Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ ނ. ކުޑަފަރީ ކައުންސިލް

ކުޑަފަރީ ކައުންސިލުން ހުއްދަނެތި ދިން ހާޒިރީ އެލަވަންސް އަނބުރާ ހޯދަން އަންގައިފި

7 ޖެނުއަރީ 2026 | ބުދަ 14:40

ނ. ކުޑަފަރީ ކައުންސިލުން ސިވިލް ސާވިސް ކޮމިޝަނާއި ފިނޭންސް މިނިސްޓްރީގެ އެންގުމާ ހިލާފަށް މުވައްޒަފުންނަށް ހާޒިރީ އެލަވަންސް ދީފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ. 2025 މާރޗު މަހުން ފެށިގެން ޖުލައި 7، 2025 ގެ ނިޔަލަށް 59،475 ރުފިޔާ މި އެލަވަންސްގެ ގޮތުގައި ހަރަދުކޮށްފައިވާއިރު މި ފައިސާ އަނބުރާ ދައުލަތަށް ހޯދުމަށް އޮޑިޓް ރިޕޯޓުގައި އަންގާފައިވޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 7 ޖެނުއަރީ 2026 | ބުދަ 14:40
ނ. ކުޑަފަރީ ކައުންސިލާއި ރައީސް މުއިއްޒު ކުރެއްވި ބައްދަލުވުމެއްގެ ތެރެއިން

ނ. ކުޑަފަރީ ކައުންސިލާއި ރައީސް މުއިއްޒު ކުރެއްވި ބައްދަލުވުމެއްގެ ތެރެއިން | ރައީސް އޮފީސް

ސިވިލް ސާވިސް ކޮމިޝަނާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ ގެ އެންގުމާ ހިލާފަށް ނ. ކުޑަފަރީ ކައުންސިލުން އެ އިދާރާގެ މުވައްޒަފުންނަށް ހާޒިރީ އެލަވަންސް ދީފައިވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުން ހާމަވެއްޖެ އެވެ.

މި ފައިސާ އަލުން އަނބުރާ ދައުލަތަށް ހޯދުމަށް އޮޑިޓް ރިޕޯޓުގައި އަންގާފައިވެ އެވެ.

Advertisement - newsAdvertisement

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ނ. ކުޑަފަރީ ކައުންސިލް އިދާރާގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ކުޑަފަރީ ކައުންސިލްގެ ބައްދަލުވުމަކުން ކައުންސިލް އިދާރާގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުންނަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 75 ރުފިޔާ ދިނުމަށް ނިންމާފައިވާކަމުގަ އެވެ.

ނަމަވެސް މި އެލަވަންސް އަކީ ސިވިލް ސާވިސް ގެ މުވައްޒަފުންނަށް ދޭ އެލަވަންސް ގެ ގޮތުގައި ހިމަނާފައިވާ އެލަވަންސް އެއް ނޫންކަމަށާއި ކައުންސިލް އިދާރާ އިން މި އެލަވަންސް ދިނުމުގެ ކުރިން ސިވިލް ސާވިސް ކޮމިޝަނާ މަޝްވަރާ ކޮށްފައިވާކަން ލިޔެކިޔުމުން އެނގެން ނެތްކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކައުންސިލް އިދާރާއިން މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އަށް ލިޔުމުން ކައުންސިލް ގެ އިދާރާ އިން އެދިފައިވާ ގޮތަށް އެޓެންޑެންސް އެލަވަންސް ދިނުމަށް ނުފެންނަކަމަށް މިނިސްޓްރީ އިން އަންގާފައިވާކަން ފާހަގަކޮށްފައިވެ އެވެ.

މިނިސްޓްރީން ހުއްދަ ނުދިން ނަމަވެސް 2025 ވަނަ އަހަރުގެ މާރޗު މަހުން ފެށިގެން ކައުންސިލް އިދާރާ އިން މި އެލަވަންސް ދޭން ފަށާފައިވާކަން ރިޕޯޓުގައިވެ އެވެ. އޮޑިޓް ކުރި ތާރީޚު ކަމަށްވާ 7 ޖުލައި 2025 ގެ ނިޔަލަށް މި އެލަވަންސް ދިނުމަށް 59،475 ރުފިޔާ ހަރަދުކޮށްފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ކުޑަފަރީ ކައުންސިލުން މި އެލަވަންސް ދިނުމަކީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ހުއްދަ ނޫން އަމަލެއްކަމުގައި ބެލެވޭތީ މާލިއްޔަތު ގަވާއިދުގެ 17.03 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން މި މައްސަލަ ބެލުމަށްފަހު ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އޮޑިޓް ރިޕޯޓުގައި ހުއްދަ ނެތި ހާޒިރީ އެލަވަންސްގެ ގޮތުގައި މިހާތަނަށް ދީފައިވާ ފައިސާ އަނބުރާ ހޯދުމަށް އަންގާފައިވެ އެވެ. އަދި ސިވިލް ސާވިސް ކޮމިޝަނާއި ފިނޭންސް މިނިސްޓްރީއާ މަޝްވަރާކޮށް ނިންމާ ގޮތެއްގެ މަތިން ފައިސާ އަނބުރާ ހޯދުމުގައި އަމަލުކުރުމަށް ލަފާދީފައިވެ އެވެ.

ނ. ކުޑަފަރީއޮޑިޓަރ ޖެނެރަލްގެ ރިޕޯޓުހާޒިރީ އިނާޔަތް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

26 ޖުލައި 2026

2022 ވަނަ އަހަރު ބާރަށު ކައުންސިލަށް ލިބެންޖެހޭ ފައިސާގެ ހިސާބާއި ކުއްޔަށް ދޫކުރާ ތަންތަނުގެ ރަޖިސްޓްރީ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

26 ޖުލައި 2026
2022 ވަނަ އަހަރު ބާރަށު ކައުންސިލަށް ލިބެންޖެހޭ ފައިސާގެ ހިސާބާއި ކުއްޔަށް ދޫކުރާ ތަންތަނުގެ ރަޖިސްޓްރީ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
02 ޖުލައި 2026

ސްޓެލްކޯ އަށް ފާއިތުވި އަހަރު 239 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް: އޮޑިޓް ރިޕޯޓް

02 ޖުލައި 2026
ސްޓެލްކޯ އަށް ފާއިތުވި އަހަރު 239 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް: އޮޑިޓް ރިޕޯޓް
20 ޖޫން 2026

ރިސޯޓުތަކުގެ ކުލީގެ މުއްދަތު ހަމަވުމުން ބަދަލުދޭން އެކުލަވާލި އުސޫލަކީ ވަކި ބަޔަކަށް ފައިދާ ހޯދައިދޭން ހަދާފައިވާ އުސޫލެއް: މައުރޫފް

20 ޖޫން 2026
ރިސޯޓުތަކުގެ ކުލީގެ މުއްދަތު ހަމަވުމުން ބަދަލުދޭން އެކުލަވާލި އުސޫލަކީ ވަކި ބަޔަކަށް ފައިދާ ހޯދައިދޭން ހަދާފައިވާ އުސޫލެއް: މައުރޫފް
18 މެއި 2026

މާލެ އަތޮޅު، އަތޮޅު ކައުންސިލްގެ އެކައުންޓްގައި 2024 ވަނަ އަހަރުގެ ނިޔަލަށް ހުރި 16.7 މިލިއަން ރުފިޔާ އަކީ ކޮން ފައިސާއެއްކަން އެނގޭކަށް ނެތް: އޮޑިޓް

18 މެއި 2026
މާލެ އަތޮޅު، އަތޮޅު ކައުންސިލްގެ އެކައުންޓްގައި 2024 ވަނަ އަހަރުގެ ނިޔަލަށް ހުރި 16.7 މިލިއަން ރުފިޔާ އަކީ ކޮން ފައިސާއެއްކަން އެނގޭކަށް ނެތް: އޮޑިޓް
20 އެޕްރީލު 2026

ފުރަތަމަ 6 މަހުން 2.2 މިލިއަން ރުފިޔާގެ ގެއްލުން ލިބުނު ޑިވެލޮޕްމަންޓް ބޭންކްގެ ދޮރު އެންމެ ފަހުން ހުޅުވުނު ދުވަސް މިނިސްޓަރު ސައީދަކަށް ވިދާޅެއް ނުވެވުނު

20 އެޕްރީލު 2026
ފުރަތަމަ 6 މަހުން 2.2 މިލިއަން ރުފިޔާގެ ގެއްލުން ލިބުނު ޑިވެލޮޕްމަންޓް ބޭންކްގެ ދޮރު އެންމެ ފަހުން ހުޅުވުނު ދުވަސް މިނިސްޓަރު ސައީދަކަށް ވިދާޅެއް ނުވެވުނު
28 ފެބުރުއަރީ 2026

ރަމަޟާން މަހުގެ ފަހު 10 ބަންދުކޮށް، އެޓެންޑެންސް އެލަވަންސް ދިނުމާ ގުޅޭގޮތުން ގެނެސްފައިވާ ބަދަލަށް މުވައްޒަފުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި

28 ފެބުރުއަރީ 2026
ރަމަޟާން މަހުގެ ފަހު 10 ބަންދުކޮށް، އެޓެންޑެންސް އެލަވަންސް ދިނުމާ ގުޅޭގޮތުން ގެނެސްފައިވާ ބަދަލަށް މުވައްޒަފުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި
31 ޖެނުއަރީ 2026

އާމްދަނީ ގޮތުގައި ބަލައިގެންފައިވާ އެއް މިލިއަނަށް ވުރެ ގިނަ ފައިސާ ފަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައިނުވޭ: ފުވައްމުލަކު ސިޓީި ކައުންސިލް އޮޑިޓް

31 ޖެނުއަރީ 2026
އާމްދަނީ ގޮތުގައި ބަލައިގެންފައިވާ އެއް މިލިއަނަށް ވުރެ ގިނަ ފައިސާ ފަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައިނުވޭ: ފުވައްމުލަކު ސިޓީި ކައުންސިލް އޮޑިޓް
09 ޖެނުއަރީ 2026

ދާންދޫ ކައުންސިލުން ކަރަންޓު ބިލްތަކަށް ދައްކަން ޖެހޭ ފައިސާ އިން ކުޅިވަރު ހަރަކާތްތަކަށް 7 ލައްކަ ރުފިޔާ ހަރަދު ކޮށްފައިވޭ: އޮޑިޓް

09 ޖެނުއަރީ 2026
ދާންދޫ ކައުންސިލުން ކަރަންޓު ބިލްތަކަށް ދައްކަން ޖެހޭ ފައިސާ އިން ކުޅިވަރު ހަރަކާތްތަކަށް 7 ލައްކަ ރުފިޔާ ހަރަދު ކޮށްފައިވޭ: އޮޑިޓް
08 ޖެނުއަރީ 2026

2024 ވަނަ އަހަރު އާސަންދައިން ބިލްތަކަށް ދައްކަން ޖެހޭ 640 މިލިއަން ރުފިޔާ ދައްކާފައި ނުވޭ: އޮޑިޓް

08 ޖެނުއަރީ 2026
2024 ވަނަ އަހަރު އާސަންދައިން ބިލްތަކަށް ދައްކަން ޖެހޭ 640 މިލިއަން ރުފިޔާ ދައްކާފައި ނުވޭ: އޮޑިޓް
07 ޖެނުއަރީ 2026

މަނަދޫ ކައުންސިލަށް މިންގަނޑަށް ނުފެތޭ ޕިކަޕެއް ސަޕްލައި ކުރި ފަރާތައް ފިޔަވަޅު އަޅަން އޮޑިޓަރ ޖެނެރަލް އަންގައިފި

07 ޖެނުއަރީ 2026
މަނަދޫ ކައުންސިލަށް މިންގަނޑަށް ނުފެތޭ ޕިކަޕެއް ސަޕްލައި ކުރި ފަރާތައް ފިޔަވަޅު އަޅަން އޮޑިޓަރ ޖެނެރަލް އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް