Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިލެތްފަހި

ބިލެތްފަހީގެ އެއަރޕޯޓުގެ ބިންހިއްކަން ކުރިން ހަވާލު ކުރި ކޮންޓްރެކްޓަށް ވީ ގޮތެއް ނޭނގޭ، ދެ އަހަރު ފަހުން އަލުން އެ މަސައްކަތް އެމްއޭސީއެލް އާ ހަވާލު ކޮށްފި!

14 އޮކްޓޯބަރު 2025 | އަންގާރަ 12:18

މުއިއްޒު ވިދާޅުވީ އެމްއޭސީއެލް އިން އިންވެސްޓް ކޮށްގެން އެއަރޕޯޓު އަޅައި އޮޕަރޭޓްކުރުން ކުރިއަށް ގެންދާނެ ކަމަށް

ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2025 | އަންގާރަ 12:18
އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އަށް ބިލެތްފަހިން މަރުހަބާ ކިޔަނީ

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އަށް ބިލެތްފަހިން މަރުހަބާ ކިޔަނީ

ށ. ބިލެތްފަހީގަައި އަޅަން ނިންމާފައިވާ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް ދެވަނަ ފަހަރަށް ބަޔަކާ ހަވާލު ކޮށްފިއެވެ.

ހޯމަ ދުވަހު އެރަށުގައި އޮތް ރަސްމިއްޔާތެއްގައި މަސައްކަތް މި ފަހަރު ހަވާލު ކުރީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ އެވެ.

Advertisement - newsAdvertisement

މުއިއްޒު ވިދާޅުވީ މަޝްރޫޢު އެމްއޭސީއެލް އާ ހަވާލު ކުރީ އެކުންފުނިން އިންވެސްޓް ކޮށްގެން، އެ ކުންފުނީގެ ޕްރޮޖެކްޓެއް ގޮތުގައި މި މަޝްރޫޢު ކުރިއަށް ގެންދާ ގޮތައް ކަމުގައެވެ. އަދި އެއަރޕޯޓު އަޅައި، އަދި ފަހުން ނިމުމަށްފަހު އޮޕަރޭޓް ކުރުން ވެސް އެ ކުންފުނިން ކުރިއަށް ގެންދާނެ ކަމަށެވެ.

ބިލެތްފައްސަށް މުއިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ވަޑައިގަތެވެ. އެ ގޮތުން 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުހެ 17 ވަނަ ދުވަހު އެރަށަށް ވަޑައިގެން، އެއަރޕޯޓުގެ އެޅުމުގެ މުހިންމު ކަމުގެ ވާހަކަ އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި އެވެ.

މުޢިއްޒު އެ ދަތުރުފުޅުގައި ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގައި ކަންކަން ކުރައްވާނީ މިހާރުގެ ސަރުކާރާ ޚިލާފަށް މާ ހަރުދަނާ ގޮތެއްގައި، މާ އަވަސް ސްޕީޑެއްގައި ކަމަށެވެ.

އަދި އެމަނިކުފާނު އިންތިޚާބު ވެއްޖެނަމަ، މިހާރު އެ ރަށުގައި ކުރިއަށްދާ އެއަރޕޯޓު މަޝްރޫއު ހުއްޓާނުލާނެކަމުގެ ޔަޤީންކަންވެސް މުއިއްޒު ދެއްވިއެވެ.

މުއިއްޒު އެ ދަތުރުފުޅުގައި ބިލެތްފައްސަށް ވަޑައިގެންނެވި އިރު، އެރަށުގައި އެއަރޕޯޓު އެޅުމަށް ބިން ހިއްކުމަށް ބަޔަކަށް މަސައްކަތް އޮތީ ރައީސް ސާލިހް ސަރުކާރުން ހަވާލު ކޮށްފައެވެ.

2023 ވަނަ އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހު ބިލެތްފަހި ފަޅުގައި އެއަރޕޯޓެއް އެޅުމަށް 56.34 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރީ ސަރުކާރުގެ ޕްލޭނިންގ މިނިސްޓްރީ އިން ހަވާލު ކުރީ ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއެވެ.

ބިލެތްފަހި އެއާޕޯޓް ހަދަން ބޭނުންވާ ބިން ހިއްކަން ބަޔަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު

ބިލެތްފަހި އެއާޕޯޓް ހަދަން ބޭނުންވާ ބިން ހިއްކަން ބަޔަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު

ކުރިން ބިލެތްފަހީގައި ބިންހިއްކަން ހަވާލު ކުރި މަސައްކަތް ހުއްޓާ ނުލާނެ ކަމަށް މުއިއްޒު ވިދާޅުވެފައި އޮތް ނަމަވެސް ދެވަނަ ފަހަރަށް ބިން ހިއްކުމުގެ މަސައްކަތް ބަޔަކާ ހަވާލު ކުރި އިރު، ކުރިން މި މަސައްކަތް ހަވާލު ކުރި ކޮންޓްރެކްޓަށް ވީ ގޮތެއް ސާފެއް ނުވެއެވެ. ހަމަ އެކަނި ވިދާޅުވި އެއްޗަކީ އެކި ސަބަބުތަކާ ހުރެ އެކަން އޮތީ ނުވެފައި ކަމުގައެވެ.

"ކުރިންވެސް ތިޔަބޭފުޅުންނަށް، ރަށުގެ ރައްޔިތުންނަށް މިކަމުގައި އެކިކަހަލަ ވަޢުދުތައް، ނޫނީވިއްޔާ ކަންތައްތައް ކުރުމުގެ އެކިކަހަލަ މަސައްކަތްތަކެއް ކުރެވިފައި އެބަހުރިކަން އަޅުގަނޑަށް އެނގޭ. އެހެން ނަމަވެސް، މިއަދާ ހަމައަށް އައިއިރުގައި، އެކި ސަބަބުތަކާ ހެދި މިކަންކަމެއް ނެތް، މި މަޝްރޫޢު ކުރިއަށް ގެންދިޔުމުގައި ކާމިޔާބު ކުރެވިފައެއް."

ބިލެތްފަހީގެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި އެ ތަން ހިންގުމުގެ އެއްބަސްވުމުގައި އެމްއޭސީއެލްގެ އެމްޑީ ޝަރީފު އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުޝާމް ސޮއި ކުރަނީ

ބިލެތްފަހީގެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި އެ ތަން ހިންގުމުގެ އެއްބަސްވުމުގައި އެމްއޭސީއެލްގެ އެމްޑީ ޝަރީފު އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުޝާމް ސޮއި ކުރަނީ

މިފަހަރު ބިންހިއްކުން ހަވާލު ކުރެއްވި އެމްއޭސީއެލް އަކީ މީގެ ކުރިން ދުވަހަކު ވެސް ބިންހިއްކުމުގެ މަޝްރޫއެއް ހިންގާފައި ނުވާ ކުންފުންޏެއް ކަން ފާހަގަ ކުރެވެއެވެ. އެމްއޭސީއެލް އަކީ އިންވެސްޓްމަންޓް ކުންފުންޏަކަށް ނުވާއިރު، ބިން ހިއްކުމާ އެއަރޕޯޓް ތަރައްގީ ކުރުމަށް އެ ކުންފުނިން ފައިސާ ހޯދާ ގޮތެއް ހާމަ ކޮށްފައެއް ނުވެއެވެ. އަދި އެކަމަށް ހޭދަވަނީ ކިހާ ވަރެއް ކަމެއް ވެސް ހާމަ ކޮށްފައެއް ނުވެއެވެ.

މިފަހަރު ވެސް މުއިއްޒު ވިދާޅުވީ، "ރަށުގެ އެއަރޕޯޓު ޤާއިމުކުރުމުގެ މަސައްކަތް، އެއްވެސް މަޑުޖެހުމެއްނެތި، ވަރަށް ފުރިހަމަ ކަމާ އެކީގައި ކުރިއަށް ގެންގޮސް، ނިންމައިދޭނެ ...ޔަޤީންކަން ރަށުގެ ލޮބުވެތި ރައްޔިތުންނަށް." އަރުވާ ކަމުގައެވެ.

ކުރީ ސަރުކާރުން އެއަރޕޯޓު އެޅުމަށް ހިއްކަން ނިންމާފައި ވަނީ 56.34 ހެކްޓަރު ކަމަށް ވީ ނަމަވެސް އެމްއޭސީއެލް އާ މުއިއްޒު ސަރުކާރުން ހަވާލު ކުރިީ ގާތްގަނޑަކަށް 36 ހެކްޓަރުގެ ބިން ހިއްކާށެވެ.

މުއިއްޒު ވިދާޅުވީ، ބިން ހިއްކުމުގެ މަސައްކަތް މިއަދުން ފެށިގެން، ގިނަވެގެން 8 މަސް ދުވަހުގެ ތެރޭގައި ނިމިގެންދާ ތަން، ރަށުގެ ރައްޔިތުންނަށް ފެންނާނެ ކަމަށާއި އެއްވެސް ކަހަލަ މަޑުޖެހުމެއް، ލަސްވުމެއް ނާންނާނެ ކަމުގައެވެ.

"މިއީ ވަރަށް ސާފުކޮށް އަޅުގަނޑު ދަންނަވާ ވާހަކައެއް. މި ދެންނެވިހެން މިކަން ދާނެ. އަދި އެއާއެކީގައި، އެއަރޕޯޓުގެ ތަރައްޤީގެ މަސައްކަތް، އެ ހުރިހާ މަސައްކަތެއް، ރަންވޭ އާއި، ދެން ހުރިހާ ކަމެއް ހިމެނޭހެން، ފުލް ޕްރޮޖެކްޓް، މުޅި މަޝްރޫޢު މިއަދުން ފެށިގެން، ގިނަވެގެން ދެ އަހަރާއި ބައި، 30 މަސް ދުވަހުގެ ތެރޭގައި ނިންމައި، އެއަރޕޯޓު ހުޅުވާނަން. ގިނަވެގެން 30 މަސް." މުއިއްޒު ވިދާޅުވިއެވެ.

ބިލެއްފަހިއެމްއޭސީއެލްއެއަރޕޯޓްބިންހިއްކުން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އުނގޫފާރުގެ ބިން ހިއްކި ސަރަހައްދުގައި ރިވެޓްމަންޓް ނުޖަހާ ހުރުމުގެ ސަބަބުން ނެރު ތިލަވެ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް

06 ޑިސެމްބަރު 2025
އުނގޫފާރުގެ ބިން ހިއްކި ސަރަހައްދުގައި ރިވެޓްމަންޓް ނުޖަހާ ހުރުމުގެ ސަބަބުން ނެރު ތިލަވެ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް
01 ޑިސެމްބަރު 2025

"ބެލްޖިއަމް ގެ ކުންފުންޏަކުން ރަސްމާލެ ހިއްކަމުން ދަނީ ތިމާވެށީގެ ރައްކައުތެރި ކަމަށް އެއްވެސް ބެލުމެއް ނެތި"

01 ޑިސެމްބަރު 2025
"ބެލްޖިއަމް ގެ ކުންފުންޏަކުން ރަސްމާލެ ހިއްކަމުން ދަނީ ތިމާވެށީގެ ރައްކައުތެރި ކަމަށް އެއްވެސް ބެލުމެއް ނެތި"
26 ނޮވެމްބަރު 2025

ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުން އަންނަ މަހު ނިމޭއިރު، ގިރާވަރު ފަޅުގެ މަޝްރޫއު މަރޗު މަހުގެ ތެރޭގައި ނިމޭނެ: ރައީސް މުއިއްޒު

26 ނޮވެމްބަރު 2025
ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުން އަންނަ މަހު ނިމޭއިރު، ގިރާވަރު ފަޅުގެ މަޝްރޫއު މަރޗު މަހުގެ ތެރޭގައި ނިމޭނެ: ރައީސް މުއިއްޒު
12 ނޮވެމްބަރު 2025

އެމްޑީޕީ ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރި، ކ. ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު، ނިންމުން ރައީސް މުއިއްޒު ފާހަގަކޮށްފި

12 ނޮވެމްބަރު 2025
އެމްޑީޕީ ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރި، ކ. ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު، ނިންމުން ރައީސް މުއިއްޒު ފާހަގަކޮށްފި
23 އޮކްޓޯބަރު 2025

ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު

23 އޮކްޓޯބަރު 2025
ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު
22 އޮކްޓޯބަރު 2025

އެމްއޭސީއެލް އިން ބިންހިއްކަން ނިންމި ހިސާބުން އެއީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށް ބުނެ ފާޑުކިޔާފައި ވަނިކޮށް ރިޔާޒް ކުންފުނީގެ ބޯޑުން ވަކި ކޮށްފި

22 އޮކްޓޯބަރު 2025
އެމްއޭސީއެލް އިން ބިންހިއްކަން ނިންމި ހިސާބުން އެއީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށް ބުނެ ފާޑުކިޔާފައި ވަނިކޮށް ރިޔާޒް ކުންފުނީގެ ބޯޑުން ވަކި ކޮށްފި
21 އޮކްޓޯބަރު 2025

ލާމުގައި ދެވަނަ އެއާޕޯޓް އަޅާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް، އަޅާނެ ތަނެއް ކަނޑަނޭޅުނު

21 އޮކްޓޯބަރު 2025
ލާމުގައި ދެވަނަ އެއާޕޯޓް އަޅާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް، އަޅާނެ ތަނެއް ކަނޑަނޭޅުނު
21 އޮކްޓޯބަރު 2025

އެމްއޭސީއެލްއާއި ހަވާލުކުރީ 5 ތަރީގެ ރިސޯޓަކާއި ހޮޓެލް ސްކޫލެއް ތަރައްގީކުރަން

21 އޮކްޓޯބަރު 2025
އެމްއޭސީއެލްއާއި ހަވާލުކުރީ 5 ތަރީގެ ރިސޯޓަކާއި ހޮޓެލް ސްކޫލެއް ތަރައްގީކުރަން
21 އޮކްޓޯބަރު 2025

މި ސަރުކާރުން ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައި އޮތް ކައްދޫ އެއަރޕޯޓް ތަރައްގީކުރަން އެމްއޭސީއެލްއާ ވެސް ހަވާލުކޮށްފި

21 އޮކްޓޯބަރު 2025
މި ސަރުކާރުން ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައި އޮތް ކައްދޫ އެއަރޕޯޓް ތަރައްގީކުރަން އެމްއޭސީއެލްއާ ވެސް ހަވާލުކޮށްފި
17 އޮކްޓޯބަރު 2025

ރައީސް ޞާލިހުގެ ސަރުކާރުން ހަނިމާދޫގައި ތަރައްގީކުރަން ފެށި އެއަރޕޯޓުގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި

17 އޮކްޓޯބަރު 2025
ރައީސް ޞާލިހުގެ ސަރުކާރުން ހަނިމާދޫގައި ތަރައްގީކުރަން ފެށި އެއަރޕޯޓުގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް