Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އީރާން އިން ބޭނުން ވަނީ ޑީލެއް ހަދަން: ޓްރަމްްޕް

31 ޖެނުއަރީ 2026 | ހޮނިހިރު 06:34

އީރާންގެ ނިއުކްލިއާ ޕްރޮގްރާމް އާއި، ބެލިސްޓިކް މިސައިލް ތަކާއި، އަދި އެހެނިގެން މައްސަލަތަކަ ބެހޭ ގޮތުން އެއްބަސްވުމަކަށް އައުމަަށް އީރާން އަށް ސުން ގަޑިއެއް ދީފައިވާނެތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، ސުން ގަޑި ދީފައި ވާނެ ކަމަށް. ނަމަވެސް، އެއީ ކޮން ވަގުތެއްކަން ޔަޤީންކަމާ އެކު އިނގޭނީ އީރާން އަށް ކަމަށް ޓްރަމްޕް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 ޖެނުއަރީ 2026 | ހޮނިހިރު 06:34
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އީރާން އިން ބޭނުން ވަނީ ޑީލެއް ހަދަން ކަަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ޓްރަމްޕް ވިދާޅުވީ، އެމެރިކާ އިން މެދު އިރުމަތީގެ ސަރަހައްދަށް ފޮނުވަނީ އަސްކަރީ ވަރަށް ބޮޑު ފައުޖެއް ކަމަށެވެ. އެ ފައުޖަކީ އެމެރިކާ އިން ވެނެޒުއެލާ އަށް ފޮނުވި އަސްކަރީ ފައުޖަށް ވުރެ ވެސް ބޮޑު ފައުޖެއް ކަމަށް ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، ސިފައިން ފޮނުވުން ހުއްޓުވުމުގެ އެއްބަސްވުމަކަށް އައުމަށް އީރާން އިން ބޭނުންވާ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. 

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ އެންމެ ބޮޑު އަސްކަރީ ފައުޖު މިހާރު ދަނީ އީރާންއާ ދިމާލަށް ކަމަށެވެ. އެކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، އޭނާގެ އުންމީދަކީ އެއްބަސްވުމަކަށް އައުން ކަމަށެވެ. "އަހަރަމެން" ބޭނުން ވަނީ އެއްބަސްވުމަކަށް އަންނަ ކަމަށް ފާހަގަ ކުރައްވައި އޭނާ ވަނީ، އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ ދެން ވާނެ ގޮތަކާ މެދު ސުވާލު އުފައްދަވައިފަ އެވެ. 

އީރާންގެ ނިއުކްލިއާ ޕްރޮގްރާމް އާއި، ބެލިސްޓިކް މިސައިލް ތަކާއި، އަދި އެހެނިގެން މައްސަލަތަކަ ބެހޭ ގޮތުން އެއްބަސްވުމަކަށް އައުމަަށް އީރާން އަށް ސުން ގަޑިއެއް ދީފައިވާނެތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، ސުން ގަޑި ދީފައި ވާނެ ކަމަށެވެ. ނަމަވެސް، އެއީ ކޮން ވަގުތެއްކަން ޔަޤީންކަމާ އެކު އިނގޭނީ އީރާން އަށް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

އެއަށް ފަހު ޓްރަމްޕް ވިދާޅުވީ، އަމުރު ތަކަށް ތަބާވުމަށް އީރާން އޮތީ ތައްޔާރަށްކަން ދައްކުވައިދީފައިވާ ކަމަށެވެ. އެގޮތުން އީރާންގައި ކުރިއަށް ދިޔަ މުޒާހަރާ ތަކުގައި 6000 އަސް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް މިނިވަން ޖަމިއްޔާ ތަކުން ފާހަގަ ކޮށްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި ހައްޔަރު ކުރި މީހުން ދަން ޖެއްސުމަށް ނިންމި ނިންމުން، އީރާން އިން ބާތިލު ކުރުމަކީ އެކަމުގެ ހެއްކެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

އެކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، އީރާން އިން އެއްބަސްވުމަކަށް އަންނަން ބޭނުންވާކަން އޭނާ އަށް އެނގިވަޑައިގަންނަވާ ކަމަށެވެ. ތަކުރާރުކޮށް ޓްރަމްޕް ގެންދަވަނީ، އެއްބަސްވުމަކަށް އައުމަށް އީރާން އަށް އިންޒާރު ދެމުންނެވެ.

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާރައީސް ޑޮނަލްޑް ޓްރަމްޕްވައިޓް ހައުސްއީރާން ނިއުކްލިއަރ ޕްރޮގްރާމް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2026

މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވީ ނަމަވެސް، އީރާނާ މެދު ގެންގުޅޭ ސިޔާސަތުގެ "ނިމުން އޮންނާނެ ގޮތެއް" ނޭނގޭ: އޮފިޝަލް

30 ޖެނުއަރީ 2026
މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވީ ނަމަވެސް، އީރާނާ މެދު ގެންގުޅޭ ސިޔާސަތުގެ "ނިމުން އޮންނާނެ ގޮތެއް" ނޭނގޭ: އޮފިޝަލް
30 ޖެނުއަރީ 2026

އީރާނުގެ ބޫޝެހެރް ނިއުކްލިއަރ ޕްލާންޓުން ރަޝިޔާގެ މުވައްޒަފުން ގެންދަން ތައްޔާރަށް ތިބި ކަމަށް އެ ގައުމުން ބުނެފި

30 ޖެނުއަރީ 2026
އީރާނުގެ ބޫޝެހެރް ނިއުކްލިއަރ ޕްލާންޓުން ރަޝިޔާގެ މުވައްޒަފުން ގެންދަން ތައްޔާރަށް ތިބި ކަމަށް އެ ގައުމުން ބުނެފި
30 ޖެނުއަރީ 2026

އީރާނުން ހޯމޫޒް ކަނޑުއޮޅީގައި ލައިވް ވަޒަން ބޭނުން ކޮށްގެން އަސްކަރީ ތަމްރީން ފަށަން ތައްޔާރުވެއްޖެ

30 ޖެނުއަރީ 2026
އީރާނުން ހޯމޫޒް ކަނޑުއޮޅީގައި ލައިވް ވަޒަން ބޭނުން ކޮށްގެން އަސްކަރީ ތަމްރީން ފަށަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2026

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ހުކުރު ދުވަހު އިސްތަންބޫލަށް ވަޑައިގެންފި

30 ޖެނުއަރީ 2026
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ހުކުރު ދުވަހު އިސްތަންބޫލަށް ވަޑައިގެންފި
30 ޖެނުއަރީ 2026

އެމެރިކާގެ އަސްކަރީ ޑިސްޓްރޯޔަރު އިޒްރޭލުގެ އީލާތު ގައި ބަނދަރުކޮށްފި

30 ޖެނުއަރީ 2026
އެމެރިކާގެ އަސްކަރީ ޑިސްޓްރޯޔަރު އިޒްރޭލުގެ އީލާތު ގައި ބަނދަރުކޮށްފި
30 ޖެނުއަރީ 2026

ސަރަހައްދުގައި ހުރި އެމެރިކާ ބޭސްތަކަކާއި ސިފައިން ތިބީ އީރާނުގެ ހަމަލާ ފޯރާ ރޭންޖުގެ ތެރޭގައި: އީރާން

30 ޖެނުއަރީ 2026
ސަރަހައްދުގައި ހުރި އެމެރިކާ ބޭސްތަކަކާއި ސިފައިން ތިބީ އީރާނުގެ ހަމަލާ ފޯރާ ރޭންޖުގެ ތެރޭގައި: އީރާން
30 ޖެނުއަރީ 2026

"ދެ ގަޑިއިރުގެ ހަނގުރާމައަކަށް ނުވާނެ" ކަމަށް ބުނެ އީރާނުން ވަގުތުން ހަރުކަށި ރައްދުދޭނެ ކަމުގެ އިންޒާރު ދީފި

30 ޖެނުއަރީ 2026
"ދެ ގަޑިއިރުގެ ހަނގުރާމައަކަށް ނުވާނެ" ކަމަށް ބުނެ އީރާނުން ވަގުތުން ހަރުކަށި ރައްދުދޭނެ ކަމުގެ އިންޒާރު ދީފި
30 ޖެނުއަރީ 2026

ޓްރަމްޕް: އިނގިރޭސިވިލާތުން ޗައިނާ އާ މުއާމަލާތް ކުރުމަކީ "ނުރައްކާތެރި" ކަމެއް

30 ޖެނުއަރީ 2026
ޓްރަމްޕް: އިނގިރޭސިވިލާތުން ޗައިނާ އާ މުއާމަލާތް ކުރުމަކީ "ނުރައްކާތެރި" ކަމެއް
30 ޖެނުއަރީ 2026

އީރާނާ ބެހޭ ގޮތުން ރައީސް ޓްރަމްޕް ނިންމަވާ ކޮންމެ ނިންމެވުމެއް ތަންފީޒުކުރުމަށް އެމެރިކާގެ އަސްކަރިއްޔާ އޮތީ ތައްޔާރަށް ކަމަށް ޕެންޓަގަންގެ ވެރިޔާ ވިދާޅުވެއްޖެ

30 ޖެނުއަރީ 2026
އީރާނާ ބެހޭ ގޮތުން ރައީސް ޓްރަމްޕް ނިންމަވާ ކޮންމެ ނިންމެވުމެއް ތަންފީޒުކުރުމަށް އެމެރިކާގެ އަސްކަރިއްޔާ އޮތީ ތައްޔާރަށް ކަމަށް ޕެންޓަގަންގެ ވެރިޔާ ވިދާޅުވެއްޖެ
29 ޖެނުއަރީ 2026

އީރާނުގެ އައިއާރުޖީސީ އީޔޫގެ ޓެރަރިސްޓް ލިސްޓުގައި ހިމަނައިފި

29 ޖެނުއަރީ 2026
އީރާނުގެ އައިއާރުޖީސީ އީޔޫގެ ޓެރަރިސްޓް ލިސްޓުގައި ހިމަނައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް