Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ބައިޑަން ވިދާޅުވީ އެމެރިކާގެ އަމިއްލަ ސަރުކާރުން ރައްޔިތުންނާ ކުރިމަތިލައި، ރައްޔިތުން ޓާގެޓު ތަކަށް ހަދަނީ ކަމަށް

31 ޖެނުއަރީ 2026 | ހޮނިހިރު 06:35

ބައިޑަން ވިދާޅުވީ އެއީ އެމެރިކާގެ އެންމެ މުހިންމު އަގުތަކާއި، އެންމެ މުހިންމު އުސޫލުތަކާ ޚިލާފު ކަމެއް ކަމަށް. ޤާނޫނު އަސާސީ އިން ލިބިދޭ ހައްގު ތަކަށް އިޝާރާތް ކުރައްވައި ބައިޑަން ވިދާޅުވީ، އެމެރިކާ އަކީ މަގު މަތީގައި ރައްޔިތުންގެ ގަޔަށް ބަޑި ޖަހާ ޤައުމެއް ނޫން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 ޖެނުއަރީ 2026 | ހޮނިހިރު 06:35
އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން | ރޮއިޓާސް

އެމެރިކާގެ މިނިއަޕޮލިސްގައި ފެޑަރަލް އެޖެންޓުން ބަޑި ޖަހައި ނަރުހަކު މަރާލި މައްސަލައާ ގުޅިގެން، އެ ޤައުމުގެ ކުރީގެ ރައީސް ޖޯ ބައިޑަން ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ހިނގި އެ ހާދިސާގައި ވަނީ އުމުރުން 37 އަހަރުގެ ނަރުހެއް ކަމަށްވާ އެލެކްސް ޕްރެޓީ މަރާލައިފަ އެވެ. އެކަމާ ގުޅިގެން އެތައް ބައެއްގެ ފާޑު ކިޔުން ވަނީ އެމެރިކާގެ ސަރުކާރަށް އަމާޒުވެފަ އެވެ. އެގޮތުން ޑިމޮކްރަޓިކް ޕާޓީ އަށް ނިސްބަތްވާ ކުރީގެ ރައީސުން ވެސް ވަނީ އެކަން ކުށްވެރި ކުރައްވައިފަ އެވެ. 

ބައިޑަން ވިދާޅުވީ އެއީ އެމެރިކާގެ އެންމެ މުހިންމު އަގުތަކާއި، އެންމެ މުހިންމު އުސޫލުތަކާ ޚިލާފު ކަމެއް ކަމަށެވެ. ޤާނޫނު އަސާސީ އިން ލިބިދޭ ހައްގު ތަކަށް އިޝާރާތް ކުރައްވައި ބައިޑަން ވިދާޅުވީ، އެމެރިކާ އަކީ މަގު މަތީގައި ރައްޔިތުންގެ ގަޔަށް ބަޑި ޖަހާ ޤައުމެއް ނޫން ކަމަށެވެ. އަދި ޤާނޫނު އަސާސީ އިން ލިބިދޭ ހައްގުތައް ބޭނުން ކުރުމުގެ ސަބަބުން، ރައްޔިތުންނަށް އަނިޔާ ކުރާ ވެސް ޤައުމެއް ނޫން ކަމަށް ބައިޑަން ވިދާޅުވި އެވެ. 

އެމެރިކާގައި މިހާރު އޮތް ސަރުކާރުގެ ފަރާތުން އެތައް ކަމެއް މިހާރު ވެސް މިނިސޯޓާގެ ރައްޔިތުންގެ ތަހަންމަލު ކޮށްފައިވާ ކަމަށާއި، އެމެރިކާ އަކީ ކޮން ކަހަލަ ޤައުމެއްކަން މިނިސޯޓާގެ ރައްޔިތުން ހަނދާން ކޮށްދީފައިވާ ކަމަށެވެ. އެމެރިކާގައި ބިރުވެރިކަމާއި ހަނގުރާމަވެރި ކަމަށް އެއްވެސް ޖާގައެއް ނޯންނާނެކަން ފާހަގަ ކުރައްވައި ބައިޑަން ވިދާޅުވީ، ޚާއްސަކޮށް އެމެރިކާގެ ސަރުކާރުން އެ ޤައުމުގެ ރައްޔިތުން ޓާގެޓު ތަކަށް ހަދައިގެން ނުވާނެ ކަމަށެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ގެންގުޅޭ އިމިގްރޭޝަން ސިޔާސަތުތަކާ ގުޅިގެން، އޭނާގެ ސަރުކާރަށް އަންނަނީ އެތައް ބައެއްގެ ފާޑު ކިޔުން އަމާޒުވަމުންނެވެ. އެކަމަށް އިޝާރާތް ކުރައްވައި ބައިޑަން ވިދާޅުވީ، އެމެރިކާ ތަމްސީލު ކުރާ އަގުތައް ބަދަލު ކުރުމަކީ އެއްވެސް މީހަކަށް އޮތް ބާރެއް ނޫން ކަމަށެވެ. އެމެރިކާގެ ރައީސް އަށް ވެސް އެކަން ނުކުރެވޭނެ ކަމަށާއި، އެކަންކަން ހުއްޓުވޭނީ އެމެރިކާގެ ރައްޔިތުން އެކުގައި ނިކުމެ އަޑު އުފުލައިގެން ކަމަށް ވެސް ބައިޑަން ވިދާޅުވެފައިވެ އެވެ. 

އެއާ އެކު ބައިޑަން ގޮވާލައްވާފައި ވަނީ ޖަނަވަރީ މަހުގެ ކުރީ ކޮޅު ފެޑަރަލް އިމިގްރޭޝަން އެޖެންޓަކު ބަޑި ޖަހައި މަރާލި ރެނީ ގުޑްގެ މަރާއި، އެންމެ ފަހުން ހޮނިހިރު ދުވަހު މަރާލި ޕްރެޓީގެ މައްސަލަ ފުރިހަމަ އަށް ބަލައި ތަހުގީގު ކުރުމަށެވެ. ބައިޑަންގެ އިތުރުން އެމެރިކާގެ ކުރީގެ ރައީސުން ކަމަށްވާ ބަރަކް އޮބާމާ އާއި، ބިލް ކްލިންޓަން ވެސް ވަނީ އެ ހާދިސާތައް ކުށްވެރި ކުރައްވައިފަ އެވެ. 

2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ބައިޑަންގެ ރިޔާސީ ދައުރު ނިމުނު ފަހުން، އޭނާ އުޅުއްވަނީ ވަރަށް ބޮޑަށް ސިޔާސީ ކަންކަމާ ދުރުގަ އެވެ. ބައިޑަން މިހާރު ގެންދަވަނީ ޕްރޮސްޓޭޓް ކެންސަރަށް ފަރުވާ ހޯއްދަވަމުންނެވެ. ބައިޑަން މިހާރު ގެންދަވަނީ އޭނާގެ ނަމުގައި ޤާއިމު ކުރުމަށް ހަމަޖެހިފައިވާ ރިޔާސީ ލައިބްރަރީގެ މަސައްކަތުގައި ގިނަ ވަގުތު ހޭދަ ކުރައްވަމުންނެވެ. 

މަސްދަރު: ދި ގާޑިއަން

ޖޯ ބައިޑަންމިނިއަޕޮލިސްރައީސް ޑޮނަލްޑް ޓްރަމްޕްބަރަކް އޮބާމާބިލް ކްލިންޓަންއެމެރިކާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2026

އީރާން އިން ބޭނުން ވަނީ ޑީލެއް ހަދަން: ޓްރަމްްޕް

31 ޖެނުއަރީ 2026
އީރާން އިން ބޭނުން ވަނީ ޑީލެއް ހަދަން: ޓްރަމްްޕް
30 ޖެނުއަރީ 2026

މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވީ ނަމަވެސް، އީރާނާ މެދު ގެންގުޅޭ ސިޔާސަތުގެ "ނިމުން އޮންނާނެ ގޮތެއް" ނޭނގޭ: އޮފިޝަލް

30 ޖެނުއަރީ 2026
މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވީ ނަމަވެސް، އީރާނާ މެދު ގެންގުޅޭ ސިޔާސަތުގެ "ނިމުން އޮންނާނެ ގޮތެއް" ނޭނގޭ: އޮފިޝަލް
30 ޖެނުއަރީ 2026

އީރާނުގެ ބޫޝެހެރް ނިއުކްލިއަރ ޕްލާންޓުން ރަޝިޔާގެ މުވައްޒަފުން ގެންދަން ތައްޔާރަށް ތިބި ކަމަށް އެ ގައުމުން ބުނެފި

30 ޖެނުއަރީ 2026
އީރާނުގެ ބޫޝެހެރް ނިއުކްލިއަރ ޕްލާންޓުން ރަޝިޔާގެ މުވައްޒަފުން ގެންދަން ތައްޔާރަށް ތިބި ކަމަށް އެ ގައުމުން ބުނެފި
30 ޖެނުއަރީ 2026

އީރާނުން ހޯމޫޒް ކަނޑުއޮޅީގައި ލައިވް ވަޒަން ބޭނުން ކޮށްގެން އަސްކަރީ ތަމްރީން ފަށަން ތައްޔާރުވެއްޖެ

30 ޖެނުއަރީ 2026
އީރާނުން ހޯމޫޒް ކަނޑުއޮޅީގައި ލައިވް ވަޒަން ބޭނުން ކޮށްގެން އަސްކަރީ ތަމްރީން ފަށަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2026

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ހުކުރު ދުވަހު އިސްތަންބޫލަށް ވަޑައިގެންފި

30 ޖެނުއަރީ 2026
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ހުކުރު ދުވަހު އިސްތަންބޫލަށް ވަޑައިގެންފި
30 ޖެނުއަރީ 2026

އެމެރިކާގެ އަސްކަރީ ޑިސްޓްރޯޔަރު އިޒްރޭލުގެ އީލާތު ގައި ބަނދަރުކޮށްފި

30 ޖެނުއަރީ 2026
އެމެރިކާގެ އަސްކަރީ ޑިސްޓްރޯޔަރު އިޒްރޭލުގެ އީލާތު ގައި ބަނދަރުކޮށްފި
30 ޖެނުއަރީ 2026

ސަރަހައްދުގައި ހުރި އެމެރިކާ ބޭސްތަކަކާއި ސިފައިން ތިބީ އީރާނުގެ ހަމަލާ ފޯރާ ރޭންޖުގެ ތެރޭގައި: އީރާން

30 ޖެނުއަރީ 2026
ސަރަހައްދުގައި ހުރި އެމެރިކާ ބޭސްތަކަކާއި ސިފައިން ތިބީ އީރާނުގެ ހަމަލާ ފޯރާ ރޭންޖުގެ ތެރޭގައި: އީރާން
30 ޖެނުއަރީ 2026

"ދެ ގަޑިއިރުގެ ހަނގުރާމައަކަށް ނުވާނެ" ކަމަށް ބުނެ އީރާނުން ވަގުތުން ހަރުކަށި ރައްދުދޭނެ ކަމުގެ އިންޒާރު ދީފި

30 ޖެނުއަރީ 2026
"ދެ ގަޑިއިރުގެ ހަނގުރާމައަކަށް ނުވާނެ" ކަމަށް ބުނެ އީރާނުން ވަގުތުން ހަރުކަށި ރައްދުދޭނެ ކަމުގެ އިންޒާރު ދީފި
30 ޖެނުއަރީ 2026

ޓްރަމްޕް: އިނގިރޭސިވިލާތުން ޗައިނާ އާ މުއާމަލާތް ކުރުމަކީ "ނުރައްކާތެރި" ކަމެއް

30 ޖެނުއަރީ 2026
ޓްރަމްޕް: އިނގިރޭސިވިލާތުން ޗައިނާ އާ މުއާމަލާތް ކުރުމަކީ "ނުރައްކާތެރި" ކަމެއް
30 ޖެނުއަރީ 2026

އީރާނާ ބެހޭ ގޮތުން ރައީސް ޓްރަމްޕް ނިންމަވާ ކޮންމެ ނިންމެވުމެއް ތަންފީޒުކުރުމަށް އެމެރިކާގެ އަސްކަރިއްޔާ އޮތީ ތައްޔާރަށް ކަމަށް ޕެންޓަގަންގެ ވެރިޔާ ވިދާޅުވެއްޖެ

30 ޖެނުއަރީ 2026
އީރާނާ ބެހޭ ގޮތުން ރައީސް ޓްރަމްޕް ނިންމަވާ ކޮންމެ ނިންމެވުމެއް ތަންފީޒުކުރުމަށް އެމެރިކާގެ އަސްކަރިއްޔާ އޮތީ ތައްޔާރަށް ކަމަށް ޕެންޓަގަންގެ ވެރިޔާ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް