Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނ. ހެނބަދޫ

އެމްޑީޕީ ސަރުކާރުން ފެށި ހެނބަދޫ ސިއްހީ މަރުކަޒު ތަރައްގީ ކުރުމުގެ މަސައްކަތް، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވި ފަހުން ވަނީ ހުއްޓާލާފަ: ކައުންސިލް ރައީސް އަބޫބަކުރު

މަސައްކަތް ހުއްޓުމުން އިމާރާތުގައި ހަރުކޮށްފައިވާ ތައްގަނޑުތައް ފީވެފައިވާއިރު ދަގަނޑުތައް ވެސް ވަނީ ބޭނުން ނުކެރެވޭ ހާލަތަށް ގޮސްފަ. ސިއްހީ މަރުކަޒުގައި ޖާގައިގެ ދަތިކަމާހުރެ މި އިމާރާތް ނިންމައިދިނުމަކީ އެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 24 ޖެނުއަރީ 2026 | ހޮނިހިރު 13:33
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވި ފަހުން، ނ. ހެނބަދޫ ސިއްހީ މަރުކަޒު ތަރައްގީ ކުރުމުގެ މަސައްކަތް ވަނީ ހުއްޓާލާފަ

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވި ފަހުން، ނ. ހެނބަދޫ ސިއްހީ މަރުކަޒު ތަރައްގީ ކުރުމުގެ މަސައްކަތް ވަނީ ހުއްޓާލާފަ | ރާއްޖެ އެމްވީ

އަތޮޅުތެރޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ރަށްރަށުގައި ހުރި ސިއްޙީ މަރުކަޒުތައް ތަރައްޤީ ކޮށް ވަޞީލަތް ހަމަކުރުމުގެ މަސައްކަތުގެ ތެރެއިން އެމްޑީޕީ ސަރުކާރުން ފެށި، ނ. ހެނބަދޫ ސިއްހީ މަރުކަޒު ތަރައްގީ ކުރުމުގެ މަސައްކަތް ރައީސް މުއިއްޒު ވެރިކަމާ ހަވާލުވި ފަހުން ހުއްޓާލާފައި ވާކަމަށް އެ ރަށު ކައުންސިލް ގެ ރައީސް ޙުސައިން އަބޫބަކުރު ވިދާޅުވެއްޖެ އެވެ.

ހެނބަދޫ ސިއްހީ މަރުކަޒު ތަރައްގީ ކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން ރާއްޖެ ޓީވީ އަށް މައުލޫމާތު ދެއްވަމުން  އަބޫބަކުރު ވިދާޅުވީ ވެރިކަން ބަދަލުވުމާ ހިސާބުން ސިއްހީ މަރުކަޒުގެ  މަސައްކަތް ހުއްޓިފައިވާ ކަމަށެވެ. އަދި މިހާރު އިމާރާތް ހުރި ހާލަތު ފެނުމުން ވަރަށް ދެރަވާ ކަމަށެވެ. ތަނުގައި ހަރުކޮށްފައިވާ ތައްގަނޑުތައް ވެސް މިހާރު ފީވެފައިވާ ކަމަށާއި، މަސައްކަތް ކުރަން އަޅާފައިވާ ދަގަނޑުތައް ވެސް މިހާރު ހުރީ ދަބަރުޖަހާ ބޭނުން ކުރެވޭ ހާލަތެއްގައި ނޫންކަން ކައުންސިލް ރައީސް ވަނީ ފާހަގަކޮށްފަ އެވެ. 

ނ. ހެނބަދޫ ކައުންސިލް ގެ ރައީސް ޙުސައިން އަބޫބަކުރު، އެ ރަށު ސިއްހީ މަރުކަޒު ތަރައްގީ ކުރުމުގެ މަސައްކަތާ ގުޅޭގޮތުން ރާއްޖެ ޓީވީ އަށް މައުލޫމާތު ދެއްވަނީ.
ނ. ހެނބަދޫ ކައުންސިލް ގެ ރައީސް ޙުސައިން އަބޫބަކުރު، އެ ރަށު ސިއްހީ މަރުކަޒު ތަރައްގީ ކުރުމުގެ މަސައްކަތާ ގުޅޭގޮތުން ރާއްޖެ ޓީވީ އަށް މައުލޫމާތު ދެއްވަނީ.
 ވެރިކަން ބަދަލު ވުމާ ހިސާބުން ހަމަ ހުއްޓިފަ ހުރީ. ހަގީގަތުގަ އަޅުގަނޑު ހަމަ ވަރަށް ދެރަވޭ މިހާރު މި އިމާރާތް ހުރި ގޮތް ފެނުނީމަ. ތިއްބާފަ ހުރި ތައްގަނޑު ތައްވެސް މިހާރު ފީވެގެން ދަނީ. ހަމަ އެގޮތަށް ދަގަނޑުތައް ވެސް އެޅިފަ އެ އޮތީ. އެހެން ނަމަވެސް ދަގަނޑުތައް ވެސް މިހާރު ބޭނުންކުރެވޭ ހާލަތެއްގައެއް ނޫން އެހުރީ. ހާގީގަތުގަ ވަރަށް މުހިންމު އިމާރާތެއް މިއީ ސިއްހީ މަރުކަޒަށް. ޖާގައިގެ ދަތިކަން ހައްލު ކުރުމަށްޓަކާ މި އިމާރާތް ކޮންމެހެން ވެސް އަޅުގަނޑުމެންނަށް ބޭނުންވޭ. މިހާރުވެސް ރޯގާ ގަނޑެއް ލައްވާލައިފިއްޔާ މަރުކަޒުގަ ހުންނަ 2 އެނދު އިންނާނީ ފުރިފަ. މިކަމާ އަޅުގަނޑުމެން ވަރަށް ކަންބޮޑުވޭ. 
ނ. ހެނބަދޫ ކައުންސިލް ގެ ރައީސް ޙުސައިން އަބޫބަކުރު

ސަރުކާރުން މި އިމާރާތް ވީ އެންމެ އަވަހަކަށް ނިންމައިދިނުމަކީ ރަށު ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ. ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ފާއިތުވެގެން ގޮސްފައިވާއިރު، ހެނބަދޫގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް އެކަށީގެންވާ ގޮތަށް ނުހިނގާކަމަށް އެރަށު ރައްޔިތުން ބުނެ އެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުން އެރަށުގައި ފަށާފައިވާ މަޝްރޫއުތައް ވެސް މިހާރު މަޑުޖެހިފައިވާކަމަށް ރައްޔިތުން ފާހަގަކޮށްފައިވެ އެވެ. ނިމިދިޔަ އެމްޑީޕީ ސަރުކާރުން ވަނީ ހެނބަދޫގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ނިންމާފަ އެވެ. އެގޮތުން އެރަށުގެ ފެނުގެ ނިޒާމާއި ބަނދަރު ހެދުމުގެ މަޝްރޫއުއާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އިތުރުން ފެނަކަ އައު އޮފީސް އިމާރާތާއި އިންޖީނުގޭގެ މަސައްކަތް ހިމެނެއެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ގާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި އެމްޑީޕީ ސަރުކާރުން ވަނީ ރަށްރަށުގައި އުމްރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގާފަ އެވެ. އެހެން ނަމަވެސް، މި ސަރުކާރުން އެ މަޝްރޫއުތައް ކުރިޔަށް ގެންދިއުމުގައި ލަސްވެފައިވާކަން ރައްޔިތުން ފާހަގަކުރެ އެވެ.

ނ. ހެނބަދޫޑރ. މުއިއްޒުޙުސައިން އަބޫބަކުރުޞިއްޙީ މަރުކަޒު

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2026

އެތައް އަހަރެއް ފަހަތަށް: ނަމުގައި ޑިމޮކްރަސީ، އަމަލުން ހުދުމުހުތާރުކަން

24 ޖެނުއަރީ 2026
އެތައް އަހަރެއް ފަހަތަށް: ނަމުގައި ޑިމޮކްރަސީ، އަމަލުން ހުދުމުހުތާރުކަން
20 ޖެނުއަރީ 2026

ކުރިން ވިދާޅުވީ ދަރިވަރުންނަށް ފައިސާ ނުލިބޭ ކަމުގެ ޝަކުވާ އެއް ލިބިފަ ނުވާކަމަށް، މިހާރު ވިދާޅުވަނީ ފައިސާ ނުލިބެނީ ދަރިވަރުންގެ ސަބަބުން ކަމަށް

20 ޖެނުއަރީ 2026
ކުރިން ވިދާޅުވީ ދަރިވަރުންނަށް ފައިސާ ނުލިބޭ ކަމުގެ ޝަކުވާ އެއް ލިބިފަ ނުވާކަމަށް، މިހާރު ވިދާޅުވަނީ ފައިސާ ނުލިބެނީ ދަރިވަރުންގެ ސަބަބުން ކަމަށް
19 ޖެނުއަރީ 2026

މޫސާ އަލީ ޖަލީލު ގެ ޖަގަހަ ހުޅުވުމުގެ ޖަލްސާ އަށް، ކިރިޔާ ހުކުރު ހަމަވާ ވަރަށް ވެސް މީހުން އެއްވީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކޮށްގެން

19 ޖެނުއަރީ 2026
މޫސާ އަލީ ޖަލީލު ގެ ޖަގަހަ ހުޅުވުމުގެ ޖަލްސާ އަށް، ކިރިޔާ ހުކުރު ހަމަވާ ވަރަށް ވެސް މީހުން އެއްވީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކޮށްގެން
18 ޖެނުއަރީ 2026

"އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން ގޯއްޗާއި ފުލެޓް އަށް އެދި ކުރިމަތިލާން ހުޅުވާލައިފި

18 ޖެނުއަރީ 2026
"އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން ގޯއްޗާއި ފުލެޓް އަށް އެދި ކުރިމަތިލާން ހުޅުވާލައިފި
15 ޖެނުއަރީ 2026

ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީތަކުގެ ޑްރައިވަރުންގެ ޝަކުވާތައް ބަންޑުންކޮށްލައިފި

15 ޖެނުއަރީ 2026
ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީތަކުގެ ޑްރައިވަރުންގެ ޝަކުވާތައް ބަންޑުންކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު