Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުވައްމުލަކު ސިޓީ ކައުންސިލް

އާމްދަނީ ގޮތުގައި ބަލައިގެންފައިވާ އެއް މިލިއަނަށް ވުރެ ގިނަ ފައިސާ ފަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައިނުވޭ: ފުވައްމުލަކު ސިޓީި ކައުންސިލް އޮޑިޓް

އޮޑިޓަރ ޖެނަރަލް އޮފީހުން އާއްމުކުރި އެރިޕޯޓުގައި ކައުންސިލްގެ ގިނަ އިހުމާލުގެ މައްސަލަތައް ފާހަގަ ކޮށްފައިވޭ. ރިޕޯޓުގައި ބުނީ، ކުއްޔަށް ދޫކޮށްފައިވާ ބިންތަކުންނާއި، އިމާރާތްތަކުން ގިނަ އަދަދެއްގެ ފައިސާ ނުލިބޭ ކަމަށް. އެގޮތުން 25 ޑިސެންބަރު 2025 ގެ ނިޔަލަށް ނުލިބި ހުރި ފައިސާގެ ޖުމްލަ 3،639،771 އަރާ ކަަމަށް ރިޕޯޓުގައި ބުނެފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 31 ޖެނުއަރީ 2026 | ހޮނިހިރު 11:18
ފުވައްމުލަކު ސިޓީ ރައްޔިތުންނާ ބައްދަލު ކުރުމަށް ރައީސް މުޢިއްޒު ބޭއްވި ޖަލްސާގައި، އެމަނިކުފާނުގެ އަރިހުގައި މޭޔަރު އިސްމާއީލް ރަފީގު

ފުވައްމުލަކު ސިޓީ ރައްޔިތުންނާ ބައްދަލު ކުރުމަށް ރައީސް މުޢިއްޒު ބޭއްވި ޖަލްސާގައި، އެމަނިކުފާނުގެ އަރިހުގައި މޭޔަރު އިސްމާއީލް ރަފީގު | ރައީސް އޮފީސް

އާމްދަނީގެ ގޮތުގައި ބަލައިގެންފައިވާ އެއް މިލިއަނަށް ވުރެ ގިނަ ފައިސާ ފަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައިނުވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް އަދި 2024 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

އޮޑިޓަރ ޖެނަރަލް އޮފީހުން އާއްމުކުރި އެރިޕޯޓުގައި ކައުންސިލްގެ ގިނަ އިހުމާލުގެ މައްސަލަތައް ފާހަގަ ކޮށްފައިވެ އެވެ. 

ރިޕޯޓުގައި ބުނީ، ކުއްޔަށް ދޫކޮށްފައިވާ ބިންތަކުންނާއި، އިމާރާތްތަކުން ގިނަ އަދަދެއްގެ ފައިސާ ނުލިބޭ ކަމަށެވެ. އަދި އެފައިސާ ހޯދުމަށް މަސައްކަތް ކޮށްފައިނުވާ ކަމަށެވެ. 

އެގޮތުން 25 ޑިސެންބަރު 2025 ގެ ނިޔަލަށް ނުލިބި ހުރި ފައިސާގެ ޖުމްލަ 3،639،771 އަރާ ކަަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. 

ދައުލަތުގެ އާމްދަނީ ފައިސާގެ ގޮތުގައި ބަލައިގެންފައިވާ ފައިސާ ފަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައިނުވާކަން ފާހަގަކޮށް ރިޕޯޓުގައި ބުނީ، ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރަން ޖެހޭ ފައިސާ ނަމަވެސް ކައުންސިލްގެ އިދާރާއިން 31 ޑިސެންބަރު 2024 ގެ ނިޔަލަށް ދައުލަތުގެ އާމްދަނީގެ ގޮތުގައި ބަލައިގެންފައިވާ 1،040،405 (އެއް މިލިއަން ސާޅީސް ހާސް ހަތަރު ސަތޭކަ ފަހެއް) ރުފިޔާ އޮޑިޓް ކުރެވުނު ތާރީޚު ( 16 ޖޫން 2025) ގެ ނިޔަލަށް ވެސް ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައި ނުވާ ކަމަށެވެ. 

މީގެ އިތުރުން ޕާފޯމަންސް ގެރެންޓީގެ ގޮތުގައި ކައުންސިލްގެ އިދާރާއަށް ނަގަން ޖެހޭ 83،998 ރުފިޔާ ނެގުމުގެ ފުރުސަތު ގެއްލިފައިވުމާއި، ސިޓީ ކައުންސިލްގެ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ބިން ބޭނުންކުރުމާއި ބެހޭ ޕްލޭންއެއް އެކުލަވާލާފައި ނުވުމާއި، ސިވިލް ސަރވިސް ކޮމިޝަނުން އަންގާފައިވާ އެންގުމާ ހިލާފަށް އެޓެންޑެންސް އެލަވަންސް ދީފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. 

އޮޑިޓް ރިޕޯޓުގައި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްތައް ދިނުމަށް ދޫކޮށްފައިވާ ބިންތަކުން ލިބެން ޖެހޭ ފައިސާ ވެސް ނުލިބޭ ކަމަށް ބުނެފައިވެ އެވެ. 

އެގޮތުން 2005 ވަނަ އަހަރު ފުވައްމުލަކު ފުނާޑު އަވަށުން ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްތައް ދިނުމަށް ދޫކޮށްފައިވާ 4312 އަކަފޫޓުގެ ބިމަކާއި، ދިގުވާޑު އަވަށުން 10،295 އަކަފޫޓުގެ ބިމެއް ކުންފުންޏަކަށް މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓްއިން ދޫކޮށްފައިވާއިރު، މި ދެ ބިން ދޫކުރުމަށް ވެފައިވާ އެއްބަސްވުންތަކުގެ މުއްދަތު 2020 ވަނަ އަހަރަށް ވަނީ ހަމަވެފަ އެވެ. އެއްބަސްވުން ތައް އާ ކުރުމަށް ފޮނުވުމުން އެފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައި ނުވާކަމާއި އެއްބަސްވުންތައް އާ ކުރުމަކާ ނުލައި ވޭތުވެދިޔަ 4 އަހަރު އެ ބިންތައް ބޭނުން ކޮށްފައިވާކަން ރިޕޯޓު ގައި ފާހަގަކޮށްފައިވެ އެވެ. 

2017 ވަނަ އަހަރުން ފެށިގެން މުވައްފުލަކު ހޯދަޑު އަވަށުން 582 އަކަފޫޓުގެ ބިމެއް ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްތައް ދިނުމަށްޓަކައި ބޭނުން ކުރަމުން ގޮސްފައިވީ ނަމަވެސް މި ބިން ބޭނުން ކުރަމުން ގޮސްފައިވަނީ އެއްބަސްވުމެއްގައި ސޮއިކުރުމަކާ ނުލައި ކަމާއި، އެފަރާތުން މި ބިންތައް ބޭނުން ކުރަމުން އައިސްފައިވަނީ ކުލި ދެއްކުމަކާ ނުލައި ކަމަށް ކައުންސިލުން މައުލޫމާތު ދިފައިވާ ކަމަށެވެ. 

އެގޮތުން 2024 ވަނަ އަހަރުގެ ނިޔަލަށް މި ތިން ބިމުން ޖުމްލަ 1،044،580 ( އެއް މިލިޔަން ސާޅީސް ހަތަރު ހާސް ފަސްސަތޭކަ އަށްޑިހަ) ރުފިޔާ ކައުންސިލަށް ލިބެންޖެހޭ ފައިސާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. 

އޮޑިޓް ރިޕޯޓުގައި ވަނީ މި ހުރިހާ ކަމެއް އިސްލާހުކޮށް، މާލިއްޔަތު ގަވާއިދާ އެއްގޮތަށް އަމަލު ކުރުމަށް ކައުންސިލަށް އަންގާފަ އެވެ. 

ފުވައްމުލަކު ސިޓީ ކައުންސިލްއޮޑިޓަރ ޖެނެރަލްގެ ރިޕޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ދާންދޫ ކައުންސިލުން ކަރަންޓު ބިލްތަކަށް ދައްކަން ޖެހޭ ފައިސާ އިން ކުޅިވަރު ހަރަކާތްތަކަށް 7 ލައްކަ ރުފިޔާ ހަރަދު ކޮށްފައިވޭ: އޮޑިޓް

ދާންދޫ ކައުންސިލުން ކަރަންޓު ބިލްތަކަށް ދައްކަން ޖެހޭ ފައިސާ އިން ކުޅިވަރު ހަރަކާތްތަކަށް 7 ލައްކަ ރުފިޔާ ހަރަދު ކޮށްފައިވޭ: އޮޑިޓް

09 ޖެނުއަރީ 2026
2024 ވަނަ އަހަރު އާސަންދައިން ބިލްތަކަށް ދައްކަން ޖެހޭ 640 މިލިއަން ރުފިޔާ ދައްކާފައި ނުވޭ: އޮޑިޓް

2024 ވަނަ އަހަރު އާސަންދައިން ބިލްތަކަށް ދައްކަން ޖެހޭ 640 މިލިއަން ރުފިޔާ ދައްކާފައި ނުވޭ: އޮޑިޓް

08 ޖެނުއަރީ 2026
ކުޑަފަރީ ކައުންސިލުން ހުއްދަނެތި ދިން ހާޒިރީ އެލަވަންސް އަނބުރާ ހޯދަން އަންގައިފި

ކުޑަފަރީ ކައުންސިލުން ހުއްދަނެތި ދިން ހާޒިރީ އެލަވަންސް އަނބުރާ ހޯދަން އަންގައިފި

07 ޖެނުއަރީ 2026
މަނަދޫ ކައުންސިލަށް މިންގަނޑަށް ނުފެތޭ ޕިކަޕެއް ސަޕްލައި ކުރި ފަރާތައް ފިޔަވަޅު އަޅަން އޮޑިޓަރ ޖެނެރަލް އަންގައިފި

މަނަދޫ ކައުންސިލަށް މިންގަނޑަށް ނުފެތޭ ޕިކަޕެއް ސަޕްލައި ކުރި ފަރާތައް ފިޔަވަޅު އަޅަން އޮޑިޓަރ ޖެނެރަލް އަންގައިފި

07 ޖެނުއަރީ 2026
އޭދަފުށީ ކައުންސިލް އަށް 2024 ވަނަ އަހަރު ލިބެން ޖެހޭ 342،702 ރުފިޔާ ނުލިބޭ, ޒިންމާ ވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަންގައިފި

އޭދަފުށީ ކައުންސިލް އަށް 2024 ވަނަ އަހަރު ލިބެން ޖެހޭ 342،702 ރުފިޔާ ނުލިބޭ, ޒިންމާ ވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަންގައިފި

29 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު