Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަނަދޫ ކައުންސިލް

މަނަދޫ ކައުންސިލަށް މިންގަނޑަށް ނުފެތޭ ޕިކަޕެއް ސަޕްލައި ކުރި ފަރާތައް ފިޔަވަޅު އަޅަން އޮޑިޓަރ ޖެނެރަލް އަންގައިފި

ނ. މަނަދޫ ކައުންސިލުން އިދާރާއަށް ޕިކަޕެއް ހޯދުމުގައި، ކޮންޓްރެކްޓަރު 2019 ވަނަ އަހަރަށްވުރެ ފަހުގެ ޕިކަޕެއް ސަޕްލައިކުރާނެ ކަމަށް ބިޑް ހުށަހަޅުއްވި ނަމަވެސް، އަސްލު ސަޕްލައިކޮށްދީފައިވަނީ 2017 ވަނަ އަހަރުގެ ޕިކަޕެއް ކަމަށް އޮޑިޓް ރިޕޯޓު ގައި ބުނެފައިވޭ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 ޖެނުއަރީ 2026 | ބުދަ 12:41
ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. މަނަދޫ ކައުންސިލް މެންބަރުންނާ އެކު

ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. މަނަދޫ ކައުންސިލް މެންބަރުންނާ އެކު | ރައީސް އޮފީސް

ނ. މަނަދޫ ކައުންސިލުން ކޮންޓްރެކްޓަރު އަގުު ހުށައަޅާފައިވާ ސްޕެސިފިކޭޝަނަށް ނުފެތޭ ޕިކަޕެއް ބަލައިގަނެ ފައިސާ ދެއްކި ކަމަށް އެ ކައުންސިލް ގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ. 

މަނަދޫ ކައުންސިލް ގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.46 ވަަނަ މާއްދާގައި ދައުލަތުގެ ތަންތަނުން ހަވާލުކުރާ މަސައްކަތްތަކާއި، ހޯދާ ހިދުމަތްތަކާއި، ގަންނަ ތަކެތި ބަލައިގަންނަން ވާނީ، އެގްރީމެންޓުގައިވާ ގޮތުގެ މަތިން އެކަންތައްކޮށް ނިންމުމުން ކަމަށާއި، އެގްރިމެންޓާ ހިލާފަށް ކޮށްފައިވާ ކަންތައްތަކާއި ވިއްކާފައިވާ ތަކެތި ބަލައިގަނެގެން ނުވާނެކަމަށާއި އަދި އެކަމެއްގެ ނުވަތަ އެ އެއްޗެއްގެ ފެންވަރު ރަނގަޅު ނޫން ކަމަށްވާނަމަ، އެކަމެއް ރަނގަޅު ކުރުމަށް ނުވަތަ އެ އެއްޗެއް ބަދަލު ކުރުމަށް އެ ފަރާތަކަށް އަންގައި މިކަމަށް ދައުލަތުން އެއވްެސް ހަރަދެއް ކޮށްގެން ނުވާނެ ކަމުގައި ބަޔާންކޮށްފައިވާ ކަމަށެވެ. 

އަދި ކައުންސިލް ގެ އިދާރާ އަށް ޕިކަޕެއް ހޯދުމަށް ކޮށްފައިވާ އިއުލާނާއި ގުޅިގެން، ބިޑް ހަވާލުކޮށްފައިވާ ފަރާތުން ބިޑް ހުށަހަޅާފައި ވަނީ،  2019 ވަނަ އަހަރަށް ވުރެ ފަހުގެ އަދި މައިލޭޖް 94،000 ކިލޯމީޓަރު ގެ ޕިކަޕެއް 432،000 ރުފިޔާ އަށް ސަޕްލައި ކޮށްދިނުމަށް ކަމަށް އޮޑިޓްގައި ބުނެފައިވެ އެވެ. 

ނަމަވެސް އެ ފަރާތުން ކައުންސިލް އިދާރާއަށް ސަޕްލައިކޮށްދީފައި ވަނީ 2017 ވަނަ އަހަރު ގެ ޕިަކަޕެއް ކަމުން ހުށަހަޅާފައިވަނީ ސްޕެސިފިކޭޝަންއާ ދިމާ ނުވާކަން ފާހަގަ ކޮށްފައިވެ އެވެ. އަދި މީގެ އިތުރުން، ޕިކަޕު ހަވާލު ކުރި އިރު މައިލޭޖް ހުރި މިންވަރު ކައުންސިލްގެ އިދާރާ އިން ބަލާފައިވާކަން ލިޔެކިޔުމުން އެނގެން ނެތުމުން ހުށަހަޅާފައިވާ މައިލޭޖް އަށް ފެތޭކަން ޔަގީން ކުރެވެން ނެތްކަން ވެސް އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ. 

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ދައުލަތުގެ ތަންތަނުން ހަވާލުކުރާ މަސައްކަތްތަކާއި، ހޯދާ ހިދުމަތްތަކާއި، ގަންނަ ތަކެތި ބަލައިގަތުމުގައި އަމަލުކުރުމަށް އަންގާފަ އެވެ. އަދި އެއްބަސްވުމާއި ހިލާފަށް ސަޕްލައި ކޮށްދީފައިވާ ޕިކަޕް ބަލައިގަނެ ފައިސާ ދައްކާފައިވުމުން، މި އަމަލަކީ ދައުލަތުގެ މާލިއްޔަތު ގެ ގަވާއިދު ގެ 17.01 ވަނަ މާއްދާގައި ބަޔާން ކުރާފަދަ ހުއްދަ ނޫން އަމަލެއް ކަމުގައި ބެލެވޭތީވެ، އެ ގަވާއިދުގެ 17.03 ވަނަ މާއްދާއާއި އެއްގޮތަށް އިދާރާގައި މިފަދަ މައްސަލަ ބެލުމަށް މިިނިސްޓަރު ކަނޑައަޅާފައިވާ އިންތިޒާމުގެ ތެރެއިން މި މައްސަލަ ބެލި ބެލުމުން އެއްވެސް މީހަކު ނުވަތަ ބަޔަކު ޒިންމާވާންޖެހޭ ކަމަށް ކަނޑައެޅިއްޖެނަމަ، އެ މީހެއްގެ ނުވަތަ އެ ބައެއްގެ ފަރާތުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން އެފަރާތެއް ޖޫރިމަނާކޮށް، އެ ފައިސާ ދެއްކުމަށް އަންގާފައިވެ އެވެ. 

އަދި ކޮންޓްރެކްޓަރ ހުށަހަޅާފައިވާ ބީލަކަށް ނުފެތޭ ޕިކަޕެއް ސަޕްލައިކޮށްފައިވާތީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 11.12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮންޓްރެކްޓަރާ މެދު ފިޔަވަޅު އެޅުމަށް ވެސް ވަނީ އަންގާފަ އެވެ. 

ނ. މަނަދޫމަނަދޫ ކައުންސިލްއޮޑިޓަރ ޖެނެރަލްގެ ރިޕޯޓުދައުލަތުގެ މާލިއްޔަތު ގަވާއިދު

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2026

ކުޑަފަރީ ކައުންސިލުން ހުއްދަނެތި ދިން ހާޒިރީ އެލަވަންސް އަނބުރާ ހޯދަން އަންގައިފި

07 ޖެނުއަރީ 2026
ކުޑަފަރީ ކައުންސިލުން ހުއްދަނެތި ދިން ހާޒިރީ އެލަވަންސް އަނބުރާ ހޯދަން އަންގައިފި
29 ޑިސެމްބަރު 2025

އޭދަފުށީ ކައުންސިލް އަށް 2024 ވަނަ އަހަރު ލިބެން ޖެހޭ 342،702 ރުފިޔާ ނުލިބޭ, ޒިންމާ ވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަންގައިފި

29 ޑިސެމްބަރު 2025
އޭދަފުށީ ކައުންސިލް އަށް 2024 ވަނަ އަހަރު ލިބެން ޖެހޭ 342،702 ރުފިޔާ ނުލިބޭ, ޒިންމާ ވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަންގައިފި
08 ޑިސެމްބަރު 2025

ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒް ކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލަ އެއް ގައި އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

08 ޑިސެމްބަރު 2025
ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒް ކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލަ އެއް ގައި އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
24 ނޮވެމްބަރު 2025

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޒުވާނެއްގެ ފޮޓޯ އާންމު ކުރުމަށްފަހު އެ ނެގީ ތަހުގީގު ބޭނުމަށް: ފުލުހުން

24 ނޮވެމްބަރު 2025
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޒުވާނެއްގެ ފޮޓޯ އާންމު ކުރުމަށްފަހު އެ ނެގީ ތަހުގީގު ބޭނުމަށް: ފުލުހުން
07 އޯގަސްޓު 2025

ސަރުކާރުން ލާރި ނުދީގެން ކުންފުނިތައް އިނދަޖެހެނީ

07 އޯގަސްޓު 2025
ސަރުކާރުން ލާރި ނުދީގެން ކުންފުނިތައް އިނދަޖެހެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު