Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނ. ހެނބަދޫ

ނިންމާދޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވި ހެނބަދޫ ޓަރފް ދަނޑުގެ މަސައްކަތް 9 މަސް ވީއިރުވެސް ނުފަށާ!

ރައީސް މުއިއްޒު ހެނބަދޫ އަށް ޒިޔާރަތް ކުރެއްވުމުން ޒުވާނުން ވަނީ އެ ރަށުގައި ޓަރފް ދަނޑެއް އަޅައިދެއްވުމަށް އެދިފަ. ރައީސް އެކަން ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި ނަމަވެސް 9 މަސް ދުވަސް ވީއިރު ވެސް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ކައުންސިލް ރައީސް ހުސައިން އަބޫބަކުރު ވިދާޅުވި. ދަނޑު ތަރައްގީ ކުރަން ބޭނުންވާ ކުރެހުން ފޮނުވާފައި ވީ ނަމަވެސް ސަރުކާރުން އެދެވޭ ޖަވާބެއް ދީފައި ނުވާކަމަށް އޭނާ ފާހަގަކުރެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 25 ޖެނުއަރީ 2026 | އާދީއްތަ 14:49
ނ. ހެނބަދޫ ފުޓުބޯޅަ ދަނޑު

ނ. ހެނބަދޫ ފުޓުބޯޅަ ދަނޑު | ރާއްޖެއެމްވީ

ނ. ހެނބަދޫގައި އަޅާ ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެން ޔަގީންކަން ދެއްވި ޓަރފް ދަނޑުގެ އެއްވެސް މަސައްކަތެއް 9 މަސް ދުވަސް ވީއިރުވެސް ކޮށްފައި ނުވާ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް ހުސައިން އަބޫބަކުރު ވިދާޅުވެއްޖެ އެވެ. 

ރައީސް މުއިއްޒު ހެނބަދޫއަށް 2025 ވަނަ އަހަރުގެ ޖުލައި މަހު ވަޑައިގަތުމުން އެ ރަށު ޒުވާނުން ވަނީ އެ ރަށުގައި ޓަރފް ދަނޑެއް ނެތުމުގެ ކަންބޮޑުވުން ރައީސް އާ ހިއްސާ ކުރައްވާފަ އެވެ. އަދި އެ ރަށުގައި ދަނޑެއް އަޅައިދެއްވުމަށް އެ ރަށު ޒުވާނުން ވަނީ ރައީސް އަރިހުން އެދިފަ އެވެ. 

އެކަމާ ގުޅިގެން ރާއްޖެޓީވީ އާ ވާހަކަ ދައްކަވަމުން ހުސައިން އަބޫބަކުރު ވިދާޅުވީ ކޮންމެ ރަށެއްގައި ވެސް ޒުވާނުންނަށް ޓަރފް އަޅާފަ އޮންނަ ފުޓުބޯޅަ ދަނޑެއް ވަރަށް މުހިއްމު ކަމަށެވެ. ހެނބަދޫ ޒުވާނުން ވެސް ރައީސް އަރިހުން އެދުނީ އެ ދަނޑު ތަރައްގީ ކުރުމަކީ ޒުވާނުންނަށް މުހިއްމު ކަމަކަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކައުންސިލް ރައީސް ވިދާޅުވީ އެ ދަނޑު ރަނގަޅު ފެންވަރަކަށް ހަދައި މަސައްކަތް ނިންމާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު އެ ރަށުގެ ރައްޔިތުންނަށް ދެއްވި ކަމަށެވެ. ހުސައިން އަބޫބަކުރު ވިދާޅުވީ ރައީސް އެ ޔަގީންކަން ދެއްވުމުން ޒުވާނުންނާ މަޝްވަރާ ކުރުމަށްފަހު ދަނޑު ތަރައްގީ ކުރަން ބޭނުންވާ ކުރެހުން ވެސް ފޮނުވާފައި ވާ ކަމަށާ އަދިވެސް ސަރުކާރުން އެކަމަށް އެދެވޭ ޖަވާބެއް ދީފައި ނުވާ ކަމަށެވެ.

އެގޮތުން 9 މަސް ދުވަސް ވީއިރުވެސް އެއްވެސް މަސައްކަތެއް އެތަނުގައި ކޮށްފައި ނުވާ ކަމަށާ ކައުންސިލާ ވެސް އެކަމުގެ އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ސަރުކާރުން އެ މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމައި ދިނުމަކީ ރަށު ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމަށް ކައުންސިލް ރައީސް ވިދާޅުވި އެވެ. ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ފާއިތުވެގެން ގޮސްފައިވާއިރު، ހެނބަދޫގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް އެކަށީގެންވާ ގޮތަށް ނުހިނގާކަމަށް އެރަށު ރައްޔިތުން ބުނެ އެވެ.

ނ. ހެނބަދޫރައީސް ޑރ. މުހައްމަދު މުއިއްޒުޙުސައިން އަބޫބަކުރުޓަރފް ދަނޑު

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލްތަކުގެ ލީގަލް އޮފިސަރުން ގެ މުސާރައަށް ގެނެވުނު ބަދަލާ ގުޅޭގޮތުން ހުށަހެޅުއްވި ކަންބޮޑުވުންތަކަށް އަދިވެސް ޖަވާބު ނުލިބޭ: މެންބަރު މުޙައްމަދު އިބްރާހިމް

ކައުންސިލްތަކުގެ ލީގަލް އޮފިސަރުން ގެ މުސާރައަށް ގެނެވުނު ބަދަލާ ގުޅޭގޮތުން ހުށަހެޅުއްވި ކަންބޮޑުވުންތަކަށް އަދިވެސް ޖަވާބު ނުލިބޭ: މެންބަރު މުޙައްމަދު އިބްރާހިމް

25 ޖެނުއަރީ 2026
ނ.ހެނބަދޫ ކުޑަކުދިންގެ ޕާކް: ބިން ހަވާލުކުރިތާ 9 މަސް ދުވަސް ވީ އިރު ވެސް މަސައްކަތެއް ނުކުރޭ

ނ.ހެނބަދޫ ކުޑަކުދިންގެ ޕާކް: ބިން ހަވާލުކުރިތާ 9 މަސް ދުވަސް ވީ އިރު ވެސް މަސައްކަތެއް ނުކުރޭ

24 ޖެނުއަރީ 2026
އެމްޑީޕީ ސަރުކާރުން ފެށި ހެނބަދޫ ސިއްހީ މަރުކަޒު ތަރައްގީ ކުރުމުގެ މަސައްކަތް، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވި ފަހުން ވަނީ ހުއްޓާލާފަ: ކައުންސިލް ރައީސް އަބޫބަކުރު

އެމްޑީޕީ ސަރުކާރުން ފެށި ހެނބަދޫ ސިއްހީ މަރުކަޒު ތަރައްގީ ކުރުމުގެ މަސައްކަތް، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވި ފަހުން ވަނީ ހުއްޓާލާފަ: ކައުންސިލް ރައީސް އަބޫބަކުރު

24 ޖެނުއަރީ 2026
އެތައް އަހަރެއް ފަހަތަށް: ނަމުގައި ޑިމޮކްރަސީ، އަމަލުން ހުދުމުހުތާރުކަން

އެތައް އަހަރެއް ފަހަތަށް: ނަމުގައި ޑިމޮކްރަސީ، އަމަލުން ހުދުމުހުތާރުކަން

24 ޖެނުއަރީ 2026
ބިން ހަވާލުކުރިތާ 9 މަސް: ނ. އަތޮޅު ހެނބަދޫގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ކުރިއަށް ނުގޮސް، އެ ސަރަހައްދު ވިނަ ހެދެން ދޫކޮށްލާފައި

ބިން ހަވާލުކުރިތާ 9 މަސް: ނ. އަތޮޅު ހެނބަދޫގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ކުރިއަށް ނުގޮސް، އެ ސަރަހައްދު ވިނަ ހެދެން ދޫކޮށްލާފައި

23 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު