Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

އިނގިރޭސިވިލާތުގައި ސްކޫލް ނިމޭ ދަރިވަރުންނަށް، "ގޭޕް އިޔަރ"ގެ ނަމުގައި އަސްކަރީ ސްކީމެއް ފަށަނީ

29 ޑިސެމްބަރު 2025 | ހޯމަ 01:29

އިނގިރޭސިވިލާތުގެ ސަރުކާރުން ރާވާފައި ވަނީ، މި ޕްރޮގްރާމްގެ ދަށުން އަހަރަކު 1000 ޒުވާނުންނަށް ފުރުސަތު ހޯދައިދިނުމަަށް. މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް މުސާރައެއް ދިނުމަށް ވެސް ނިންމާފައިވާއިރު، އެކަމުގެ ތަފްސީލެއް އަދި ހާމަކޮށްފައި ނުވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ޑިސެމްބަރު 2025 | ހޯމަ 01:29
އިނގިރޭސިވިލާތުގެ އަސްކަރިއްޔާގެ އޮފިސަރުން ތަކެއް

އިނގިރޭސިވިލާތުގެ އަސްކަރިއްޔާގެ އޮފިސަރުން ތަކެއް | އޭއެފްޕީ

އިނގިރޭސިވިލާތުގައި ސްކޫލް އާއި ކޮލެޖު ނިންމާ ދަރިވަރުންނަށް އަމާޒު ކޮށްގެން އަސްކަރީ، ރޯޔަލް ނޭވީ އަދި އާރުއޭއެފްގެ ތަޖުރިބާ ލިބިގަތުމަށް "ގޭޕް އިޔަރ"ގެ ނަމުގައި ސްކީމެއް ފަށަން ނިންމައިފި އެވެ.

އެކަން ހާމަ ކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ޑިފެންސް މިނިސްޓްރީ އިންނެވެ. އެ މިނިސްޓްރީ އިން ހާމަ ކޮށްފައިވާ ގޮތުގައި، މި ސްކީމަކީ ދިގު މުއްދަތަކަށް ބައިވެރިވުމުގެ ޒިންމާއެއް ނެތި، ސިފައިންގެ ތަޖުރިބާ ލިބޭނެ ފުރުސަތެކެވެ. 

އެގޮތުން މި ޕްރޮގްރާމް އަކީ އުމުރުން 25 އަހަރުން ދަށުގެ ޒުވާނުންނަށް ޚާއްސަކޮށްގެން ހިންގާ 12 މަސް ދުވަހުގެ ކޯހެކެވެ. މިއީ ސިފައިންގެ ދާއިރާގައި ދިގު މުއްދަތަކަށް މީހުން ހޯދުމުގައި ހުރި ދަތިތަކާއި، މީހުން ހިފެހެއްޓުމުގެ މައްސަލަ އަށް ހައްލު ހޯދުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ ކޯހެކެވެ. 

މި ކޯހުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައި ވަނީ 2026 ވަނަ އަހަރުގެ ކުރީ ކޮޅު ކަމަށްވާއިރު، ފުރަތަމަ ބެޗުގައި 150 ފަރާތަކަށް ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އިނގިރޭސިވިލާތުގެ ސަރުކާރުން ރާވާފައި ވަނީ، މި ޕްރޮގްރާމްގެ ދަށުން އަހަރަކު 1000 ޒުވާނުންނަށް ފުރުސަތު ހޯދައިދިނުމަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް މުސާރައެއް ދިނުމަށް ވެސް ނިންމާފައިވާއިރު، އެކަމުގެ ތަފްސީލެއް އަދި ހާމަކޮށްފައި ނުވެ އެވެ. 

އިނގިރޭސިވިލާތުގެ ޑިފެންސް މިނިސްޓްރީ އިން ބުނާ ގޮތުގައި "ގޭޕް އިޔަރ" ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ލީޑަރޝިޕް، ޓީމު ވާރކް އަދި އެކި ކަހަލަ މައްސަލަތައް ހައްލު ކުރުމުގެ ހުނަރު ދަސްވެގެން ދާނެ އެވެ. އަދި ސިފައިންގެ ދާއިރާގައި ކެރިއަރެއް ބިނާ ކުރަން ބޭނުންވާ ނަމަ، އެ  ބޭނުންވާ ދާއިރާ އަކުން ވެސް ކުރިއަށް ދިޔުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި ހަމަ އެހެންމެ، ދިރިއުޅުމަށް ބޭނުންވާ ހުނަރުތައް ލިބިގެން ދާނެ ކަމަށް ވެސް ބުނެފައިވެ އެވެ. 

މި ޕްރޮގްރާމްގެ ސަބަބުން ސިފައިންގެ ދާއިރާ އިތުރަށް ފުޅާވެ، އެ ދާއިރާ އަށް ވަންނަ މީހުން އިތުރު ވަމުން އަންނާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ. އަދި އެއީ އެތައް ބަޔަކަށް ފައިދާ ވާނެ، އަދި ޤައުމުގެ މުސްތަޤުބަލަށް ވެސް ބޭނުންތެރި ޕްރޮގްރާމެއް ކަމަށް ޑިފެންސް މިނިސްޓްރީގެ އޮފިޝަލުން ވަނީ ހާމަ ކޮށްފަ އެވެ. 

އިނގިރޭސިވިލާތުގެ ޑިފެންސް ސެކްރެޓަރީ ޖޯން ހީލޭ ވިދާޅުވީ، އެއީ ދިފާއީ ދާއިރާ އަށް އައު ޒަމާނެއް ގެނެސް ދޭނެ، އަދި ޒުވާނުންނަށް އަސްކަރީ ދާއިރާ އިން ފުރިހަަމ ތަޖުރިބާ ތަކެއް ލިބިގެން ދާނެ ކަމެއް ކަަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް އިނގިރޭސިވިލާތުގެ އަސްކަރިއްޔާ އާއި، ރޯޔަލް ނޭވީ އަދި އާރުއެފްގައި ލިބޭ ހުނަރުތަކައި ތަމްރީނު ތަކުގެ ތަޖުރިބާ ލިބިގެން ދާނެ ކަމަށް ވެސް ޑިފެންސް ސެކްރެޓަރީ ވަނީ ވިދާޅުވެފަ އެވެ. 

އިތުރަށް ޑިފެންސް ސެކްރެޓަރީ ވިދާޅުވީ އެއީ އިނގިރޭސިވިލާތުގެ އަސްކަރީ ބާރުތަކާއި، ޤައުމުގެ މުޖުތަމައު އަލުން ގުޅުވައި ދޭނެ ކަމެއް ކަމަށެވެ. އަދި ޤައުމީ ސަލާމަތަށް ހުރިހާ ފަރާތްތަކުގެ ބައިވެރިވުން ހޯދުމުގެ ގޮތުން ކުރާ އެ މަސައްކަތަކީ، ވަރަށް ބޭނުންތެރި އަދި އެހާމެ ފައިދާ ހުރި މަސައްކަތަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. 

އިނގިރޭސިވިލާތުގެ ޝެޑޯ ޑިފެންސް ސެކްރެޓަރީ ޖޭމްސް ކާޓިލްޖް ވިދާޅުވީ، ވެރިކަން ކުރާ ލޭބާ ޕާޓީ އިން ދައްކަމުން އަންނަ ވާހަކަ ތަކާއި، ހަގީގަތް ދިމާ ނުވާ ކަމަށެވެ. އެގޮތުން 250 ފަރާތަކަށް ހުޅުވާލާ ކަމަށް ބުނާ އެ ޕްރޮގްރާމް އަކީ ޕައިލެޓް ޕްރޮގްރާމް އަކަަށް ނުވާނެ ކަމަށާއި، އެއީ އެންމެންގެ ބައިވެރިވުން އޮންނާނެ ޕްރޮގްރާމް އަކަށް ނުވާނެ ކަމަަށް ވެސް އޭނާ ވިދާޅުވި އެވެ. 

މި ޕްރޮގްރާމް އަކީ އޮސްޓްރޭލިއާގައި ހިންގަމުން އަންނަ "ގޭޕް އިޔަރ" ޕްރޮގްރާމް ނަމޫނާ އަކަށް ބަަލައިގެން ހިންގަން މަަސައްކަތް ކުރާ ޕްރޮގްރާމް އެކެވެ. އޮސްޓްރޭލިއާގައި އެ ޕްރޮގްރާމް ހިންގަމުން އަންނަތާ 10 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ޕްރޮގްރާމްގައި ބައިވެރިވާ ފަރާތް ތަކަށް އެހެން އެއްވެސް ތަނަކު ނުލިބޭ ޚާއްސަ ތަޖުރިބާ އާއި އަސްކަރީ ތަޖުރިބާ އަންނަނީ ދެމުންނެވެ.

އިނގިރޭސިވިލާތްގޭޕް އިޔާރޯޔަލް ނޭވީޖޯން ހީލީ

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

27 އޯގަސްޓު 2026

ފޯޅަވައްސާއި ބެހޭ ގޮތުން "ޕެން ފޯ ރައިޓްސް" އިން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް އިނގިރޭސިވިލާތުން ޖަވާބުދީފި، ބުނީ ސިޔާދީ މައްސަލަ އޮތީ އެ ގައުމާ މޮރިޝަސް އާ ދެމެދުގައި ކަމަށް

27 އޯގަސްޓު 2026
ފޯޅަވައްސާއި ބެހޭ ގޮތުން "ޕެން ފޯ ރައިޓްސް" އިން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް އިނގިރޭސިވިލާތުން ޖަވާބުދީފި، ބުނީ ސިޔާދީ މައްސަލަ އޮތީ އެ ގައުމާ މޮރިޝަސް އާ ދެމެދުގައި ކަމަށް
24 އޯގަސްޓު 2026

ބޮޑު ވަޒީރުގެ ގޮތުގައި ބާންހަމްގެ ފުރަތަމަ ދަތުރުފުޅު ޔޫކްރެއިން އަށް، އެ ޤައުމަށް މިސައިލް ބްލޫޕްރިންޓް ދެއްވަނީ

24 އޯގަސްޓު 2026
ބޮޑު ވަޒީރުގެ ގޮތުގައި ބާންހަމްގެ ފުރަތަމަ ދަތުރުފުޅު ޔޫކްރެއިން އަށް، އެ ޤައުމަށް މިސައިލް ބްލޫޕްރިންޓް ދެއްވަނީ
17 އޯގަސްޓު 2026

އެމެރިކާގެ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ސޫޒީ ވައިލްސްގެ ކަމަށް ހެދިގެން އުޅުނު މީހަކާ އިނގިރޭސި ބޮޑުވަޒީރަށް މެސެޖުތަކެއް ބަދަލުކުރެއްވިއްޖެ

17 އޯގަސްޓު 2026
އެމެރިކާގެ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ސޫޒީ ވައިލްސްގެ ކަމަށް ހެދިގެން އުޅުނު މީހަކާ އިނގިރޭސި ބޮޑުވަޒީރަށް މެސެޖުތަކެއް ބަދަލުކުރެއްވިއްޖެ
14 އޯގަސްޓު 2026

ބޮޑެތި ޕާޓީތަކުން ބޮއިކޮޓް ކުރި އިންތިޚާބުގައި ބޮޑު ކާމިޔާބެއް ހޯއްދަވައި، ފަރާޖް ގޮނޑި ދިފާއު ކުރައްވައިފި

14 އޯގަސްޓު 2026
ބޮޑެތި ޕާޓީތަކުން ބޮއިކޮޓް ކުރި އިންތިޚާބުގައި ބޮޑު ކާމިޔާބެއް ހޯއްދަވައި، ފަރާޖް ގޮނޑި ދިފާއު ކުރައްވައިފި
12 އޯގަސްޓު 2026

ރާއްޖެއަށް ފުރުސަތު ލިބޭ އިނގިރޭސިވިލާތުން ދެމުން އަންނަ "ޗީވްނިންގ" ސްކޯލަރޝިޕްގެ ބައެއް ޕްރޮގްރާމްތައް މެދުކަނޑާލައިފި

12 އޯގަސްޓު 2026
ރާއްޖެއަށް ފުރުސަތު ލިބޭ އިނގިރޭސިވިލާތުން ދެމުން އަންނަ "ޗީވްނިންގ" ސްކޯލަރޝިޕްގެ ބައެއް ޕްރޮގްރާމްތައް މެދުކަނޑާލައިފި
10 އޯގަސްޓު 2026

ސިފައިންގެ އަންހެން އޮފިސަރުންނަށް ޖިންސީ އަނިޔާކޮށް ރޭޕު ކުރާ މައްސަލައާ އެކު، ޑިފެންސް ސެކްރެޓަރީ ސްޓްރީޓިން ރަތަށް!

10 އޯގަސްޓު 2026
ސިފައިންގެ އަންހެން އޮފިސަރުންނަށް ޖިންސީ އަނިޔާކޮށް ރޭޕު ކުރާ މައްސަލައާ އެކު، ޑިފެންސް ސެކްރެޓަރީ ސްޓްރީޓިން ރަތަށް!
09 އޯގަސްޓު 2026

ދިރިއުޅުމުގެ އަގުތައް ބޮޑުވާ މައްސަލަ ހައްލުކޮށް، ރައްޔިތުން ނޭވާލާނެ ފުރުސަތެއް ހޯދައި ދިނުމަށް ބޮޑު ވަޒީރު ބާންހަމް ޚާއްސަ ދަތުރުތަކެއް ފައްޓަވަނީ

09 އޯގަސްޓު 2026
ދިރިއުޅުމުގެ އަގުތައް ބޮޑުވާ މައްސަލަ ހައްލުކޮށް، ރައްޔިތުން ނޭވާލާނެ ފުރުސަތެއް ހޯދައި ދިނުމަށް ބޮޑު ވަޒީރު ބާންހަމް ޚާއްސަ ދަތުރުތަކެއް ފައްޓަވަނީ
06 އޯގަސްޓު 2026

ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ އައު 13 ފިޔަވަޅެއް އިނގިރޭސިވިލާތުން އަޅައިފި

06 އޯގަސްޓު 2026
ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ އައު 13 ފިޔަވަޅެއް އިނގިރޭސިވިލާތުން އަޅައިފި
03 އޯގަސްޓު 2026

ފޯޅަވައްސަކީ ދިވެހިންގެ ތަނެއް ކަމަށް ޝައްކެއްނެތޭ ވިދާޅުވާ ރައީސަކު އެތަން އިނގިރޭސިންގެ އަތްދަށުގައި އޮތުމަކީ އެއްވެސް މައްސަލަ އެއް ނޫނޭ މި ވިދާޅުވަނީ ކީއްވެ؟

03 އޯގަސްޓު 2026
ފޯޅަވައްސަކީ ދިވެހިންގެ ތަނެއް ކަމަށް ޝައްކެއްނެތޭ ވިދާޅުވާ ރައީސަކު އެތަން އިނގިރޭސިންގެ އަތްދަށުގައި އޮތުމަކީ އެއްވެސް މައްސަލަ އެއް ނޫނޭ މި ވިދާޅުވަނީ ކީއްވެ؟
30 ޖުލައި 2026

ބާންހަމްއާ ދިމާވި އުމުރުން ދުވަސްވީ މީހަކު ބުނީ، ކޮންމެ ފަސް މިނެޓަކުން ބޮޑު ވަޒީރު ބަދަލުވާތީ އައު މީހަކު މަޤާމާ ހަވާލުވިޔަސް ނޭނގޭ ކަމަށް!

30 ޖުލައި 2026
ބާންހަމްއާ ދިމާވި އުމުރުން ދުވަސްވީ މީހަކު ބުނީ، ކޮންމެ ފަސް މިނެޓަކުން ބޮޑު ވަޒީރު ބަދަލުވާތީ އައު މީހަކު މަޤާމާ ހަވާލުވިޔަސް ނޭނގޭ ކަމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް