Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިސްކިތް

ރާއްޖޭގައި ބިނާ ކުރަމުންދާ ފަނަރަ ވަރަކަށް މިސްކިތް ރަމަޟާން މަހުގެ ކުރިން ނިންމާނަން: ރައީސް މުއިއްޒު

29 ނޮވެމްބަރު 2025 | ހޮނިހިރު 08:11

މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ބިނާ ކުރަނީ އިސްލާމީ އެއްބައިވަންތަކަށް ގާއިމު ކުރުމަށް

އަމްނާ އިމާދު
އަމްނާ އިމާދު | 29 ނޮވެމްބަރު 2025 | ހޮނިހިރު 08:11
ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ ޝަހީމް

ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ ޝަހީމް

ދިވެހިރާއްޖޭ ގެ އެކި ކަންކޮޅުތަކުގައި ބިނާ ކުރަމުންދާ 15 ވަރަކަށް މިސްކިތު ގެ މަސައްކަތް ރަމަޟާން މަހުގެ ކުރިން ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިސްލާމީ ކުތުބުޚާނާއަކާއި ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮތްޕަކާއެކު، ހއ. ދިއްދޫގައި ތަރައްގީކުރި އިސްލާމީ މަރުކަޒު، ހުކުރު ދުވަހު ހުޅުވުމުގެ މުނާސަބަތުގައި، އެ ރަށު ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

Advertisement - newsAdvertisement

މަޝްރޫއުތައް ނިންމެވުމަށް ސަރުކާރުން އަހުމިއްޔަތުކަން ދެއްވާކަން ފާހަގަކުރައްވައި، ރަމަޟާން މަހުގެ ކުރިން ގިނަ މަސައްކަތްތަކެއް ނިންމެވުމަށް އަމާޒު ހިއްޕަވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވި އެވެ.

ރަމަޟާން މަހުގެ ކުރިއަށް ނިންމެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ މިސްކިތްތަކުގެ ތެރޭގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މިސްކިތެއް ވެސް ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހީ ގައި ދާއިމީ މިސްކިތް މަދުކަމުން ކުރިމަތިވަމުންދާ ދަތިކަން ހައްލުކޮށް ދެއްވުމުގެ މަގުސަދުގައި، އެ ސަރަހައްދުގައި އިތުރު މިސްކިތެއް ބިނާކުރެއްވުމުގެ އަމަލީ މަސައްކަތް، ޑިސެންބަރު މަހު ފައްޓަވާނޭކަން ވެސް މި ޕޯސްޓުގައި އެމަނިކުފާނު ވަނީ ހާމަކުރައްވާފަ އެވެ.

މީގެ އިތުރުން ސަރުކާރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ބިނާކުރެއްވުމުގެ މަގުސަދަކީ، ރާއްޖޭގައި އިސްލާމީ އެއްބައިވަންތަކަށް ގާއިމުކުރައްވައި، އިސްލާމީ ސަގާފަތާއި ނޫރު ފެތުރުއްވުން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް މި ސަރުކާރުން މިހާރު ހުޅުވަމުންދާ މިސްކިތްތަތަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ހަވާލު ކޮށްފައިވާ މިސްކިތްތަކެވެ. މިދިޔަ ހުކުރު ދުވަހު ހުޅުވި ހއ. ދިއްދޫގައި ތަރައްގީ ކުރި އިސްލާމީ މަރުކަޒަކީ ވެސް ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

މި ސަރުކާރުގެ އައު މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށިފައިނުވާއިރު، ހުޅުމާލެ ފޭސް-2 ގައި މިސްކިތްތައް މަދުވެ، ހަދަން ފަށާފައިވާ މިސްކިތްތަކުގެ ސްޕީޑް ވަރަށް ލަސްކަން ފާހަގަކުރެވެ އެވެ. މި މިސްކިތްތަކުގެ އަމަލީ މަސައްކަތް ކުރިއަށް ނުދާތީ މިދިޔަ އަހަރުގެ ރަމަޟާން މަހު ވެސް ހުޅުމާލޭ ފޭސް-2 ގައި ދިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުން ފާޅު ކޮށްފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުރަަމަޟާންމިސްކިތްއިސްލާމީ މަރުކަޒު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
07 ޑިސެމްބަރު 2025

އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން

07 ޑިސެމްބަރު 2025
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
07 ޑިސެމްބަރު 2025

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

07 ޑިސެމްބަރު 2025
މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި
07 ޑިސެމްބަރު 2025

މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް

07 ޑިސެމްބަރު 2025
މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް
06 ޑިސެމްބަރު 2025

އާދީއްތަ ދުވަހުގެ ރޭ ރައީސް މުއިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރައްވަނީ

06 ޑިސެމްބަރު 2025
އާދީއްތަ ދުވަހުގެ ރޭ ރައީސް މުއިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް