Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ ހިއްކުން

ރަސްމާލެ ހިއްކަން މަހެއްގެ މައްޗަށް 10 ނުވަތަ 8 މިލިއަން ޑޮލަރު ޚަރަދު ކުރޭ: އީސަ

8 ޖެނުއަރީ 2026 | ބުރާސްފަތި 08:52

އީސަ ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަސައްކަތަށް ގެނެސްފައިވާ ޑްރެޖަރުތަކަށް ބޮޑު ޚަރަދެއް ހިނގާ ކަމަށާއި އެކަން ސިއްރުކޮށްފައިވާ ކަމަށް.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 8 ޖެނުއަރީ 2026 | ބުރާސްފަތި 08:52
ރައްޔިތުން މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު އީސަ

ރައްޔިތުން މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު އީސަ | ރާއްޖެއެމްވީ

ރަސްމާލެ ހިއްކަން މި ސަރުކާރުން މަހެއްގެ މައްޗަށް 8-10 މިލިއަން ޑޮލަރު ޚަރަދު ކުރާ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ރައްޔިތުން މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރަސްމާލެ ހިއްކުމުގެ މަސައްކަތަށް ގެނެސްފައިވާ ޑްރެޖަރުތަކަށް ބޮޑު ޚަރަދެއް ހިނގާނެ ކަމަށާއި އެ ކަން ވެސް ސިއްރުކޮށްފައި އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ދުނިޔޭގެ އެންމެ ބޮޑު ބާޖުތައް ރާއްޖެ ގެނައީ ހިލޭ ނޫން ކަން އީސަ ފާހަގަކުރެއްވި އެވެ. އެހެންކަމުން އެކަމަށް ކުރާ ޚަރަދުތަކަކީ އެއީ އިހުލާސްތެރި ނިޔަތެއްގައި ކުރާ ކަމެއް ނޫން ކަމަށް އީސަ ވަނީ ވިދާޅުވެފަ އެވެ.

"ހަމަ ގައިމުވެސް ހަތަރު މިލިއަން ޑޮލަރު ހިނގާނެ އެއްޗަކަށް، ޑްރެޖަރަކަށް. އަޅުގަނޑުގެ އަންދާޒާ އަކީ 8-10 މިލިއަން ޑޮލަރާއި ދެމެދު ހޭދަ ވާނެ. އެހެންވީމަ ތިޔައީކީ ރައްޔިތުންނަށް އިޚުލާސްތެރި މަސައްކަތެއް ނޫނޭ." އީސަ ވިދާޅުވި އެވެ. 

ސަރުކާރުން މާލެ އަތޮޅުގެ މުރަކަ އާއި ޑައިވް ޕޮއިންޓްތައް އެއްކޮށް ހަލާކުކޮށް ސުންނާފަތިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ރަސްމާލެ ޕްރޮޖެކްޓް ހިންގުމުގައި ދިރާސާ ކޮށްފައި ނުވާ އިރު އެ މަސައްކަތް ކުރަމުން ދަނީ ބަޖެޓު ވެސް ކުރުމަކާއި ނުލާކަން އީސަ ފާހަގަކުރެއްވި އެވެ. ޑްރެޖަރު ގެނެސްގެން ރަސްމާލެ ހިއްކަން ކޮނުމުގެ މަސައްކަތް ފެށި އިރު އެ ސަރަހައްދަށް ވާނެ ގެއްލުމަށް ބަލާލާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރަސްމާލެ ހިއްކަން މިހާރު  ދެމުންދާ ގެއްލުމަކީ ފޫ ނުބެދޭ ވަރުގެ ގެއްލުމެއް ކަމަށް އީސަ ވިދާޅުވި އެވެެ.

"މާލެ އަތޮޅަކީ އެންމެ ގިނަ ރިސޯޓް އޮތް އަތޮޅު. އަވަސް ކޮށްލާފައި ޚަރަދު ކުޑަކުރަން ދެ ރިސޯޓް ދޭތެރެއިން އެ ވެލި ނަގަނީ. މިއީ ހިނި އަންނަ ޒާތުގެ ވާހަކަ އެއް ނޫން. އިންޑަސްޓްރީ އަށް ދެމުންދާ ގެއްލުމުގެ ވާހަކަ މި ދައްކަނީ. މިއީ ކުރަން ހެޔޮ ނުވާ ވަރުގެ ކަމެއް ވަރަށް މޮޅު ކަމެއް ކަމަށް ހީކޮށް." އީސަ ވިދާޅުވި އެވެ.

ސަރުކާރުން މަސައްކަތް ކުރުމުގައި އެއްވެސް ވަރަކަށް ދިރާސާ އެއް ކުރުމެއް ނެތް ކަމަށް އީސަ ވިދާޅުވި އެވެ. އަދި މުޅި ވެރިކަން ރައީސް މުއިއްޒު ހިންގަވަނީ ދޮގުގެ މަތީގައި ކަމަށާއި ވެރިކަމަށް ވަޑައިގަތީއްސުރެ އެންމެ ތެދެއް ވެސް އަދި ނުހަދާ ކަމަށް އީސަ ވިދާޅުވި އެވެ. ބޯހިޔާވަހިކަމާއި މެދު ވެފައިވާ ވައުދުތަކަށް ބަލާލުމުން ވެސް ފެންނަނީ ދޮގު ވައުދުތައް ކަމަށާއި އެއްވެސް ވައުދެއްގައި އަމަލީ ސިފަ ނުޖެހޭ ކަމަށް އީސަ ވިދާޅުވި އެވެ. 

ރަސްމާލެއަހުމަދު އީސަރައީސް މުއިއްޒު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2026

ގޭސް ކުންފުނިން ގެއްލުނު 3 މިލިއަން ރުފިޔާ! އެމްޑީ ހުރިގޮތަށް, މުއިއްޒުވެސް ހަނު

08 ޖެނުއަރީ 2026
ގޭސް ކުންފުނިން ގެއްލުނު 3 މިލިއަން ރުފިޔާ! އެމްޑީ ހުރިގޮތަށް, މުއިއްޒުވެސް ހަނު
06 ޖެނުއަރީ 2026

ތޮށަލި ތަކުރާ ޖެހުނު ވިގަންޏަށްވުރެ ރައީސް މުއިއްޒު ގެ ވެރިކަން ދިވެހި ރައްޔިތުންނަށް ގޯސް ވެއްޖެ: އީސަ

06 ޖެނުއަރީ 2026
ތޮށަލި ތަކުރާ ޖެހުނު ވިގަންޏަށްވުރެ ރައީސް މުއިއްޒު ގެ ވެރިކަން ދިވެހި ރައްޔިތުންނަށް ގޯސް ވެއްޖެ: އީސަ
06 ޖެނުއަރީ 2026

ހާލު ކިހިނެއް: "ސަރުކާރަށް ކުރެވޭހާ ވެސް ކަމަކީ ރައްޔިތުންގެ ބޮލުގައި ތެތް ގޯނި އެޅުވުން، ވައުދު ފުއްދޭތަނެއް ނުފެނޭ"

06 ޖެނުއަރީ 2026
ހާލު ކިހިނެއް: "ސަރުކާރަށް ކުރެވޭހާ ވެސް ކަމަކީ ރައްޔިތުންގެ ބޮލުގައި ތެތް ގޯނި އެޅުވުން، ވައުދު ފުއްދޭތަނެއް ނުފެނޭ"
05 ޖެނުއަރީ 2026

އެޗްއާރުސީއެމްގެ ރައީސް ކަމަށް ރަމީލާ އައްޔަން ކުރުމަށް ރުހުން ދިނުމަށް އަންގާރަ ދުވަހު ޖަލްސާ އެއް ބާއްވަނީ

05 ޖެނުއަރީ 2026
އެޗްއާރުސީއެމްގެ ރައީސް ކަމަށް ރަމީލާ އައްޔަން ކުރުމަށް ރުހުން ދިނުމަށް އަންގާރަ ދުވަހު ޖަލްސާ އެއް ބާއްވަނީ
05 ޖެނުއަރީ 2026

ވެނެޒުއެލާގެ ރައީސް މަދޫރޯ ހައްޔަރު ކުރި މައްސަލައިގައި ދިވެހި ސަރުކާރުގެ ބަހެއް ނެތް، ފޮރިން މިނިސްޓަރު ޖަވާބެއް ނުދެއްވި

05 ޖެނުއަރީ 2026
ވެނެޒުއެލާގެ ރައީސް މަދޫރޯ ހައްޔަރު ކުރި މައްސަލައިގައި ދިވެހި ސަރުކާރުގެ ބަހެއް ނެތް، ފޮރިން މިނިސްޓަރު ޖަވާބެއް ނުދެއްވި
02 ޖެނުއަރީ 2026

އެމްޑީޕީ ސަރުކާރުން ހދ. ނޮޅިވަރަމް ގައި ފެށި ފެނަކަ އޮފީސް އަދި އިންޖީނުގޭގެ މަސައްކަތް ވެރިކަން ބަދަލުވުމާއެކު ހުއްޓިފަ

02 ޖެނުއަރީ 2026
އެމްޑީޕީ ސަރުކާރުން ހދ. ނޮޅިވަރަމް ގައި ފެށި ފެނަކަ އޮފީސް އަދި އިންޖީނުގޭގެ މަސައްކަތް ވެރިކަން ބަދަލުވުމާއެކު ހުއްޓިފަ
02 ޖެނުއަރީ 2026

އެއަރޕޯޓް ވިއްކާލި ކަމަށް ބުނެ ބަޣާވާތް ކުރި މީހުން، އުނބަށްޖަހާ އަނެއްކާ އެއްކަލަ އައުޓް ކުރަން އުޅުނު އިންޑިއާ ގެ ފައިބުޑަށް!

02 ޖެނުއަރީ 2026
އެއަރޕޯޓް ވިއްކާލި ކަމަށް ބުނެ ބަޣާވާތް ކުރި މީހުން، އުނބަށްޖަހާ އަނެއްކާ އެއްކަލަ އައުޓް ކުރަން އުޅުނު އިންޑިއާ ގެ ފައިބުޑަށް!
02 ޖެނުއަރީ 2026

ހަނިމާދޫ އެއަރޕޯޓް ހިންގާނެ އިންޑިއާ ކުންފުންޏެއް ހޯދަން ސަރުކާރުން އެދުނު ވާހަކަ ފަޅާ އެރުމުން އެކަން ދޮގުކޮށްފި

02 ޖެނުއަރީ 2026
ހަނިމާދޫ އެއަރޕޯޓް ހިންގާނެ އިންޑިއާ ކުންފުންޏެއް ހޯދަން ސަރުކާރުން އެދުނު ވާހަކަ ފަޅާ އެރުމުން އެކަން ދޮގުކޮށްފި
01 ޖެނުއަރީ 2026

މާމިގިލީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ދެ މަސް ކުރިން ފެށި ނަމަވެސް މިހާރު ހުރީ ފައުންޑޭޝަން އެޅި ދުވަހު ކޮނެފައިވާ ވަޅުގަނޑު އެކަނި

01 ޖެނުއަރީ 2026
މާމިގިލީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ދެ މަސް ކުރިން ފެށި ނަމަވެސް މިހާރު ހުރީ ފައުންޑޭޝަން އެޅި ދުވަހު ކޮނެފައިވާ ވަޅުގަނޑު އެކަނި
31 ޑިސެމްބަރު 2025

ބިދޭސީންނަށް ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ބަދަލު ގެންނަނީ، ގައުމިއްޔަތުގެ ނަމުގައި ގައުމު ފޮތިފޮތިކޮށް އަމިއްލަ ޖީބަށް ފައިސާ ޖަމާކުރުމަށް: ފައްޔާޒު

31 ޑިސެމްބަރު 2025
ބިދޭސީންނަށް ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ބަދަލު ގެންނަނީ، ގައުމިއްޔަތުގެ ނަމުގައި ގައުމު ފޮތިފޮތިކޮށް އަމިއްލަ ޖީބަށް ފައިސާ ޖަމާކުރުމަށް: ފައްޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް