Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ-ސްރީލަންކާ

ލަންކާ ސަރުކާރަށް އިންޒާރު ދެއްވުމަަށްފަހު، ރައީސް މުއިއްޒު ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެ ގައުމުގެ އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ފައްޓަވައިފި

9 ޖެނުއަރީ 2026 | ހުކުރު 17:46

ލަންކާ ގައި ހުންނަވާ ސަފީރު މަސްއޫފު ދާދި ފަހުން ލަންކާގެ ނޫހަކަށް ދެއްވި އިންޓަވިއުގައި ވަނީ ލަންކާ އިމިގްރޭޝަނުން ދިވެހިންނާމެދު ތަފާތުކުރާ ކަމަށް ވިދާޅުވެ ލަންކާ ސަރުކާރަށް ފާޑު ވިދާޅުވެފަ. މިއީ ޑިޕްލޮމަސީ އާއި ނުބައްދަލު އަމަލެއްކަމަށް ބުނެ ބައެއް އާއްމުން ވަނީ އޭނާގެ އިސްތިއުފާ އަށް ގޮވާލާފަ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 9 ޖެނުއަރީ 2026 | ހުކުރު 17:46
ރާއްޖެ އިން ލަންކާ އަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު، ލަންކާގެ އިދިކޮޅު ލީޑަރެއް ކަމަށްވާ ނަމާލް ރާޖަޕަކްސާ އާއި ބައްދަލު ކުރައްވަނީ

ރާއްޖެ އިން ލަންކާ އަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު، ލަންކާގެ އިދިކޮޅު ލީޑަރެއް ކަމަށްވާ ނަމާލް ރާޖަޕަކްސާ އާއި ބައްދަލު ކުރައްވަނީ | ނަމަލް ރާޖަޕަކްސާ

ރާއްޖެ އިން ލަންކާ މީހުންނަށް ވިސާ ދިނުމުގައި ގެންގުޅޭ އުސޫލު މުރާޖާކުރަން ޖެހިދާނެކަމުގެ އިންޒާރު ދެއްވުމަށްފަހު، ރައީސް މުއިއްޒުގެ ފަރާތުން ލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު އެ ގައުމުގެ ސަރުކާރާ އިދިކޮޅު ލީޑަރެއް ކަމަށްވާ ނަމަލް ރާޖަޕަކްސަ އާ ބައްދަލު ކުރައްވައިފި އެވެ. 

ސްރީ ލަންކާ ޕޮޑުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ) ޕާޓީ އަކީ އެ ގައުމުގައި މިހާރު ވެރިކަން ކުރަމުން އަންނަ ސަރުކާރާ އިދިކޮޅު ފިކުރުގެ ޕާޓީއެކެވެ. އެ ޕާޓީ އަށް ނިސްބަތްވާ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރަޖަޕަކްސާގެ ދަރިކަލުން އަދި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ނަމާލް ރާޖަޕަކްސާ އާއި މަސްއޫދު ބައްދަލުކުރެއްވިކަން، ނަމާލް ވަނީ އެކްގައި އާއްމު ކުރައްވާފަ އެވެ. 

Advertisement - newsAdvertisement

ނަމާލް އެކްސްގައި ކުރެއްވި ޕޯސްޓުގައިވަނީ އެސްއެލްޕީޕީ ގެ އޮފީހުގައި މަސްއޫދު އާއި ބައްދަލުކުރައްވައި ދެ ގައުމުގެ ދޭދޭ ގުޅުމާއި، އެއްބާރުލުން އިތުރުކުރުމާ ބެހޭ މަޝްވަރާތައް ކުރެވުނު ކަމަށެވެ. އަދި އެކުގައި މަސައްކަތްކޮށްގެން ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދެވޭނެ ކަމަށެވެ. ނަމާލް ވަނީ ލަންކާ އަކީ ގިނަ އަދަދެއްގެ ދިވެހީންގެ ދެވަނަ ގެ ކަމުގައި ފާހަގަކުރައްވާފަ އެވެ.

ލަންކާގެ އިދިކޮޅު ފަރާތްތަކާއި މާސްއޫދު ބައްދަލު ކުރެއްވި އިރު، ދާދި ފަހުން މަސްއޫދު ލަންކާގެ ނޫހަކަށް ދެއްވި އިންޓަވިއުގައި ލަންކާ ސަރުކާރަށް ފާޑު ވިދާޅުވެ ގެންގުޅުއްވި ހަރުކަށި ބަސްމަގުގެ ސަބަބުން އެތައް ބައެއްގެ ފާޑުކިޔުން ވަނީ އޭނާ އަށް އަމާޒުވެފަ އެވެ.

ރާއްޖެ އާއި ބަދަހި ގުޅުމެއް ބާއްވަމުންދާ އަވަށްޓެރި ސްރީލަންކާގެ ސަރުކާރަށް އޭނާ ފާޑު ވިދާޅުވެފައި ވަނީ ލަންކާގެ އިދާރާތަކުން ދިވެހިންނާމެދު ތަފާތުކުރާ ކަމަށް ފާހަގަކުރެއްވުމަށް ފަހުގަ އެވެ. ލަންކާގެ ނޫހެއް ކަމަށްވާ ޑެއިލީ ނިއުސް އަށް ދިން އިންޓަރވިއު އެއްގައި މަސްއޫދު ވަނީ އި ލަންކާ އިމިގްރޭޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. 

މިކަމާއި ގުޅިގެން މީސްމީޑީއާ ގައި އާއްމުން ބުނަނީ މިއީ ޑިޕްލޮމަސީ އާއި ބީރައްޓެހި އަމަލެއް ކަމަށެވެ. ބައެއް ފަރާތްތަކުން ވަނީ މިއީ ސަރުކާރަށް ލިބޭ ފިލާވަޅެއް ކަމަށް ވެސް ފާހަގަކޮށްފަ އެވެ. ޑިޕްލޮމެޓިކް ދާއިރާގައި މަސައްކަތް ނުކުރާ މީހުން މިފަދަ މަޤާމްތަކަށް އައްޔަން ކުރުމަކީ އަގު ނުކުރެވޭ ވަރުގެ ގެއްލުމާއި ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށް ވެސް ގިނަ ބަޔަކު ބުނެ އެވެ. ޑިޕްލިމެޓުން މި މޭރުމުން އަމަލުކުރުމަކީ ލަދު ގަންނަން ޖެހޭ ކަމެއް ކަމަށާއި ވެއްޓެނީ ދިވެހިންގެ އަގު ކަމަށް ވެސް ގިނަ ރައްޔިތުން ބުނެ އެވެ.

 މިއީ ރާއްޖޭގެ ފޮރިން ޕޮލިސީ ދޯދިޔާ ވެފައި އޮތް މިންވަރު ރަމްޒުކޮށްދޭ ކަމެއް ކަމަށް މިކަމާއި މެދު ކޮމެންޓް ކުރި ބައެއް މީހުން ވަނީ ބުނެފަ އެވެ. އަދި ޑިޕްލޮމަސީ ހިންގަނީ ނޫސްތަަކަށް ދޭ އިންޓަރވިއު މެދުވެރިކޮށްތޯ ބައެއް މީހުން ވަނީ ސުވާލު އުފައްދާފަ އެވެ. 

ރާއްޖެ-ސްރީލަންކާރައީސް މުއިއްޒުމަސްއޫދު އިމާދުނަމަލް ރާޖަޕަކްސަ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2026

ޒަމާންވީ ގުޅުންތަކަށް ނޭދެވޭ އަސަރު ނުކުރާނީ ފޮރިން ސާވިސް އަށް ދާއިރާގެ ތައުލީމު ހުރި މީހުން އައްޔަނު ކޮށްގެން: ފައްޔާޒް

09 ޖެނުއަރީ 2026
ޒަމާންވީ ގުޅުންތަކަށް ނޭދެވޭ އަސަރު ނުކުރާނީ ފޮރިން ސާވިސް އަށް ދާއިރާގެ ތައުލީމު ހުރި މީހުން އައްޔަނު ކޮށްގެން: ފައްޔާޒް
09 ޖެނުއަރީ 2026

ކައުންސިލް ތަކަށް އަންނަން ވާނީ ސަރުކާރުން ޖަހާހާ ބެރަކަށް ނަށާނެ ބައެއް

09 ޖެނުއަރީ 2026
ކައުންސިލް ތަކަށް އަންނަން ވާނީ ސަރުކާރުން ޖަހާހާ ބެރަކަށް ނަށާނެ ބައެއް
08 ޖެނުއަރީ 2026

ލަންކާ އަށް ފަހު މެލޭޝިއާ: މެލޭޝިއާ ގައި އުޅޭ ދިވެހިންނަށް ވެސް ބޮޑެތި ދަތިތައް ކުރިމަތިވޭ: ޝަރީފް

08 ޖެނުއަރީ 2026
ލަންކާ އަށް ފަހު މެލޭޝިއާ: މެލޭޝިއާ ގައި އުޅޭ ދިވެހިންނަށް ވެސް ބޮޑެތި ދަތިތައް ކުރިމަތިވޭ: ޝަރީފް
08 ޖެނުއަރީ 2026

ރާއްޖެ އާއި ލަންކާއާ ދެމެދު ގާއިމު ކޮށްފައިވާ ބޯޑާ ކޮންޓްރޯލްތައް އުވާލަން ޖެހޭ: ކުރީގެ ރައީސް ނަޝީދު

08 ޖެނުއަރީ 2026
ރާއްޖެ އާއި ލަންކާއާ ދެމެދު ގާއިމު ކޮށްފައިވާ ބޯޑާ ކޮންޓްރޯލްތައް އުވާލަން ޖެހޭ: ކުރީގެ ރައީސް ނަޝީދު
08 ޖެނުއަރީ 2026

މި ސަރުކާރުން ޤަބޫލު ކުރާ ޤާނޫނީ ޕްރޮސެސް އަކީ 9 ގަޑި އިރު ތެރޭގައި ޤާނޫނު އަސާސީ އިސްލާހު ކުރުން: އަލީ ހުސައިން

08 ޖެނުއަރީ 2026
މި ސަރުކާރުން ޤަބޫލު ކުރާ ޤާނޫނީ ޕްރޮސެސް އަކީ 9 ގަޑި އިރު ތެރޭގައި ޤާނޫނު އަސާސީ އިސްލާހު ކުރުން: އަލީ ހުސައިން
08 ޖެނުއަރީ 2026

ލަންކާ އިން ރާއްޖެ އާއި މެދު "ދޮން މަންމަ" އަކަށް ކަންކުރާ ގޮތަށް އަމަލު ކުރާ ކަމަށް ރާއްޖެ އިން ލަންކާ އަށް ކަނޑައަޅާފައިވާ ސަފީރު ސިފަކުރުމުން އާއްމުންގެ ފާޑުކިޔުން އަމާޒުވެއްޖެ!

ރަސްމާލެ ހިއްކަން މަހެއްގެ މައްޗަށް 10 ނުވަތަ 8 މިލިއަން ޑޮލަރު ޚަރަދު ކުރޭ: އީސަ

08 ޖެނުއަރީ 2026
ރަސްމާލެ ހިއްކަން މަހެއްގެ މައްޗަށް 10 ނުވަތަ 8 މިލިއަން ޑޮލަރު ޚަރަދު ކުރޭ: އީސަ
08 ޖެނުއަރީ 2026

ގޭސް ކުންފުނިން ގެއްލުނު 3 މިލިއަން ރުފިޔާ! އެމްޑީ ހުރިގޮތަށް, މުއިއްޒުވެސް ހަނު

08 ޖެނުއަރީ 2026
ގޭސް ކުންފުނިން ގެއްލުނު 3 މިލިއަން ރުފިޔާ! އެމްޑީ ހުރިގޮތަށް, މުއިއްޒުވެސް ހަނު
06 ޖެނުއަރީ 2026

ހާލު ކިހިނެއް: "ސަރުކާރަށް ކުރެވޭހާ ވެސް ކަމަކީ ރައްޔިތުންގެ ބޮލުގައި ތެތް ގޯނި އެޅުވުން، ވައުދު ފުއްދޭތަނެއް ނުފެނޭ"

06 ޖެނުއަރީ 2026
ހާލު ކިހިނެއް: "ސަރުކާރަށް ކުރެވޭހާ ވެސް ކަމަކީ ރައްޔިތުންގެ ބޮލުގައި ތެތް ގޯނި އެޅުވުން، ވައުދު ފުއްދޭތަނެއް ނުފެނޭ"
05 ޖެނުއަރީ 2026

އެޗްއާރުސީއެމްގެ ރައީސް ކަމަށް ރަމީލާ އައްޔަން ކުރުމަށް ރުހުން ދިނުމަށް އަންގާރަ ދުވަހު ޖަލްސާ އެއް ބާއްވަނީ

05 ޖެނުއަރީ 2026
އެޗްއާރުސީއެމްގެ ރައީސް ކަމަށް ރަމީލާ އައްޔަން ކުރުމަށް ރުހުން ދިނުމަށް އަންގާރަ ދުވަހު ޖަލްސާ އެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް