Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް މުއިއްޒުގެ ސަރުކާރު

މި ސަރުކާރުގެ ވަށާޖެހޭ ތަރައްގީއާ، ސިންދަފާތު ކުރަމުންދާ އިގްތިސާދާއެކު ރައްޔިތުންްނަށް އޮތީ ތަކުލީފު!

ވަށާޖެހޭ ތަރައްގީ ގައުމަށް ގެންނަ ކަމަށް ސައީދު ވިދާޅުވާއިރު، ރާއްޖޭގެ ތަރައްގީގެ ގިނަ މަޝްރޫއުތައް އޮތީ ހުއްޓިފައި. ރައްޔިތުންނަށް ލިބޭ ޚިދުމަތްތަކުގެ އަގު ބޮޑުވެ، ކަރަންޓާއި، ފެން ބިލުން ސަރުކާރުން ވައްކަން ކުރާ ކަމުގެ އަޑުތައް ވަނީ ގަދަވެފައި. ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް ބޮޑުވެފައިވާއިރު، 20 ރުފިޔާއަށް ވުރެ މަތިން ޑޮލަރު ގަންނަން ވަނީ މަޖުބޫރުވެފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 26 ޖެނުއަރީ 2026 | ހޯމަ 05:39
ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ | ރައީސް އޮފީސް

ރައީސް މުއިއްޒާއި، އެމަނިކުފާނުގެ ވަޒީރުން ''ތަރައްގީ'' އެކި ގޮތްގޮތަށް ސިފަ ކޮށްދެއްވަ އެވެ. ތަފާތު ލަފްޒު ތަކުންނެވެ. ބައެއް ހާލަތްތަކުގައި އެ ވިދާޅުވަނީ ކީކޭކަން ރައްޔިތުންނަށް ފަހުމް ނުވާ މިންވަރަށް ވެސް އެބޭފުޅުން ވާހަކަ ދައްކަވަ އެވެ.

އެގޮތަށް އެންމެ ބޮޑަށް ތަރައްގީގެ ވާހަކަ ދައްކަވާ އެއް ވަޒީރަކީ  އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދެވެ. މިފަހުން ޕީއެންސީން ބޭއްވި އިވެންޓެއްގައި ވެސް ސައީދު ވިދާޅުވެފައިވަނީ ސަރުކާރުގެ މަސައްކަތްތައް ވަރަށް ބޮޑަށް ރޭވިފައިވަނީ ރާއްޖޭގެ ޖުމްލަ ވަށާޖެހޭ ތަރައްގީ އެއް ގެނައުމަށް ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯއަކީ ވަރަށް ބޮޑަށް ރާއްޖޭގެ ވަށާޖެހޭ ތަރައްގީއެއް ގާއިމްކޮށް ރައްޔިތުންނަށް އެތަރައްގީގެ ފޮނިމީރުކަން ފޯރުކޮށްދިނުން. އިޖްތިމާއީ ހަމަޖެހުން އަދި އިގްތިސާދީ ގޮތުން ރާއްޖެއަށް ހަމަޖެހުން ލިބިގެން ދިއުން. ކުރިއެރުން ލިބިގެން ދިއުން.
އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސައީދު

ވަށާޖެހޭ ތަރައްގީ ގައުމަށް ގެންނަ ކަމަށް ސައީދު ވިދާޅުވާއިރު، ރާއްޖޭގެ ތަރައްގީގެ ގިނަ މަޝްރޫއުތައް އޮތީ ހުއްޓިފަ އެވެ. ރައްޔިތުންނަށް ލިބޭ ޚިދުމަތްތަކުގެ އަގު ބޮޑުވެ، ކަރަންޓާއި، ފެން ބިލުން ސަރުކާރުން ވައްކަން ކުރާ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. މީގެ ކުރިން ފަސޭހައިން ލިބުނު އާސަންދަ ޚިދުމަތާއި، ބޭސް ނުލިބޭ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް ބޮޑުވެފައިވާއިރު، 20 ރުފިޔާއަށް ވުރެ މަތިން ޑޮލަރު ގަންނަން ވަނީ މަޖުބޫރުވެފަ އެވެ.

ނަމަވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއެކު، މިސަރުކާރަށް ރައްޔިތުންގެ ބާރުވެރިކަން ދައްކާލުމަށް ފުރުސަތު އެބަ ލިބެ އެވެ. މިއީ ވަރަށް ބޮޑު ޗެލަންޖަކަށް ވާނެކަން ސަރުކާރަށް އެނގޭތީ މިހާރު އިދިކޮޅު ކެންޑިޑޭޓުންނަކީ ގައުމުގެ ހަމަނުޖެހުން ނަގާލާނެ ބައެއްގެ ގޮތުގައި ވެސް ވަނީ ސިފަ ކޮށްފަ އެވެ. އަދި މާލޭސިޓީގެ މޭޔަރު ކަމަށް ސަރުކާރާ އިދިކޮޅު ކެންޑިޑޭޓަކު އިންތިޚާބު ކޮށްފިނަމަ މާލޭގެ ތަރައްގީ ވެސް ހުއްޓޭނެ ކަމަށް ރައީސް މުއިއްޒުގެ އިތުރުން ސަރުކާރުގެ ބޭފުޅުން ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ކައުންސިލްތަކަށް ބޮޑެތި ތުހުމަތުތަކެއް އަޅުވަމުންދާއިރު، މާލެސިޓީ ކައުންސިލްގެ ސުޕަ މެޖޯރިޓީ އޮތީ ވެސް ސަރުކާރުގެ އަތުގަ އެވެ. ހުޅުމާލޭގެ ހިންގުމާއި، ގޯއްޗާއި، ފްލެޓު ދޫކުރުމުގެ މަސައްކަތުގެ އިތުރުން ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރުމުގެ ހުއްދައަށް ސިޓީ ކައުންސިލުން ވަނީ އެދިފަ އެވެ. ނަމަވެސް ސަރުކާރުން އެ ހުއްދަ މާލެސިޓީ ކައުންސިލަށް ދީފައިނުވެ އެވެ. އަދި މަސައްކަތްތަކަށް ވަރަށް ބޮޑަށް ހުރަސް އަޅައި، ކައުންސިލުން ތަރައްގީ ކުރި ބުޅާ ފެސިލިޓީ ވެސް ވަނީ އަތުލާފަ އެވެ. 

އެހެންކަމުން މަސައްކަތް ކުރުމުގައި ސަރުކާރުގެ ހެޔޮ ނިިޔަތެއް ނެތްކަން އެބަ ހާމަވެ އެވެ. ކައުންސިލް އިންތިޚާބާ ދިމާކޮށް، ވަށާޖެހޭ ތަރައްގީއާއެކު ރައްޔިތުންނަށް ފޮނިމީރުކަން ލިބޭނެ ކަމަށް ސަރުކާރުގެ ބޭފުޅުން ވިދާޅުވި ނަމަވެސް މިއަދު އެ ފޮނިމީރުކަން ގިނަ ރައްޔިތުން ބޭނުމެއް ނުވާނެ އެވެ. އެއީ މި ސަރުކާރުގެ ވަށާޖެހޭ ތަރައްގީއާ، ސިންދަފާތު ކުރަމުންދާ އިގްތިސާދާއެކު ރައްޔިތުންްނަށް ތަކުލީފު އުފުލަން ޖެހިފައިވާތީ އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުއިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދުރައީސް މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ފުރަތަމަ އިމްތިހާނުގެ ކުރިން ޕީއެންސީ ކެންޑިޑޭޓު މުސާ އަލީ ޖަލީލު ފެއިލް ވެއްޖެ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

ފުރަތަމަ އިމްތިހާނުގެ ކުރިން ޕީއެންސީ ކެންޑިޑޭޓު މުސާ އަލީ ޖަލީލު ފެއިލް ވެއްޖެ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

23 ޖެނުއަރީ 2026
ވެރި އަކަަށް ހުންނަ މީހާ ގޯސްވީމައި އާއްމުން ވޯޓުން އެކަން ދައްކާނެ، ވަަޒީފާ ބަހައިގެން އެކަން ބަދަލެއް ނުވާނެ: ޝިފާޒް

ވެރި އަކަަށް ހުންނަ މީހާ ގޯސްވީމައި އާއްމުން ވޯޓުން އެކަން ދައްކާނެ، ވަަޒީފާ ބަހައިގެން އެކަން ބަދަލެއް ނުވާނެ: ޝިފާޒް

19 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބު ޕީއެންސީ އަށް ލިބިއްޖެ ނަމަ ރައްޔިތުންގެ ހައްގުގައި ވާހަކަ ދައްކާނެ އިންތިޚާބީ މީހެއް ނުހުންނާނެ: ކުޅުދުއްފުށީ މޭޔަރު އާތިފް

ކައުންސިލް އިންތިޚާބު ޕީއެންސީ އަށް ލިބިއްޖެ ނަމަ ރައްޔިތުންގެ ހައްގުގައި ވާހަކަ ދައްކާނެ އިންތިޚާބީ މީހެއް ނުހުންނާނެ: ކުޅުދުއްފުށީ މޭޔަރު އާތިފް

11 ޖެނުއަރީ 2026
ރައީސް މުއިއްޒުގެ ސަރުކާރުން ކައުންސިލްތަކުގެ މަސައްކަތްތަކަށް ހުރަސް އަޅައި، ހުއްޓުވާކަން ވަރަށް ސާފު ކޮށް، ކިތާބީ ހެއްކާ އެކު ފެންނަން އެބަހުރި: ކުޅުދުއްފުށީ މޭޔަރު އާތިފް

ރައީސް މުއިއްޒުގެ ސަރުކާރުން ކައުންސިލްތަކުގެ މަސައްކަތްތަކަށް ހުރަސް އަޅައި، ހުއްޓުވާކަން ވަރަށް ސާފު ކޮށް، ކިތާބީ ހެއްކާ އެކު ފެންނަން އެބަހުރި: ކުޅުދުއްފުށީ މޭޔަރު އާތިފް

10 ޖެނުއަރީ 2026
ރާއްޖޭގައި މިހާތަނަށް އެޅި ހުރިހާ ފްލެޓެއް ދޫކުރުމުގައި އެންމެ އިސްދައުރެއް އަދާކުރީ ރައީސް މުއިއްޒު، އިންސާފުވެރި ނޫން ކަަމަށް ރައްޔިތުން ބުނޭ: މެންބަރު ޒިޔާދު

ރާއްޖޭގައި މިހާތަނަށް އެޅި ހުރިހާ ފްލެޓެއް ދޫކުރުމުގައި އެންމެ އިސްދައުރެއް އަދާކުރީ ރައީސް މުއިއްޒު، އިންސާފުވެރި ނޫން ކަަމަށް ރައްޔިތުން ބުނޭ: މެންބަރު ޒިޔާދު

10 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު