Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފުވައްމުލަކު ކިޅިތައް

ފުވައްމުލަކުގެ ރީތިކަމާއި ގުޅިފައިވާ ކިޅިތައް!

އާންމުންގެ މަޤުބޫލުކަން މި ކިޅިތަކަށް ލިބިގެންދޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 11 އޯގަސްޓު 2023 | ހުކުރު 08:56
ފުވައްމުލަކުގެ ކިޅިތައް

ފުވައްމުލަކުގެ ކިޅިތައް

ޏ. ފުވައްމުލަކަކީ ދިވެހިރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން އަދި ރަށްތަކުގެ ތެރެއިންވެސް އެންމެ ތަފާތު އަތޮޅާއި ރަށެވެ. މި ތަފާތަކީ ފުވައްމުލައް އުފެދިފައި އޮތް ގޮތުން އެރަށަށް ލިބިގެންވާ ތަފާތެކެވެ. ދުނިޔޭގެ ދެބައިހަމަ ނުވަތަ އީކުއޭޓަރުގެ ދެކުނުން އޮތް ރާއްޖޭގެ ދެ އަތޮޅުގެ ތެރޭގައި ހިމެނޭ ފުވައްމުލަކަކީ ދިވެހިރާއްޖޭގެ ރަށްތަކުގެ ތެރެއިން ތިންވަނައަށް އެންމެ ބޮޑު ރަށެވެ. ފުވައްމުލަކުގެ ޤުދުރަތީ ރީތިކަން ދައްކުވައިދޭ އެތައްކަމެއް އެ ރަށަށް ލިބިފައިވެއެވެ.

ފުވައްމުލަކުގެ ރީތިކަމާއި ގުޅިފައިވާ ކިޅިތަކަކީ ވެސް ބަލައިލަން އެހާމެ ރީތި ހިތްފަސޭހަ ތަންތަނެވެ. ރަށުގެ ތިން ސަރަހައްދެއްގެ ކިޅި އޮންނައިރު އެ ތިން ތަން ވެސް ބަލާލުމުގެ ފުރުސަތު މިފަހަރު ލިބިގެންދިޔައެވެ. އެ ތިން ކިޅި އަކީ ބަންޑާރަ ކިޅިއަކީ، ދަނޑިމަގި ކިޅި އަދި ކޮޑަކިޅިއެވެ. ހިމާޔަތްކޮށްފައިވާ ފުވައްމުލަކު ބަންޑާރަ ކިޅި އަކީ އެތަނުގެ ވެށި ޒިޔާރަތްކުރާ މީހުންނަށް ބަލާލެވޭނެ ވަސީލަތްތަކާ އެކު ތަރައްގީކޮށްފައިވާ ތަނެކެވެ. ބަންޑާރަ ކިޅި ސަރަހައްދު ތަރައްގީކުރީ 2011 ގައި ރާއްޖޭގައި ބޭއްވި ސާކް ސަމިޓާ ދިމާކޮށެވެ. އެ ތަނަކީ ވެސް ޤުދުރަތީ ރީތިކަން އިންތިހާއަށް ލިބިފައިވާ ތަނެކެވެ.

ފުވައްމުލަކުގެ ދަނޑިމަގި ކިޅި (ފުވައްމުލަށް ނޭޗާ ޕާކް) އަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ ފަރާތްތަކުން ޒިޔާރަތްކުރެއެވެ. އަދި މިތަނުން ގިނަ މައުލޫމާތުތައް އާންމުންނަށް ލިބޭއިރު ޕެޑަލް ކުރުމާއި ކެނޯ ރައިޑް ދުއްވުމާއި ބާބަކިއު ހެދުމުގެ ފުރުސަތު ވެސް ފަހިވެގެންދެއެވެ.

ރާއްޖޭގެ އެހެން ރަށްތަކުން ފެންނަ ގުދުތަރީ ކުޅިތަކަށްވުރެ ފުވައްމުލަކު "ބަންޑާރަ ކިޅި" އާއި "ދަޑިމަގި ކިޅި" މުޅިން ތަފާތެވެ. އެހެން ރަށްރަށުން ފެންނަ ގިނަ ކުޅިތައް ގުޅިފައިވަނީ މޫދާއި ކަމަށް ވުމުން އެތަނުގައި ދައުރުވަނީ ލޮނު ފެނެވެ. ނަމަވެސް ފުވައްމުލަކުގެ ދެކުޅިވެސް އޮންނަނީ މޫދާއި ގުޅިފައެއް ނޫނެވެ. ވަށައިގެން ވަނީ ބަލާ ފޫހިނުވާ ޤުދުރަތީ ޢަޖައިބުން ފުރިގެންވާ ރީތި ވެށްޓެކެވެ. އެތެރޭގައި އޮންނަނީ ރީތި ސާފު ފެނެވެ. މިއީ ބުއިމަށް އެންމެ ރައްކާތެރި ފެނެއްކަމުގައި ނުވިޔަސް އެއްޒަމާނެއްގައި މިފެން ބޮއެ، މިފެނުން ފެންވެރި މީހުން ފުވައްމުލަކުގައި އުޅުނުކަމަށްވެއެވެ.

ފުވައްމުލަކު ކޮޑަކިޅި ސަރަހައްދުގައި ހަދާފައިވާ ފާލަމުގެ ސަބަބުން ފުވައްމުލަކުގެ ޗަސް ބިންތައް ބަލާލަން އަންނަ ފަރާތްތަކަށް ކުރިއަށްވުރެ ފުރިހަމައަށް މިތަން ބަލައިލުމުގެ ފުރުސަތު ލިބިގެންދެއެވެ. މި ފާލަމުގެ ބޭނުމަކީ މި ޗަސްބިންތަކުގެ ރީތިކަން ދައްކާލުމާއި ކުރިން ނުފެންނަ ގަސްގަހާގެހީގެ ބާވަތްތައް ޢާންމުނަށް ފެންނަ ގޮތަށް ދައްކާލުންކަމަށް ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓް (ސީސީއޭޕީ) މީގެކުރިން ވަނީ ބުނެފައެވެ. އެޗަކަ ބިމަކީ ފުވައްމުލަކުގެ ރީތިކަން ދައްކުވައިދޭ އެންމެ ބޮޑު ގުދުރަތީ އެއް ހަދިޔާއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ރަށުގެ މުޅި ފެން ފަށަލަ ވަނީ މިދެންނެވި ޗަކަ ބިމާއި ގުޅި މުޅި ރަށަށް އެ ފެން ދައުރުވާ ނިޒާމެއްގެ ތެރެއިން ގުޅިލާމެހިފައެވެ. މިދެންނެވި ނިޒާމަށް ލިބިދާނެ ކޮންމެ ގެއްލުމަކީ ރަށުގެ ފެންފަށަލަޔަށް ކޮންމެވެސް އަސަރެއް ކުރާނެ ކަމެކެވެ. އެހެންކަމުން މިނާޒުކު ޗަކަބިމަށް ގެއްލުމެއް ލިބިދާނެގޮތަކަށް އެއްވެސް ކަމެއްކުރަން ރަށުގެ ގިނަ ބަޔަކު ދެކޮޅު ހަދައެވެ.

ކޮޑަކިޅި އަކީ މިހާރު ރަށަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި މަޤްބޫލް ތަނެކެވެ. ދުނިޔޭގެ އެކި ހިސާބުތަކުން މީހުން މި ކިޅިއަށް ނުވަތަ ޗަކަ ބިމަށް ފޭބުމަށްޓަކައި އެ ރަށަށް ޒިޔާރަތްކުރެއެވެ. އެގޮތުން މީގެ އަހަރުތަކެއް ކުރިން ފަތުރުވެރިޔަކު އެ ރަށަށް ގޮސް، ޓިކްޓޮކްގައި އާންމު ކުރި ވީޑިއޯއަށް ދުނިޔޭގެ ސަމާލުކަން ވަނީ ލިބިފައެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ކައުންސިލާއި އެއްވެސް މަޝްވަރާއެއް ނުކުރޭ

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ކައުންސިލާއި އެއްވެސް މަޝްވަރާއެއް ނުކުރޭ

11 ނޮވެމްބަރު 2025
ރައީސް މުޢިއްޒު ފުވައްމުލަކު ރައްޔިތުންނާ ބައްދަލު ކުރި ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތު މޭޔަރު ރަފީގު އަށް ނުދިން

ރައީސް މުޢިއްޒު ފުވައްމުލަކު ރައްޔިތުންނާ ބައްދަލު ކުރި ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތު މޭޔަރު ރަފީގު އަށް ނުދިން

05 ނޮވެމްބަރު 2025
ފުވައްމުލައް ސިޓީގެ އެއަރޕޯޓާއި އިންވެގެން އޮތް ހުސްބިން ފަތުރުވެރިކަމަށް ތަރައްގީކުރަނީ

ފުވައްމުލައް ސިޓީގެ އެއަރޕޯޓާއި އިންވެގެން އޮތް ހުސްބިން ފަތުރުވެރިކަމަށް ތަރައްގީކުރަނީ

03 އެޕްރީލު 2024
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފުވައްމުލައް ސިޓީގައި ދިރިއުޅޭ އުމުރުން އެންމެ ދުވަސްވީ އިސްރަށްވެހިންގެ ގޭގެއަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފުވައްމުލައް ސިޓީގައި ދިރިއުޅޭ އުމުރުން އެންމެ ދުވަސްވީ އިސްރަށްވެހިންގެ ގޭގެއަށް ޒިޔާރަތްކުރައްވައިފި

14 އޮކްޓޯބަރު 2022
އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފުވައްމުލަކަށް

އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފުވައްމުލަކަށް

12 އޮކްޓޯބަރު 2022

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު