Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލީގު

ލެވަންޓޭ ބަލިކޮށް، ރެއާލް އަށް ހަމަޖެހުމެއް

މޮޅާއެކު ރެއާލް ދެ ވަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ 20 މެޗުން 48 ޕޮއިންޓާ އެކު. ރެއާލް އަށް ވުރެ އެއް މެޗު މަދުން ކުޅެގެން އެއް ވަަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އަށް 49 ޕޮއިންޓު ލިބޭއިރު، މެޗުގެ އަދަދު ހަމަކޮށް ލީޑު ފުޅާ ކުރުމުގެ ފުރުސަތު ބާސެލޯނާ އަށް އޮންނާނެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 ޖެނުއަރީ 2026 | އާދީއްތަ 06:21
މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓަސް

ސްޕެނިޝް ލީގުގައި ލެވަންޓޭއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ރެއާލް މެޑްރިޑް އިން ހަމަޖެހުމެއް ހޯދައިފި އެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި ރެއާލް އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ، މެޗުގެ ދެ ވަަނަ ހާފުގަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން 13 ވަނަ މިނެޓުގައި ރެއާލް އަށް ލީޑު ނަގައިދިނީ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އެވެ. އެއީ ލެވަންޓޭގެ އޭރިޔާ ތެރެއިން އެ ޓީމުގެ ކުޅުންތެރިޔަކު އެމްބާޕޭ އަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ.

އޭގެ ފަހުން 65 ވަނަ މިނެޓުގައި ރައުލް އަސެންސިއޯ ވަނީ ރެއާލްގެ ދެ ވަނަ ލަނޑު ޖަަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ އާޑާ ގުލާ އެވެ. މެޗުގައި ރެއާލް އިން ވަނީ އިތުރު ލަނޑު ޖަހަން ވެސް ފުރުސަތު ތަކެއް ހޯދައިފަ އެވެ.

މޮޅާއެކު ރެއާލް ދެ ވަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ 20 މެޗުން 48 ޕޮއިންޓާ އެކު އެވެ. ރެއާލް އަށް ވުރެ އެއް މެޗު މަދުން ކުޅެގެން އެއް ވަަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އަށް 49 ޕޮއިންޓު ލިބޭއިރު، މެޗުގެ އަދަދު ހަމަކޮށް ލީޑު ފުޅާ ކުރުމުގެ ފުރުސަތު ބާސެލޯނާ އަށް އޮންނާނެ އެވެ. 

މިއީ ރެއާލްގެ ކޯޗުކަމުން ޒަބީ އަލޮންސޯ ވަކި ކުރުމަށް ފަހު، އެ މަގާމަށް ހަމަޖެއްސި އަލްވާރޯ އާބެލޯގެ އިރުޝާދުގެ ދަށުން ރެއާލް އިން ކުޅުނު ދެ ވަނަ މެޗެވެ. އޭނާގެ އިރުޝާދުގެ ދަށުން ރެއާލް އިން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ކޮޕަ ޑެލް ރޭގެ ގަދަ 16 ވަނަ ބުރުގައި ދެ ވަނަ ޑިވިޝަންގެ ކުލަބެއް އަތުން ބަލިވެ މުބާރާތުން ކަޓައިފަ އެވެ. އެ ޕްރެޝަރަށް ފަހު، ލީގުގައި ކުޅުނު މެޗުން މޮޅުވެ ރެއާލް އިން މި ވަނީ ހަމަޖެހުމެއް ހޯދައިފަ އެވެ.

ލެވަންޓޭއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ރެއާލްގެ ބައެއް ސަޕޯޓަރުން ވަނީ ޓީމާ ދިމާ ކޮށްލައިފަ އެވެ. އާބެލޯ ބުނީ، މިދިޔަ ހަފުތާ އަކީ ރެއާލް އަށް ފަސޭހަ ހަފުތާއެއް ނޫން ކަމަށާއި، "ތުނބުން ފުމެގެން" ޓީމާ ދިމާ ކުރުމުގެ ހައްގު ސަޕޯޓަރުންނަށް އޮތް ކަމަށެވެ. އެހެން ނަމަވެސް، ރެއާލް އާއި ޓީމުގެ ކުޅުންތެރިން މަސައްކަތް ކުރަނީ އިތުރު ކުރިއެރުން ތަކެއް ހޯދުމަށް ކަމަށް އޭނާ ބުންްޏެވެ. 

ސްޕެނިޝް ލީގުރެއާލް މެޑްރިޑް

ކޮމެންޓް

އިތުރަށް ކިޔާލަން

އާބެލޯ އިރުޝާދު ދިން ފުރަތަމަ މެޗުން ބަލިވެ، ކޮޕަ ޑެލް ރޭ އިން ރެއާލް ކަޓައިފި

އާބެލޯ އިރުޝާދު ދިން ފުރަތަމަ މެޗުން ބަލިވެ، ކޮޕަ ޑެލް ރޭ އިން ރެއާލް ކަޓައިފި

15 ޖެނުއަރީ 2026
ޓީމުގެ ކުޅުންތެރިންނަށް މާ ބޮޑު ބާރު ތަކެއް ދީގެން ނުވާނެ ކަމަށް އަލޮންސޯ ބުނެފި

ޓީމުގެ ކުޅުންތެރިންނަށް މާ ބޮޑު ބާރު ތަކެއް ދީގެން ނުވާނެ ކަމަށް އަލޮންސޯ ބުނެފި

14 ޖެނުއަރީ 2026
ރެއާލްގެ ކޯޗު ކަމުން އަލޮންްސޯ ވަކި ކޮށްފި

ރެއާލްގެ ކޯޗު ކަމުން އަލޮންްސޯ ވަކި ކޮށްފި

13 ޖެނުއަރީ 2026
ރެއާލް ބަލިކޮށް، ބާސެލޯނާ އިން ސުޕަ ކަޕް ދިފާއު ކޮށްފި

ރެއާލް ބަލިކޮށް، ބާސެލޯނާ އިން ސުޕަ ކަޕް ދިފާއު ކޮށްފި

12 ޖެނުއަރީ 2026
ބެޓިސް ބަލިކޮށް، ރެއާލް ލީގު ރޭހުގައި ވިއްދާފައި

ބެޓިސް ބަލިކޮށް، ރެއާލް ލީގު ރޭހުގައި ވިއްދާފައި

05 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު