Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަޙްމަދު ޝިޔާމް

2 އަހަރުވި އިރު ވެސް ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތައް ހައްލު ނުވާކަމަށް ފިޝަރީޒް މިނިސްޓަރު އެއްބަސްވެއްޖެ

ބޮޑުކަންނެލި މަސްވެރިން 49 ދޯނިފަހަރާއެކު ކަނޑުމަތީގައި އިހިތިޖާޖު ފަށާފައިވަނީ ސަރުކާރުން ވި ވައުދުތައް ފުއްދައިދިނުމަށް ޑިމާންޑް ކުރަމުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2025 | ބުދަ 14:34
2024 ވަނަ އަހަރު ބޮޑު ކަންނެލި މަސްވެރިން ބެއްވި މުޒާހަރާގައި ފިޝަރީޒް މިނިސްޓަރު ޝިޔާމް ވާހަކަ ދައްކަވަނީ

2024 ވަނަ އަހަރު ބޮޑު ކަންނެލި މަސްވެރިން ބެއްވި މުޒާހަރާގައި ފިޝަރީޒް މިނިސްޓަރު ޝިޔާމް ވާހަކަ ދައްކަވަނީ

2 އަހަރުވި އިރު ވެސް ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތައް ހައްލު ނުވާކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެއްބަސްވެވަޑައިގެންފި އެވެ.

10 ޑިސެމްބަރުގައި ފާހަގަކުރާ މަސްވެރިންގެ ދުވަހާއި ގުޅިގެން ބޮޑުކަންނެލި މަސްވެރިން ވަނީ ކަނޑުމަތީގައި އިހިތިޖާޖު ފަށާފަ އެވެ. 49 ދޯންޏާއެކު ފެށި އިހުތިޖާޖުގައި ބޮޑުކަންނެލި މަސްވެރިން ޑިމާންޑް ކުރަމުން އަންނަނީ މި ސަރުކާރުން އެ މަސްވެރިންނަށް ވި ވައުދުތައް ފުއްދައިދިނުމަށާއި މަސްވެރިންގެ ޑިމާންޑްތައް ފުރިހަމަ ކޮށްދިނުމަށެވެ.

Advertisement - newsAdvertisement

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ބޮޑު ކަންނެލި މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑު ކަންނެލި ގަންނަ ކުންފުނިތަކަށް ވިއްކާފައި ހުރި ކަންނެއްޔަށް ފައިސާ ނުލިބި ދިގުލައިގެންދާ މައްސަލަ އާއި މަސްވެރިކަން ރަނގަޅުވާ ވަގުތު ކަންނެލީގެ އަގު ދަށްވާ މައްސަލަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިކަން ހައްލުކުރުމަށް ބޮޑުކަންނެލި މަސްވެރިން ޕްރޮޕޯސް ކުރަނީ ސަރުކާރުން މިކަމަށް ސަރުކާރުން ވަދެ ކަންނެލި މަހުގެ ވިޔަފާރީގައި ސަރުކާރުގެ ދައުރު ފުޅާ ކުުރުމަށް ކަމަށެވެ. އަދި ސަރުކާރުން ބޮޑު ކަންނެލި މަސްވެރިންނަށް ވެފައިވާ ވައުދު ވީހާވެސް އަވަހަށް ތަންފީޒު ކުރުމަށް ވެސް މަސްވެރިން ޕްރޮޕޯސް ކުރާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން ދަނީ ހުޅުމާލޭގައި ބޮޑު ކަންނެލި މަސް ޕްރޮސެސް ކުރުމަށް ގާއިމްކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް ޖެނުއަރީ މަސްތެރޭ ފެށުމަށް ވާންޖެހޭ ހުރިހަ ތައްޔާރީތަކެއް ވަމުން ކަމަށެވެ. އަދި މިދިޔަ އަހަރު ޖޫން މަހުން ފެށިގެން ކަންނެލި މަސްވެރިން އެންމެ ބޮޑަށް އެދެމުން ދިޔަ ގޮތަށް ރައީސް ގެ ހާއްސަ އިރުޝާދުފުޅާ އެކު މާލެ އޭރިއާ އިން ވަނީ ތެލަށް ހެޔޮ ބަދަލެއް ގެނެވި ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމް އެސްޓީއޯ މެދުވެރިކޮށް ހަމަޖައްސާފައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ކޮންމެ އަތޮޅަކުން މަޑުވެގެން 1 ރަށުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ވެސް އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ހަމަޖެހޭނެ ކަމުގެ އުފާވެރި ހަބަރު ވެސް މީގެ ކުރިން ވެސް ރައީސް ވަނީ އެކި ރަސްމިއްޔާތުތަކުގައި ހިއްސާ ކުރައްވާފައި ކަމަށެވެ. އަދިވެސް ސިނާއަތުގެ ތަރައްގީ އަށް ގިނަ ކަންކަން ހުރިކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކުރިއަށް އޮތީ މަސްވެރި އާއިލާތަކަށް އުފާވެރި ދުވަސްތަކެއް ކަމަށާއި، މި ސަރުކާރަކީ ރާއްޖޭގެ ހުރިހާ ބާވަތެއްގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް މައުނަވީ ހައްލެއް ހީދައިދޭނެ ސަރުކާރުކަން ޔަގީން ކަމަށެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ބޮޑު ކަންނެލީގެ އަގު 80ރ އާއި 100ރ އާ ދެމެދު ހިފައްހައްޓާނެ ކަމަށާއި، މިފްކޯ އަށް ބޮޑު ކަންނެލި ކިރޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށާއި، އަދި ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމުގެ ވައުދާ އެކުގައެވެ. ސަރުކާރަށް ދެ އަހަރު ފުރި 3 ވަނަ އަހަރުގެ ދުވަސްތައް ގުނަމުންދާ އިރު މިއިން އެެއްވެސް ކަމެއް ފުރިހަމަވެފައެއް ނުވެއެވެ.

އަޙްމަދު ޝިޔާމްމަސްވެރިންގެ ދުވަސްފިޝަރީޒް މިނިސްޓްރީމަސްވެރިންގެ މުޒާހަރާ

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިކަމާ ބެހޭ ބައެއް ކަންކަން ލަސްވެފައިވާ ކަމަށާއި ބައެއް ވައުދު ފުއްދޭނީ އިގުތިސާދު އެކަމަށް ފައްކާވީމާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

މަސްވެރިކަމާ ބެހޭ ބައެއް ކަންކަން ލަސްވެފައިވާ ކަމަށާއި ބައެއް ވައުދު ފުއްދޭނީ އިގުތިސާދު އެކަމަށް ފައްކާވީމާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރ. ދުވާފަރު ގައި ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫއުތައް ފަށައިފި

ރ. ދުވާފަރު ގައި ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫއުތައް ފަށައިފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ހައްގުތައް ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ގާނޫނާ ޚިލާފަށް މުއިއްޒު ސަރުކާރުން މަޖިލިސް މެމްބަރަކު ހައްޔަރު ކުރި މައްސަލަ  އައިއެލްއޯ އަށް ހުށަހަޅައިފި

މަސްވެރިންގެ ހައްގުތައް ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ގާނޫނާ ޚިލާފަށް މުއިއްޒު ސަރުކާރުން މަޖިލިސް މެމްބަރަކު ހައްޔަރު ކުރި މައްސަލަ އައިއެލްއޯ އަށް ހުށަހަޅައިފި

13 ޑިސެމްބަރު 2025
2024 ވަނަ އަހަރުން ފެށިގެން 4 ރަށުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމުގެ ޔަގީން ކަން ދެއްވުމަށް ފަހު އޭގެ އަހަރެއް ފަހުން އެފަދަ ފުރަތަމަ ޝެޑު ހުޅުވައިފި

2024 ވަނަ އަހަރުން ފެށިގެން 4 ރަށުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމުގެ ޔަގީން ކަން ދެއްވުމަށް ފަހު އޭގެ އަހަރެއް ފަހުން އެފަދަ ފުރަތަމަ ޝެޑު ހުޅުވައިފި

13 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު