Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-ޔޫކޭ

ޓްރަމްޕް: އިނގިރޭސިވިލާތުން ޗައިނާ އާ މުއާމަލާތް ކުރުމަކީ "ނުރައްކާތެރި" ކަމެއް

ސްޓާމަރ ވަނީ ޝީ ޖިންޕިން އާއި އެކި ދާއިރާތަކުން އެއްބާރުލުން ދިނުމުގެ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފަ. ކެނެޑާގެ ބޮޑުވަޒީރު ކާނީ ވެސް ޗައިނާއާ އެކު އެއްބަސްވުންތަކެއް ގާއިމު ކުރެއްވުމުން، ޓްރަމްޕް ވަނީ ކެނެޑާ އިން އެމެރިކާ އަށް އެތެރެކުރާ މުދަލުން ސަތޭކަ އިންސައްތަ ޓެރިފް ނަގާނެ ކަމުގެ އިންޒާރު ދެއްވާފަ.

ރާއްޖެ އެމްވީ | 30 ޖެނުއަރީ 2026 | ހުކުރު 09:03
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއަރ ސްޓާމަރ، ޗައިނާގެ ލީޑަރު ޝީ ޖިންޕިން އާ ބައްދަލުކުރައްވައި މަޝްވަރާތައް ބޭއްވުމަށް ބެއިޖިން އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅިގެން، އެމެރިކާގެ ގާތް އެކުވެރި ގައުމެއް ކަމަށްވާ އިނގިރޭސިވިލާތުން ޗައިނާއާ އެކު މުއާމަލާތް ކުރުމަކީ "ވަރަށް ނުރައްކާތެރި" ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް މިހެން ވިދާޅުވީ އެމަނިކުފާނުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ މެލަނިއާ ޓްރަމްޕްގެ ހަޔާތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީ އެއް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.

އިނގިރޭސިވިލާތުން ޗައިނާ އާ އެކު ވިޔަފާރީގެ ގުޅުންތައް ބަދަހިކުރަމުންދާ ދިއުމާ މެދު ނޫސްވެރިން ސުވާލު ކުރުމުން، ރައީސް ޓްރަމްޕް ވިދާޅުވީ އެގޮތަށް އަމަލު ކުރުމަކީ އެ ގައުމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ.

ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން ހުކުރު ދުވަހު ނޫސްވެރިން ސުވާލު ކުރުމުން، ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ގުއޯ ޖިއާކުން ވިދާޅުވީ، ދެ ފަރާތަށް ވެސް ފައިދާވާނެ ފަދަ ގޮތަކަށް ހުރިހާ ގައުމުތަކާ އެކު ވެސް އެއްބާރުލުން އިތުރުކުރުމަށް ޗައިނާ އޮތީ ތައްޔާރަށް ކަމަށެވެ.

ބޮޑުވަޒީރު ސްޓާމަރ ޗައިނާ އަށް ކުރައްވާ މި ދަތުރުފުޅަކީ 2018 ވަނަ އަހަރުގެ ފަހުން އިނގިރޭސި ބޮޑުވަޒީރަކު އެ ގައުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިއީ އެމެރިކާގެ ސިޔާސަތުތަކަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، ހުޅަނގުގެ ގައުމުތަކުގެ ލީޑަރުން ޗައިނާ އާ އެކު އޮތް ގުޅުން އަލުން ބަދަހިކުރުމަށް ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

ބުރާސްފަތި ދުވަހު ސްޓާމަރ ވަނީ ޝީ ޖިންޕިން އާއި ޗައިނާ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، އެކި ދާއިރާތަކުން އެއްބާރުލުން ދިނުމުގެ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފަ އެވެ.

ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވެސް މި މަހު ޗައިނާ އަށް ޒިޔާރަތްކުރައްވައި، ވިޔަފާރި އާއި ފަތުރުވެރިކަމުގެ ދާއިރާ އިން އެއްބަސްވުންތަކެއް ގައި ވަނީ ސޮއިކުރައްވާފަ އެވެ.

ކާނީ ޗައިނާ އާ އެކު އިތުރު އެއްބަސްވުންތައް ގާއިމުކުރައްވައިފި ނަމަ، ކެނެޑާ އިން އެމެރިކާ އަށް އެތެރެކުރާ މުދަލުން 100 އިންސައްތައިގެ ޓެރިފް ނަގާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފަ އެވެ. ނަމަވެސް ކެނެޑާގެ ލީޑަރު ވަނީ އިންޒާރު ބަލައިނުގަންނަކަން ހާމަކުރައްވާފަ އެވެ.

އިނގިރޭސިވިލާތާ ބެހޭގޮތުން ބުރާސްފަތި ދުވަހު ވާހަކަދައްކަވަމުން ޓްރަމްޕް އިތުރަށް ވިދާޅުވީ، ކެނެޑާ އިން ޗައިނާ އާ އެކު ވިޔަފާރީގެ މުއާމަލާތް ކުރުމަކީ މާ ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި ކެނެޑާގެ އިގްތިސާދީ ހާލަތު މިހާރު އޮތީ ވަރަށް ދަށުގައި ކަމަށާއި، އެކަމުގެ ހައްލަކީ ޗައިނާ ކަމަށް ބަލައިގެން ނުވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

ކިއަރ ސްޓާމާރައީސް ޝީ ޖިންޕިންރައީސް ޑޮނަލްޑް ޓްރަމްޕްމާކް ކާނީޔޫކޭ-ޗައިނާކެނެޑާ-ޗައިނާޔޫއެސްއޭ-ޔޫކޭ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އީރާނާ ބެހޭ ގޮތުން ރައީސް ޓްރަމްޕް ނިންމަވާ ކޮންމެ ނިންމެވުމެއް ތަންފީޒުކުރުމަށް އެމެރިކާގެ އަސްކަރިއްޔާ އޮތީ ތައްޔާރަށް ކަމަށް ޕެންޓަގަންގެ ވެރިޔާ ވިދާޅުވެއްޖެ

އީރާނާ ބެހޭ ގޮތުން ރައީސް ޓްރަމްޕް ނިންމަވާ ކޮންމެ ނިންމެވުމެއް ތަންފީޒުކުރުމަށް އެމެރިކާގެ އަސްކަރިއްޔާ އޮތީ ތައްޔާރަށް ކަމަށް ޕެންޓަގަންގެ ވެރިޔާ ވިދާޅުވެއްޖެ

30 ޖެނުއަރީ 2026
އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ވިސާ އާ ނުލައި ޗައިނާ އަށް ދަތުރުކުރެވޭ ގޮތް ހަދައިފި

އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ވިސާ އާ ނުލައި ޗައިނާ އަށް ދަތުރުކުރެވޭ ގޮތް ހަދައިފި

29 ޖެނުއަރީ 2026
ވަގުތީ ރައީސް ޑެލްސީ އަށް ވަފާތެރިވުމަށް، ވެނެޒުއެލާގެ ސިފައިންނާއި ފުލުހުން ހުވާ ކޮށްްފި

ވަގުތީ ރައީސް ޑެލްސީ އަށް ވަފާތެރިވުމަށް، ވެނެޒުއެލާގެ ސިފައިންނާއި ފުލުހުން ހުވާ ކޮށްްފި

29 ޖެނުއަރީ 2026
އެމެރިކާ އިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ތައްޔާރުވަނީ: ނުކުމެދާނެ ނަތީޖާތަކަކީ ކޮބައި؟

އެމެރިކާ އިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ތައްޔާރުވަނީ: ނުކުމެދާނެ ނަތީޖާތަކަކީ ކޮބައި؟

29 ޖެނުއަރީ 2026
ދުނިޔޭގެ ބާޒާރުގައި އެމެރިކާ ޑޮލަރު މެދުކެނޑުމެއްނެތި ދަށަށް ދިއުން ހުއްޓި، ނޮވެމްބަރު މަހަށް ފަހު އެއް ދުވަސް ތެރޭގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދައިފި

ދުނިޔޭގެ ބާޒާރުގައި އެމެރިކާ ޑޮލަރު މެދުކެނޑުމެއްނެތި ދަށަށް ދިއުން ހުއްޓި، ނޮވެމްބަރު މަހަށް ފަހު އެއް ދުވަސް ތެރޭގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދައިފި

29 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

20 ފެބުރުއަރީ
ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟
20242 އަހަރު ކުރިން
ރިޕޯޓު

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ
20215 އަހަރު ކުރިން
ރިޕޯޓު

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
20197 އަހަރު ކުރިން
ރާއްޖެ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު