Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީއެންއެފް ޖަލްސާ

ފުރަތަމަ އިމްތިހާނުގެ ކުރިން ޕީއެންސީ ކެންޑިޑޭޓު މުސާ އަލީ ޖަލީލު ފެއިލް ވެއްޖެ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

ޕީއެންއެފްއިން ބޭއްވި އެ ޕާޓީގެ ފޮރޮންޓް އޮފީސް ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، މުޅި ރާއްޖޭގައި އެންމެ ބާރަށް ދެކެވޭ ވާހަކަ އަކި މުޢިއްޒު މޭޔަރަކަށް ހުންނަވައިގެން ހިންގާފައިހުރި ކޮރަޕްޝަންތަކުގެ ވާހަކަ ކަމަށާއި އެވާހަކަ ދެކެވެމުން ދަނިކޮށް މާލޭގެ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި މޫސާ ޖަލީލު ހުންނަވާނީ ރައީސް މުއިއްޒު ގެ ފިޔަވަޅުމަތީގައި ކަމަށް ވިދާޅުވުމުން ރައްޔިތުން ފުންކޮށް ވިސްނަން ޖެހޭ ކަމަށް ޔާމީން ވިދާޅުވި. 

އަލީ ޝާހީން
އަލީ ޝާހީން | 23 ޖެނުއަރީ 2026 | ހުކުރު 08:30
ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާ ގައި މޫސާ އަލީ ޖަލީލު ވާހަކަ ދައްކަވަނީ

ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާ ގައި މޫސާ އަލީ ޖަލީލު ވާހަކަ ދައްކަވަނީ | ޕީއެންސީ

މާލެ ސިޓީ މޭޔަރު ކަމަށް ވާދަ ކުރުމުގެ ކުރިން ފުރަތަމަ އިމްތިހާނުން ޕީއެންސީ ގެ ކެންޑިޑޭޓު މޫސާ އަލީ ޖަލީލު ފެއިލް ވެއްޖެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްއިން ބޭއްވި އެ ޕާޓީގެ ފޮރޮންޓް އޮފީސް ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، މިއީ މޫސާ ޖަލީލަށް ކުރިމަތިވި ފުރަތަމަ އިމްތިހާނު ކަމަށާއި، މަގާމަށް އިންތިހާބުވުމުގެ ކުރިން އޭނާ އެވަނީ އެ އިމްތިހާނުން ފެއިލްވެފައި ކަމަށެވެ. އަދި މުޅި ރާއްޖޭގައި އެންމެ ބާރަށް ދެކެވޭ ވާހަކަ އަކީ މުޢިއްޒު މޭޔަރަކަށް ހުންނަވައިގެން ހިންގާފައިހުރި ކޮރަޕްޝަންތަކުގެ ވާހަކަ ކަމަށާއި އެވާހަކަ ދެކެވެމުން ދަނިކޮށް މާލޭގެ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި މޫސާ ޖަލީލު ހުންނަވާނީ ރައީސް މުއިއްޒު ގެ ފިޔަވަޅުމަތީގައި ކަމަށް ވިދާޅުވުމުން ރައްޔިތުން ފުންކޮށް ވިސްނަން ޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ. 

ޔާމީން ވިދާޅުވީ ރައްޔިތުންގެ ހައްގަށް އުނިކަމެއް ނާންނަގޮތަށް ކަމަކާ ކުރިމަތިލާން ވާނީ ގާނޫނަށް ތަބާވާ ތެދު ގަބޫލުކުރާ އަދި ހަގީގަތް ގަބޫލުކުރާ މީހެއް ކަމަށެވެ. 

މިދެންނެވި ހުރިހާ ހަގީގަތްތައް ފަސްޖެހި ނިމުނީ، ވަޅުޖެހި ނިމުނީ. އެއީ މިހާރު ވެރިއަކަށް ހުންނެވި ބޭފުޅަކަށް ސަނާ ކިޔާ ސަޖިދަ ޖަހާ ހިސާބަށް ދިޔާމަ މިކަން ވާނެ ގޮތް މިީ އިނގޭތޯ. ދެން އެވަރު މީހަކު މޭޔަރަކަށް އައިއްސަ މާލޭގަ އަނެއްކަ ރައްޔިތުންނަށް އެބުނާ ގޮތަށް ހިދުމަތް ކުރެވިދާނެހޭ. އަޅުގަނޑުގެ ފޮތުގަ އޭނާ އަކަށް އެކަމެއް ނުވާނެ. އެއީ އޭނަ ނަފްސަކަށް އޭނަ އިތުބާރެއް ނުކުރޭ، ތެދުބަހުން ވާހަކަ ދައްކާކަށް ބޭނުމެއް ނުވޭ. 
ކުރީގެ ރައީސް އަބްދުﷲ ޔާމީން

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ތިން ހަތަރު އޮފީހުގެ ކަންކަމާ ބެހޭ ލިޔުންތަކާ މާލޭ މީހުންގެ ޝަހުސީ މައުލޫމާތާއި، ގޯތިގެދޮރާ ގުޅޭ ލިޔެކިޔުންތައް ކަނޑައެޅިގެން އަންދާލާފައިވާ ކަމަށެވެ. މިފަދަ ބޮޑެތި ޖަރީމާތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭއިރު، އެކަންކަމުގެ ތެދުދޮގު ބަލަން ބޭނުންނުވުމަކީ މޫސާ ޖަލީލު އަމިއްލަ ނަފްސަށް އިތުބާރު ނުކުރާކަމުގެ ހެއްކެއް ކަމަށްވެސް ވެސް ޔާމީން ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެމްއެމްޕީއާރުސީ ގެ ޚިޔާނާތުގެ ފައިސާ ލިބުނި މީހުންގެ ލިސްޓްގައި، މާލެ ސިޓީގެ މޭޔަރު ކަމަށް ސަރުކާރު ހިންގާ ޕީއެންސީ ޓިކެޓުގައި ވާދަކުރާ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލުގެ ނަން ހިމެނޭ ކަން ކުރިން ވަނީ ހާމަވެފަ އެވެ. 

އެ މައްސަލަ 2023 ވަނަ އަހަރު މޫސާ އަލީ ޖަލީލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ވެސް އޭރު ފޮނުވި އެވެ. 

މޫސާ އަލީ ޖަލީލުރައީސް އަބްދުﷲ ޔާމީންޕީއެންސީ ސަރުކާރުރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރު

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2026

އެމްއެމްޕީއާރުސީ ޚިޔާނާތުގެ ލިސްޓުގައި ނަން އޮތް ބޭފުޅުން ރައީސް މުއިއްޒުގެ ޕީއެންސީ އިން މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެނޑިޑޭޓުންގެ ގޮތުގައި ނެރެފައިވޭ: ގަފޫރު

22 ޖެނުއަރީ 2026
އެމްއެމްޕީއާރުސީ ޚިޔާނާތުގެ ލިސްޓުގައި ނަން އޮތް ބޭފުޅުން ރައީސް މުއިއްޒުގެ ޕީއެންސީ އިން މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެނޑިޑޭޓުންގެ ގޮތުގައި ނެރެފައިވޭ: ގަފޫރު
19 ޖެނުއަރީ 2026

ރައީސް މުއިއްޒުގެ ފިޔަވަޅު މަތިން ހިނގުމަކީ، މޫސާ އަލީ ޖަލީލަށް ރަނގަޅު ފާލަކަށް ނުވާނެ!

19 ޖެނުއަރީ 2026
ރައީސް މުއިއްޒުގެ ފިޔަވަޅު މަތިން ހިނގުމަކީ، މޫސާ އަލީ ޖަލީލަށް ރަނގަޅު ފާލަކަށް ނުވާނެ!
19 ޖެނުއަރީ 2026

އެމްޑީޕީ އިން 144 ދާއިރާގައި ވޯޓު ފޮށި ބަހައްޓައިގެން 4000 މީހުން ވޯޓު ނުލާ ކަމަށް ބުނެ ޕީޖީ ލީޑަރ ފަލާހު އިތުރުފުޅު ހައްދަވައިފި

19 ޖެނުއަރީ 2026
އެމްޑީޕީ އިން 144 ދާއިރާގައި ވޯޓު ފޮށި ބަހައްޓައިގެން 4000 މީހުން ވޯޓު ނުލާ ކަމަށް ބުނެ ޕީޖީ ލީޑަރ ފަލާހު އިތުރުފުޅު ހައްދަވައިފި
19 ޖެނުއަރީ 2026

މޫސާ އަލީ ޖަލީލު ގެ ޖަގަހަ ހުޅުވުމުގެ ޖަލްސާ އަށް، ކިރިޔާ ހުކުރު ހަމަވާ ވަރަށް ވެސް މީހުން އެއްވީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކޮށްގެން

19 ޖެނުއަރީ 2026
މޫސާ އަލީ ޖަލީލު ގެ ޖަގަހަ ހުޅުވުމުގެ ޖަލްސާ އަށް، ކިރިޔާ ހުކުރު ހަމަވާ ވަރަށް ވެސް މީހުން އެއްވީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކޮށްގެން
19 ޖެނުއަރީ 2026

ވެރި އަކަަށް ހުންނަ މީހާ ގޯސްވީމައި އާއްމުން ވޯޓުން އެކަން ދައްކާނެ، ވަަޒީފާ ބަހައިގެން އެކަން ބަދަލެއް ނުވާނެ: ޝިފާޒް

19 ޖެނުއަރީ 2026
ވެރި އަކަަށް ހުންނަ މީހާ ގޯސްވީމައި އާއްމުން ވޯޓުން އެކަން ދައްކާނެ، ވަަޒީފާ ބަހައިގެން އެކަން ބަދަލެއް ނުވާނެ: ޝިފާޒް
07 ޖެނުއަރީ 2026

މުއިއްޒު ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މުސާރައަށް މަހަކު 160 މިލިއަން ރުފިޔާ، އެއީ 10 ރަށުގެ ފެނާއި ނަރުދަމާ އަޅާނެ ފައިސާ: ޣަފޫރު

07 ޖެނުއަރީ 2026
މުއިއްޒު ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މުސާރައަށް މަހަކު 160 މިލިއަން ރުފިޔާ، އެއީ 10 ރަށުގެ ފެނާއި ނަރުދަމާ އަޅާނެ ފައިސާ: ޣަފޫރު
22 ޑިސެމްބަރު 2025

ސްޓެލްކޯ ގެ ކޮރަޕްޝަން މިނިސްޓަރާ ހިއްސާ ކުރުމުގެ ނަތީޖާ: ޖެހިގެން އައި ހަފްތާ ގައި ވަޒީފާ އިން ކަނޑާލީ މައްސަލަ ރިޕޯޓު ކުރި މުވައްޒަފު!

22 ޑިސެމްބަރު 2025
ސްޓެލްކޯ ގެ ކޮރަޕްޝަން މިނިސްޓަރާ ހިއްސާ ކުރުމުގެ ނަތީޖާ: ޖެހިގެން އައި ހަފްތާ ގައި ވަޒީފާ އިން ކަނޑާލީ މައްސަލަ ރިޕޯޓު ކުރި މުވައްޒަފު!
22 ނޮވެމްބަރު 2025

މުއިއްޒު ސަރުކާރު ގެ 2 އަހަރުން ކުރެވުނު ކަމަކީ އަޅުގަނޑުމެން އެޅި ކޭކުގަ އައިސިންގ ޖެހުން، އެއީ އެންމެ ފަސޭހަ ކަންތައް: ޔާމީން

22 ނޮވެމްބަރު 2025
މުއިއްޒު ސަރުކާރު ގެ 2 އަހަރުން ކުރެވުނު ކަމަކީ އަޅުގަނޑުމެން އެޅި ކޭކުގަ އައިސިންގ ޖެހުން، އެއީ އެންމެ ފަސޭހަ ކަންތައް: ޔާމީން
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
30 ޖޫން 2025

ބީއެމްއެލްގެ 30 އިންސައްތައިގެ ފީ - މިއީ ޕިއެންސީ ސަރުކާރުގެ އިގްތިސާދީ އަދި ފޮރިން އެކްސްޗޭންޖު ސިޔާސަތު ފެއިލްވެ ރައްޔިތުންނަށް ބުރަ ޖެއްސުން: ފައްޔާޒް

30 ޖޫން 2025
ބީއެމްއެލްގެ 30 އިންސައްތައިގެ ފީ - މިއީ ޕިއެންސީ ސަރުކާރުގެ އިގްތިސާދީ އަދި ފޮރިން އެކްސްޗޭންޖު ސިޔާސަތު ފެއިލްވެ ރައްޔިތުންނަށް ބުރަ ޖެއްސުން: ފައްޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު