Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަތުރުވެރިކަން ތަރައްގީކުރުން

ފުވައްމުލައް ސިޓީގެ އެއަރޕޯޓާއި އިންވެގެން އޮތް ހުސްބިން ފަތުރުވެރިކަމަށް ތަރައްގީކުރަނީ

ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ހިންގާ މަޝްރޫއުތައް ރާވައި، އެކަމާއި ގުޅޭ މަޝްވަރާކުރުމަށް ދެފަރާތުންވެސް ގުޅިގެން މަސައްކަތްކުރާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 3 އެޕްރީލު 2024 | ބުދަ 08:16
ފަތުރުވެރިކަމަށް ތަރައްގީކުރުމުގެ ފަހުމުނާމާގައި ސޮއިކުރުން

ފަތުރުވެރިކަމަށް ތަރައްގީކުރުމުގެ ފަހުމުނާމާގައި ސޮއިކުރުން

ފުވައްމުލައް ސިޓީގެ އެއަރޕޯޓާއި އިންވެގެން އޮތް ހުސްބިން ފަތުރުވެރިކަމަށް ތަރައްގީކުރުމުގެ ފަހުމުނާމާގައި ފުވައްމުލައް ސިޓީ ކައުންސިލާއި، ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއާއި ދެމެދު ސޮއިކޮށްފިއެވެ.

ފުވައްމުލައް އެއަރޕޯޓް ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އާއި ދެމެދު މިފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރައްވާފައިވަނީ ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއީލް ރަފީޤްއެވެ. އަދި އާރްއޭސީއެލްގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީންއެވެ.

މިފަހުމުނާމާގައި ވާގޮތުން ފުވައްމުލައް ސިޓީ ކައުންސިލުން ފުވައްމުލައް އެއަރޕޯޓްގެ ރަންވޭއާއި އިންވެގެން އޮތް ހުސްބިންތަކާއި ގުޅޭގޮތުން އާރްއޭސީއެލްއާއި މައުލޫމާތު ހިއްސާކުރަންވާނެއެވެ. އާރްއޭސީއެލް އިން މިފަހުމުނާމާ ގައި އެއްބަސްވެފައިވާ ކަންތައްތަކުގެ ތެރޭގައި ފަތުރުވެރިކަމަށް އެސަރަހައްދު ހުޅުވާލުމުގެ ކުރިން ކުރަންޖެހޭ ސާރވޭ ހެދުމުގެ މަސައްކަތުގައި ކައުންސިލްއަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން އެސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ހިންގާ މަޝްރޫއުތައް ރާވައި، އެކަމާއި ގުޅޭ މަޝްވަރާކުރުމަށް ދެފަރާތުންވެސް ގުޅިގެން މަސައްކަތްކުރުމަށްވެސް މިފަހުމުނާމާގައި ފުވައްމުލައް ސިޓީ ކައުންސިލާއި އާރްއޭސީއެލްވަނީ އެއްބަސްވެފައެވެ.

ފުވައްމުލަކު އެއަރޕޯޓް ބޮޑުކުރުމުގެ މަސައްކަތުގެ ތެރެއިން، ފަތުރުވެރިކަމުގެ ފެސިލިޓީތައްވެސް ހިމެނޭހެން މުޅި އެއަރޕޯޓުގެ މާސްޓަރ ޕްލޭނެއް އެކުލަވާލުމަށް ހަމަޖެހިފައިވާކަމަށް މީގެ ކުރިން އާރްއޭސީއެލް އިން ވަނީ ހާމަކޮށްފައެވެ.

އަދި އެއަރޕޯޓާއި އިންވެގެންހުރި ހުސްބިންތަކުން ފަތުރުވެރިކަމަށް ގާތްގަނޑަކަށް 200 އެއްހާ އެނދު އުފެއްދިދާނެކަމަށް އެކުންފުނިން ލަފާކޮށްފައިވާއިރު އެކަމަށްހުރި ފުރުޞަތުތަކާ ގުޅޭގޮތުން މީގެކުރިންވެސް ފުވައްމުލައް ސިޓީ ކައުންސިލާއި އާރްއޭސީއެލްއާއި ދެމެދުވަނީ މަޝްވަރާކޮށްފައެވެ.

ޓުއަރިޒަމް އެމްވީފުވައްމުލަކު ސިޓީ ކައުންސިލްރީޖަނަލް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ކައުންސިލާއި އެއްވެސް މަޝްވަރާއެއް ނުކުރޭ

11 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ކައުންސިލާއި އެއްވެސް މަޝްވަރާއެއް ނުކުރޭ
05 ނޮވެމްބަރު 2025

ރައީސް މުޢިއްޒު ފުވައްމުލަކު ރައްޔިތުންނާ ބައްދަލު ކުރި ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތު މޭޔަރު ރަފީގު އަށް ނުދިން

05 ނޮވެމްބަރު 2025
ރައީސް މުޢިއްޒު ފުވައްމުލަކު ރައްޔިތުންނާ ބައްދަލު ކުރި ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތު މޭޔަރު ރަފީގު އަށް ނުދިން
24 ޑިސެމްބަރު 2024

މި ސަރުކާރުން ރިސޯޓް ތަރައްޤީކުރަން ކުއްޔަށް ދޫކުރި އެއްވެސް ތަނެއްގެ އަގު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދައިފި

24 ޑިސެމްބަރު 2024
މި ސަރުކާރުން ރިސޯޓް ތަރައްޤީކުރަން ކުއްޔަށް ދޫކުރި އެއްވެސް ތަނެއްގެ އަގު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދައިފި
24 ޑިސެމްބަރު 2024

"ނިހާދު ސަސްޕެންޑްކުރުމުން އެނގެނީ ގޯހެއް ހެދުނުކަން ޤަބޫލުކުރާކަން، އެ ވާހަކަތައް ސާބިތު ނުވާ ނަމަ ޖެހޭނީ ނިހާދު މަޤާމުން ވަކިކުރަން"

24 ޑިސެމްބަރު 2024
"ނިހާދު ސަސްޕެންޑްކުރުމުން އެނގެނީ ގޯހެއް ހެދުނުކަން ޤަބޫލުކުރާކަން، އެ ވާހަކަތައް ސާބިތު ނުވާ ނަމަ ޖެހޭނީ ނިހާދު މަޤާމުން ވަކިކުރަން"
26 އޮކްޓޯބަރު 2024

އައްޑޫ އަށް އިންވެސްޓްކުރަން ޖެހިލުންވާން ޖެހޭ އެއްވެސް ސަބަބެއް ނެތް - ނިޒާރު

26 އޮކްޓޯބަރު 2024
އައްޑޫ އަށް އިންވެސްޓްކުރަން ޖެހިލުންވާން ޖެހޭ އެއްވެސް ސަބަބެއް ނެތް - ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު