Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއަވި އައިނު

މެކްރޯންގެ އައިނަށް ދުނިޔޭގެ ސަމާލުކަން، ފަރަންސޭސި ކުންފުންޏަށް ބޮޑު ކުރިއެރުމެއް

31 ޖެނުއަރީ 2026 | ހޮނިހިރު 10:19

1700 ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން މި ސިނާއަތް ކުރަމުން އައި ކުންފުނި ގިނަ ގޮންޖެހުންތަކާ ކުރިމަތިލަމުން ދިޔަ ނަމަވެސް، 659 ޔޫރޯގެ މި އައިނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އޯޑަރު ދެމުންދާތީ ކުންފުންޏަށް ބޮޑު ކުރިއެރުމެއް ލިބިފައިވޭ.

ރާއްޖެ އެމްވީ | 31 ޖެނުއަރީ 2026 | ހޮނިހިރު 10:19
ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން ބޭނުންފުޅުކުރައްވާ އަވިއައިނު އުފެއްދުމަށް މަޝްހޫރުވެފައިވާ އެ ގައުމުގެ އައިނު އުފައްދާ ކުންފުނި، މެއިޒަން ހެންރީ ޖޫލިއަންގެ މުވައްޒަފަކު އެ ކުންފުނިން ތައްޔާރުކޮށްފައިވާ "ޕެސިފިކް" މޮޑެލްގެ އައިނެއް ދައްކާލަނީ.

ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން ބޭނުންފުޅުކުރައްވާ އަވިއައިނު އުފެއްދުމަށް މަޝްހޫރުވެފައިވާ އެ ގައުމުގެ އައިނު އުފައްދާ ކުންފުނި، މެއިޒަން ހެންރީ ޖޫލިއަންގެ މުވައްޒަފަކު އެ ކުންފުނިން ތައްޔާރުކޮށްފައިވާ "ޕެސިފިކް" މޮޑެލްގެ އައިނެއް ދައްކާލަނީ. | ގެޓީ އިމޭޖަސް

ސްވިޒަލޭންޑުގެ ޑާވޯސްގައި ބޭއްވި ވޯލްޑް އިކޮނޮމިކް ފޯރަމްގައި ފަރަންސޭސި ރައީސް އެމަނުއަލް މެކްރޯން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރެއްވި އިރު އަޅުއްވައިގެން ހުންނެވި އޭވިއޭޓާ އަވިއައިނަށް ދުނިޔޭގެ ސަމާލުކަން ވަނީ ވަރަށް ބޮޑަށް ހުއްޓިފައެވެ.

ފަރަންސޭސިވިލާތުގައި މި އައިނު އުފައްދާ ކުންފުނީގެ އިޓަލީގެ ވެރިޔާ ހާމަކުރި ގޮތުގައި، މި ހާދިސާއާ ގުޅިގެން އެ ކުންފުނީގެ އައިނު ވިކޭ މިންވަރު ވަނީ އާދަޔާ ހިލާފަށް އިތުރުވެފައެވެ.

މި އައިނަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވީ ނަމަވެސް، އައިނު އުފައްދާ "ހެންރީ ޖޫލިއަން" ކުންފުނިން ދިޔައީ ފަރަންސޭސިވިލާތުގެ އިރުމަތީ ޖޫރާ ސަރަހައްދުގައި 1700 ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން ކުރިއަރަމުން އައި އައިނު އުފެއްދުމުގެ ސިނާއަތް ހީނަރުވަމުން ދިއުމުގެ ސަބަބުން ގޮންޖެހުންތަކާ ކުރިމަތިލަމުންނެވެ. ވަކިން ހާއްސަކޮށް އޭޝިއާގެ ގައުމުތަކުން އަގުހެޔޮކޮށް އައިނު އުފައްދައި ބާޒާރަށް ނެރުމަކީ އެ ކުންފުންޏަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ.

"ޓޮޕް ގަން" ސްޓައިލަށް ފަރުމާކޮށްފައިވާ، ނޫކުލައިގެ ބިއްލޫރި އާއި ރިހިކުލައިގެ ފްރޭމެއް ހިމެނޭ މި އައިނުގެ އަގަކީ 659 ޔޫރޯ (784 ޑޮލަރު) އެވެ. މިހާރު މި އައިނު ވަނީ ފަރަންސޭސި ރިޔާސީ އޮންލައިން ސްޓޯރުގައި ވެސް ހިމަނާފަ އެވެ.

ވޯލްޑް އިކޮނޮމިކް ފޯރަމަށް ފަހު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ގުޅައި އައިނަށް އޯޑަރު ދެމުންދާ ކަމަށާއި، މީގެ ސަބަބުން ކުންފުންޏަށް ބޮޑު އިޝްތިހާރެއް ލިބިފައިވާ ކަމަށް "ހެންރީ ޖޫލިއަން" ކުންފުނީގެ މައި ކުންފުނި ކަމަށްވާ އިޓަލީގެ "އައިވިޝަން ޓެކް" ގެ ސީއީއޯ ހާމަކޮށްފައިވެ އެވެ.

ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްރޮން، އެ ގައުމުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ހެންރީ ޖޫލިއަން" ގެ އަވިއައިނު އަޅުއްވައިގެން އެލީޒޭ ރިޔާސީ ގަނޑުވަރުގައި ހުންނަވަނިކޮށް ނަގާފައިވާ ފޮޓޯ އެއް.

ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްރޮން، އެ ގައުމުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ހެންރީ ޖޫލިއަން" ގެ އަވިއައިނު އަޅުއްވައިގެން އެލީޒޭ ރިޔާސީ ގަނޑުވަރުގައި ހުންނަވަނިކޮށް ނަގާފައިވާ ފޮޓޯ އެއް.

އާންމުކޮށް އަހަރަކު އެންމެ 1،000 އައިނު އުފައްދާ މި ކުންފުނިން މިހާރު ވަނީ އޮންލައިންކޮށް 500 އަށްވުރެ ގިނަ އައިނު ވިއްކާފަ އެވެ. މިއީ ޖޫރާ ގައި އުފައްދާ "އޭވިއޭޓާ ޕެސިފިކް އެސް01" މޮޑެލްގެ އަހަރަކު އުފައްދާ 200 އައިނާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ.

އައިނު ކުންފުނިން ބުނި ގޮތުގައި، ވެބްސައިޓަށް ވަންނަ މީހުން ގިނަވެ ސައިޓް ހުއްޓުމަކަށް އައުމާ ގުޅިގެން، ރައީސް މެކްރޯން ބޭނުންކުރެއްވި މޮޑެލްއަށް ހާއްސަ ވަގުތީ ޕޭޖެއް މިހާރު ވަނީ ހަދާފަ އެވެ. އަދި މަދު ދުވަސްކޮޅެއްގެ ތެރޭގައި "އައިވިޝަން ޓެކް" ކުންފުނީގެ ހިއްސާގެ އަގު ވަނީ 70 އިންސައްތައަށް އުފުލިފަ އެވެ.

ރައީސް މެކްރޯން މި އައިނަށް އޯޑަރު ދެއްވީ 2024 ވަނަ އަހަރު ޖީ20 ސަމިޓުގެ ތެރެއިން ވަޒީރަކަށް ހަދިޔާ އަކަށް ދެއްވުމަށާއި އަމިއްލަފުޅަށް ބޭނުންކުރެއްވުމަށް ކަމަށް ކުންފުނިން ބުނެފައިވެ އެވެ.

ރަނުގެ ނަރު ބޭނުންކޮށްގެން އުފައްދާ މި އޭވިއޭޓާ އައިނަކީ ހަތަރު މަސް ދުވަހުގެ ތެރޭގައި 279 މަރުހަލާއެއް ކަޑައްތުކޮށްގެން ވަރަށް ފަރުވާތެރިކަމާއެކު އުފައްދާ އައިނެކެވެ.

"ހެންރީ ޖޫލިއަން" ކުންފުނީގައި ދިގު މުއްދަތަކަށް މަސައްކަތް ކޮށްފައިވާ އުމުރުން 60 އަހަރުގެ ހާވޭ ބަސެޓް ބުނި ގޮތުގައި، ރައީސް މެކްރޯންއަށް ތައްޔާރުކުރި ދެ އައިނު އުފެއްދުމުގައި ވަރަށް ހާއްސަ ސަމާލުކަމެއް ދީފައިވާނެ އެވެ.

މި އައިނު އުފެއްދުމުގައި ބައިވެރިވި ހުރިހާ މުވައްޒަފުންނަށް ރައީސް މެކްރޯންގެ ފަރާތްޕުޅުން ޝުކުރުގެ ސިޓީ އެއް ފޮނުއްވި އެވެ.

މަސްދަރު: އޭއެފްޕީ

އެމެނުއެލް މެކްރޮންރައީސް ޑޮނަލްޑް ޓްރަމްޕްވޯލްޑް އިކޮނޮމިކް ފޯރަމްހެންރީ ޖޫލިއަންއައިވިޝަން ޓެކްއަވި އައިނު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2026

ޕެޒެޝްކިއަން: ޓްރަމްޕް އާއި ނަތަންޔާހޫ އަދި އީޔޫ އިން މަސައްކަތް ކުރީ އީރާން ބައިބައި ކޮށްލަން

31 ޖެނުއަރީ 2026
ޕެޒެޝްކިއަން: ޓްރަމްޕް އާއި ނަތަންޔާހޫ އަދި އީޔޫ އިން މަސައްކަތް ކުރީ އީރާން ބައިބައި ކޮށްލަން
31 ޖެނުއަރީ 2026

އެޕްސްޓީން ފައިލް ގައި ޑިއުކް އާއި ރަޝިޔާ އަންހެންކުއްޖަކާ ބައްދަލު ކުރުމާއި، ބިލްގޭޓްސް އަށް ޖިންސީ ގުޅުމުން ބައްޔެއް ޖެހުނު ވާހަކަ އާއި މަސްކް މަޖާ ކުރަން ދާން އުޅުނު ވާހަކަ!

އިޒްރޭލަށް އޮތް ހަސަދައިގެ ސަބަބުން، ރިޔާސީ ބަހުސްގެ ތެރެއިން ބައިޑަން އަވަހާރަކޮށްލަން މަސައްކަތް ކުރި

31 ޖެނުއަރީ 2026
އިޒްރޭލަށް އޮތް ހަސަދައިގެ ސަބަބުން، ރިޔާސީ ބަހުސްގެ ތެރެއިން ބައިޑަން އަވަހާރަކޮށްލަން މަސައްކަތް ކުރި
31 ޖެނުއަރީ 2026

ބައިޑަން ވިދާޅުވީ އެމެރިކާގެ އަމިއްލަ ސަރުކާރުން ރައްޔިތުންނާ ކުރިމަތިލައި، ރައްޔިތުން ޓާގެޓު ތަކަށް ހަދަނީ ކަމަށް

31 ޖެނުއަރީ 2026
ބައިޑަން ވިދާޅުވީ އެމެރިކާގެ އަމިއްލަ ސަރުކާރުން ރައްޔިތުންނާ ކުރިމަތިލައި، ރައްޔިތުން ޓާގެޓު ތަކަށް ހަދަނީ ކަމަށް
31 ޖެނުއަރީ 2026

އީރާން އިން ބޭނުން ވަނީ ޑީލެއް ހަދަން: ޓްރަމްްޕް

31 ޖެނުއަރީ 2026
އީރާން އިން ބޭނުން ވަނީ ޑީލެއް ހަދަން: ޓްރަމްްޕް
30 ޖެނުއަރީ 2026

މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވީ ނަމަވެސް، އީރާނާ މެދު ގެންގުޅޭ ސިޔާސަތުގެ "ނިމުން އޮންނާނެ ގޮތެއް" ނޭނގޭ: އޮފިޝަލް

30 ޖެނުއަރީ 2026
މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވީ ނަމަވެސް، އީރާނާ މެދު ގެންގުޅޭ ސިޔާސަތުގެ "ނިމުން އޮންނާނެ ގޮތެއް" ނޭނގޭ: އޮފިޝަލް
30 ޖެނުއަރީ 2026

އީރާނުގެ ބޫޝެހެރް ނިއުކްލިއަރ ޕްލާންޓުން ރަޝިޔާގެ މުވައްޒަފުން ގެންދަން ތައްޔާރަށް ތިބި ކަމަށް އެ ގައުމުން ބުނެފި

30 ޖެނުއަރީ 2026
އީރާނުގެ ބޫޝެހެރް ނިއުކްލިއަރ ޕްލާންޓުން ރަޝިޔާގެ މުވައްޒަފުން ގެންދަން ތައްޔާރަށް ތިބި ކަމަށް އެ ގައުމުން ބުނެފި
30 ޖެނުއަރީ 2026

އީރާނުން ހޯމޫޒް ކަނޑުއޮޅީގައި ލައިވް ވަޒަން ބޭނުން ކޮށްގެން އަސްކަރީ ތަމްރީން ފަށަން ތައްޔާރުވެއްޖެ

30 ޖެނުއަރީ 2026
އީރާނުން ހޯމޫޒް ކަނޑުއޮޅީގައި ލައިވް ވަޒަން ބޭނުން ކޮށްގެން އަސްކަރީ ތަމްރީން ފަށަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2026

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ހުކުރު ދުވަހު އިސްތަންބޫލަށް ވަޑައިގެންފި

30 ޖެނުއަރީ 2026
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ހުކުރު ދުވަހު އިސްތަންބޫލަށް ވަޑައިގެންފި
30 ޖެނުއަރީ 2026

އެމެރިކާގެ އަސްކަރީ ޑިސްޓްރޯޔަރު އިޒްރޭލުގެ އީލާތު ގައި ބަނދަރުކޮށްފި

30 ޖެނުއަރީ 2026
އެމެރިކާގެ އަސްކަރީ ޑިސްޓްރޯޔަރު އިޒްރޭލުގެ އީލާތު ގައި ބަނދަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް