Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުޙައްމަދު އިބްރާހިމް (ކުޑޫ)

ކައުންސިލްތަކުގެ ލީގަލް އޮފިސަރުން ގެ މުސާރައަށް ގެނެވުނު ބަދަލާ ގުޅޭގޮތުން ހުށަހެޅުއްވި ކަންބޮޑުވުންތަކަށް އަދިވެސް ޖަވާބު ނުލިބޭ: މެންބަރު މުޙައްމަދު އިބްރާހިމް

ނޮވެމްބަރު މަހުން ފެށިގެން ގެއަށް ގެންދަން ލިބޭ މުސާރަ ކުޑަވެ، ސަލާމް ނުވަތަ ޗުއްޓީގައި ހުންނައިރު ކުރިން ލިބޭ މުސާރަ އާއި އިނާޔަތް ނުލިބޭ މައްސަލަތައް ހިމެނޭ. މިއަދާ ހަމައަށް ވެސް ހުށަހެޅި ޕެޓިޝަންތަކަށް ޖަވާބެއް ލިބިފައި ނުވޭ. ކައުންސިލްތަކުގެ މުވައްޒަފުން ހިމެނޭހެން ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރެވި މުސާރަ ބޮޑުކުރިއިރު، ދައުލަތުގެ ސިވިލް ސާވިސްގެ އިދާރާތަކާއި ލޯކަލް ކައުންސިލްތަކުގެ ލީގަލް އޮފިސަރުންނަކީ ވެސް އެބައިގައި ހިމެނޭ ބަޔަކަށްވާތީ އެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތަށް ވަނީ އުނިކަން އައިސްފައި ކަމަށް އޭނާ ވިދާޅުވި.

އަލީ ޝާހީން
އަލީ ޝާހީން | 25 ޖެނުއަރީ 2026 | އާދީއްތަ 06:08
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ | ރައްޔިތުންގެ މަޖިލިސް

ޕޭ ހާމަނައިޒޭޝަންގެ ދަށުން ލޯކަލް ކައުންސިލްތަކުގެ ލީގަލް އޮފިސަރުންގެ މުސާރައަށް ގެނެވުނު ބަދަލާ ގުޅޭގޮތުން ހުށަހެޅުއްވި ކަންބޮޑުވުންތަކަށް ނޭޝަނަލް ޕޭ ކޮމިޝަން އިން އަދިވެސް ޖަވާބު ނުލިބޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެ އެވެ.

ޝަކުވާތަކަށް އަދިވެސް ޖަވާބެއް ނުލިބޭ ކަމަަށް ވިދާޅުވެ އެކްސް ގައި ކުރި ޕޯސްޓެއްގައި ކުޑޫ ވިދާޅުވީ، އެ ކަންބޮޑުވުންތައް ޕޭކޮމިޝަނަށް ހުށަހެޅުއްވީ މިދިޔަ މަހުގެ ހަތްވަނަ ދުވަހު ކަމަށެވެ. އަދި މިއަދާ ހަމައަށް ވެސް އެ ކަންބޮޑުވުންތަކަށް މިނިސްޓްރީން ޖަވާބު ނުދޭ ކަމަށް ކުޑޫ ވިދާޅުވި އެވެ.

ރައީސް މުހައްމަދު މުއިއްޒު ގެ ސަރުކާރުން ބޮޑު ކުރި މުސާރަ އާ އެކު ލީގަލް އޮފިސަރުން ގެ މުސާރަ އާއި އިނަޔާތްތައް ކުޑަވެފައިވާތީ ކަންބޮޑުވުން ފާޅުކޮށް 10 ތަނަކަށް ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅާފަ އެވެ.  ނަމަވެސް މިއަދާ ހަމައަށް މި ޕެޓިޝަންއާ ހުށަހެޅި އެއްވެސް ސިޓީއަކަށް ވެސް ޖަވާބެއް ލިބިފައިނުވެ އެވެ.

ޕޭ ހާމަނައިޒޭޝަންގެ ދަށުން ލޯކަލް ކައުންސިލްތަކުގެ ލީގަލް އޮފިސަރުންގެ މުސާރައަށް ގެނެވުނު ބަދަލާ ގުޅޭގޮތުން މެންބަރު ކުޑޫ ހުށަހެޅުއްވި ކަންބޮޑުވުންތަކުގެ ތެރޭގައި، މިދިޔަ ނޮވެމްބަރު އެކަކުން ފެށިގެން ގެއަށް ގެންދަން ލިބޭ މުސާރަ ކުޑަވެ، އެ މުވައްޒަފުންނަށް މައިގްރޭޝަން އެލަވަންސް ހިސާބުކުރީ ހާޒިރީ އެލަވަންސް ހިމަނައިގެން ކަމަށްވީތީ ސަލާމް ނުވަތަ ޗުއްޓީގައި ހުންނައިރު ކުރިން ލިބޭ މުސާރައާއި އިނާޔަތް ނުލިބުން ހިމެނެ އެވެ. އަދި އޭގެއިތުރުން އެހެން ކަންކަން ވެސް ވަނީ ފާހަގަކުރައްވައިފަ އެވެ.

ކައުންސިލްތަކުގެ މުވައްޒަފުން ހިމެނޭހެން ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރެވި މުސާރަ ބޮޑުކުރިއިރު، ދައުލަތުގެ ސިވިލް ސާވިސްގެ އިދާރާތަކާއި ލޯކަލް ކައުންސިލްތަކުގެ ލީގަލް އޮފިސަރުންނަކީ ވެސް އެބައިގައި ހިމެނޭ ބަޔަކަށްވާތީ އެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތަށް ވަނީ އުނިކަން އައިސްފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ނޭޝަނަލް ޕޭ ކޮމިޝަންމުހައްމަދު އިބްރާހިމް (ކުޑޫ)ގަލޮޅު އުތުރުރައީސް ޑރ. މުހައްމަދު މުއިއްޒުޕޭ ހާމަނައިޒޭޝަންލޯކަލް ކައުންސިލްތައް

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2026

ނ.ހެނބަދޫ ކުޑަކުދިންގެ ޕާކް: ބިން ހަވާލުކުރިތާ 9 މަސް ދުވަސް ވީ އިރު ވެސް މަސައްކަތެއް ނުކުރޭ

24 ޖެނުއަރީ 2026
ނ.ހެނބަދޫ ކުޑަކުދިންގެ ޕާކް: ބިން ހަވާލުކުރިތާ 9 މަސް ދުވަސް ވީ އިރު ވެސް މަސައްކަތެއް ނުކުރޭ
24 ޖެނުއަރީ 2026

އެތައް އަހަރެއް ފަހަތަށް: ނަމުގައި ޑިމޮކްރަސީ، އަމަލުން ހުދުމުހުތާރުކަން

24 ޖެނުއަރީ 2026
އެތައް އަހަރެއް ފަހަތަށް: ނަމުގައި ޑިމޮކްރަސީ، އަމަލުން ހުދުމުހުތާރުކަން
23 ޖެނުއަރީ 2026

ބިން ހަވާލުކުރިތާ 9 މަސް: ނ. އަތޮޅު ހެނބަދޫގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ކުރިއަށް ނުގޮސް، އެ ސަރަހައްދު ވިނަ ހެދެން ދޫކޮށްލާފައި

23 ޖެނުއަރީ 2026
ބިން ހަވާލުކުރިތާ 9 މަސް: ނ. އަތޮޅު ހެނބަދޫގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ކުރިއަށް ނުގޮސް، އެ ސަރަހައްދު ވިނަ ހެދެން ދޫކޮށްލާފައި
22 ޖެނުއަރީ 2026

ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ކައުންސިލްތަކަކީ ރައީސް އޮފީހުން އަންގާ އެންގުންތައް އެކަނި ތަންފީޒު ކުރާ އިދާރާއަކަށް ހެދުމަށް: ނިޔާޒު

22 ޖެނުއަރީ 2026
ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ކައުންސިލްތަކަކީ ރައީސް އޮފީހުން އަންގާ އެންގުންތައް އެކަނި ތަންފީޒު ކުރާ އިދާރާއަކަށް ހެދުމަށް: ނިޔާޒު
21 ޖެނުއަރީ 2026

ރައީސް މުއިއްޒުގެ ވައުދުފުޅާ ހިލާފުވެ، މިފްކޯ ގެ ސެންޓަރު ތަކަށާއި ބޯޓުތަކަށް ކުޑަ އަގެއްގައި ކަންނެލި ގަންނަން ފަށައިފި

21 ޖެނުއަރީ 2026
ރައީސް މުއިއްޒުގެ ވައުދުފުޅާ ހިލާފުވެ، މިފްކޯ ގެ ސެންޓަރު ތަކަށާއި ބޯޓުތަކަށް ކުޑަ އަގެއްގައި ކަންނެލި ގަންނަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު