Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާސަންދަ އޮޑިޓް

2024 ވަނަ އަހަރު އާސަންދައިން ބިލްތަކަށް ދައްކަން ޖެހޭ 640 މިލިއަން ރުފިޔާ ދައްކާފައި ނުވޭ: އޮޑިޓް

2024 ވަނަ އަހަރު ނިމުނު އިރު އާސަންދައިން ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް 640 މިލިއަން ރުފިޔާ ދައްކާފައި ނުވާކަން އޮޑިޓް ރިޕޯޓުގައި ހާމަކޮށްފައިވޭ. ދައްކަންޖެހޭ ފައިސާގެ އަދަދު އަހަރަކު 7 އިންސައްތަ އިތުރުވަމުން ދާއިރު، ދައުލަތުން ފައިސާ ވަގުތުން ނުލިބޭތީ ހޮސްޕިޓަލްތައް ހިންގުމުގެ ހަރަދު އިތުރުވާކަން ފާހަގަކުރެވިފައިވޭ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 8 ޖެނުއަރީ 2026 | ބުރާސްފަތި 09:06
އާސަންދައިން 640 މިލިއަން ރުފިޔާގެ ބިލު ނުދައްކާ ހުރުމުން އަމިއްލަ ހޮސްޕިޓަލްތައް ހިންގުމަށް ހުރަސް އެޅޭ ކަމަށް އޮޑިޓުގައި ބުނެފައިވޭ

އާސަންދައިން 640 މިލިއަން ރުފިޔާގެ ބިލު ނުދައްކާ ހުރުމުން އަމިއްލަ ހޮސްޕިޓަލްތައް ހިންގުމަށް ހުރަސް އެޅޭ ކަމަށް އޮޑިޓުގައި ބުނެފައިވޭ | ރައީސް އޮފީސް

2024 ވަނަ އަހަރު އާސަންދައިން ބިލްތަކަށް ދައްކަން ޖެހޭ 640 މިލިއަން ރުފިޔާ ދައްކާފައި ނުވާ ކަމަށް އާސަންދަ ކުންފުނީގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ. 

އާސަންދައިގެ ޕަރފޯމަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ސްކީމްގެ މާލީ ހަރުދަނާކަން ދެމެހެއްޓުމަށާއި، ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އިތުބާރު ދެމެހެއްޓުމަށް، ބިލްތަކަށް ގަވާއިދުން ފައިސާ ދެއްކުމަކީ މުހިއްމު ކަމެއް ކަމުގައިވާއިރު، އާމްދަނީ އިތުރުވާ ނިސްބަތަށްވުރެ ސްކީމަށް ކުރާ ހަރަދު އިތުރުވަމުން ދާނަމަ، ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ދައުލަތުން ދައްކަންޖެހޭ ފައިސާ ނުދެއްކި، ދެމެހެއްޓެނިވި ގޮތެއްގައި ސްކީމް މެނޭޖު ކުރަން ދަތިވާނެ ކަމަށެވެ. އެގޮތުން، 2023 އަދި 2024 ވަނަ އަހަރު، ކުރީ އަހަރުތަކުގައި ފައިސާ ނުދައްކާ ހުރި ގިނަ އަދަދެއްގެ ބިލްތަކަށް ފައިސާ ދައްކައިފައި ވީނަމަވެސް، ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ދައްކަން ޖެހޭ 640,608,347 (ހަ ސަތޭކަ ސާޅީސް މިލިއަން ހަ ލައްކަ އަށް ހާސް ތިން ސަތޭކަ ސާޅީސް ހަތެއް) ރުފިޔާ، 2024 ވަނަ އަހަރު ނިމުނުއިރު ހުރިކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

Advertisement - newsAdvertisement

އަދި ދައްކަންޖެހޭ ފައިސާގެ އަދަދު އެވަރެޖްކޮށް އަހަރަކު 7 އިންސައްތަ އިތުރުވަމުންދާކަން އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ. އޮޑިޓުގައި ބުނީ އަމިއްލަ ހޮސްޕިޓަލްތަކުން ދޭ ހިދުމަތްތަކަށް ކްރެޑިޓް މުއްދަތުގެ ތެރޭގައި ފައިސާ ލިބުން ލަސްވުމުގެ ސަބަބުން، ދެމެހެއްޓެނިވި ގޮތެއްގައި ހޮސްޕިޓަލްތައް ހިންގުމަށް ކުރަންޖެހޭ ހޭދަ އިތުރުވާކަމަށް އަމިއްލަ ހޮސްޕިޓަލްތަކުން އޮޑިޓަށް މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ. 

އޮޑިޓުގައި ހާމަކޮށްފައިވާ އަދަދުތަކަށް ބަލާއިރު، 2024 ވަނަ އަހަރު ސްކީމުގެ ހަަރަދުގެ ގޮތުގައި 2،354،540،884 (ދެ ބިލިއަން، ތިންސަތޭކަ ފަންސާސް ހަތަރު މިލިއަން ފަސް ލައްކަ ސާޅީސް ހާސް އަށްސަތޭކަ އަށްޑިހަ ހަތަރު) ރުފިޔާ ހިމެނޭ އިރު، މީގެ ތެރެއިން ބިލްތަކަށް 2024 ވަނަ އަހަރު ދެއްކީ 2،418،017،947 (ދެ ބިލިއަން ހަތަރު ސަތޭކަ އަށާރަ މިލިއަން ސަތާރަ ހާސް ނުވަސަތޭކަ ސާޅީސް ހަތް) ރުފިޔާ އެވެ. އަދި 2024 ވަނަ އަހަރު ނިމުނު އިރު 640,608,347 (ހަ ސަތޭކަ ސާޅީސް މިލިއަން ހަ ލައްކަ އަށް ހާސް ތިން ސަތޭކަ ސާޅީސް ހަތެއް) ރުފިޔާ ނުދައްކާ އެބަހުއްޓެވެ. 

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ސްކީމް ފަރުމާކޮށް ހިންގަމުންދަނީ ގާނޫނުގައި ތަސައްވުރުކޮށްފައިވާ ގޮތަށްކަން ކަށަވަރު ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާމެދު މަޝްވަރާ ކުރުމަށްފަހު އަވަސް ފިޔަވަޅުތަކެއް އެޅުމަށާއ، ސްކީމު ހިނގަނީ ގާނޫނުތަކާއި، އުސޫލުތަކާ އެއްގޮތަށްކަން ކަށަވަރު ކުރުމުގެ ގޮތުން އެ އިދާރާއަކަށް މެންޑޭޓް ކުރެވިފައިވާ އެންމެހައި ކަންކަން ފުރިހަމަ ކުރުމަށާއި، އ.ދގެ ތަރައްގީގެ ލަނޑުދަނޑިތަކުގެ (ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސްގެ) 3 ވަނަ ލަނޑުދަނޑި ކަމުގައިވާ "ޔުނިވަރސަލް ހެލްތް ކަވަރޭޖް" ގެ ތަސައްވަރު ހާސިލްކުރުމަށް، އާސަންދަ ސްކީމަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިނގާ ސްކީމަކަށް ހެދުމަށް އެންމެހައި އިދާރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް އިޖްތިމާއީ ހިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ ވުޒާރާ، ސިއްހީ ވުޒާރާ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އަދި އާސަންދަ މެނޭޖްމަންޓް ބޯޑަށް އަންގާފަ އެވެ. 

އަދި ފަރުވާ ހޯދައި ފަރާތްތަކުން، ތަކުރާރުކޮށް އެއް ތަހުލީލުތަކެއް އެކި މަރުކަޒުތަކުން ހެދުމުގެ ސަބަބުން އާސަންދަ ސްކީމުން ކުރަންޖެހޭ ހޭދަ އިތުރުވަމުން ދާތީ، މިކަމަށް ކުރަންޖެހޭ ހޭދަ ކުޑަކުރުމަށާއި، ސިއްހީ ހިދުމަތްތަކަށް އެކި ހޮސްޕިޓަލްތަކުން އެކި ނަންނަމުގައި އެކި އަގުތައް ޗާޖު ކުރާކަން ފާހަގަކުރެވިފައިވާތީ، މިކަން ހައްލުކުރުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ސިއްހީ ވުޒާރާއަށް އަންގާފަ އެވެ. 

އާސަންދައޮޑިޓަރ ޖެނެރަލްގެ ރިޕޯޓުނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ބިލްތަކަށް ފައިސާ ނުދެއްކި ލަންކާ ހޮސްޕިޓަލުން އާސަންދަ ކަނޑާލައިފި

ބިލްތަކަށް ފައިސާ ނުދެއްކި ލަންކާ ހޮސްޕިޓަލުން އާސަންދަ ކަނޑާލައިފި

07 ޖެނުއަރީ 2026
ކުޑަފަރީ ކައުންސިލުން ހުއްދަނެތި ދިން ހާޒިރީ އެލަވަންސް އަނބުރާ ހޯދަން އަންގައިފި

ކުޑަފަރީ ކައުންސިލުން ހުއްދަނެތި ދިން ހާޒިރީ އެލަވަންސް އަނބުރާ ހޯދަން އަންގައިފި

07 ޖެނުއަރީ 2026
މަނަދޫ ކައުންސިލަށް މިންގަނޑަށް ނުފެތޭ ޕިކަޕެއް ސަޕްލައި ކުރި ފަރާތައް ފިޔަވަޅު އަޅަން އޮޑިޓަރ ޖެނެރަލް އަންގައިފި

މަނަދޫ ކައުންސިލަށް މިންގަނޑަށް ނުފެތޭ ޕިކަޕެއް ސަޕްލައި ކުރި ފަރާތައް ފިޔަވަޅު އަޅަން އޮޑިޓަރ ޖެނެރަލް އަންގައިފި

07 ޖެނުއަރީ 2026
ބާޒާރުން ލިބެން ހުންނަ އަގަށް ވުރެ ބޮޑުކޮށް އާސަންދައިން ބޭސް ދޫކޮށްފައިވޭ: އޮޑިޓް

ބާޒާރުން ލިބެން ހުންނަ އަގަށް ވުރެ ބޮޑުކޮށް އާސަންދައިން ބޭސް ދޫކޮށްފައިވޭ: އޮޑިޓް

06 ޖެނުއަރީ 2026
ފާޑު ކިޔުން ބޮޑުވުމާ ގުޅިގެން ކްލިނިކްތަކާއި އައިނު ފިހާރަ ތަކުން ހައްދާ އައިނު ތަކަށް އާސަންދަ ލިބޭ ގޮތް ހަދަނީ

ފާޑު ކިޔުން ބޮޑުވުމާ ގުޅިގެން ކްލިނިކްތަކާއި އައިނު ފިހާރަ ތަކުން ހައްދާ އައިނު ތަކަށް އާސަންދަ ލިބޭ ގޮތް ހަދަނީ

31 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު