Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޤާނޫނުއަސާސީ

މި ސަރުކާރުން ޤަބޫލު ކުރާ ޤާނޫނީ ޕްރޮސެސް އަކީ 9 ގަޑި އިރު ތެރޭގައި ޤާނޫނު އަސާސީ އިސްލާހު ކުރުން: އަލީ ހުސައިން

ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުގައި ބާއްވަން ގާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލު 10 ދުވަހުން ދިރާސާކޮށް ނިންމަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައިވޭ. މަސައްކަތްތައް އަވަސް އަރުވާލައިގެން ކުރުމަކީ ސަރުކާރަށް ފާޑުކިޔުން އަމާޒުވާ ސަބަބެއް.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 8 ޖެނުއަރީ 2026 | ބުރާސްފަތި 09:00
މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން

މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން | ރާއްޖެއެމްވީ

މި ސަރުކާރުން ޤަބޫލު ކުރާ ޤާނޫނީ ޕްރޮސެސް އަކީ 9 ގަޑި އިރު ތެރޭގައި ޤާނޫނުއަސާސީ އިސްލާހު ކުރުން ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުގައި ބާއްވަން ގާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް ހުށަހަޅާފައިވާ ބިލު 10 ދުވަސް ތެރޭ ދިރާސާ ކޮށް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިން ނިންމީ ނިމިދިޔަ ހަފްތާގެ ތެރޭގަ އެވެ. ދެ އިންތިޚާބު އެކުގައި ބޭއްވުމަށް ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީ އަށް ގެންނަ އިސްލާހުގެ ބިލު މަޖިލީހަށް ހޯމަ ދުވަހު ހުށަހަޅުއްވާފައި ވަނީ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް އެވެ. 

އެ މަސައްކަތަށް ޖުމްލަ ހޭދަވީ 8 ގަޑި އެއްހާ އިރު ކަމަށް ވާ އިރު މީގެ ކުރިން ވެސް 9 ވަރަކަށް ގަޑި އިރުތެރޭގައި ވެރިކަން ހިންގާ ޕީއެންސީގެ މެޖޯރިޓީ އެއް އޮތް 20 ވަނަ މަޖިލީހުން ޤާނޫނު އަސާސީ އިސްލާހުކޮށްފައިވާ ކަން އަލީ ހުސައިން ފާހަގަކުރެއްވި އެވެ. އެކަން އެގޮތަށް ކުރަން މެމްބަރުންނަށް ވެސް މަޖުބޫރު ކަމަށާއި މެމްބަރުންގެ މިނިވަންކަން ނެތްގޮތަށް ޤާނޫނު އަސާސީ އަށް ބަދަލު ގެނެސްގެން މެމްބަރުން ތިބީ ކަސްތޮޅު އެޅުވިފައި ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ. 

އޭނާ ވަނީ އެއްވެސް ކަމެއްގައި ސަރުކާރުން ޑިއު ޕްރޮސެސް ފުރިހަމަ ނުކުރާ ކަމަށް ފާހަގަކޮށްފަ އެވެ. އަދި މި ސަރުކާރުން ބޭންކް އޮފް މޯލްޑިވްސްގެ އޮނިގަނޑު ހަލާކުކޮށްލާފައިވާ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ. 

"ބޭންކް އޮފް މޯލްޑިވްސްގެ މެންޑޭޓު ތެރޭގައި ހިމެނޭ ކަމެއް ނޫން ގެދޮރުވެރިކަމަކީ. އެހެންވީމަ ކުރިން ވެސް އެކަން އެއްވެސް ސަރުކާރަކުން ނުކުރީ. މިހާރު އެކަމަކު އެކަން އެ ކުރަނީ. މިއީ ޑިއު ޕްރޮސެސް ރައީސް މުއިއްޒު ހިންގަވާ ގޮތަކީ. ގައުމަށް ގެއްލުން ވާނެ ކަމެއް ކުރަން ބޭންކް އޮފް މޯލްޑިވްސްގެ ބޯޑު މެމްބަރުން ވެސް ބޭނުމެއް ނުވާނެ." އޭނާ ވިދާޅުވި އެވެ.

ރާއްޖެ އަށް ކްރެޑިޓަށް ފައިސާ ދޭން މިހާރު ގައުމުތަކާއި ބައިނަލްއަޤުވާމީ އިދާރާތަކުން މިހާރު ބޭނުން ނުވާ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ. އެ ސަބަބާއި ހުރެ ބީއެމްއެލް މެދުވެރިކޮށްގެން ބޯހިޔާވަހިކަމަށް ޚަރަދު ކުރުމަކީ ކުރިއަށް އޮތްތަނަށް ބަލާ އިރު ވަރަށް ނުރައްކާތެރި ކަމެއް ކަމަށް އަލީ ހުސައިން ވަނީ ވިދާޅުވެފަ އެވެ.

އަލީ ހުސެއިންރައްޔިތުންގެ މަޖިލިސްރާއްޖޭގެ ބޭންކުތައްރައީސް މުއިއްޒު

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2026

ރަސްމާލެ ހިއްކަން މަހެއްގެ މައްޗަށް 10 ނުވަތަ 8 މިލިއަން ޑޮލަރު ޚަރަދު ކުރޭ: އީސަ

08 ޖެނުއަރީ 2026
ރަސްމާލެ ހިއްކަން މަހެއްގެ މައްޗަށް 10 ނުވަތަ 8 މިލިއަން ޑޮލަރު ޚަރަދު ކުރޭ: އީސަ
08 ޖެނުއަރީ 2026

ގޭސް ކުންފުނިން ގެއްލުނު 3 މިލިއަން ރުފިޔާ! އެމްޑީ ހުރިގޮތަށް, މުއިއްޒުވެސް ހަނު

08 ޖެނުއަރީ 2026
ގޭސް ކުންފުނިން ގެއްލުނު 3 މިލިއަން ރުފިޔާ! އެމްޑީ ހުރިގޮތަށް, މުއިއްޒުވެސް ހަނު
07 ޖެނުއަރީ 2026

ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ދެ ވޯޓު އެއްކޮށްލަން ސަރުކާރުން ހުށަހަޅާފައިވާ ބަދަލަކީ، އެހެން މަޤުސަދެއް އޭގައި ހިމެނޭ ކަމެއް: ފައިސަލް

07 ޖެނުއަރީ 2026
ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ދެ ވޯޓު އެއްކޮށްލަން ސަރުކާރުން ހުށަހަޅާފައިވާ ބަދަލަކީ، އެހެން މަޤުސަދެއް އޭގައި ހިމެނޭ ކަމެއް: ފައިސަލް
06 ޖެނުއަރީ 2026

ހާލު ކިހިނެއް: "ސަރުކާރަށް ކުރެވޭހާ ވެސް ކަމަކީ ރައްޔިތުންގެ ބޮލުގައި ތެތް ގޯނި އެޅުވުން، ވައުދު ފުއްދޭތަނެއް ނުފެނޭ"

06 ޖެނުއަރީ 2026
ހާލު ކިހިނެއް: "ސަރުކާރަށް ކުރެވޭހާ ވެސް ކަމަކީ ރައްޔިތުންގެ ބޮލުގައި ތެތް ގޯނި އެޅުވުން، ވައުދު ފުއްދޭތަނެއް ނުފެނޭ"
06 ޖެނުއަރީ 2026

ރައްޔިތުންގެ މަޖިލީހުގައި ވެރި މީހާ ވިދާޅުވާހާ ބަތަކަށް ރިހަ އަޅަންޏާ، މީޑިއާ ވެސް އާއްމުން ވެސް ބަސް ބުނާނެ!

06 ޖެނުއަރީ 2026
ރައްޔިތުންގެ މަޖިލީހުގައި ވެރި މީހާ ވިދާޅުވާހާ ބަތަކަށް ރިހަ އަޅަންޏާ، މީޑިއާ ވެސް އާއްމުން ވެސް ބަސް ބުނާނެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު