Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް

މިނިސްޓަރ ޝިޔާމް ވަނީ ބޮޑުކަންނެލި ގަންނަ ކުންފުނި ތަކުގެ ދަށުވެފަ؛ ބޭނުމަކީ ބޮޑު ކަންނެލި މަސްވެރިން މަގުމަތިކޮށް ލޭނުގެ މަސްވެރިކަމަށް ހުއްދަ ދިނުން: އިމްރާން

13 ޑިސެމްބަރު 2025 | ހޮނިހިރު 19:19

މި ދާއިރާ ގައި ކުރިން 300 އަށް ވުރެ ގިނަ އޮޑިފަހަރު ހަރަކާތްތެރިވަމުން ދިޔަނަމަވެސް މިހާރު ބޮޑުކަންނެލި މަސްވެރިކަމުގައި ހަރަކާތްތެރިވާ އޮޑިފަހަރުގެ އަދަދު މިހާރު 100 އަށް ވެސް ނާރާ ކަމަށް އިމްރާން ވިދާޅުވި. ޝިޔާމް މިހާރު ވެސް މަސައްކަތް ކުރައްވަނީ ބޮޑުކަންނެލި މަސްވެރިން ގޮތް ހުސްކުރުވާ ލޭނުގެ މަސްވެރިކަމަށް ހުއްދަ ދިނުމަށް ކަމަށާއި، ކޮންމެ ގޮތެއް ހަދާފައި ވެސް އެކަން ކުރާނެ ކަމަށް ޝިޔާމް ވިދާޅުވެފައި އޮތް ކަމަށް އިމްރާން ވިދާޅުވި.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 13 ޑިސެމްބަރު 2025 | ހޮނިހިރު 19:19
ބޮޑު ކަންނެލި މަސްވެެރިންގެ ޔޫނިއަންގެ ނައިބު ރައީސް، އިމްރާން މުހައްމަދު

ބޮޑު ކަންނެލި މަސްވެެރިންގެ ޔޫނިއަންގެ ނައިބު ރައީސް، އިމްރާން މުހައްމަދު

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ބޮޑުކަންނެލި ގަންނަ ކުންފުނިތަކުގެ ދަށުވެފައި ކަމަށާއި އެބޭފުޅާގެ ބޭނުމަކީ ބޮޑުކަންނެލި މަސްވެރިން މަގުމަތިކޮށް ލޭނުގެ މަސްވެރިކަމަށް ހުއްދަ ދިނުން ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) ގެ ނައިބު ރައީސް އަދި ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ބޮޑުކަންނެލި މަސްވެރިންގެ ފަރާތުން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ޝިޔާމް މަސައްކަތް ކުރައްވަނީ ބޮޑުކަންނެލި މަސްވެރިކަން އެއްކޮށް ހަލާކުކޮށްލުމަށްފަހު ލޭނުގެ މަސްވެރިކަމަށް ފުރުސަތު ދެއްވަން ކަމަށެވެ.

ބޮޑުކަންނެލި މަސްވެރިން މަގުމަތިކޮށްފައި ލޭނުގެ މަސްވެރިކަމަށް ހުއްދަ ދިނުމުގެ މަސައްކަތް ޝިޔާމް އިސްވެ ހުރެގެން ފެއްޓެވީ، ބޮޑުކަންނެލި ގަންނަ ޕްރައިވެޓް ކުންފުނިތަކާ ގުޅިގެން ކަމަށް އިމްރާން ވިދާޅުވި އެވެ.

މީގަ މި ވާގޮތަކީ މިނިސްޓަރު ޝިޔާމް އެ ހުންނެވީ ބޮޑުކަންނެލި ގަންނަ ކުންފުނި ތަކުގެ ދަށުވެފަ، މިއީ ހަގީގަތަކީ، ބޮޑުކަންނެލި ގަންނަ ޕްރައިވެޓް ކުންފުނި ތަކުގެ ދަށުވެގެން ޝިޔާމް ފެއްޓެވި މަސައްކަތަކީ ބޮޑު ކަންނެލި މަސްވެރިން މަގުމަތިކޮށްފަ ލޭނުގެ މަސްވެރިކަމަށް ހުއްދަ ދިނުން. ލޭނުގެ މަސްވެރިކަމަށް ހުއްދަ ދޭން ބޮޑުކަންނެލި މަސްވެރިން މަގުމަތިކޮށްފަ ފެށީ މިނިސްޓަރު ޝިޔާމް އިސްވެ ހުރެގެން ޕްރައިވެޓް ބޮޑުކަންނެލި ގަންނަ ކުންފުނިތަކާ ގުޅިގެން. 
 ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން ގެ ނައިބު ރައީސް އިމްރާން މުހައްމަދު

އެކަން ކުރުމަށް މިނިސްޓަރު ނިންމާފައި އޮއްވައި ރައީސް މުއިއްޒު އެ ނިންމުން ބާތިލު ކުރުމަކީ، ޝިޔާމް އެކަމުގެ ރުޅި ބޮޑުކަންނެލި މަސްވެރިންނަށް ބާލަން ޖެހޭ ސަބަބެއް ނޫން ކަމަށް އިމްރާން ވިދާޅުވި އެވެ. ޝިޔާމް އާއި ރައީސް މުއިއްޒު އާ ދޭތެރޭ ޖެހިގެން އުޅޭ މައްސަލަ އެއްގެ ހަސަދަވެރިކަން މަސްވެރިންނަށް ބޭލުމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިމްރާން ވިދާޅުވި އެވެ.

ޝިޔާމް މިހާރުވެސް މަސައްކަތް ކުރައްވަނީ ބޮޑުކަންނެލި މަސްވެރިންނަށް ގޮތް ހުސްކުރުވާ ލޭނުގެ މަސްވެރިކަމަށް ހުއްދަ ދިނުމަށް ކަމަށާއި ކޮންމެ ގޮތެއް ހަދާފައި ވެސް އެކަން ކުރާނެ ކަމަށް ޝިޔާމް ވިދާޅުވެފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ. އެގޮތުން މީގެ ކުރިން 300 އަށް ވުރެ ގިނަ އޮޑިފަހަރު ބޮޑުކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރި ވަމުން ދިޔަ ކަމަށާއި ނަމަވެސް މިހާރު މި ދާއިރާގައި ހަރަކާތްތެރިވާ އޮޑިފަހަރުގެ އަދަދު 100 އަށް ވެސް ނާރާ ކަމަށް އިމްރާން ވިދާޅުވި އެވެ. މިއީ ޝިޔާމް ކުރައްވާ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށް އިމްރާން ވިދާޅުވި އެވެ.

ބޮޑުކަންނެލި މަސްވެރިންނަށް މި ސަރުކާރުން ވީ ވައުދުތައް ފުއްދައިދިނުމަށް ގޮވާލާ މަސްވެރިން އިހުތިޖާޖަށް ނުކުތީ މިދިޔަ ބުދަ ދުވަހު އެވެ. އިހުތިޖާޖުގެ ބައިވެރިންގެ ޑިމާންޑުތަކަށް ސަރުކާރުން އިޖާބަނުދިނުމުން މަސްވެރިން ވަނީ މާލެ ކައިރިއަށް ގޮސް ވެސް އަޑު އުފުލާފަ އެވެ.

އިހުތިޖާޖުގައި މަސްވެރިން ސަރުކާރަށް ތިން ޑިމާންޑެއް ކުރެ އެވެ. އެއީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ސަރުކާރުން ކަންނެލި ގަންނަން ފެށުމާއި ކަންނެލީގެ އަގު 80 ރުފިޔާ އާއި 100 ރުފިޔާ އާ ދެމެދު ހިފެހެއްޓުމާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުމެވެ.

ރައީސް މުއިއްޒުގެ އެންގެވުމަށް ފުލުހުން ވަނީ އިހުތިޖާޖުގެ ބައެއް ބައިވެރިން ހައްޔަރުކޮށް، ބައެއް ދޯނިތައް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ނަމަވެސް އިހުތިޖާޖުގެ ބައިވެރިން ބުނަމުން ދަނީ ސަރުކާރުގެ ފަރާތުން އެދެވޭ ޖަވާބެއް ނުދެއްވަނީސް އިހުތިޖާޖު ހުއްޓާނުލާނެ ކަމަށެވެ.

އަޙްމަދު ޝިޔާމްއިމްރާން މުޙައްމަދުބޮޑު ކަންނެލި މަސްވެރިކަންލޭނުގެ މަސްވެރިކަން

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ފިޝަރީޒް މިނިސްޓަރު އުޅުއްވަނީ ބޮޑު ކަންނެލީގެ މަސްވެރިކަން މުޅިން ނެތި ކޮށްލަން: އިމްރާން

13 ޑިސެމްބަރު 2025
ފިޝަރީޒް މިނިސްޓަރު އުޅުއްވަނީ ބޮޑު ކަންނެލީގެ މަސްވެރިކަން މުޅިން ނެތި ކޮށްލަން: އިމްރާން
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!
13 ޑިސެމްބަރު 2025

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި
12 ޑިސެމްބަރު 2025

މަޓޭ ހައްޔަރުކުރި މައްސަލަ އައިޕީޔޫ އަށް ހުށަހަޅައިފި

12 ޑިސެމްބަރު 2025
މަޓޭ ހައްޔަރުކުރި މައްސަލަ އައިޕީޔޫ އަށް ހުށަހަޅައިފި
12 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާ އަށް ނުކުތުމުން ރައީސް މުއިއްޒު އަށް ހީފުޅުވީ އުތުރު ގަޑުބަޑުގެ މީހުން މާލެ އަށް އަރަން އުޅުނުހެން: ރައީސް ޔާމީން

12 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާ އަށް ނުކުތުމުން ރައީސް މުއިއްޒު އަށް ހީފުޅުވީ އުތުރު ގަޑުބަޑުގެ މީހުން މާލެ އަށް އަރަން އުޅުނުހެން: ރައީސް ޔާމީން
10 ޑިސެމްބަރު 2025

2 އަހަރުވި އިރު ވެސް ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތައް ހައްލު ނުވާކަމަށް ފިޝަރީޒް މިނިސްޓަރު އެއްބަސްވެއްޖެ

10 ޑިސެމްބަރު 2025
2 އަހަރުވި އިރު ވެސް ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތައް ހައްލު ނުވާކަމަށް ފިޝަރީޒް މިނިސްޓަރު އެއްބަސްވެއްޖެ
05 ނޮވެމްބަރު 2025

ރާއްޖޭގެ ދެ ދޮރާށިން ނޭނގި ކޮންޓެއިނަރު ތަކާއި ޑޮލަރު ގެންދާއިރު، މިޔަރުގެ މަސްވެރިކަން މޮނިޓަރ ކުރެވޭނެ ކަމާމެދު ސުވާލު އުފެދޭ: މެންބަރު ޒިޔާދު

05 ނޮވެމްބަރު 2025
ރާއްޖޭގެ ދެ ދޮރާށިން ނޭނގި ކޮންޓެއިނަރު ތަކާއި ޑޮލަރު ގެންދާއިރު، މިޔަރުގެ މަސްވެރިކަން މޮނިޓަރ ކުރެވޭނެ ކަމާމެދު ސުވާލު އުފެދޭ: މެންބަރު ޒިޔާދު
31 އޮކްޓޯބަރު 2025

ދ.މީދޫ އަށް ފިޝަރީޒް މިނިސްޓަރ ވަޑައިގަތުމުން މަސްވެރިންގެ ކަންބޮޑުވުންތައް ބަންޑުންކޮށް، ލަދުގަންނަވާލައިފި

31 އޮކްޓޯބަރު 2025
ދ.މީދޫ އަށް ފިޝަރީޒް މިނިސްޓަރ ވަޑައިގަތުމުން މަސްވެރިންގެ ކަންބޮޑުވުންތައް ބަންޑުންކޮށް، ލަދުގަންނަވާލައިފި
17 ޖުލައި 2025

މިލަންދޫ ސިއްހީ މަރުކަޒުގައި ބަހައްޓަން ގެނެސްފައިވާ އެކްސްރޭ މެޝިން ބޭރުގައި ބައްޓާފައި ހުންނަތާ ގާތްގަނޑަކަށް 5 މަސް

17 ޖުލައި 2025
މިލަންދޫ ސިއްހީ މަރުކަޒުގައި ބަހައްޓަން ގެނެސްފައިވާ އެކްސްރޭ މެޝިން ބޭރުގައި ބައްޓާފައި ހުންނަތާ ގާތްގަނޑަކަށް 5 މަސް
03 ޖުލައި 2025

ކުރީގެ ޗީފް އޮފް ޑިފެންސް ޝިޔާމްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާ އަނބުރާ ގެންގޮސްފި

03 ޖުލައި 2025
ކުރީގެ ޗީފް އޮފް ޑިފެންސް ޝިޔާމްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާ އަނބުރާ ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް