Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކ. މަނިޔަފުށި

އަޑިނޭނގޭ ޑީލެއްގެ ދަށުން ކ. މަނިޔަފުށި ދިން ގޮތާ ބެހޭ ގޮތުން ސުވާލު ކުރުމުން މިނިސްޓަރު ޝިޔާމް އާއި އާމިރު މަންސޫރު ދެއްކެވި ވާހަކަ ދިމަލެއް ނުވި!

މަނިޔަފުށި ލިބުނީ އިއުލާން ކޮށްގެން ނުވަތަ ބިޑު ކޮށްގެން ނޫން ކަމަށާއި އެތަނަށް މެރިކަލްޗަރ މޯލްޑިވްސް އިން ކުލީގެ ގޮތުގައި އެއްވެސް އެއްޗެއް ދައްކަން ނުޖެހޭ ކަމަށް އާމިރު ވިދާޅުވި.

އަލީ ޝާހީން
އަލީ ޝާހީން | 11 ޖެނުއަރީ 2026 | އާދީއްތަ 12:23
މިނިސްޓަރު ޝިޔާމް އާއި ވިޔަފާރިވެރިޔާ އާމިރު މަންސޫރު

މިނިސްޓަރު ޝިޔާމް އާއި ވިޔަފާރިވެރިޔާ އާމިރު މަންސޫރު | ރާއްޖެ އެމްވީ

ކ. އަތޮޅުގައި އޮންނަ މަނިޔަފުށި، ބިޑު ކުރުމަކާ ނުލައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޗެއަރމަން އަދި ވިޔަފާރިވެރިޔާ އާމިރު މަންސޫރަށް ވިއްކާލާފައިވާ ކަމަށް ދެކެވެމުންދާ ވާހަކަ ގުޅޭގޮތުން  ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް އާއި އާމިރު މަންސޫރު ދެއްކެވި ވާހަކަ ދިމަލެއް ނުވި އެވެ. 

"ވިރާސީ" ނޫހުން ޝައިއު ކޮށްފައިވާ ހަބަރުގައި ވާގޮތުން، ކ. އަތޮޅުގައި އޮންނަ މަނިޔަފުށި، ބިޑު ކުރުމަކާ ނުލައި ވިޔަފާރިވެރިޔާ އާމިރު މަންސޫރު އަށް ވަނީ ވިއްކާލާފަ އެވެ. އަދި އެ ރަށް ވިއްކާލާފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާއި ހިލާފަށް ކަމަށް ވެސް އެ ނޫހުން ޝާއިއު ކޮށްފައިވާ ހަބަރުގައިވެ އެވެ.

މިކަމާއި ގުޅިގެން ރާއްޖެ އެމްވީ އިން މިނިސްޓަރު ޝިޔާމް އާއި ސުވާލުކުރުމުން ވިދާޅުވީ، މަނިޔަފުށި ކުއްޔަށް ދިނީ އެހެން ރަށްތައް ވެސް ކުއްޔަށް ދޭ އުސޫލުން ކަމަށެވެ. އަދި އެރަށް ކުއްޔަށް ދިފައިވަނީ މެރިކަލްޗަރ ކޮމަރޝިއަލް ސްކޭލް ގައި ކުރުމުގެ އިތުރުން މިހާރުވެސް މިނިސްޓްރީ އިން ކުރަމުންދާ ކަންކަން ބަރާބަރަށް ކުރިޔަށް ގެންދެވޭ ގޮތަށް ކަމަށް ޝިޔާމް ވިދާޅުވި އެވެ. 

މިނިސްޓަރު ޝިޔާމް ވިދާޅުވީ ކ. އަތޮޅުގައި އޮންނަ މަނިޔަފުށި ކުއްޔަށް ދިފައިވަނީ މެރިކަލްޗަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއި ކަމަށެވެ. މި ނޫހުން ބެލި ބެލުމުން އެނގުނުގޮތުގައި އެ ކުންފުންޏަކީ އާމިރު މަންސޫރު ގެ ކުންފުންޏެކެވެ. އެ ކުންފުނީގެ ބޯޑް އޮފް ޑިރެކްޓަރސް ގައި ހިމެނެނީ އާމިރު މަންސޫރު ގެ އިތުރުން އޭނާ އާއިލާ ދެ މެންބަރުން ކަމަށްވާ މަރިޔަމް އާމިރު މަންސޫރު އަދި އިމްރާން އާމިރު މަންސޫރު އެވެ. 

މީގެ އިތުރުން ރާއްޖެ އެމްވީ އަށް މައުލުމާތު ދެއްވަމުން އާމިރު މަންސޫރު ވިދާޅުވީ، އެރަށް މެރިކަލްޗަރ މޯލްޑިވްސް އަށް ދިފައި ވަނީ އެގްރިމަންޓެއްގެ ދަށުން ކަމަށެވެ. އަދި އެ ރަށަކީ އިއުލާން ކޮށްގެން ނުވަތަ ބިޑު ކޮށްގެން ލިބިފައިވާ ރަށެއް ނޫން ކަމަށާއި އެތަނަށް މެރިކަލްޗަރ މޯލްޑިވްސް އިން ކުލީގެ ގޮތުގައި އެއްވެސް އެއްޗެއް ދައްކަން ނުޖެހޭ ކަމަށް އާމިރު ވިދާޅުވި އެވެ. 

ކުލި ދައްކަން ނުޖެހޭ ވާހަކަ އަކީ ގޯހެއް ކަމަށް ވިދާޅުވެ، ޝިޔާމް ފާހަގަ ކުރެއްވީ އެ ރަށް މެރިކަލްޗަރ މޯލްޑިވްސް އަށް ދީފައިވަނީ ކުލި ދައްކާ ގޮތަށް ކަމަށާއި އަދި އޭގެ އިތުރުން އެރަށް ހިއްކަން ޖެހޭ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ. އެހެން ނަމަވެސް އާމިރު ވިދާޅުވި ފަޅު ހިއްކުން އެއީ ދީފައިވާ އޮޕްޝަން އެއް ކަމަށެވެ. 

މަޝްހޫރު ވިޔަފާރިވެރިޔާ އާމިރު މަންސޫރަށް މި ރަށް ކުއްޔަށް ދީފައިވާ ނަމަ ދިނީ ކޮން އަގަކަށް ކަމެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް، ދައުލަތުގެ މިލްކިއްޔާތުގައިވާ މިފަދަ ބޮޑު މުދަލެއް، އާންމުކޮށް ބިޑަށް ހުޅުވާނުލައި އަދި އެއްވެސް ވާދަވެރި ފުރުސަތެއް ނުދީ ވަކި ފަރާތަކަށް ދީފައިވަނީ އަޑިނޭގޭ ޑީލެއްގެ ދަށުން ކަން ފާހަގަ ކުރެވެ އެވެ.

ދައުލަތުގެ މުދަލާއި ބިންތައް ވިއްކުމާއި ކުއްޔަށް ދިނުމުގައި އަމަލުކުރަންޖެހޭ ހަރުދަނާ ގަވާއިދުތަކެއް ރާއްޖޭގައި އޮވެމެ ބިޑަކާ ނުލައި އަދި އިއުލާނު ކުރުމަކާ ވެސް ނުލާ މިފަދަ މުއާމަލާތްތައް ރައީސް މުއިއްޒު ގެ ސަރުކާރުން ހިންގުން މިހާރު ވަނީ އާއްމު ކަމަކަށް ވެފަ އެވެ.

މަނިޔަފުށިއާމިރު މަންސޫރުއަޙްމަދު ޝިޔާމްމަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާމެރިކަލްޗަރ

އިތުރަށް ކިޔާލަން

04 ޖެނުއަރީ 2026

މަސްވެރިންގެ ޑިމާންޑުތަކަށް އިޖާބަ ދިނުމަށް ދިން 2 ހަފްތާ ވެސް ހަމަވެއްޖެ! ސަރުކާރުގެ ހިލަމެތް ނެތް!

04 ޖެނުއަރީ 2026
މަސްވެރިންގެ ޑިމާންޑުތަކަށް އިޖާބަ ދިނުމަށް ދިން 2 ހަފްތާ ވެސް ހަމަވެއްޖެ! ސަރުކާރުގެ ހިލަމެތް ނެތް!
16 ޑިސެމްބަރު 2025

މަހުގެ އަގާ ބެހޭ ގޮތުން މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރ ޝިޔާމު ދެއްކެވި ދެއުޅި އެއްނުވާ ވާހަކަތަކުގެ ހަގީގަތް މިއޮތީ!

16 ޑިސެމްބަރު 2025
މަހުގެ އަގާ ބެހޭ ގޮތުން މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރ ޝިޔާމު ދެއްކެވި ދެއުޅި އެއްނުވާ ވާހަކަތަކުގެ ހަގީގަތް މިއޮތީ!
14 ޑިސެމްބަރު 2025

މަސްވެރިންނަށް މުއިއްޒު ވީ ވައުދު ތަކުގައި މިހާރު އޮތީ ވާނުވާ ޖަހާފައި!

14 ޑިސެމްބަރު 2025
މަސްވެރިންނަށް މުއިއްޒު ވީ ވައުދު ތަކުގައި މިހާރު އޮތީ ވާނުވާ ޖަހާފައި!
13 ޑިސެމްބަރު 2025

މިނިސްޓަރ ޝިޔާމް ވަނީ ބޮޑުކަންނެލި ގަންނަ ކުންފުނި ތަކުގެ ދަށުވެފަ؛ ބޭނުމަކީ ބޮޑު ކަންނެލި މަސްވެރިން މަގުމަތިކޮށް ލޭނުގެ މަސްވެރިކަމަށް ހުއްދަ ދިނުން: އިމްރާން

13 ޑިސެމްބަރު 2025
މިނިސްޓަރ ޝިޔާމް ވަނީ ބޮޑުކަންނެލި ގަންނަ ކުންފުނި ތަކުގެ ދަށުވެފަ؛ ބޭނުމަކީ ބޮޑު ކަންނެލި މަސްވެރިން މަގުމަތިކޮށް ލޭނުގެ މަސްވެރިކަމަށް ހުއްދަ ދިނުން: އިމްރާން
13 ޑިސެމްބަރު 2025

ފިޝަރީޒް މިނިސްޓަރު އުޅުއްވަނީ ބޮޑު ކަންނެލީގެ މަސްވެރިކަން މުޅިން ނެތި ކޮށްލަން: އިމްރާން

13 ޑިސެމްބަރު 2025
ފިޝަރީޒް މިނިސްޓަރު އުޅުއްވަނީ ބޮޑު ކަންނެލީގެ މަސްވެރިކަން މުޅިން ނެތި ކޮށްލަން: އިމްރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު