Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮޑިޓަރ ޖެނެރަލްގެ އޮފީސް

އޭދަފުށީ ކައުންސިލުން ހުއްދަ ނުހޯދައި އިތުރުގަޑީގެ މަސައްކަތް ކުރުވައި ލިމިޓެއް ނެތި ފައިސާ ދީފައިވޭ: އޮޑިޓް ރިޕޯޓް

12 ޖުލައި 2025 | ހޮނިހިރު 13:29

ހުއްދަ ނުހޯދައި އިތުރުގަޑީގެ މަސައްކަތް ކުރުވައި ލިމިޓެއް ނެތި ފައިސާ ދީފައިވޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 12 ޖުލައި 2025 | ހޮނިހިރު 13:29
އޭދަފުށީ ކައުންސިލުން ހުއްދަ ނުހޯދައި އިތުރުގަޑީގެ މަސައްކަތް ކުރުވައި ލިމިޓެއް ނެތި ފައިސާ ދީފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ

އޭދަފުށީ ކައުންސިލުން ހުއްދަ ނުހޯދައި އިތުރުގަޑީގެ މަސައްކަތް ކުރުވައި ލިމިޓެއް ނެތި ފައިސާ ދީފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ

އޭދަފުށީ ކައުންސިލުން ހުއްދަ ނުހޯދައި އިތުރުގަޑީގެ މަސައްކަތް ކުރުވައި ލިމިޓެއް ނެތި ފައިސާ ދީފައިވާކަން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި 2023 ވަނަ އަހަރު އޭދަފުށީ ކައުންސިލް އިދާރާގެ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ދީފައިވާ ގޮތަށް ބަލާއިރުގައި އިތުރު ގަޑީގެ ފައިސާ ދޭންޖެހޭ ވަރަށް ވުރެ އިތުރަށް އެ އިދާރާގެ މުވައްޒަފަކަށް 1448 ރުފިޔާ ދީފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.

Advertisement - newsAdvertisement

އެ މުވައްޒަފުގެ އިތުރު ގަޑީގެ ފައިސާގެ ހިސާބުކުރުމުގައި އިތުރުގަޑީގެ ގޮތުގައި އެ މުވައްޒަފު ރެކޯޑްކުރާ ޝީޓުތަކުގައި މަސައްކަތް ފެށި ގަޑިއާއި މަސައްކަތް ނިންމި ގަޑީގެ ގޮތުގައި ލިޔެފައިވާ ގަޑިތަކަށް ބިނާކޮށް އިތުރު ގަޑީގައި މަސައްކަތް ކުރި ގަޑިތަކުގެ އަދަދު ހިސާބު ނުކޮށް ހަމަ އެކަނި މަސައްކަތް ކުރި ޖުމުލަ ގަޑިއިރުގެ ގޮތުގައި މުވައްޒަފު ލިޔެފައިވާ ޖުމުލަ ގަޑިއިރަށް ބަލައިގެން އިތުރު ގަޑީގެ ފައިސާ ހިސާބުކޮށްފައި ވުމުން 2023 ވަނަ އަހަރުގައި މި މުވައްޒަފުގެ ހަތަރު މަހެއްގެ އިތުރު ގަޑީގެ ފައިސާ ހިސާބުކުރުމުގައި އުނިއިތުރު އައިސްފައިވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

މީގެ އިތުރުން ބަންދު ދުވަސްތަކުގައި މަސައްކަތް ކޮށްފައިވާ ޖުމުލަ ގަޑިއިރު ރަސްމީ ދުވަސްތަކުގެ ގޮތުގައި ރެކޯޑް ކޮށްފައި ވާއިރު ރަސްމީ ދުވަސްތަކުގައި މަސައްކަތް ކޮށްފައިވާ ގަޑިތަކަށް ބަންދު ދުވަހުގެ ރޭޓުން ފައިސާ ދީފައިވާ ކަމާއި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކޮށްފައިވާ ދުވަސް ތަކަށް ރަސްމީ ދުވަސްތަކުގެ ރޭޓުން އިތުރު ގަޑީގެ ފައިސާ ދީފައި ވުމުން އެ މުވައްޒަފަށް ދޭންޖެހޭ އިތުރު ގަޑީގެ ފައިސާ ހިސާބުކުރުމުގައި އުނިއިތުރު އައިސްފައިވާ ކަން ވެސް ރިޕޯޓުގައި ފާހަގަކޮސްފައި ވެއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މިގޮތަށް ކަންކަމަށް މަގުފަހިވުމަށް މެދުވެރިވެފައި ވަނީ މުވައްޒަފުންގެ އިތުރު ގަޑީގައި މަސައްކަތް ކުރި ވަގުތުތަކުގެ ގޮތުގައި މުވައްޒަފުން ރެކޯޑްކުރާ ލޮގްތައް އެކަށީގެންވާ ވަަރަށް ޗެކް ނުކޮށް އިތުރު ގަޑީގެ ފައިސާ ހިސާބުކޮށްފައި ވުމުންނެވެ.

އޭދަފުށީ ކައުންސިލުގެ އޮޑިޓް ރިޕޯޓް

އޭދަފުށީ ކައުންސިލުގެ އޮޑިޓް ރިޕޯޓް

އޭދަފުށީ ކައުންސިލުން ހުއްދަ ނުހޯދައި އިތުރުގަޑީގެ މަސައްކަތް ކުރުވައި ލިމިޓެއް ނެތި ފައިސާ ދީފައިވާކަން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން ފާހަގަކޮށް މިކަން އިސްލާހުކުރުމަށް ވެސް ރިޕޯޓުގައި ވަނީ ލަފާދީފައެވެ.

އެގޮތުން އިތުރުމަސައްކަތަށް ހުއްދަ ދޭއިރު ހުއްދަދެވެނީ އިތުރު ގަޑީގައި ކުރެވުނު މަސައްކަތައް ތޯ ޔަގީން ކުރުމަށާއި މުސާރަ ޝީޓްތަކުގެ އިތުރު ގަޑީގެ ފައިސާ ހިސާބުކުރާއިރު، ހިސާބުކުރެވެނީ ހުއްދަ ދީފައިވާ އިތުރު ގަޑިއަށްތޯ ޗެކް ކުރުމަށް ވަނީ ލަފާ ދީފައެވެ.

އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 7.15 މާއްދާގެ ހ ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މުސާރައާއި އެކިއެކި އެލަވަންސާއި، އިތުރު ގަޑީގެ ފައިސާ އާއި މި ނޫންވެސް މުވައްޒަފުންނަށް ދޭންޖެހޭ އެއްވެސް ފައިސާއެއް ދިނުމުގައި ދޭންޖެހޭ ވަރަށް ވުރެ އިތުރަށް ކައުންސިލް އިދާރާއިން ދިން ފައިސާގެ އަދަދު މުވައްޒަފުންގެ އަތުން އަނބުރާ ހޯދުމަށް ވެސް ވަނީ ލަފާ ދީފައެވެ.

އިތުރުގަޑީގެ މަސައްކަތްއިތުރު ގަޑީގެ ފައިސާއޮޑިޓަރ ޖެނެރަލްގެ ރިޕޯޓުބ. އޭދަފުށިއޮޑިޓް ރިޕޯޓް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2025

ޕޭ ފްރޭމްވާރކް އިސްލާހުކުރީ މުވައްޒަފުންނަށް ލިބޭ އިތުރުގަޑީގެ ފައިސާ ކުޑަވާ ގޮތަށް، ފާޑުކިޔުން އިންތިހާ!

02 ނޮވެމްބަރު 2025
ޕޭ ފްރޭމްވާރކް އިސްލާހުކުރީ މުވައްޒަފުންނަށް ލިބޭ އިތުރުގަޑީގެ ފައިސާ ކުޑަވާ ގޮތަށް، ފާޑުކިޔުން އިންތިހާ!
04 އޮކްޓޯބަރު 2025

އާރްޑީސީގެ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ އެތައް މަހެއް

04 އޮކްޓޯބަރު 2025
އާރްޑީސީގެ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ އެތައް މަހެއް
01 އޮކްޓޯބަރު 2025

ބުރާސްފަތި ދުވަހުގެ މަޖިލިސް ޖަލްސާ ގައި ވެސް ފެނަކައިގެ އޮޑިޓް ރިޕޯޓު

01 އޮކްޓޯބަރު 2025
ބުރާސްފަތި ދުވަހުގެ މަޖިލިސް ޖަލްސާ ގައި ވެސް ފެނަކައިގެ އޮޑިޓް ރިޕޯޓު
28 ސެޕްޓެމްބަރު 2025

ފެނަކަ އޮޑިޓު ރިޕޯޓަކީ މުއިއްޒުގެ ސަރުކާރުން މުޅި ދައުލަތް ލޫޓުވަމުންދާ ވާހަކަ އޮއްބާލުމަށް އޮޑިޓަރ ޖެނެރަލް އަށް ބިރު ދައްކައިގެން ނެރުނު ރިޕޯޓެއް: އެމްޑީޕީ

28 ސެޕްޓެމްބަރު 2025
ފެނަކަ އޮޑިޓު ރިޕޯޓަކީ މުއިއްޒުގެ ސަރުކާރުން މުޅި ދައުލަތް ލޫޓުވަމުންދާ ވާހަކަ އޮއްބާލުމަށް އޮޑިޓަރ ޖެނެރަލް އަށް ބިރު ދައްކައިގެން ނެރުނު ރިޕޯޓެއް: އެމްޑީޕީ
03 ސެޕްޓެމްބަރު 2025

އެސްޑީއެފްސީގެ ލޯނުތަކަށް ފައިސާ ނުދައްކާތީ 554 މިލިއަން ރުފިޔާ ނުލިބޭ: އޮޑިޓް

03 ސެޕްޓެމްބަރު 2025
އެސްޑީއެފްސީގެ ލޯނުތަކަށް ފައިސާ ނުދައްކާތީ 554 މިލިއަން ރުފިޔާ ނުލިބޭ: އޮޑިޓް
07 އޯގަސްޓު 2025

ހިދުމަތާއި ތަކެތި ހަމައަށް ލިބުނުކަން ލިޔެކިޔުމުން ކަށަވަރުނުކޮށް ދަރަވަންދޫ ކައުންސިލުން ފައިސާ ދެއްކި - އޮޑިޓް

07 އޯގަސްޓު 2025
ހިދުމަތާއި ތަކެތި ހަމައަށް ލިބުނުކަން ލިޔެކިޔުމުން ކަށަވަރުނުކޮށް ދަރަވަންދޫ ކައުންސިލުން ފައިސާ ދެއްކި - އޮޑިޓް
12 ޖުލައި 2025

ތިނަދޫ ސިޓީ ކައުންސިލުގެ އޮޓިޑު: މައްސަލަތައް އިސްލާހުކުރަން އަންގައިފި

12 ޖުލައި 2025
ތިނަދޫ ސިޓީ ކައުންސިލުގެ އޮޓިޑު: މައްސަލަތައް އިސްލާހުކުރަން އަންގައިފި
30 ޖޫން 2025

ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގެ އޯޓީގެ ވާހަކަ ސިޔާސީކޮށްގެން ދައްކާ ނަމަ އެ ވާހަކަ ދައްކާނީކީ މިއަދަކު ނޫން - އަމީން

30 ޖޫން 2025
ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގެ އޯޓީގެ ވާހަކަ ސިޔާސީކޮށްގެން ދައްކާ ނަމަ އެ ވާހަކަ ދައްކާނީކީ މިއަދަކު ނޫން - އަމީން
25 ޖެނުއަރީ 2025

ޕޮލްކޯ ފްލެޓު ކޮރަޕްޝަންގެ މައްސަލަ: ކުންފުނިތަކަށް ފިޔަވަޅު އެޅުމަށް ފިނޭންސް މިނިސްޓްރީއަށް އަންގައިފި

25 ޖެނުއަރީ 2025
ޕޮލްކޯ ފްލެޓު ކޮރަޕްޝަންގެ މައްސަލަ: ކުންފުނިތަކަށް ފިޔަވަޅު އެޅުމަށް ފިނޭންސް މިނިސްޓްރީއަށް އަންގައިފި
08 މެއި 2024

އޭދަފުށީގައި 1000 ހައުސިންގ ޔުނިޓް އަޅަނީ

08 މެއި 2024
އޭދަފުށީގައި 1000 ހައުސިންގ ޔުނިޓް އަޅަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް