Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އިޒްރޭލް

އެމެރިކާގެ އަސްކަރީ ޑިސްޓްރޯޔަރު އިޒްރޭލުގެ އީލާތު ގައި ބަނދަރުކޮށްފި

އެމެރިކާގެ ދިފާއީ އޮފިޝަލަކު ރޮއިޓާސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސަލާމަތީ ސަބަބުތަކަށްޓަކައި އަސްކަރީ އޮޕަރޭޝަންތަކުގެ ތަފްސީލު ހާމަކުރެވެން ނެތް ކަމަށާއި، އެންމެ ބޮޑު އިސްކަމެއް ދެނީ ސިފައިންގެ ރައްކާތެރިކަމަށް ކަމުގައި.

ރާއްޖެ އެމްވީ | 30 ޖެނުއަރީ 2026 | ހުކުރު 10:12
ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ޕޯޓް-އޮފް-ސްޕެއިންގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއްގައި ބައިވެރިވުމަށްޓަކައި، އެމެރިކާގެ މަނަވަރު "ޔޫއެސްއެސް ގްރޭވްލީ" ބަނދަރު ކުރަނީ - އޮކްޓޫބަރު 26، 2025.

ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ޕޯޓް-އޮފް-ސްޕެއިންގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއްގައި ބައިވެރިވުމަށްޓަކައި، އެމެރިކާގެ މަނަވަރު "ޔޫއެސްއެސް ގްރޭވްލީ" ބަނދަރު ކުރަނީ - އޮކްޓޫބަރު 26، 2025. | އޭޕީ

އީރާނާ ދެމެދު މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާގެ ކަނޑުގެ ސިފައިންގެ ޑިސްޓްރޯޔަރެއް އިޒްރޭލުގެ އީލާތު ގައި ބަނދަރުކޮށްފައިވާ ކަމަށް، އިޒްރޭލުގެ އަސްކަރިއްޔާއާ ހަވާލާދީ އެ ގައުމުގެ "ވައިނެޓް" ނިއުސް ވެބްސައިޓުން ހުކުރު ދުވަހު ރިޕޯޓްކޮށްފި އެވެ.

އިޒްރޭލާއި މިސްރު އަދި އުރުދުން ގުޅޭ ބޯޑަރު ކައިރީގައި އޮންނަ ގަލްފް އޮފް އަގަބާގެ ދެކުނު ބަނދަރަށް މި މަނަވަރު އައުމަކީ ކުރިން ރޭވިފައިވާ ކަމެއް ކަމަށާއި، މިއީ އެމެރިކާ އާއި އިޒްރޭލުގެ އަސްކަރިއްޔާ އާ ދެމެދު އޮންނަ ގުޅުމުގެ ތެރެއިން ހިނގާ ކަމެއް ކަމަށް ވައިނެޓުން ބުނެފައިވެ އެވެ.

މިކަމާ ގުޅޭގޮތުން ރޮއިޓާސް ނިއުސް އެޖެންސީން ސުވާލު ކުރުމުން، އެމެރިކާގެ ކަނޑުގެ ސިފައިންނާއި އިޒްރޭލުގެ އަސްކަރިއްޔާއިން ވަގުތުން ޖަވާބެއް ދީފައެއް ނުވެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މެދުއިރުމައްޗަށް އިތުރު އަސްކަރީ ވަސީލަތްތައް ފޮނުއްވަމުން ގެންދެވި ނަމަވެސް، މި މަނަވަރު ބަނދަރު ކުރީ އީރާނާ އެކު މަޝްވަރާ ކުރުމަށް ތައްޔާރަށް ހުންނެވި ކަމުގެ އިޝާރާތެއް ޓްރަމްޕް ދެއްވާފައިވާ ދަނޑިވަޅެއްގަ އެވެ. 

އެމެރިކާގެ ދިފާއީ އޮފިޝަލަކު ރޮއިޓާސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސަލާމަތީ ސަބަބުތަކަށްޓަކައި އަސްކަރީ އޮޕަރޭޝަންތަކުގެ ތަފްސީލު ހާމަކުރެވެން ނެތް ކަމަށާއި، އެންމެ ބޮޑު އިސްކަމެއް ދެނީ ސިފައިންގެ ރައްކާތެރިކަމަށް ކަމަށެވެ.

ޕެންޓަގަންގެ ވެރިޔާ ޕީޓް ހެގްސެތު ވިދާޅުވީ، ރައީސް ނިންމަވާ ކޮންމެ ފިޔަވަޅެއް ތަންފީޒު ކުރުމަށް އެމެރިކާގެ އަސްކަރިއްޔާ އޮތީ ތައްޔާރަށް ކަމަށެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އަލުން މަޝްވަރާގެ މޭޒަށް އެނބުރި ނައުމުން، އެމެރިކާ އިން މިއަށްވުރެ ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވާފައިވާއިރު، ތެހެރާނުން ވަނީ އެމެރިކާ އާއި އިޒްރޭލު އަދި އެ ގައުމުތަކުގެ ބައިވެރިންނަށް ރައްދު ހަމަލާދޭނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.

މަސްދަރު: ރޮއިޓާސް

އީރާން-އިޒްރޭލްރައީސް ޑޮނަލްޑް ޓްރަމްޕްއީލާތުޕީޓް ހެގްސެތުއީރާން ނިއުކްލިއަރ ޕްރޮގްރާމް

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރަހައްދުގައި ހުރި އެމެރިކާ ބޭސްތަކަކާއި ސިފައިން ތިބީ އީރާނުގެ ހަމަލާ ފޯރާ ރޭންޖުގެ ތެރޭގައި: އީރާން

ސަރަހައްދުގައި ހުރި އެމެރިކާ ބޭސްތަކަކާއި ސިފައިން ތިބީ އީރާނުގެ ހަމަލާ ފޯރާ ރޭންޖުގެ ތެރޭގައި: އީރާން

30 ޖެނުއަރީ 2026
"ދެ ގަޑިއިރުގެ ހަނގުރާމައަކަށް ނުވާނެ" ކަމަށް ބުނެ އީރާނުން ވަގުތުން ހަރުކަށި ރައްދުދޭނެ ކަމުގެ އިންޒާރު ދީފި

"ދެ ގަޑިއިރުގެ ހަނގުރާމައަކަށް ނުވާނެ" ކަމަށް ބުނެ އީރާނުން ވަގުތުން ހަރުކަށި ރައްދުދޭނެ ކަމުގެ އިންޒާރު ދީފި

30 ޖެނުއަރީ 2026
ޓްރަމްޕް: އިނގިރޭސިވިލާތުން ޗައިނާ އާ މުއާމަލާތް ކުރުމަކީ "ނުރައްކާތެރި" ކަމެއް

ޓްރަމްޕް: އިނގިރޭސިވިލާތުން ޗައިނާ އާ މުއާމަލާތް ކުރުމަކީ "ނުރައްކާތެރި" ކަމެއް

30 ޖެނުއަރީ 2026
އީރާނާ ބެހޭ ގޮތުން ރައީސް ޓްރަމްޕް ނިންމަވާ ކޮންމެ ނިންމެވުމެއް ތަންފީޒުކުރުމަށް އެމެރިކާގެ އަސްކަރިއްޔާ އޮތީ ތައްޔާރަށް ކަމަށް ޕެންޓަގަންގެ ވެރިޔާ ވިދާޅުވެއްޖެ

އީރާނާ ބެހޭ ގޮތުން ރައީސް ޓްރަމްޕް ނިންމަވާ ކޮންމެ ނިންމެވުމެއް ތަންފީޒުކުރުމަށް އެމެރިކާގެ އަސްކަރިއްޔާ އޮތީ ތައްޔާރަށް ކަމަށް ޕެންޓަގަންގެ ވެރިޔާ ވިދާޅުވެއްޖެ

30 ޖެނުއަރީ 2026
ވަގުތީ ރައީސް ޑެލްސީ އަށް ވަފާތެރިވުމަށް، ވެނެޒުއެލާގެ ސިފައިންނާއި ފުލުހުން ހުވާ ކޮށްްފި

ވަގުތީ ރައީސް ޑެލްސީ އަށް ވަފާތެރިވުމަށް، ވެނެޒުއެލާގެ ސިފައިންނާއި ފުލުހުން ހުވާ ކޮށްްފި

29 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު