Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސައުދީ-އެމެރިކާ

އީރާނަށް ހަމަލާނުދީފި ނަމަ އެ ގައުމުގެ ނުފޫޒާއި ބާރު އިތުރަށް ގަދަވެގެންދާނެ ކަމަށް ސައޫދީގެ ދިފާއީ ވަޒީރު ވިދާޅުވެއްޖެ - އެކްސިއޯސް

ކުރު ދުވަހު މެދުއިރުމަތީގެ ތިންކްޓޭންކް ގެ 15 މެމްބަރުންނާއި ޔަހޫދީ ޖަމާއަތްތަކުގެ މަންދޫބުންނާއެކު ބޭއްވި ބައްދަލުވުމުގައި ޕްރިންސް ޚާލިދުގެ ރޫހު ހުރީ މިހާތަނަށް ސައުދީން ފާޅުގައި ދައްކަމުން އައި ވާހަކަތަކާ މުޅިން ތަފާތު ކޮށް ކަމަށް ރިޕޯޓު ކޮށްފައިވޭ.

ރާއްޖެ އެމްވީ | 31 ޖެނުއަރީ 2026 | ހޮނިހިރު 06:47
ސައުދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓަރު ޕްރިންސް ޚާލިދު ބިން ސަލްމާން އަދި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، ވޮޝިންގޓަން ޑީ.ސީ ގައި ބައްދަލުކުރައްވަނީ.

ސައުދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓަރު ޕްރިންސް ޚާލިދު ބިން ސަލްމާން އަދި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، ވޮޝިންގޓަން ޑީ.ސީ ގައި ބައްދަލުކުރައްވަނީ. | ގެޓީ އިމޭޖަސް

ރައީސް ޓްރަމްޕް އީރާނާ ދެކޮޅަށް ދެއްވާފައިވާ އިންޒާރުތަކާ އެއްގޮތަށް އަމަލީ ފިޔަވަޅު ނާޅުއްވައިފި ނަމަ، އެ ގައުމުގެ ސަރުކާރުގެ ބާރު ކުރިއަށްވުރެ ގަދަވެ، ނުފޫޒު ފުޅާވެގެންދާނެ ކަމަށް ވޮޝިންގޓަންގައި މިދިޔަ ހުކުރު ދުވަހު ބޭއްވި ސިއްރު ބައްދަލުވުމެއްގައި، ސައޫދީ އަރަބިއްޔާގެ ދިފާއީ ވަޒީރު ޕްރިންސް ޚާލިދު ބިން ސަލްމާން ވިދާޅުވި ކަމަށް އެމެރިކާގެ މަޝްހޫރު ނޫހެއް ކަމަށްވާ އެކްސިއޯސް އިން ރިޕޯޓު ކޮށްފި އެވެ.

މިކަން މިގޮތަށް ހިނގާފައިވާކަން އެ ބައްދަލުވުމުގައި ބައިވެރިވި ހަތަރު މަސްދަރަކުން 'އެކްސިއޯސް' އަށް ކަށަވަރުކޮށްދީފައިވާ ކަމަށް މި ޚަބަރުގައިވެ އެވެ.

މިއީ މަސްރަހު އިތުރަށް ގޯސްވިޔަ ނުދިނުމަށް ގޮވާލައި ސައޫދީން މީގެކުރިން އާންމުކޮށް ގެންގުޅުނު ސިޔާސަތާ މުޅިން ޚިލާފު ވާހަކަތަކެއް ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ. އަދި މީގެ ތިން ހަފުތާ ކުރިން ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ރައީސް ޓްރަމްޕާ ފޯނުން ގުޅުއްވައި ފާޅުކުރެއްވި ކަންބޮޑުވުންތަކާ ވެސް މި ވާހަކަ ފުށުއަރަ އެވެ. އޭރު ވަލީ އަހުދު ދެއްކެވި ވާހަކަ އަކީ ޓްރަމްޕްގެ ހަމަލާ ފަސްކުރުމަށް މެދުވެރިވި އެއް ސަބަބު ކަމަށް އޮތީ ބެލެވިފަ އެވެ.

ވަލީ އަހުދުގެ ކޮއްކޯފުޅު އަދި އެންމެ އަރިސް އެއް ފަރާތް ކަމަށްވާ ޕްރިންސް ޚާލިދު ބިން ސަލްމާން ވޮޝިންގޓަނަށް ކުރެއްވި މި ދަތުރުފުޅަކީ، އެމެރިކާގެ އަސްކަރީ ހަމަލާއަކަށް މުޅި ސަރަހައްދު ނުތަނަވަސް ވަމުންދާ ދަނޑިވަޅެއްގައި، އީރާނާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ.

ރައީސް ޓްރަމްޕް ވަނީ ގަލްފުގެ ސަރަހައްދަށް އެމެރިކާގެ އަސްކަރީ ބާރުތައް ޖަމާކުރަން އަމުރުކުރައްވާފަ އެވެ. ނަމަވެސް ވައިޓް ހައުސްގެ އޮފިޝަލުން ވިދާޅުވަނީ ހަމަލާދިނުމުގެ ފަހުގެ ނިންމުން އަދި ނުނިންމަވާ ކަމަށާއި، ޑިޕްލޮމެޓިކް މަގުން މައްސަލަ ހައްލުކުރުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ.

މި ވަގުތު އެމެރިކާ އާއި އީރާނާ ދެމެދު ސީދާ އެއްވެސް މަޝްވަރާއެއް ކުރިއަކަށް ނުދެއެވެ. އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، އެމެރިކާ އިން ހުށަހަޅާ ހަރުކަށި ޝަރުތުތަކުގެ މައްޗަށް އެއްބަސްވުމަކަށް އައުމަށް އީރާނުން ޝައުގުވެރިކަމެއް ނުބަހައްޓަ އެވެ. 

ޕްރިންސް ޚާލިދު ބިން ސަލްމާން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ވައިޓް ހައުސްގައި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު، ވައިޓް ހައުސްގެ މަންދޫބު ސްޓީވް ވިޓްކޮފް އަދި ޖޮއިންޓް ޗީފްސްގެ ޗެއާމަން ޖެނެރަލް ޑޭން ކޭންއާއެކު ދިގު މަޝްވަރާތަކެއް ބާއްވަވާފަ އެވެ. މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ އީރާނަށް އެމެރިކާ އިން ދީފާނެ ހަމަލާއަކާ ގުޅޭގޮތުން ވާހަކަދެއްކުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެކްސިއޯސް އިން ބުނެފައިވެ އެވެ.

ސިޔާސަތުގެ ފުށުއެރުން

އީރާނާއި އެމެރިކާ އާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމާ ގުޅިގެން ސައުދީ އިން ފެންނަ ތަނުގައި މިހާތަނަށް ގެންގުޅެމުން އައީ ހަމަލާ ދިނުމާ ދެކޮޅު ވިސްނުމެއްކަން ފާހަގަ ކުރެވިފައިވެ އެވެ. ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މިދިޔަ ބުދަ ދުވަހު އީރާނުގެ ރައީސަށް ގުޅުއްވައި ވިދާޅުވީ، އީރާނަށް ހަމަލާ ދިނުމަށް އެމެރިކާ އިން ސައޫދީގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ނުދޭނެ ކަމަށެވެ. އަދި ސައޫދީން ނެރުނު ބަޔާނެއްގައި ވަނީ އީރާނުގެ މިނިވަންކަމަށް އިހުތިރާމްކުރާ ކަމަށާއި، މައްސަލަ އަށް ޑިޕްލޮމެޓިކް ހައްލެއް ބޭނުންވާ ކަމަށް ބުނެފަ އެވެ.

ނަމަވެސް، ހުކުރު ދުވަހު މެދުއިރުމަތީގެ ތިންކްޓޭންކް ގެ 15 މެމްބަރުންނާއި ޔަހޫދީ ޖަމާއަތްތަކުގެ މަންދޫބުންނާއެކު ބޭއްވި ބައްދަލުވުމުގައި ޕްރިންސް ޚާލިދުގެ ރޫހު ހުރީ މިއަށްވުރެ ހަރުކަށިކޮށް ކަމަށް އެކްސިއޯސް އިން ބުނެފައިވެ އެވެ. އޭނާ ވިދާޅުވި ކަމަށް ރިޕޯޓު  ކޮށްފައިވަނީ ހަފުތާތަކެއް ވަންދެން އިންޒާރު ދިނުމަށް ފަހު ޓްރަމްޕަށް އަސްކަރީ ފިޔަވަޅު އަޅަން މަޖުބޫރުވާނެ ކަމަށާއި، ހަމަ އެއާ އެކު ސަރަހައްދީ ހަނގުރާމައަކަށް މިކަން ބަދަލުވިޔަ ނުދީ ހިފެހެއްޓުމަށް މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.

ބައެއް މަސްދަރުތަކުން އެކްސިއޯސް އަށް މައުލޫމާތު ދީފައިވާ ގޮތުގައި، ޕްރިންސް ޚާލިދު އެ ދެއްކެވި ވާހަކަތަކަކީ ވައިޓް ހައުސް ގައި ބޭއްވި ބައްދަލުވުމުގައި ވެސް ދެއްވި މެސެޖެވެ. އެހެން ނަމަވެސް، އީރާނާ މެދު ޓްރަމްޕްގެ ސަރުކާރުން ގެންގުޅޭނެ ސީދާ ސްޓްރެޓަޖީ އެއް ނުވަތަ ނިންމުމެއް އެ ބައްދަލުވުމުން ސާފުނުވާ ކަމަށް ވެސް އޭނާ ވިދާޅުވި ކަމަށް ޚަބަރުގައިވެ އެވެ.

އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ އެކްސިއޯސް އިން ބުނެފައި ވަނީ މީގެ ތިން ހަފުތާ ކުރިން ސައޫދީން އެމެރިކާ ކިބައިން އާދޭސްކުރަމުން ދިޔައީ އީރާނަށް ހަމަލާނުދިނުމަށެވެ. ނަމަވެސް މިހާރު މި އައި ބަދަލުގެ ސަބަބަކީ، ޓްރަމްޕް ހަމަލާދޭން ނިންމާފައިވާކަން ސައޫދީ އަށް ޔަގީންވުމުން، އެ ނިންމުމާ ދެކޮޅު ހަދާ ބައެއްގެ ގޮތުގައި ފެންނަން ބޭނުންނުވުން ކަމަށް ބެލެވޭ ކަމަށް ބުނެފައިވެ އެވެ.

ޕްރިންސް ޚާލިދު ގެ ބައްދަލުވުން އޮތް ތަނުގައި ތިބި އިން އޮފިޝަލަކު މައުލޫމާތު ދިން ކަމަށް ބުނެ އެކްސިއޯސް އިން އިތުރަށް ރިޕޯޓު ކޮށްފައިވާ ގޮތުގައި، ސައޫދީ އަރަބިއްޔާ އިން އިޒްރޭލާ ދުރަށް ނުދާ ކަމަށާއި، އަދި މުސްލިމް ބްރަދަރހުޑް ފަދަ ޖަމާއަތްތަކާ ގާތްނުވާ ކަމަށް ޕްރިންސް ޚާލިދު ވިދާޅުވި ކަމަށެވެ. އަދި ސައޫދީގެ މީޑިއާތަކާއި ސޯޝަލް މީޑިއާގައި އިޒްރޭލާ ދެކޮޅު ޝުއޫރުތައް އިތުރުވަމުން ދާތީ އެކަމާ މެދު އުފެދުނު ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުން އޭނާ ވިދާޅުވީ، އެއީ "މޮޔަ ވާހަކަތައް" ކަމަށާއި އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

އީރާން-އެމެރިކާޕްރިންސް ޚާލިދު ބިން ސަލްމާންއެމެރިކާ-ސައުދީ އަރަބިއްޔާމުޙައްމަދު ބިން ސަލްމާންއީރާން-ސައުދީ އަރަބިއްޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާން އިން ބޭނުން ވަނީ ޑީލެއް ހަދަން: ޓްރަމްްޕް

އީރާން އިން ބޭނުން ވަނީ ޑީލެއް ހަދަން: ޓްރަމްްޕް

31 ޖެނުއަރީ 2026
މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވީ ނަމަވެސް، އީރާނާ މެދު ގެންގުޅޭ ސިޔާސަތުގެ "ނިމުން އޮންނާނެ ގޮތެއް" ނޭނގޭ: އޮފިޝަލް

މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވީ ނަމަވެސް، އީރާނާ މެދު ގެންގުޅޭ ސިޔާސަތުގެ "ނިމުން އޮންނާނެ ގޮތެއް" ނޭނގޭ: އޮފިޝަލް

30 ޖެނުއަރީ 2026
އީރާނުގެ ބޫޝެހެރް ނިއުކްލިއަރ ޕްލާންޓުން ރަޝިޔާގެ މުވައްޒަފުން ގެންދަން ތައްޔާރަށް ތިބި ކަމަށް އެ ގައުމުން ބުނެފި

އީރާނުގެ ބޫޝެހެރް ނިއުކްލިއަރ ޕްލާންޓުން ރަޝިޔާގެ މުވައްޒަފުން ގެންދަން ތައްޔާރަށް ތިބި ކަމަށް އެ ގައުމުން ބުނެފި

30 ޖެނުއަރީ 2026
ސަރަހައްދުގައި ހުރި އެމެރިކާ ބޭސްތަކަކާއި ސިފައިން ތިބީ އީރާނުގެ ހަމަލާ ފޯރާ ރޭންޖުގެ ތެރޭގައި: އީރާން

ސަރަހައްދުގައި ހުރި އެމެރިކާ ބޭސްތަކަކާއި ސިފައިން ތިބީ އީރާނުގެ ހަމަލާ ފޯރާ ރޭންޖުގެ ތެރޭގައި: އީރާން

30 ޖެނުއަރީ 2026
"ދެ ގަޑިއިރުގެ ހަނގުރާމައަކަށް ނުވާނެ" ކަމަށް ބުނެ އީރާނުން ވަގުތުން ހަރުކަށި ރައްދުދޭނެ ކަމުގެ އިންޒާރު ދީފި

"ދެ ގަޑިއިރުގެ ހަނގުރާމައަކަށް ނުވާނެ" ކަމަށް ބުނެ އީރާނުން ވަގުތުން ހަރުކަށި ރައްދުދޭނެ ކަމުގެ އިންޒާރު ދީފި

30 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު