Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވީ ނަމަވެސް، އީރާނާ މެދު ގެންގުޅޭ ސިޔާސަތުގެ "ނިމުން އޮންނާނެ ގޮތެއް" ނޭނގޭ: އޮފިޝަލް

މަތިންދާބޯޓު އުފުލާ މަނަވަރުތަކާއި ފައިޓަރު ޖެޓްތައް އެ ސަރަހައްދަށް ފޮނުވާފައިވާއިރު އެ ސަރަހައްދުގައި ތިބި 30،000 އެމެރިކާ ސިފައިން ރައްކާތެރިކުރުމާއި، އެމެރިކާގެ ބައިވެރިންނަށް ޔަގީންކަން ދިނުމަށް މަސައްކަތްކުރަމުން އަންނައިރު، ޓްރަމްޕް އީރާނަށް ހަމަލާދިނުމުގެ އިންޒާރު ދެއްވަމުން ގެންދަވާއިރު، ޑިޕްލޮމެޓިކް ހައްލަކަށް ބޭނުންފުޅުވާ ކަމަށް ވެސް ވިދާޅުވެފައިވޭ.

ރާއްޖެ އެމްވީ | 30 ޖެނުއަރީ 2026 | ހުކުރު 18:02
އަބްރަހަމް ލިންކަން ކެރިއަރ ސްޓްރައިކް ގްރޫޕް.

އަބްރަހަމް ލިންކަން ކެރިއަރ ސްޓްރައިކް ގްރޫޕް. | ގެޓީ އިމޭޖަސް

މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވީ ނަމަވެސް، އީރާނާ މެދު ގެންގުޅޭ ސިޔާސަތުގެ "ނިމުން އޮންނާނެ ގޮތެއް" ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަށް އަދި ނިންމިފައި ނުވާ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

އޮފިޝަލުން ވިދާޅުވި ގޮތުގައި، މިކަމާ ގުޅޭ އެތެރޭގެ މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް އަދި ސާފު ލަނޑުދަނޑިތަކަކާ ހަމައަށް އާދެވިފައެއް ނުވެ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ސަރުކާރުން ދަނީ އެކި ގޮތްގޮތަށް މިކަމުގައި އަމަލުކުރެވިދާނެ ގޮތްތައް ބަލަމުންނެވެ. ނަމަވެސް، ވަގުތުން ވަގުތަށް އެއްވެސް ފިޔަވަޅެއް އަޅާފާނެ ކަމަކަށް އަދި ނުބެލެވެ އެވެ.

އަނެއްކޮޅުން އޮފިޝަލުން އިތުރަށް ވިދާޅުވި ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރު މުއްދަތެއްގެ ތެރޭގައި ކޮންމެ ވަގުތަކުވެސް މިކަމުގައި ގޮތެއް ނިންމަވައިފާނެ އެވެ.

މި މަހުގެ ކުރީކޮޅު ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވަނީ އީރާނުގެ އެންމެ މަތީ ލީޑަރަކީ "ބަލި މީހެެއް" ކަމަށް ސިފަކުރައްވައި، އެ ގައުމަށް އާ ލީޑަރަކު ހޯދަންވީ ވަގުތު ޖެހިއްޖެ ކަމަށް ވިދާޅުވެފަ އެވެ.

އޮފިޝަލުން މައުލޫމާތު ދެއްވާ ގޮތުގައި، މަތިންދާބޯޓު އުފުލާ މަނަވަރުތަކުގެ ގްރޫޕެއް އަނެއްކާވެސް އެ ސަރަހައްދަށް ފޮނުވާފައިވާއިރު، މީގެ އިތުރުން ވައިގެ ދިފާއީ ނިޒާމުތަކާއި ފައިޓަރު ޖެޓް ފަދަ އަސްކަރީ ވަސީލަތްތައް ވެސް ވަނީ އެ ސަރަހައްދުގައި ރުކުރުވާލާފަ އެވެ.

އީރާނުގެ ދޮރުމައްޗަށް އެމެރިކާގެ އަސްކަރީ ބާރުތައް މިގޮތަށް ޖަމާކުރުމަކީ، އީރާނުގެ ސަރުކާރަށް ޕްރެޝަރު ކުރުމަށް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުގެ ބައެއް ނަމަވެސް، ސަރަހައްދީ ނުތަނަވަސްކަން ބޮޑުވާ ކޮންމެ ދަނޑިވަޅެއްގައި ވެސް މިފަދަ ފިޔަވަޅުތަކަކީ އާންމުކޮށް އަޅާ ފިޔަވަޅުތަކެއް ކަމަށް އެމެރިކާގެ އޮފިޝަލުން ފާހަގަކުރެއްވި އެވެ.

އެ ސަރަހައްދުގެ އެކި ހިސާބުތަކުގައި އެމެރިކާގެ ގާތްގަނޑަކަށް 30،000 ސިފައިން އަބަދުވެސް ތިބޭކަން ފާހަގަކުރައްވައި، ކުރިމަތިވެދާނެ ކޮންމެ ހަމަލާއަކުން އެ ސިފައިން ރައްކާތެރިކުރުމުގެ މުހިންމުކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

ސިފައިންގެ ރައްކާތެރިކަމުގެ އިތުރުން، އަސްކަރީ ބާރުތައް ވަރުގަދަކުރުމުގެ އަނެއް މަގްސަދަކީ އެ ސަރަހައްދުގައި ތިބި އެމެރިކާގެ ބައިވެރިންނަށް ޔަގީންކަން ދިނުމާއި، މެދުއިރުމަތީގެ ސަލާމަތާއި ހަމަޖެހުން ގާއިމުކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމެވެ.

މީގެ ކުރިން ވެސް އީރާނަށް ހަމަލާދިނުމުގެ އެއްވެސް ނިޔަތެއް ނެތި، އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރުތައް އެ ސަރަހައްދަށް ފޮނުވާފައިވާކަން އޮފިޝަލުން ފާހަގަކުރެއްވި އެވެ.

އެހެންނަމަވެސް، މިދިޔަ ހޫނު މޫސުމުގައި އީރާނުގެ ބިމުގައި ހުރި އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމަށް ސީދާ ހަމަލާދިނުމަށް ޓްރަމްޕްގެ ސަރުކާރުން ނިންމި ނިންމުމަށްފަހު، މިހާރުގެ ހާލަތު ކުރީގެ ހާލަތްތަކާ ތަފާތުކަމަށް އޮފިޝަލުން އެއްބަސްވެވަޑައިގަންނަވަ އެވެ.

މީގެ އިތުރުން، ހަނގުރާމައިގެ މައިދާނުގައި ވައިގެ ބާރު ބޭނުންކުރުމާއި، އެ ބާރު ދެމެހެއްޓުމުގެ ގާބިލުކަން ދައްކާލުމަށްޓަކައި، މެދުއިރުމަތީގައި ގިނަ ދުވަސްތަކަކަށް ދެމިގެންދާ ތައްޔާރީ ފަރިތަކުރުންތަކެއް ފަށާނެކަން އެމެރިކާގެ އެއާ ފޯސްއިން މިދިޔަ ހަފުތާ ބަންދުގައި ވަނީ އިއުލާންކޮށްފަ އެވެ.

އެމެރިކާގެ އެއާ ފޯސް ސެންޓްރަލް (އޭ.އެފް.ސީ.އީ.އެން.ޓީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފަރިތަކުރުންތަކުގެ ސަބަބުން އިދިކޮޅު ފަރާތްތަކުގެ ހަމަލާތައް ހުއްޓުވުމަށާއި، ހިސާބުތައް ނުބައިވުމުގެ ފުރުސަތު ކުޑަކުރުމަށާއި، ބައިވެރިންނަށް އިތުބާރު ދިނުމަށް މަގުފަހިވާނެ ކަމަށެވެ. އަދި މިއީ ވަރުގަދަ އަސްކަރީ ބާރެއް ދައްކައިގެން ސުލްހަ ގާއިމުކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް ވެސް ބުނެފައިވެ އެވެ.

މި އަހަރު އީރާނުގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގައި ކުރި މުޒާހަރާތަކަށްފަހު، އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓްރަމްޕް ތަކުރާރުކޮށް ދެއްވާފައިވެ އެވެ. ހަމައެއާއެކު، އޭނާ ބޭނުންފުޅު ވަނީ ޑިޕްލޮމެޓިކް ހައްލެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އެ ހައްލަކީ އީރާނުން ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމާއި، ބެލިސްޓިކް މިސައިލް އުފެއްދުން ހުއްޓާލުމުގެ އިތުރުން، ހިޒްބުالله އާއި ހަމާސް އަދި ޔަމަނުގެ ހޫޘީން ފަދަ ޖަމާއަތްތަކަށް ދޭ އެހީތެރިކަން ހުއްޓާލުމެވެ.

އީރާނުން ވެސް ވަނީ އެމެރިކާ އިން އެ ގައުމަށް އެއްވެސް ހަމަލާއެއް ދީފިނަމަ، އެމެރިކާ އާއި އިޒްރޭލާ ދެކޮޅަށް ވަރުގަދަ ބަދަލެއް ހިފާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާރައީސް ޑޮނަލްޑް ޓްރަމްޕްމެދު އިރުމަތިއީރާން ނިއުކްލިއަރ ޕްރޮގްރާމް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުގެ ބޫޝެހެރް ނިއުކްލިއަރ ޕްލާންޓުން ރަޝިޔާގެ މުވައްޒަފުން ގެންދަން ތައްޔާރަށް ތިބި ކަމަށް އެ ގައުމުން ބުނެފި

އީރާނުގެ ބޫޝެހެރް ނިއުކްލިއަރ ޕްލާންޓުން ރަޝިޔާގެ މުވައްޒަފުން ގެންދަން ތައްޔާރަށް ތިބި ކަމަށް އެ ގައުމުން ބުނެފި

30 ޖެނުއަރީ 2026
އީރާނުން ހޯމޫޒް ކަނޑުއޮޅީގައި ލައިވް ވަޒަން ބޭނުން ކޮށްގެން އަސްކަރީ ތަމްރީން ފަށަން ތައްޔާރުވެއްޖެ

އީރާނުން ހޯމޫޒް ކަނޑުއޮޅީގައި ލައިވް ވަޒަން ބޭނުން ކޮށްގެން އަސްކަރީ ތަމްރީން ފަށަން ތައްޔާރުވެއްޖެ

30 ޖެނުއަރީ 2026
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ހުކުރު ދުވަހު އިސްތަންބޫލަށް ވަޑައިގެންފި

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ހުކުރު ދުވަހު އިސްތަންބޫލަށް ވަޑައިގެންފި

30 ޖެނުއަރީ 2026
އެމެރިކާގެ އަސްކަރީ ޑިސްޓްރޯޔަރު އިޒްރޭލުގެ އީލާތު ގައި ބަނދަރުކޮށްފި

އެމެރިކާގެ އަސްކަރީ ޑިސްޓްރޯޔަރު އިޒްރޭލުގެ އީލާތު ގައި ބަނދަރުކޮށްފި

30 ޖެނުއަރީ 2026
ސަރަހައްދުގައި ހުރި އެމެރިކާ ބޭސްތަކަކާއި ސިފައިން ތިބީ އީރާނުގެ ހަމަލާ ފޯރާ ރޭންޖުގެ ތެރޭގައި: އީރާން

ސަރަހައްދުގައި ހުރި އެމެރިކާ ބޭސްތަކަކާއި ސިފައިން ތިބީ އީރާނުގެ ހަމަލާ ފޯރާ ރޭންޖުގެ ތެރޭގައި: އީރާން

30 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު