Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވެމްކޯ

ވެމްކޯ އިން ޕެންޝަނަށް ފައިސާ ނުދައްކާތާ 14 މަސް! އެންމެ ފަހުން ފައިސާ ދެއްކީ 2024 ގައި

މައުލޫމާތު ހޯދުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހޯދި މައުލޫމާތުން ހާމަވާ ގޮތުގައި ވެމްކޯ އިން ޕެންޝަނަށް ފައިސާ ދައްކާފައިވަނީ 2024 އޮކްޓޫބަރު 16 ގައި ކަމަށާއި، އޭގެ ފަހުން 14 މަސް ފާއިތުވިއިރު އެންމެ މަހަކުވެސް ފައިސާ ދައްކާފައި ނުވޭ. ވެމްކޯ އިން ބުނީ މާލެ ސިޓީ ކައުންސިލުން އެ ކުންފުންޏަށް ލިބެންޖެހޭ 98 މިލިއަން ރުފިޔާ ލިބުމުން ޕެންޝަނަށް ދައްކަން ޖެހޭ ފައިސާ އެއްކޮށް ދައްކާނެ ކަމަށް. މުވައްޒަފުންގެ މުސާރައިން ކޮންމެ މަހަކު ޕެންޝަނަށް ވާ ފައިސާ އުނިކުރި ނަމަވެސް ޕެންޝަން ފަންޑަށް އެ ފައިސާ ޖަމާ ނުވާތާ އެތައް މަހެއް ވެފައިވާ ކަމަށް މުވައްޒަފުން ބުނޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2026 | އަންގާރަ 13:59
ވެމްކޯ ގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލް

ވެމްކޯ ގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލް | ރާއްޖެ އެމްވީ

ސަރުކާރު ހިއްސާވާ ކުންފުނި، ވޭސްޓް މެނޭޖުމެންޓު ކޯޕަރޭޝަން (ވެމްކޯ) އިން ޕެންޝަނަށް ފައިސާ ނުދައްކާތާ 14 މަސް ވެފައިވާ ކަން ހާމަ ވެއްޖެ އެވެ. 

މިކަން ހާމަވެފައި ވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަފްރާހް އިސްމާއިލް ކުރި ސުވާލަކާ ގުޅިގެންނެވެ. 

Advertisement - newsAdvertisement

އޭނާ ވަނީ ސަރުކާރު ކުންފުނިތަކުން އެންމެ ފަހުން ޕެންޝަނަށް ފައިސާ ދެއްކި ތާރީޚުތަކާއި ދެއްކި ފައިސާގެ އަދަދު ހޯދުމަށް އެދިފަ އެވެ. އެ މައުލޫމާތު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ ހިއްސާ ކޮށްފަ އެވެ. 

އެ އޮފީހުން ހާމަ ކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ވެމްކޯ އިން އެންމެ ފަހުން ޕެންޝަނަށް ފައިސާ ދައްކާފައި ވަނީ މިދިއަ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހުގަ އެވެ. އޭގެ ފަހުން 14 މަސް ފާއިތުވި އިރު އެންމެ މަހަކު ވެސް އެ ކުންފުނިން ޕެންޝަނަށް ފައިސާ ދައްކާފަ އެއް ނުވެ އެވެ. 

މިކަމާ ގުޅިގެން ވެމްކޯ ގެ ބަހެއް ހޯދުމަށް ރާއްޖެއެމްވީ އިން އެ ކުންފުނީގެ އެމްޑީ މުޖުތަބާ ޖަލީލަށް ގުޅުމުން އެ ސުވާލަށް ޖަވާބު ދެއްވާފައި ވަނީ ވެމްކޯ ގެ މީޑިއާ އޮފިސަރެވެ. މީޑިއާ އޮފިސަރު ވަނީ އެ ފައިސާ ވެމްކޯ އިން ޕެންޝަނަށް ނުދައްކާ ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. 

އޭނާ ވިދާޅުވީ އެ ފައިސާ ދެއްކުމަށް މަޑުކުރަނީ މާލެ ސިޓީ ކައުންސިލުން އެ ކުންފުންޏަށް ލިބެންޖެހޭ 98 މިލިއަން ރުފިޔާ ލިބުމުން، ޕެންޝަނަށް ދައްކަން ޖެހޭ ފައިސާ އެއްކޮށް ދައްކާ ޚަލާސް ކުރުމަށް ކަމަށެވެ. އަދި އެ ފައިސާ ހަމަޖެހުމުން ޕެންޝަނަށް ދައްކަން ޖެހޭ ފައިސާ ވެމްކޯ އިން ދައްކާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. 

އެގޮތަށް މެއިންލީ ވެމްކޯއަށް އިންކަމް ނުވަތަ އިންވޮއިސް ކުރެވޭ އެއް ތަނަކީ މާލެ ސިޓީ ކައުންސިލް. މިވަގުތު މާލެ ސިޓީ ކައުންސިލުން ވެމްކޯ އަށް ދައްކަން ޖެހޭ 98 މިލިއަން އެބައިން. އެކި ފަހަރު މަތިން ސިޓީ ކައުންސިލަށް ރީޗް ކޮށްގެން ވެސް އަދި ސިޓީ ފޮނުވައިގެން ވެސް އޭތި އަދި މިވީހާތަނަކަށް ނެތް ލިބިފަ އެއް. ސޯ ވީ އާ ވެއިޓިންގ އޭގެން އެއްކޮށް ޕެންޝަން ކްލިއަރ ކޮށްލެވެން އޮތީމަ ވީ އަ ވެއިޓިންގ ވޯ ދެޓް.......ސޯ އިޓް އިޒް އޯލްމޯސްޓް 2 އިޔަރޒް ދެޓް ވީ އާ ރަނިންގ އާފްޓަރ މާލެ ސިޓީ ކައުންސިލް ފޯ ދީސް އިންވޮއިސަސް . ހަމަ ކުރިން ވެސް މި ބުނި ގޮތަށް 998 މިލިއަން އިޒް ސަމްތިންގް ހަމަ ވަރަށް ބޮޑު އެއްޗެއް.
ވެމްކޯ ގެ މީޑިއާ އޮފިސަރު

ވެމްކޯ އިން ޕެންޝަނަށް ފައިސާ ނުދައްކާ އޮތް ނަމަވެސް، އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައިން ކޮންމެ މަހަކު ވެސް ޕެންޝަނަށް ވާ ފައިސާ އުނިކުރާ ކަމަށް އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ވަނީ ބުނެފަ އެވެ. ނަމަވެސް ޕެންޝަން ފަންޑަށް ފައިސާ ޖަމާނުވާތާ އެތައް މަހެއް ވެފައިވާ ކަމަށް ވެސް އެ ކުންފުނިން ރާއްޖެއެމްވީ އާ ވާހަކަ ދެއްކި މީހުން ވަނީ ބުނެފަ އެވެ. 

ޕެންޝަނަށް ފައިސާ ނުދެއްކުމުގެ އިތުރުން  ޕްރައިވެޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އާއްމުކުރި ކުންފުނިތަކުގެ 2024 ވަނަ އަހަރުގެ ރިޕޯޓަށް ބަލާއިރު، 2022، 2023 އަދި 2024 ވަނަ އަހަރުގެ އޮޑިޓު ނިންމާފައި ނުވާ ކުުންފުނިތަކުގެ ތެރޭގައި ވެސް ވެމްކޯ ހިމެނެ އެވެ. މިކަމާ ގުޅިގެން އެކުންފުނިން މިހާތަނަށް އެއްޗެއް ބުނެފަ އެއް ނުވެ އެވެ. 

ވެމްކޯ ގެ އިތުރުން ދެން ފެންޝަން އޮފީހަށް ފައިސާ ނުދައްކާ ކުންފުންޏެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ ބިޒްނެސް ކޯޕަރޭޝަން ސެންޓަރު (ބީސީސީ) އެވެ. އެކަމާ ގުޅިގެން ރާއްޖެއެމްވީ އިން ސުވާލު ކުރުމުން ބީސީސީ ގެ އެމްޑީ އިބްރާހިމް ޒިޔާއު ވިދާޅުވީ އެ ކޯޕަރޭޝަނުން ޕެންޝަނަށް ދައްކަން ޖެހޭ ހުރިހާ ފައިސާ އެއް މިހާރު ދައްކާ ޚަލާސް ކޮށްފައިވާ ކަމަށެެވެ. 

ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަންވެމްކޯމާލޭ ސިޓީ ކައުންސިލްބިޒްނެސް ކޯޕަރޭޝަން ސެންޓަރުއިބްރާހިމް ޒިޔާއުމުޖުތަބާ ޖަލީލް

ކޮމެންޓް

އިތުރަށް ކިޔާލަން

ގަލޮޅު ރައްޔިތުންނަށް އުފާވެރި ޚަބަރެއް، ގިނަ ވަސީލަތްތަކާ އެކު ސިޓީ ކައުންސިލުން ތަރައްގީ ކުރި "ގަލޮޅު ޕާކް" އަށް އަންގާރަ ދުވަހުން ފެށިގެން ވަދެވޭނެ

ގަލޮޅު ރައްޔިތުންނަށް އުފާވެރި ޚަބަރެއް، ގިނަ ވަސީލަތްތަކާ އެކު ސިޓީ ކައުންސިލުން ތަރައްގީ ކުރި "ގަލޮޅު ޕާކް" އަށް އަންގާރަ ދުވަހުން ފެށިގެން ވަދެވޭނެ

10 ޖެނުއަރީ 2026
ޕީއެންސީ އޮފީސް ހެދީ ހުއްދަ ނުނަގާ، ގޭގެ ވެރިފަރާތް ލައްކަ އަކަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފި

ޕީއެންސީ އޮފީސް ހެދީ ހުއްދަ ނުނަގާ، ގޭގެ ވެރިފަރާތް ލައްކަ އަކަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފި

10 ޖެނުއަރީ 2026
ސައްހަ ނޫން ކަމަށް ބެލެވޭ ބިމުގެ އެއްބަސްވުންތަކުގެ މައްސަލަ ފުލުހަށް ހުށަހަޅައިފިން: މޭޔަރ އާޒިމް

ސައްހަ ނޫން ކަމަށް ބެލެވޭ ބިމުގެ އެއްބަސްވުންތަކުގެ މައްސަލަ ފުލުހަށް ހުށަހަޅައިފިން: މޭޔަރ އާޒިމް

03 ޖެނުއަރީ 2026
4 ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމަށް އެޗްޑީސީ އިން ދޫކުރަމުން އައި، ގަރާޖު ދޫކުރުމުގެ ހުއްދަ ދޫކުރުން ހުއްޓާލައިފި

4 ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމަށް އެޗްޑީސީ އިން ދޫކުރަމުން އައި، ގަރާޖު ދޫކުރުމުގެ ހުއްދަ ދޫކުރުން ހުއްޓާލައިފި

01 ޖެނުއަރީ 2026
ހުޅުމާލެ މުނިސިޕަލް ޚިދުމަތް ކައުންސިލް ދަށަށް ބަދަލު ކުރަން މުއިއްޒު ކުރައްވަން ޖެހޭނީ އެންމެ ފޯނު ކޯލެއް، އެކަން ނުކުރައްވަނީ ގަސްތުގަ: އަލީ ނިޔާޒް

ހުޅުމާލެ މުނިސިޕަލް ޚިދުމަތް ކައުންސިލް ދަށަށް ބަދަލު ކުރަން މުއިއްޒު ކުރައްވަން ޖެހޭނީ އެންމެ ފޯނު ކޯލެއް، އެކަން ނުކުރައްވަނީ ގަސްތުގަ: އަލީ ނިޔާޒް

31 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު