޔާޒް ވިދާޅުވިއެވެ.

އޭނާ އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި، އެމްއޭސީއެލްގެ ކޮނޑުގައި އެޅިފައިވާ މާލީ ޒިންމާތައް އެހާ ބޮޑު އިރު އަދި ދާދި ފަހުން ޑޮމެސްޓިކް އެއަރޕޯޓްތައް އެ ކުންފުންޏާ ހަވާލު ކޮށްފައި ވުމުން އެ ޒިންމާ ތައް އިތުރަށް ބޮޑު ވެފައިވާ ކަމުގައެވެ.

"ޑޮމެސްޓިކް އެއަރޕޯޓް ތަކަކީ ފައިދާވާ ތަންތަން ނޫންކަން އެންމެންނަށް ވެސް އެނގޭ، ސަރުކާރުން އެދުމުން އެތައްތަން ހިންގުމުގެ ޒިންމާ ވެސް އެމްއޭސީއެލް އިން ނެގީ، އެކަމަކު އެތަންތަން ހިންގަންވެސް އިތުރަށް ފައިސާ ބޭނުންވާނެ، އެއީ ވެސް ކުންފުންޏަށް އުފުލަން ޖެހޭ އިތުރު ބުރައެއް، އިތުރަށް އާމްދަނީ އެއް ލިބޭނެ މަގެއް އަދި ސަރުކާރުން ދައްކާފައެއް ނެތް" ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ރިޔާޒް ފާހަގަ ކުރެއްވީ، އަލަށް ތަރައްގީ ކުރި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އަންނަ ނޮވެމްބަރުގައި ހުޅުވާ އިރު އެތަނަށް ވެސް އަދި ގިނަ ފްލައިޓްތަކެއް އޮޕަރޭޓް ކުރާނެ އިންތިޒާމު ތަކެއް ހަމަ ޖެހިފައި ނެތުމާއެކު، އެކަން އެހެން ހަމަ ޖެހެންދެން ޚަރަދުތައް ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށެވެ.

"މި ހުރިހާ ކަމެއް ހުރި އިރު އެމްއޭސީއެލް އިން މިހާރު މިއުޅެނީ މުޅިން އެހެން ކަމެއްގައި، އިހަށް ދުވަހު އައު ޓާމިނަލް އެއް ހުޅުވީ، އެ ވެސް ލޯނެއް، ރަންވޭ ތަރައްގީ ކުރީ ވެސް ލޯނަކުން، އެމްއޭސީއެލް އަށް އަދާ ކުރަން ޖެހޭ ލޯނުތައް އެބަހުރި އާމްދަނީ މައިގަނޑު ގޮތެއްގައި ލިބެނީ ތެޔޮ ވިއްކައިގެން، އެތަނުގެ އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ނުހޯދައި އަނެއްކާ ވެސް ސަރުކާރުގެ މަޝްރޫއުތައް ހިންގަން އެމްއޭސީއެލް އިން ޒިންމާ ނަގަން ޖެހެނީ، ކިހިނެއް މިކަން ކުރާނީ މިގޮތައް؟،" ރިޔާޒް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ގެންދަވަނީ ވައުދު ފުއްދުމުގެ ނަމުގައި ވަޑައިގަންނަވާ ކޮންމެ ރަށެއްގައި އެތައް މަޝްރޫއުތަކެއް ފަށަމުންނެވެ. އެ ގޮތުން ފަށާ އެތައް މަޝްރޫއެއް އެމްއޭސީއެލް އަށް ހަވާލު ކުރާ މަންޒަރު މިހާރު ވަނީ އާންމު ކަމަކަށް ވެފައެވެ. އޭގެތެރޭގައި 63 ރަށެއްގައި ފިޓްނަސް ސެންޓަރު އެޅުމާއި ބިން ހިއްކުމާއި ރިސޯޓް ތަރައްގީ ކުރުން ފަދަ ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިމެނެ އެވެ.

ރަސްމާލޭގެ އިތުރުން މާލެ ސަރަހައްދުގައި ހިއްކަން ފަށައި ނުނިމި ހުރި ހުޅުމާލެ ފޭސް ތިނެއް، ގިރާވަރުފަޅު، އަދި އުތުރު ތިލަފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ރައީސް މުއިއްޒު ވަނީ އެމްއޭސީއެލް އާ ހަވާލު ކުރައްވާފައެވެ.

ބިން ހިއްކުމާއި އުމްރާނީ މަސައްކަތްތައް ގިނަވެ އެމްއޭސީއެލް ގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް މި މަހުގެ ހަ ވަނަ ދުވަހު ޕެނިންސިއުލާ އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑް ގެ ނަމުގައި ސަބްސިޑިއަރީ ކުންފުންޏެއް ވެސް އެމްއޭސީއެލް އިން ވަނީ އުފައްދާފައެވެ.

ރިޔާޒް ވިދާޅުވީ، އަލަށް އުފެއްދި ކުންފުންޏަކީ ވެސް ނަން ތަފާތު ވިޔަސް ހަމަ އެމްއޭސީއެލް ގެ އިސް މުވައްޒަފުން ހަރަކާތްތެެރިވާ ގޮތައް އެ ކުންފުނީގެ ވަސީލަތްތައް ބޭނުން ކޮށްގެން ހިންގާ ގޮތައް އުފައްދާފައިވާ ކުންފުންޏެއް ކަމުގައެވެ.

ރިޔާޒް ވިދާޅުވީ ވިޔަފާރި އެއް ކޮޅަށް ޖެހޭނީ އެ ވިޔަފާރިއަކާ ބެހޭ ގާބިލުކަން އެތަނެއްގައި ހުރެގެން ކަމަށެވެ.

"އެމްއޭސީއެލް ގެ އެކްސްޕަޓީޒް ހުރީ އެއަރޕޯޓް ހިންގުމަށާއި އޭވިއޭޝަން ދާއިރާ އިން، ތަންތަން ހިއްކަން ދައުލަތުން އެބަހުރި އެހެން ކުންފުނިތައް ހަދާފައި، އެމްއޭސީއެލް ގެ ދަށަށް ބިން ހިއްކުން އައިމަ ބުއްދި ގަބޫލެއް ނުކުރެވޭ،" ކުންފުނީގެ ސިޔާސަތުތަކާ ޚިޔާލު ތަފާތުވުން އުފެދުނު ސަބަބު ސާފު ކޮށްދެއްވަމުން ރިޔާޒް ވިދާޅުވިއެވެ.

އޭނާގެ ނަޒަރުގައި އެމްއޭސީއެލް މިހާރު ހިނގަމުންދަނީ އެއްވެސް ގޮތަކަށް ކުންފުނި އުފެއްދި މަގްސަދުތަކާ އެއް ގޮތައް ދިވެހިންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ނޫނެވެ.

އަލަށް އުފައްދާ ކުންފުންޏަށް ފައިނޭންސް ކުރުމަށް ހަމަ ޖައްސާފައިވާ ގޮތެއް މިހާތަަނަށް ސަރުކާރުން ހާމަ ކޮށްފައި ނުވާ އިރު ރިޔާޒު ވިދާޅުވީ އެ ކުންފުންޏަށް ވެސް ފައިސާ ހޯދާނެ އިތުރު ގޮތެއް އަދި ފެނިފައި ނުވާ ކަމުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން އެމްއޭސީއެލް އާ އެކު ސޮއި ކުރި ފިޓްނަސް ސެންޓަރުތައް ހެދުމަށް އެކަނި ވެސް 327 މިލިއަން ރުފިޔާ ކުންފުނިން ހޭދަ ކުރަން ޖެހޭނެއެވެ.

ސަރުކާރުގެ މަޝްރޫއުތަކުގައި ކުންފުނިން ސޮއި ކުރަމުން ގެންދަނީ ބޯޑު ގެ ބަހެއް ނެތި ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފައެވެ.

އެމްއޭސީއެލްގެ ބޯޑުގައި މިހާރު ތިއްބެވީ ޗެއާޕާސަން އައިޝާ ނޫރްއައިން ޖަނާހް އާއި އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި ސަހާ ވަހީދާއި އިބްރާހިމް ސިޔާދު ގާސިމާއި މުހައްމަދު މިހާދު އަދި އިބްރާހިމް މަހުދީ އެވެ.

މުހައްމަދު ރިޔާޒްއެމްއޭސީއެލްޕެނިންސިއުލާ އިންފްރާސްޓްރަކްޗަރ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2025

ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު

23 އޮކްޓޯބަރު 2025
ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު
21 އޮކްޓޯބަރު 2025

އެމްއޭސީއެލްއާއި ހަވާލުކުރީ 5 ތަރީގެ ރިސޯޓަކާއި ހޮޓެލް ސްކޫލެއް ތަރައްގީކުރަން

21 އޮކްޓޯބަރު 2025
އެމްއޭސީއެލްއާއި ހަވާލުކުރީ 5 ތަރީގެ ރިސޯޓަކާއި ހޮޓެލް ސްކޫލެއް ތަރައްގީކުރަން
21 އޮކްޓޯބަރު 2025

މި ސަރުކާރުން ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައި އޮތް ކައްދޫ އެއަރޕޯޓް ތަރައްގީކުރަން އެމްއޭސީއެލްއާ ވެސް ހަވާލުކޮށްފި

21 އޮކްޓޯބަރު 2025
މި ސަރުކާރުން ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައި އޮތް ކައްދޫ އެއަރޕޯޓް ތަރައްގީކުރަން އެމްއޭސީއެލްއާ ވެސް ހަވާލުކޮށްފި
17 އޮކްޓޯބަރު 2025

ރައީސް ޞާލިހުގެ ސަރުކާރުން ހަނިމާދޫގައި ތަރައްގީކުރަން ފެށި އެއަރޕޯޓުގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި

17 އޮކްޓޯބަރު 2025
ރައީސް ޞާލިހުގެ ސަރުކާރުން ހަނިމާދޫގައި ތަރައްގީކުރަން ފެށި އެއަރޕޯޓުގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
14 އޮކްޓޯބަރު 2025

ބިލެތްފަހީގެ އެއަރޕޯޓުގެ ބިންހިއްކަން ކުރިން ހަވާލު ކުރި ކޮންޓްރެކްޓަށް ވީ ގޮތެއް ނޭނގޭ، ދެ އަހަރު ފަހުން އަލުން އެ މަސައްކަތް އެމްއޭސީއެލް އާ ހަވާލު ކޮށްފި!

14 އޮކްޓޯބަރު 2025
ބިލެތްފަހީގެ އެއަރޕޯޓުގެ ބިންހިއްކަން ކުރިން ހަވާލު ކުރި ކޮންޓްރެކްޓަށް ވީ ގޮތެއް ނޭނގޭ، ދެ އަހަރު ފަހުން އަލުން އެ މަސައްކަތް އެމްއޭސީއެލް އާ ހަވާލު ކޮށްފި!
09 އޮކްޓޯބަރު 2025

ނޮވެމްބަރު 9 ގައި ހަނިމާދޫ އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވަނީ

09 އޮކްޓޯބަރު 2025
ނޮވެމްބަރު 9 ގައި ހަނިމާދޫ އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވަނީ
26 ސެޕްޓެމްބަރު 2025

މި ސަރުކާރުގައި އެމްއޭސީއެލް ވަނީ ފެނަކައާ އެއް ދަރަޖައަކަށް ވައްޓާލާފައި: އަމްރު

26 ސެޕްޓެމްބަރު 2025
މި ސަރުކާރުގައި އެމްއޭސީއެލް ވަނީ ފެނަކައާ އެއް ދަރަޖައަކަށް ވައްޓާލާފައި: އަމްރު
24 ސެޕްޓެމްބަރު 2025

ވީއައިއޭ ޕާކިން ޒޯން ކައިރީ އޮންނަ މަގުން އެއްކޮޅަށް ދުއްވޭ ގޮތަށް ހަދައި، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް

24 ސެޕްޓެމްބަރު 2025
ވީއައިއޭ ޕާކިން ޒޯން ކައިރީ އޮންނަ މަގުން އެއްކޮޅަށް ދުއްވޭ ގޮތަށް ހަދައި، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް
08 ސެޕްޓެމްބަރު 2025

މިއަދު ފަސް ގަޑިއިރަށް ސިނަމާލެ ބުރިޖުގެ އެއް ލޭނު ބަންދު ކުރަނީ

08 ސެޕްޓެމްބަރު 2025
މިއަދު ފަސް ގަޑިއިރަށް ސިނަމާލެ ބުރިޖުގެ އެއް ލޭނު ބަންދު ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް