Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އީރާނުގެ އަސްކަރިއްޔާ އޮތީ އެންމެ މަތީ ތައްޔާރީ ހާލަތުގައި: ކޮމާންޑަރު

31 ޖެނުއަރީ 2026 | ހޮނިހިރު 11:52

އީރާނުގެ އަސްކަރީ ކޮމާންޑަރު ވިދާޅުވީ ހަމަލާ ދީގެން ގައުމުގެ ދަރިން ޝަހީދު ކޮށްގެން އީރާނުގެ ނިއުކްލިއާ ޓެކްނޮލޮޖީ އަކީ ނައްތާލެވޭނެ އެއްޗެއް ނޫން ކަމަށާއި، ހަމަލާތަކެއް ދީފި ނަމަ އެމެރިކާ އަދި އިޒްރޭލުގެ ސަލާމަތް ނުރައްކަލުގެ ތެރެއަށް ވެއްޓޭނެ ކަމަށް.

ރާއްޖެ އެމްވީ | 31 ޖެނުއަރީ 2026 | ހޮނިހިރު 11:52
އީރާނުގެ ގައުމީ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި، 2025 އޭޕްރިލް 18 ވީ ހުކުރު ދުވަހު އެ ގައުމުގެ ވެރިރަށް ތެހެރާންގައި ބޭއްވި އަސްކަރީ ޕެރޭޑުގައި، އީރާނުގެ އެއްގަމު ސިފައިންނާއި، ކަނޑުގެ ސިފައިންނާއި، ވައިގެ ސިފައިންގެ އިތުރުން ޚާއްސަ ފައުޖުތަކުގެ ސިފައިން ބައިވެރިވަނީ.

އީރާނުގެ ގައުމީ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި، 2025 އޭޕްރިލް 18 ވީ ހުކުރު ދުވަހު އެ ގައުމުގެ ވެރިރަށް ތެހެރާންގައި ބޭއްވި އަސްކަރީ ޕެރޭޑުގައި، އީރާނުގެ އެއްގަމު ސިފައިންނާއި، ކަނޑުގެ ސިފައިންނާއި، ވައިގެ ސިފައިންގެ އިތުރުން ޚާއްސަ ފައުޖުތަކުގެ ސިފައިން ބައިވެރިވަނީ. | ގެޓީ އިމޭޖަސް

ގަލްފް ސަރަހައްދަށް އެމެރިކާ އިން ގިނަ އަދަދެއްގެ އަސްކަރީ ފައުޖުތައް ޖަމާކުރުމާ ގުޅިގެން، އީރާނުގެ ސިފައިން މިހާރު ތިބީ އެެންމެ މަތީ ތައްޔާރީ ހާލަތެއްގައި ކަމަށް އީރާނުގެ އަސްކަރީ ކޮމާންޑަރު އަމީރު ހާތަމީ ވިދާޅުވެއްޖެ އެވެ.

ހާތަމީ ވަނީ އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާ ދިނުމާ ދެކޮޅަށް އެ ދެ ގައުމަށް އިންޒާރު ދެއްވާފަ އެވެ.

އެމެރިކާގެ ހަމަލާތަކުން ސަލާމަތްވުމަށްޓަކައި އީރާނުން އެއްބަސްވުމަކަށް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، ހާތަމީ ވަނީ އީރާނުގެ ނިއުކްލިއާ ތަޖުރިބާ އަކީ ނައްތާލެވޭނެ އެއްޗެއް ނޫން ކަމަށެވެ.

އީރާނުގެ ރަސްމީ ނިއުސް އެޖެންސީ "އިރްނާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހާތަމީ ވިދާޅުވީ ދުޝްމަނުންނަށް ނުބައެއް ހެދިއްޖެ ނަމަ، އެ ބައެއްގެ އަމިއްލަ ސަލާމަތާއި، މުޅި ސަރަހައްދުގެ ސަލާމަތުގެ އިތުރުން ޒަޔަނިސްޓް ދައުލަތުގެ (އިޒްރޭލުގެ) ސަލާމަތް ޔަގީނުން ވެސް ނުރައްކަލުގެ ތެރެއަށް ވެއްޓޭނެ ކަމަށެވެ.

އީރާނުގެ ހަތިޔާރު އެޅި ސިފައިން ތިބީ "ދިފާއީ އަދި އަސްކަރީ ގޮތުން ފުރިހަމަ ތައްޔާރީ ހާލަތެއްގައި" ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ވޮޝިންޓަނުން ވަނީ "ޔޫއެސްއެސް އަބްރަހަމް ލިންކަން" މަތިންދާބޯޓު އުފުލާ މަނަވަރާ އެކު، މެދުއިރުމައްޗަށް ކަނޑުގެ އަސްކަރީ ބޮޑު ފައުޖެއް ފޮނުވާފަ އެވެ.

މި ފައުޖުތައް ފޮނުވުމާ ގުޅިގެން އީރާނާއެކު ސީދާ ކުރިމަތިލުމަކަށް ގޮސްފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. އީރާނުން ވަނީ ހަމަލާއެއް ދީފި ނަމަ، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި، މަނަވަރުތަކުގެ އިތުރުން އެމެރިކާގެ ބައިވެރިންނަށް، ޚާއްސަކޮށް އިޒްރޭލަށް މިސައިލް ހަމަލާތައް ދޭނެ ކަމުގެ އިންޒާރު ދީފަ އެވެ.

އެމެރިކާގެ އަސްކަރީ ފިޔަވަޅުތަކާ ކުރިމަތިލުމުގެ ބަދަލުގައި، އީރާނުގެ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމާ ގުޅޭގޮތުން އެއްބަސްވުމަކަށް އައުމަށް އީރާނުން މަސައްކަތް ކުރާނެ ކަމަށް ލަފާކުރެއްވޭ ކަމަށް ހުކުރު ދުވަހު ޓްރަމްޕް ވިދާޅުވި އެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ މީގެ ކުރިން ވިދާޅުވެފައި ވަނީ، ނިއުކްލިއާ މަޝްވަރާތަކަށް ތެހެރާން އޮތީ ތައްޔާރަށް ކަމަށެވެ. ނަމަވެސް އީރާނުގެ މިސައިލްތަކާއި ދިފާއީ ކަންކަމާ ބެހޭގޮތުން "ދުވަހަކުވެސް މަޝްވަރާ ނުކުރެވޭނެ" ކަމަށް އޭނާ ވިދާޅުވި އެވެ.

'ނައްތައެއް ނުލެވޭނެ'

ހުސްވި އަހަރު އިޒްރޭލުން އީރާނާ ދެކޮޅަށް ކުރި 12 ދުވަހުގެ ހަނގުރާމައިގައި އެމެރިކާ އިން ބައިވެރިވެ، ޖޫން މަހު ވަނީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާތަކެއް ދީފަ އެވެ.

އިޒްރޭލުގެ ހަމަލާތައް އީރާނުގެ އެކި ސަރަހައްދުތަކުގައި ހުރި އަސްކަރީ މަރުކަޒުތަކަށް އަމާޒުވެފައިވާއިރު، މި ހަމަލާތަކުގައި އަސްކަރިއްޔާގެ ބައެއް އިސް އޮފިސަރުންނާއި ނިއުކްލިއާ ސައިންސްވެރިން ވަނީ މަރުވެފަ އެވެ.

ނަމަވެސް، އީރާނުގެ ނިއުކްލިއާ ޓެކްނޮލޮޖީ އަކީ "މި ގައުމުގެ ސައިންސްވެރިންނާއި، ގައުމު ދަރިން ޝަހީދުކޮށްލިޔަސް، ނައްތާލެވޭނެ އެއްޗެއް ނޫން" ކަމަށް ހާތަމީ ހޮނިހިރު ދުވަހު ވިދާޅުވި އެވެ.

ދުނިޔޭގެ ހަކަތަ ސަޕްލައި ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ހޯމޫޒް ކަނޑުއޮޅީ ގައި، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން "ދެ ދުވަހުގެ މުއްދަތަށް ކަނޑުގެ އަސްކަރީ ތަމްރީނުތަކެއް" ބާއްވާނެ ކަމަށް އީރާނުން ހުކުރު ދުވަހު ވަނީ ބުނެފަ އެވެ.

މިކަމާ ގުޅިގެން އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ނެރުނު ބަޔާނެއްގައި، އެމެރިކާގެ ފައުޖުތަކާ ކައިރީގައި "ނުރައްކާތެރި އަދި އަންޕްރޮފެޝަނަލް" އެއްވެސް އަމަލެއް ނުހިންގުމަށް އައި.އާރް.ޖީ.ސީ އަށް ވަނީ އިންޒާރު ދީފަ އެވެ.

އެމެރިކާ އިން 2019 ވަނަ އަހަރު އައި.އާރް.ޖީ.ސީ އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، ޔޫރަޕްގެ އިއްތިހާދުން (އީޔޫ) ވެސް ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެ ނިންމުން ނިންމާފަ އެވެ.

އީޔޫގެ މި ނިންމުމާ ގުޅިގެން ތެހެރާނުން ވަނީ ނުރުހުން ފާޅުކޮށް، އެކަމަށް ބަދަލު ހިފުމުގެ ގޮތުން އީޔޫގެ އަސްކަރިއްޔާ ތަކަކީ ވެސް ޓެރަރިސްޓް މުއައްސަސާތައް ކަމުގައި ކަނޑައަޅާފަ އެވެ.

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއަމީރު ހާތަމީރައީސް ޑޮނަލްޑް ޓްރަމްޕްއީރާން-އިޒްރޭލްހޯމޫޒް ހަނިކަނޑުއައިއާރުޖީސީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2026

މެކްރޯންގެ އައިނަށް ދުނިޔޭގެ ސަމާލުކަން، ފަރަންސޭސި ކުންފުންޏަށް ބޮޑު ކުރިއެރުމެއް

31 ޖެނުއަރީ 2026
މެކްރޯންގެ އައިނަށް ދުނިޔޭގެ ސަމާލުކަން، ފަރަންސޭސި ކުންފުންޏަށް ބޮޑު ކުރިއެރުމެއް
31 ޖެނުއަރީ 2026

ޕެޒެޝްކިއަން: ޓްރަމްޕް އާއި ނަތަންޔާހޫ އަދި އީޔޫ އިން މަސައްކަތް ކުރީ އީރާން ބައިބައި ކޮށްލަން

31 ޖެނުއަރީ 2026
ޕެޒެޝްކިއަން: ޓްރަމްޕް އާއި ނަތަންޔާހޫ އަދި އީޔޫ އިން މަސައްކަތް ކުރީ އީރާން ބައިބައި ކޮށްލަން
31 ޖެނުއަރީ 2026

އެޕްސްޓީން ފައިލް ގައި ޑިއުކް އާއި ރަޝިޔާ އަންހެންކުއްޖަކާ ބައްދަލު ކުރުމާއި، ބިލްގޭޓްސް އަށް ޖިންސީ ގުޅުމުން ބައްޔެއް ޖެހުނު ވާހަކަ އާއި މަސްކް މަޖާ ކުރަން ދާން އުޅުނު ވާހަކަ!

31 ޖެނުއަރީ 2026
އެޕްސްޓީން ފައިލް ގައި ޑިއުކް އާއި ރަޝިޔާ އަންހެންކުއްޖަކާ ބައްދަލު ކުރުމާއި، ބިލްގޭޓްސް އަށް ޖިންސީ ގުޅުމުން ބައްޔެއް ޖެހުނު ވާހަކަ އާއި މަސްކް މަޖާ ކުރަން ދާން އުޅުނު ވާހަކަ!
31 ޖެނުއަރީ 2026

އިޒްރޭލަށް އޮތް ހަސަދައިގެ ސަބަބުން، ރިޔާސީ ބަހުސްގެ ތެރެއިން ބައިޑަން އަވަހާރަކޮށްލަން މަސައްކަތް ކުރި

31 ޖެނުއަރީ 2026
އިޒްރޭލަށް އޮތް ހަސަދައިގެ ސަބަބުން، ރިޔާސީ ބަހުސްގެ ތެރެއިން ބައިޑަން އަވަހާރަކޮށްލަން މަސައްކަތް ކުރި
31 ޖެނުއަރީ 2026

އީރާނަށް ހަމަލާނުދީފި ނަމަ އެ ގައުމުގެ ނުފޫޒާއި ބާރު އިތުރަށް ގަދަވެގެންދާނެ ކަމަށް ސައޫދީގެ ދިފާއީ ވަޒީރު ވިދާޅުވެއްޖެ - އެކްސިއޯސް

31 ޖެނުއަރީ 2026
އީރާނަށް ހަމަލާނުދީފި ނަމަ އެ ގައުމުގެ ނުފޫޒާއި ބާރު އިތުރަށް ގަދަވެގެންދާނެ ކަމަށް ސައޫދީގެ ދިފާއީ ވަޒީރު ވިދާޅުވެއްޖެ - އެކްސިއޯސް
31 ޖެނުއަރީ 2026

ބައިޑަން ވިދާޅުވީ އެމެރިކާގެ އަމިއްލަ ސަރުކާރުން ރައްޔިތުންނާ ކުރިމަތިލައި، ރައްޔިތުން ޓާގެޓު ތަކަށް ހަދަނީ ކަމަށް

31 ޖެނުއަރީ 2026
ބައިޑަން ވިދާޅުވީ އެމެރިކާގެ އަމިއްލަ ސަރުކާރުން ރައްޔިތުންނާ ކުރިމަތިލައި، ރައްޔިތުން ޓާގެޓު ތަކަށް ހަދަނީ ކަމަށް
31 ޖެނުއަރީ 2026

އީރާން އިން ބޭނުން ވަނީ ޑީލެއް ހަދަން: ޓްރަމްްޕް

31 ޖެނުއަރީ 2026
އީރާން އިން ބޭނުން ވަނީ ޑީލެއް ހަދަން: ޓްރަމްްޕް
30 ޖެނުއަރީ 2026

މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވީ ނަމަވެސް، އީރާނާ މެދު ގެންގުޅޭ ސިޔާސަތުގެ "ނިމުން އޮންނާނެ ގޮތެއް" ނޭނގޭ: އޮފިޝަލް

30 ޖެނުއަރީ 2026
މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވީ ނަމަވެސް، އީރާނާ މެދު ގެންގުޅޭ ސިޔާސަތުގެ "ނިމުން އޮންނާނެ ގޮތެއް" ނޭނގޭ: އޮފިޝަލް
30 ޖެނުއަރީ 2026

އީޔޫ ގައުމުތަކުގެ އަސްކަރިއްޔާ ތަކަކީ ޓެރަރިސްޓު ޖަމާއަތް ތަކެއް ކަމަށް އީރާނުން ކަނޑައަޅައިފި

30 ޖެނުއަރީ 2026
އީޔޫ ގައުމުތަކުގެ އަސްކަރިއްޔާ ތަކަކީ ޓެރަރިސްޓު ޖަމާއަތް ތަކެއް ކަމަށް އީރާނުން ކަނޑައަޅައިފި
30 ޖެނުއަރީ 2026

އީރާނުގެ ބޫޝެހެރް ނިއުކްލިއަރ ޕްލާންޓުން ރަޝިޔާގެ މުވައްޒަފުން ގެންދަން ތައްޔާރަށް ތިބި ކަމަށް އެ ގައުމުން ބުނެފި

30 ޖެނުއަރީ 2026
އީރާނުގެ ބޫޝެހެރް ނިއުކްލިއަރ ޕްލާންޓުން ރަޝިޔާގެ މުވައްޒަފުން ގެންދަން ތައްޔާރަށް ތިބި ކަމަށް އެ ގައުމުން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް