Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

އައު އަހަރާ ދިމާކޮށް ސްޓާމާ ވިދާޅުވީ ބައިބައިވުން ބަލިކޮށް، ރައްޔިތުންނަށް ބަދަލުތައް ފާހަގަ ވާނެ ކަމަށް

1 ޖެނުއަރީ 2026 | ބުރާސްފަތި 08:33

ސަރުކާރުން ގެނައި ބަދަލުގެ ސަބަބުން ކަންބޮޑުވުން އެފެދި، ނުތަނަވަސްކަން އޮތް ކަމަށް ޤަބޫލު ކުރައްވާ ކަމަށް ސްޓާމާ ވެސް ވިދާޅުވި. އަދި އޭނާ ވިދާޅުވީ އިނގިރޭސިވިލާތުގެ ކުރިމަތީގައިވާ ގޮންޖެހުންތައް އުފެދުނީ ދިހަ މަސް ދުވަހުން ނޫން ކަމަށާއި، އެންމެ ރެޔަކުން އެކަންކަން ރަނގަޅު ނުކުރެވޭނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޖެނުއަރީ 2026 | ބުރާސްފަތި 08:33
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ

މި ފެށުނު އައު އަހަރުގެ ތެރޭގައި އެކި ފަރާތްތަކުން ކުރިމަތި ކުރަމުން އަންނަ ބައިބައިވުންތައް ބަލިކުރައްވާނެ ކަމަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ ވިދާޅުވެއްޖެ އެވެ. 

ސްޓާމާ މިހެން ވިދާޅުވެފައި ވަނީ، 2026 ވަނަ އަހަރަށް މަރުޙަބާ ކިޔުމުގެ ގޮތުން އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ފޮނުވި ޚިތާބުގަ އެވެ. އެގޮތުން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކާއި، ބައިބައިވުން އުފައްދަން މަސައްކަތް ކުރާ ފަރާތްތައް ބަލި ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި މިއަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގެ ރައްޔިތުންނަށް، އެމީހުންގެ ދިރިއުޅުމުން ޕޮޒިޓިވް ބަދަލު ތަކެއް ފާހަގަ ކުރެވޭނެ ކަމަށް ވެސް ބޮޑު ވަޒީރު ވިދާޅުވި އެވެ. 

ސްޓާމާ ވިދާޅުވީ އިނގިރޭސިވިލާތުގައި ކަންކަން ދަތި ދުވަސް ކޮޅަކާ ދިމާވެފައި ވީ ނަމަވެސް، މިހާރު އެ ޤައުމުގެ ރައްޔިތުންނަށް ކުރިއެރުން ތަކެއް ފެންނަން ފަށަން ޖެހޭ ކަމަށެވެ. އެގޮތުން ރައްޔިތުންގެ ދިރިއުޅުމުގެ ބިލުތައް ކުޑަ ވުމާއި، ބޯޑަރު ތަކުގައި ފުލުހުން އިތުރުވުމާއި، އައި ޞިއްޙީ ޚިދުމަތް ދޭ ސެންޓަރުތައް ޤާއިމު ކުރުމުގެ އިތުރުން، ރައްޔިތުންގެ އަސާސީ ކަންކަމުގެ އަގު ކުޑަވުން ހިމެނޭ ކަމަށް ސްޓާމާ ވިދާޅުވި އެވެ. 

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ އާއި އޭނާގެ ސަރުކާރަށް ވަނީ ޕްރެޝަރާ ކުރިމަތިލާން ޖެހިފަ އެވެ. އެގޮތުން އިނގިރޭސިވިލާތުގެ އިޤްތިޞާދީ ޙާލަތު ދަށްވެ، އިޤްތިޞާދީ ކުރިއެރުން ލަސްވުމުގެ ސަބަބުން، ސްޓާމާގެ ސަރުކާރުގެ މަޤުބޫލުކަަން ދަނީ ދަށްވަމުންނެވެ. އެހެންކަމުން، މި ފެށުނު 2026 ވަަނަ އަހަރަކީ ވެސް ސަރުކާރަށް ޕްރެޝަރު ބޮޑު އަދި ޗެލެންޖިން އަހަރަކަށް ވާނެ ކަމަށް ލަފާ ކޮށްފައިވެ އެވެ. 

އިދިކޮޅު ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކެމީ ބެޑެނޯޗް ދެއްވި ތަޤުރީރުގައި ވިދާޅުވެފައި ވަނީ، 2025 ވަނަ އަހަރަކީ އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ދަތި އަހަރެއް ކަަމަށެވެ. އެގޮތުން އެއްވެސް ކުރިއެރުމެއް ހޯދިފައި ނުވާ ކަމަށާއި، ޓެކްސް އިތުރުވެފައިވާއިރު، ވަޒީފާ ނެތުމުގެ މައްސަލަ އިންތިހާ އަށް ބޮޑުވެފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. ނަމަވެސް، އިނގިރޭސިވިލާތުގެ ރައްޔިތުންނަކީ ދަށް ފެންވަރަށް ދާން ޖެހޭ ބައެއް ނޫންކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ޤައުމުގެ އިޤްތިޞާދު ރަނގަޅޫކޮށް، ސިފައިންނާއި، ފުލުހުން އަދި އެންއެޗްއެސް އަށް ފަންޑު ކުރެވޭނެ އޮތް އެ ޕާޓީގެ ޕްލޭންގައި ހިމެނިފައިވާ ކަމަށެވެ. 

ސަރުކާރުން ގެނައި ބަދަލުގެ ސަބަބުން ކަންބޮޑުވުން އެފެދި، ނުތަނަވަސްކަން އޮތް ކަމަށް ޤަބޫލު ކުރައްވާ ކަމަށް ސްޓާމާ ވެސް ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ އިނގިރޭސިވިލާތުގެ ކުރިމަތީގައިވާ ގޮންޖެހުންތައް އުފެދުނީ ދިހަ މަސް ދުވަހުން ނޫން ކަމަށާއި، އެންމެ ރެޔަކުން އެކަންކަން ރަނގަޅު ނުކުރެވޭނެ ކަމަށެވެ. އެކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ މިހާރުގެ ފިޔަވަޅު ތަކުގެ މަތީގައި ދެމި ތިބެން ޖެހޭ ކަމަށާއި، އެއާ އެކު ހަލުވިކަމާ އެކު ފެތުރެމުން އަންނަ ބައިބައިވުންތައް ވެސް ބަލި ކުރައްވާނެ ކަމަށެވެ. 

ކުރިއަށް އޮތް އަހަރުގެ ތެރޭގައި ކަންކަން ފަސޭހަ ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ސްޓާމާ ވިދާޅުވި އެވެ. އެގޮތުން ރޭލު ތަކުގެ ކުލި ހިފެހެއްޓުމާއި، ބޭސް ފަރުވާގެ އަގުތައް ކުޑަކޮށް، ބޭހުން ނަގާ ޗާޖު ކުޑަ ކުރުމުގެ އިތުރުން، ތެލުން ނަގާ ޑިއުޓީ ހިފެހެއްޓުމާއި، އެންމެ ކުޑަ އުޖޫރަ އިން މުސާރަ ދިނުން އިތުރު ކުރުމުގެ ކަންކަން ފާހަަގަ ކުރެއްވި އެވެ. 

މިދިޔަ އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވި ސްޓާމާގެ ސަރުކާރުގެ މަޤުބޫލުކަން ދަނީ ދަށްވަމުންނެވެ. އެގޮތުން އިނގިރޭސިވިލާތުގައި ނަގަމުން އަންނަ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޕޯލު ތަކުގައި ސްޓާމާގެ މަޤުބޫލުކަން ދަށްވަމުން އަންނަ ކަމަށް ވަނީ ފާހަގަވެފަ އެވެ.

މަސްދަރު: ބީބީސީ

ކިއަ ސްޓާމާއިނގިރޭސިވިލާތްކެމީ ބަޑެނޯކޮންޒަވޭޓިވް ޕާޓީލޭބާ ޕާޓީ - ޔޫކޭ

އިތުރަށް ކިޔާލަން

29 ޑިސެމްބަރު 2025

އިނގިރޭސިވިލާތުގައި ސްކޫލް ނިމޭ ދަރިވަރުންނަށް، "ގޭޕް އިޔަރ"ގެ ނަމުގައި އަސްކަރީ ސްކީމެއް ފަށަނީ

29 ޑިސެމްބަރު 2025
އިނގިރޭސިވިލާތުގައި ސްކޫލް ނިމޭ ދަރިވަރުންނަށް، "ގޭޕް އިޔަރ"ގެ ނަމުގައި އަސްކަރީ ސްކީމެއް ފަށަނީ
23 ޑިސެމްބަރު 2025

ޔުކްރެއިންގެ ހަނގުރާމައާ ގުޅޭ ގޮތުން ސްޓާމާ އާއި ޓްރަމްޕް މަޝްވަރާ ކުރައްވައިފި

23 ޑިސެމްބަރު 2025
ޔުކްރެއިންގެ ހަނގުރާމައާ ގުޅޭ ގޮތުން ސްޓާމާ އާއި ޓްރަމްޕް މަޝްވަރާ ކުރައްވައިފި
18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
16 ޑިސެމްބަރު 2025

އަންހެނުންނާއި ކުޑަ ކުދިންނަށް އަނިޔާ ކުރުމަކީ، ޤައުމީ ބޮޑު މައްސަލަ އެއް: ހޯމް ސެކްރެޓަރީ ޝަބާނާ މަހުމޫދު

16 ޑިސެމްބަރު 2025
އަންހެނުންނާއި ކުޑަ ކުދިންނަށް އަނިޔާ ކުރުމަކީ، ޤައުމީ ބޮޑު މައްސަލަ އެއް: ހޯމް ސެކްރެޓަރީ ޝަބާނާ މަހުމޫދު
14 ޑިސެމްބަރު 2025

އިދިކޮޅު މެމްބަރު މައިކަލް މާ، ބޮޑު ވަޒީރު ކާނީގެ ލިބަރަލް ޕާޓީއާ ގުޅުމާ އެކު މެޖޯރިޓީއާ ދިމާލަށް

14 ޑިސެމްބަރު 2025
އިދިކޮޅު މެމްބަރު މައިކަލް މާ، ބޮޑު ވަޒީރު ކާނީގެ ލިބަރަލް ޕާޓީއާ ގުޅުމާ އެކު މެޖޯރިޓީއާ ދިމާލަށް
13 ޑިސެމްބަރު 2025

ވެރިކަން ކުރާ ލޭބާ ޕާޓީ އަށްވުރެ، ރިފޯމް ޔޫކޭގެ މެމްބަރުންގެ އަދަދު އިތުރުވެއްޖެ ކަމަށް ބުނެފި

13 ޑިސެމްބަރު 2025
ވެރިކަން ކުރާ ލޭބާ ޕާޓީ އަށްވުރެ، ރިފޯމް ޔޫކޭގެ މެމްބަރުންގެ އަދަދު އިތުރުވެއްޖެ ކަމަށް ބުނެފި
13 ޑިސެމްބަރު 2025

ޑޮކްޓަރުންގެ ހަޅުތާލުގައި ބައިވެރި ނުވުމަށް ބޮޑު ވަޒީރު ސްޓާމާ ގޮވާލައްވައިފި

13 ޑިސެމްބަރު 2025
ޑޮކްޓަރުންގެ ހަޅުތާލުގައި ބައިވެރި ނުވުމަށް ބޮޑު ވަޒީރު ސްޓާމާ ގޮވާލައްވައިފި
13 ޑިސެމްބަރު 2025

ކެންސަރުގެ ފަރުވާ އަންނަ އަހަރު ނިންމާލެވޭނެ ކަމަށް އިނގިރޭސި ރަސްގެފާނު ވިދާޅުވެއްޖެ

13 ޑިސެމްބަރު 2025
ކެންސަރުގެ ފަރުވާ އަންނަ އަހަރު ނިންމާލެވޭނެ ކަމަށް އިނގިރޭސި ރަސްގެފާނު ވިދާޅުވެއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
10 ޑިސެމްބަރު 2025

އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

10 ޑިސެމްބަރު 2025
އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް