Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މާލޭ ސިޓީ ކައުންސިލް

ބުޅަލުގެ ނަޖިސް ނުނަގާ މައްސަލަ ތާވަލު ކުރުމުން ސަރުކާރުގެ ކައުންސިލަރުން ހާޒިރެއް ނުވި، މިއަދުގެ ޖަލްސާ ވެސް ކެންސަލް

މި ޖަލްސާ ކޯރަމް ހަމަ ނުވެގެން ކެންސަލް ވުމާ ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު އެކްސްގައި ވިދާޅުވީ ބުދަ ދުވަހުގެ ޖަލްސާއަށް 18 ކައުންސިލަރުންގެ ތެރެއިން ހާޒިރުވީ އެންމެ 7 ކައުންސިލަރުން ކަަމަށް.  

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2026 | ބުދަ 10:56
މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމުގެ ތެރެއިން

މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމުގެ ތެރެއިން | މާލެ ސިޓީ ކައުންސިލް

ބުޅަލުގެ ނަޖިސް ނުނަގާ މައްސަލަ އާއި ބުޅާ ފެސިލިޓީގެ ޚިދުމަތް ނުދެވޭ މައްސަލަ އެޖެންޑާ ކޮށްފައިވަނިކޮށް މާލެ ސިޓީ ކައުންސިލްގެ ބުދަ ދުވަހުގެ ޖަލްސާ ވެސް ކޯރަމް ހަމަނުވެގެން ކެންސަލް ކުރަން ޖެހިއްޖެ އެވެ.

މާލެ ސިޓީ ކައުންސިލުގެ ބުދަ ދުވަހުގެ ޖަލްސާ ކެންސަލް ކުރީ އެ ޖަލްސާ ފަށަން އޮތް ވަގުތު ފާއިތުވެގެން ދިޔައިރު ވެސް ކައުންސިލުގެ ކޯރަމް ހަމަ ނުވުމުންނެވެ. މާލެ ސިޓީ ކައުންސިލުގައި މާލޭގެ 18 ދާއިރާގެ ކައުންސިލަރުންނާއި މޭޔަރު ހިމެނޭހެން 19 ބޭފުޅުން ތިއްބަވަ އެވެ. މާލެ ސިޓީ ކައުންސިލުގެ ކޯރަމް އަކީ 10 ބޭފުޅުންނެވެ.

Advertisement - newsAdvertisement

މި ޖަލްސާ ކޯރަމް ހަމަ ނުވެގެން ކެންސަލް ވުމާ ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އެކްސްގައި ވިދާޅުވީ ބުދަ ދުވަހުގެ ޖަލްސާއަށް 18 ކައުންސިލަރުންގެ ތެރެއިން ހާޒިރުވީ އެންމެ 7 ކައުންސިލަރުން ކަަމަށެވެ. 

ސައިފް ވިދާޅުވީ މިދިޔަ މަހުގެ 24 ވަނަ ދުވަހު، ގަވާއިދުން މަގު ކުނިކަހާ ކުނި ނަގާއިރު ބުޅަލުގެ ނަޖިސް ނުނަގާ ކަަމަށާއި، އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީ އަށް ބުޅާ ފެސިލިޓީގެ ޚިދުމަތް ނުދެވޭ މައްސަލަ ސިޓީ ކައުންސިލްގެ ޖަލްސާގައި އެޖެންޑާ ކޮށްދޭން ހުށަހަޅާފައިވާ ކަމަށެވެ.

އޭގެއިތުރުން ނިއުޓަރިންގް ޕްރޮގްރާމް ނުފެށޭކަމާއި، ވެމްކޯގެ ޓްރަކުތަކުން ކުނީގެ ދިޔަ ލީކުވުމާއި 'މުޑުދާރު' ތަންތަން ގަވައިދުން ސާފު ނުކުރުމާއި ސައިޒުން ބޮޑެތި ކުނި ފުނި ޖެހެންދެން މަގުމަތީގައި ބަހައްޓާތާ މައްސަލައިގައި މަޝްވަރާ ކުރުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ. 

ސައިފް ވިދާޅުވީ އެ މައްސަލަތައް ހުށަހެޅި ފަހުން، މާލެ ސިޓީ ކައުންސިލް ޖަލްސާގެ ކޯރަމް ހަމަނުވާ ކަމަށެވެ. 

ޕީއެންސީގެ މެޖޯރިޓީ އޮންނަ މާލެ ސިޓީ ކައުންސިލްގެ ޖަލްސާތައް ކޯރަމް ހަމަނުވެގެން ކެންސަލް ކުރަން ޖެހޭ މައްސަލަ ވަރަށް ބޮޑެވެ. އަދި ގިނަ މައްސަލަތަކެއް ނުބެލި ވަނީ މަޑު ޖެހިފަ އެވެ. 

މާލޭ ސިޓީ ކައުންސިލްމުހައްމަދު ސައިފް ފާތިހް

ކޮމެންޓް

އިތުރަށް ކިޔާލަން

ވެމްކޯ އިން ޕެންޝަނަށް ފައިސާ ނުދައްކާތާ 14 މަސް! އެންމެ ފަހުން ފައިސާ ދެއްކީ 2024 ގައި

ވެމްކޯ އިން ޕެންޝަނަށް ފައިސާ ނުދައްކާތާ 14 މަސް! އެންމެ ފަހުން ފައިސާ ދެއްކީ 2024 ގައި

13 ޖެނުއަރީ 2026
ގަލޮޅު ރައްޔިތުންނަށް އުފާވެރި ޚަބަރެއް، ގިނަ ވަސީލަތްތަކާ އެކު ސިޓީ ކައުންސިލުން ތަރައްގީ ކުރި "ގަލޮޅު ޕާކް" އަށް އަންގާރަ ދުވަހުން ފެށިގެން ވަދެވޭނެ

ގަލޮޅު ރައްޔިތުންނަށް އުފާވެރި ޚަބަރެއް، ގިނަ ވަސީލަތްތަކާ އެކު ސިޓީ ކައުންސިލުން ތަރައްގީ ކުރި "ގަލޮޅު ޕާކް" އަށް އަންގާރަ ދުވަހުން ފެށިގެން ވަދެވޭނެ

10 ޖެނުއަރީ 2026
ޕީއެންސީ އޮފީސް ހެދީ ހުއްދަ ނުނަގާ، ގޭގެ ވެރިފަރާތް ލައްކަ އަކަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފި

ޕީއެންސީ އޮފީސް ހެދީ ހުއްދަ ނުނަގާ، ގޭގެ ވެރިފަރާތް ލައްކަ އަކަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފި

10 ޖެނުއަރީ 2026
ސައްހަ ނޫން ކަމަށް ބެލެވޭ ބިމުގެ އެއްބަސްވުންތަކުގެ މައްސަލަ ފުލުހަށް ހުށަހަޅައިފިން: މޭޔަރ އާޒިމް

ސައްހަ ނޫން ކަމަށް ބެލެވޭ ބިމުގެ އެއްބަސްވުންތަކުގެ މައްސަލަ ފުލުހަށް ހުށަހަޅައިފިން: މޭޔަރ އާޒިމް

03 ޖެނުއަރީ 2026
4 ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމަށް އެޗްޑީސީ އިން ދޫކުރަމުން އައި، ގަރާޖު ދޫކުރުމުގެ ހުއްދަ ދޫކުރުން ހުއްޓާލައިފި

4 ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމަށް އެޗްޑީސީ އިން ދޫކުރަމުން އައި، ގަރާޖު ދޫކުރުމުގެ ހުއްދަ ދޫކުރުން ހުއްޓާލައިފި

01 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު