Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޯހިޔާވަހިކަން

ރާއްޖޭގައި މިހާތަނަށް އެޅި ހުރިހާ ފްލެޓެއް ދޫކުރުމުގައި އެންމެ އިސްދައުރެއް އަދާކުރީ ރައީސް މުއިއްޒު، އިންސާފުވެރި ނޫން ކަަމަށް ރައްޔިތުން ބުނޭ: މެންބަރު ޒިޔާދު

10 ޖެނުއަރީ 2026 | ހޮނިހިރު 08:26

މެންބަރު ޒިޔާދު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން ކަމަށްވާއިރު، މިހާތަނަށް ރާއްޖޭގައި ބޯހިޔާވަހިކަން އިންސާފުވެރިކަމާއެކު ދޫކޮށްފައި ނުވާ ކަމަށް. އޭނާ ވިދާޅުވީ ބިމާއި ފްލެޓް ދޫކުރުމުގެ މަސައްކަތްތައް ކޮށްފައިވަނީ ރައީސް މުއިއްޒުގެ ބެލުމުގެ ދަށުން ކަމަށާއި، ބޯހިޔާވަހިކަން ވިއްކައިގެން ވެސް ރައީސަށް ދެވަނަ ދައުރެއް ނުލިބޭނެތީ ގާނޫނުއަސާސީ ބަދަލު ކުރަން މަސައްކަތް ކުރާ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 10 ޖެނުއަރީ 2026 | ހޮނިހިރު 08:26
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

ދިވެހިރާއްޖޭގައި މިހާތަނަށް އެއްވެސް ބޯހިޔާވަހިކަމެއް އިންސާފުވެރިކޮށް ދޫކޮށްފައިނުވާ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މެންބަރު ޒިޔާދު ވިދާޅުވީ ރައީސް މުއިއްޒު ރައްޔިތުންގެ ތާއީދު ހޯދުމަށް ނުވަތަ ރުހުން ހޯދުމަށް އެކިއެކި މަސައްކަތްތައް ކުރާ ކަމަށާއި، ރައްޔިތުންނާއެކު ބާއްދަލުވުންތައް ވެސް ބާއްވާ ކަމަށެވެ.

Advertisement - newsAdvertisement

މި ބައްދަލުވުންތަކުން ވެސް އެންމެ ގިނަ ރައްޔިތުންގެ ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ މައްސަލަކަން ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިހާތަނަށް ރާއްޖޭގައި ބޯހިޔާވަހިކަން އިންސާފުވެރިކަމާއެކު ކުރިއަށް ގެންގޮސްފައިނުވާ ކަމަށް ގިނަ ރައްޔިތުން ވެސް އެއްބަސްވާ ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ. 

މީގެ އިތުރުން މެންބަރު ޒިޔާދު ވިދާޅުވީ ބިމުގެ ކަންކަމަކީ އެންމެ ބޮޑަށް ކަޓުވެސް ނެގޭ މަސައްކަތް ކަމަށާއި، ރާއްޖޭގައި މިހާތަނަށް ބިމާ ގުޅޭ ކަންކަން އަދި ފްލެޓުތައް ދޫކުރުމުގެ މަސައްކަތްތައް ކޮށްފައިވަނީ ރާއްޖޭގެ މިހާރުގެ ރައީސް މުއިއްޒުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ. 

އާމިރު ނިކަން ބަލާބަލަ ރާއްޖޭގައި އެޅިފައި ހުރި ބޯހިޔާވަހިކަން ދިނުމުގައި އެންމެ އިސްދައުރެއްގައި ހުރީ ކޮން ބޭފުޅެއްތޯ. ރައީސް ނަޝީދު އެޅި 1000 ފްލެޓު ހަވާލުކުރުމުގެ ކުރިން ވެރިކަން ވެއްޓުނީ. ހަވާލުވީ އޭރުގެ ހައުސިން މިނިސްޓަރު އެކަން ކުރަން. އޭގެފަހުން ރައީސް ޔާމީން އެޅި 700 ފްލެޓު އެއީ އައްޑޫ އާއި ފުވައްމުލަކުގައި ހުރި ފްލެޓުތަކެއް އަޅާނެ ހުޅުމާލޭގައި. އެއީ ޒާތީ މައުލޫމާތަކަށްވީމަ ކޯޑު ނަންބަރެއް ދީގެން ފްލެޓު ދިން ފަހަރު. އޭރުގެ ހައުސިން މިނިސްޓަރާއި ހަމަ މުއްތަލިބު. މިދެބޭފުޅުން ތިއްބެވީ. ދެން އައީ 7000 ފްލެޓު. ހަމަ އެހެން. މިހާރު މިދިން 4000 ފްލެޓު ވެސް ހަމަ އެބޭފުޅާ އެހުންނަވަނީ.  
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

މީގެ އިތުރުން މެންބަރު ޒިޔާދު ވިދާޅުވީ މިހާރު ގައުމުގައި ކަންކަން ހިނގާ ގޮތް ރައްޔިތުންނަށް އެނގޭ ކަމަށާއި، ކޮންމެ އިންތިޚާބަކާ ދިމާކޮށް ރައްޔިތުންނަށް ދަޅަ ދައްކައި، ބައެއް ކަންކަން ވިއްކަން މަސައްކަތް ކުރާ ކަމަށެވެ. 

ނަމަވެސް މިހާރު ބޯހިޔާވަހިކަން ވިއްކައިގެން ވެސް ދެވަނަ ދައުރެއް ރައީސް މުއިއްޒަށް ނުލިބޭނެކަން ޔަގީން ވެފައިވާތީ ގާނޫނުއަސާސީ ބަދަލު ކުރުމުގެ މަސައްކަތް ކުރަނީ ހީލަތްތެރިކަމާއެކު ކަމަށް އޭނާ ވިދާޅުވި އެވެ. 

ހުސެއިން ޒިޔާދުރައީސް މުއިއްޒުބޯހިޔާވަހިކަން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2026

ލަންކާ ސަރުކާރަށް އިންޒާރު ދެއްވުމަަށްފަހު، ރައީސް މުއިއްޒު ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެ ގައުމުގެ އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ފައްޓަވައިފި

09 ޖެނުއަރީ 2026
ލަންކާ ސަރުކާރަށް އިންޒާރު ދެއްވުމަަށްފަހު، ރައީސް މުއިއްޒު ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެ ގައުމުގެ އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ފައްޓަވައިފި
09 ޖެނުއަރީ 2026

ކައުންސިލް ތަކަށް އަންނަން ވާނީ ސަރުކާރުން ޖަހާހާ ބެރަކަށް ނަށާނެ ބައެއް

09 ޖެނުއަރީ 2026
ކައުންސިލް ތަކަށް އަންނަން ވާނީ ސަރުކާރުން ޖަހާހާ ބެރަކަށް ނަށާނެ ބައެއް
08 ޖެނުއަރީ 2026

މި ސަރުކާރުން ޤަބޫލު ކުރާ ޤާނޫނީ ޕްރޮސެސް އަކީ 9 ގަޑި އިރު ތެރޭގައި ޤާނޫނު އަސާސީ އިސްލާހު ކުރުން: އަލީ ހުސައިން

08 ޖެނުއަރީ 2026
މި ސަރުކާރުން ޤަބޫލު ކުރާ ޤާނޫނީ ޕްރޮސެސް އަކީ 9 ގަޑި އިރު ތެރޭގައި ޤާނޫނު އަސާސީ އިސްލާހު ކުރުން: އަލީ ހުސައިން
08 ޖެނުއަރީ 2026

ރަސްމާލެ ހިއްކަން މަހެއްގެ މައްޗަށް 10 ނުވަތަ 8 މިލިއަން ޑޮލަރު ޚަރަދު ކުރޭ: އީސަ

08 ޖެނުއަރީ 2026
ރަސްމާލެ ހިއްކަން މަހެއްގެ މައްޗަށް 10 ނުވަތަ 8 މިލިއަން ޑޮލަރު ޚަރަދު ކުރޭ: އީސަ
08 ޖެނުއަރީ 2026

ގޭސް ކުންފުނިން ގެއްލުނު 3 މިލިއަން ރުފިޔާ! އެމްޑީ ހުރިގޮތަށް, މުއިއްޒުވެސް ހަނު

08 ޖެނުއަރީ 2026
ގޭސް ކުންފުނިން ގެއްލުނު 3 މިލިއަން ރުފިޔާ! އެމްޑީ ހުރިގޮތަށް, މުއިއްޒުވެސް ހަނު
06 ޖެނުއަރީ 2026

ހާލު ކިހިނެއް: "ސަރުކާރަށް ކުރެވޭހާ ވެސް ކަމަކީ ރައްޔިތުންގެ ބޮލުގައި ތެތް ގޯނި އެޅުވުން، ވައުދު ފުއްދޭތަނެއް ނުފެނޭ"

06 ޖެނުއަރީ 2026
ހާލު ކިހިނެއް: "ސަރުކާރަށް ކުރެވޭހާ ވެސް ކަމަކީ ރައްޔިތުންގެ ބޮލުގައި ތެތް ގޯނި އެޅުވުން، ވައުދު ފުއްދޭތަނެއް ނުފެނޭ"
05 ޖެނުއަރީ 2026

އެޗްއާރުސީއެމްގެ ރައީސް ކަމަށް ރަމީލާ އައްޔަން ކުރުމަށް ރުހުން ދިނުމަށް އަންގާރަ ދުވަހު ޖަލްސާ އެއް ބާއްވަނީ

05 ޖެނުއަރީ 2026
އެޗްއާރުސީއެމްގެ ރައީސް ކަމަށް ރަމީލާ އައްޔަން ކުރުމަށް ރުހުން ދިނުމަށް އަންގާރަ ދުވަހު ޖަލްސާ އެއް ބާއްވަނީ
05 ޖެނުއަރީ 2026

ވެނެޒުއެލާގެ ރައީސް މަދޫރޯ ހައްޔަރު ކުރި މައްސަލައިގައި ދިވެހި ސަރުކާރުގެ ބަހެއް ނެތް، ފޮރިން މިނިސްޓަރު ޖަވާބެއް ނުދެއްވި

05 ޖެނުއަރީ 2026
ވެނެޒުއެލާގެ ރައީސް މަދޫރޯ ހައްޔަރު ކުރި މައްސަލައިގައި ދިވެހި ސަރުކާރުގެ ބަހެއް ނެތް، ފޮރިން މިނިސްޓަރު ޖަވާބެއް ނުދެއްވި
02 ޖެނުއަރީ 2026

އެމްޑީޕީ ސަރުކާރުން ހދ. ނޮޅިވަރަމް ގައި ފެށި ފެނަކަ އޮފީސް އަދި އިންޖީނުގޭގެ މަސައްކަތް ވެރިކަން ބަދަލުވުމާއެކު ހުއްޓިފަ

02 ޖެނުއަރީ 2026
އެމްޑީޕީ ސަރުކާރުން ހދ. ނޮޅިވަރަމް ގައި ފެށި ފެނަކަ އޮފީސް އަދި އިންޖީނުގޭގެ މަސައްކަތް ވެރިކަން ބަދަލުވުމާއެކު ހުއްޓިފަ
02 ޖެނުއަރީ 2026

އެއަރޕޯޓް ވިއްކާލި ކަމަށް ބުނެ ބަޣާވާތް ކުރި މީހުން، އުނބަށްޖަހާ އަނެއްކާ އެއްކަލަ އައުޓް ކުރަން އުޅުނު އިންޑިއާ ގެ ފައިބުޑަށް!

02 ޖެނުއަރީ 2026
އެއަރޕޯޓް ވިއްކާލި ކަމަށް ބުނެ ބަޣާވާތް ކުރި މީހުން، އުނބަށްޖަހާ އަނެއްކާ އެއްކަލަ އައުޓް ކުރަން އުޅުނު އިންޑިއާ ގެ ފައިބުޑަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް