Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އޮޕަރޭޝަން އަލިމަގު

އޮޕަރޭޝަން އަލިމަގު: މަސްތުވާތަކެތި އެތެރެކުރާ ނެޓްވަރކެއް ހުއްޓުވުމަށް ގއ. އަތޮޅުގައި ފުލުހުން ހަރަކާތްތެރިވަނީ

މި އޮޕަރޭޝަނުގެ ތެރެއިން ތުހުމަތު ކުރެވޭ ފަރާތްތަކާ ގުޅުންހުރި ތަންތަން ބަލައި ފާސް ކުރުމާއި ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ފުލުހުން ބުނޭ. މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ސައުތު ޕޮލިސްގެ ޚާއްސަ ޓީމުތަކާއި އިންޓެލިގެންސްއާއި ޑްރަގް އެންފޯސްމަންޓު ވިންގު ގުޅިގެން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2026 | އާދީއްތަ 08:34
މީގެކުރިން މާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި  ފުލުހުން ހަރަކާތްތެރިވަނީ

މީގެކުރިން މާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ފުލުހުން ހަރަކާތްތެރިވަނީ | ޕޮލިސް މީޑިޔާ

މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާ ފައިސާ ލޯންޑަރ ކުރާ ނެޓްވަރކެއް ހުއްޓުވުމަށް އޮޕަރޭޝަން އަލިމަގު ގއ. އަތޮޅުގައި ފަށައިފި އެވެ. 

އާދިއްތަ ދުވަހު ފުލުހުން ބުނީ.، ރާއްޖޭ އަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާ ފައިސާ ލޯންޑަރ ކުރާ ނެޓްވަރކްތައް ހުއްޓުވައި ގާނޫނީ ފިޔަވަޅު އަޅުމަށް ފުލުހުން ފަށާފައިވާ ''އޮޕަރޭޝަން އަލިމަގު'' ގެ ދަށުން ޚާއްސަ މަސައްކަތްތަކެއް އާދިއްތަ ދުވަހުގެ ހެނދުނުން ފެށިގެން ގއ.އަތޮޅާއި މާލެ ސަރަހައްދު ގައި ކުރިއަށް ގެންދާ ކަމަށެވެ.

Advertisement - newsAdvertisement

މި އޮޕަރޭޝަނަކީ ގއ.އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކޮށް މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް އަމާޒު ކޮށްގެން ހިންގާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެ އެވެ. އަދި މި އޮޕަރޭޝަނުގެ ތެރެއިން ތުހުމަތު ކުރެވޭ ފަރާތްތަކާ ގުޅުންހުރި ތަންތަން ބަލައި ފާސް ކުރުމާއި ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ފުލުހުން ބުނެ އެވެ. 

މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ސައުތު ޕޮލިސްގެ ޚާއްސަ ޓީމުތަކާއި އިންޓެލިގެންސްއާއި ޑްރަގް އެންފޯސްމަންޓު ވިންގު ގުޅިގެންނެވެ. 

އޮޕަރޭޝަން އަލިމަގަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. 

މި އޮޕަރޭޝަންއާ ގުޅޭގޮތުން މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި ފުލުހުން ހާމަ ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި އޮޕަރޭޝަންގައި 193 މީހުން ހައްޔަރުކޮށް 30 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެނެފަ އެވެ. އަދި އެ މައްސަލައިގައި ހައްޔަރުކުރި 34 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލަތައް ފޮނުވާފައިވެ އެވެ. 

މީގެ އިތުރުން ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވީ މި އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށާއި،  ގާތްގަނޑަކަށް 23 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.  އޮޕަރޭޝަނަކީ ހަ މަސް ދުވަހުގެ ދިގު އިންޓެލިޖެންސް މައުލޫމާތުގެ މައްޗަށް ބިނާކޮށް ހިންގާ ބޮޑު އޮޕަރޭޝަނެއް ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ. 

މި އޮޕަރޭޝަން ފަށާފައިވަނީ 13 ނޮވެންބަރު 2025 ގަ އެވެ. 

އޮޕަރޭޝަން އަލިމަގުގއ. އަތޮޅުމަސްތުވާތަކެތިމަނީ ލޯންޑަރިންގޑްރަގް އެންފޯސްމަންޓް ވިންގުދިވެހި ފުލުހުން

ކޮމެންޓް

އިތުރަށް ކިޔާލަން

ބަނގުރާ މައްސަލައެއްގައި ފުލުހުން ސަފާރީ އަކަށް އެރުން: ދިވެހި ކައްޕިއާ އެއްވެސް ސުވާލެއް ނުކުރޭ، ހައްޔަރުކުރި ލަންކާގެ ދެ މުވައްޒަފުން ކޯޓުން ދޫކޮށްލައިފި

ބަނގުރާ މައްސަލައެއްގައި ފުލުހުން ސަފާރީ އަކަށް އެރުން: ދިވެހި ކައްޕިއާ އެއްވެސް ސުވާލެއް ނުކުރޭ، ހައްޔަރުކުރި ލަންކާގެ ދެ މުވައްޒަފުން ކޯޓުން ދޫކޮށްލައިފި

10 ޖެނުއަރީ 2026
މަރުގެ އަދަބު ދޭން ބޭނުމެއް ނޫން، އުންމީދަކީ އެގޮތަށް އަމަލު ނުކުރުން: ރައީސް މުޢިއްޒު

މަރުގެ އަދަބު ދޭން ބޭނުމެއް ނޫން، އުންމީދަކީ އެގޮތަށް އަމަލު ނުކުރުން: ރައީސް މުޢިއްޒު

09 ޖެނުއަރީ 2026
އަމިން ކޮންސްޓްރަކްޝަން ގެ މައްޗަށް މަނީލޯންޑަރިންގ އަށް އެހީވުމުގެ ދައުވާ ސާބިތު ނުވުމުން އެ މައްސަލަ އިސްތިއުނާފު ކުރަނީ

އަމިން ކޮންސްޓްރަކްޝަން ގެ މައްޗަށް މަނީލޯންޑަރިންގ އަށް އެހީވުމުގެ ދައުވާ ސާބިތު ނުވުމުން އެ މައްސަލަ އިސްތިއުނާފު ކުރަނީ

06 ޖެނުއަރީ 2026
ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮއްވާ ފެނުނު މީހާގެ ޖިންސު ވަކިނުވޭ: ފުލުހުން

ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮއްވާ ފެނުނު މީހާގެ ޖިންސު ވަކިނުވޭ: ފުލުހުން

05 ޖެނުއަރީ 2026
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ރާއްޖެ އެތެރެކުރި 40 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ރާއްޖެ އެތެރެކުރި 40 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް

03 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު