Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ވެމްކޯ

ވެމްކޯ އަށް ލިބެން ޖެހޭ ފައިސާ ނުލިބިގެން ޕެންޝަން ފައިސާ ނުދައްކަންޏާ، ސަރުކާރުން އަމިއްލަ ކުންފުންޏަށް ދޭން ޖެހޭ ފައިސާ ނުދެންޏާ ޖީއެސްޓީ ދައްކަން ޖެހެންވީ ކީއްވެ؟

ވެމްކޯ އިން 2024 އޮކްޓޯބަރު 16 ން ފެށިގެން މުވައްޒަފުންގެ ޕެންޝަން ފައިސާ ޕެންޝަން އޮފީހަށް ޖަމާނުކުރާ އިރު، މުވައްޒަފުންގެ މުސާރަ އިން ޕެންޝަނަށް ކަނޑާ ފައިސާ ކަނޑަމުން ގެންދޭ. ޕެންޝަން ފައިސާ ޖަމާ ނުކުރުމަކީ ގާނޫނީ ކުށެއް ކަމުގައިވީ ނަމަވެސް ކަމާ ބެހޭ ފަރާތުން އެޅި ފިޔަވަޅެއް ނެތް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2026 | ބުދަ 09:41
ވެމްކޯ ގެ އެމްޑީ މުޖުތަބާ ޖަލީލް - އެ ކުންފުނިން ވަނީ ޕެންޝަނަށް ފައިސާ ނުދައްކާތާ 14 މަސްވެފައިވާ ކަމަށް އެއްބަސްވެފައި

ވެމްކޯ ގެ އެމްޑީ މުޖުތަބާ ޖަލީލް - އެ ކުންފުނިން ވަނީ ޕެންޝަނަށް ފައިސާ ނުދައްކާތާ 14 މަސްވެފައިވާ ކަމަށް އެއްބަސްވެފައި | ރާއްޖެއެމްވީ ގްރެފިކްސް

މި ސަރުކާރަކީ ދެފުށް ފެންނަ ރައްޔިތުންނަށް ޖަވާބުދާރީވާ ރައްޔިތުން އެދޭ އަމާޒަށް ވެރިކަންކުރާ ދިވެހި ގައުމަށް ފާގަތިކަމާ ބާއްޖަވެރިކަން ހޯދައިދިނުން ޕްރޮމޯޓް ކޮށް، ވެރިކަމަށް އައި ސަރުކާރެކެވެ. އެކަމުގެ މިސާލު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ދައްކަވަމުން ގެންދަވަނީ ވަރަށް ވެސް ފުރިހަމައަށެވެ. 

މިހާ ހަމަހަމަ ކަމާއި، އަދުލު އިންސާފަށް ލޯބިކުރާ، ރައްޔިތުން ދެކެ ލޯބިވާ ސަރުކާރަކުން އާންމު ރައްޔިތުންނަށް ދެރަ ގޮތެއް ނަހަދާނެތާ އެވެ. ވަކި ބަޔަކަށް ވަކި އުސޫލެއް، ވަކި ބަޔަކަށް ވަކި ގާނޫނެއް ވެސް ނުހިންގާނެތާ އެވެ. ނަމަވެސް މިއަދު މި ހަމަހަމަ ކަމަށް ލޯބިކުރާ ރައްޔިތުން ދެކެ ލޯބިވާ ސަރުކާރުން ދިވެހި މަސައްކަތްތެރިންނަށް ޚިޔާނާތްތެރި ވެއްޖެ އެވެ. އަމިއްލަ ކުންފުންޏަކުން މިފަދަ ކަމެއް ކޮށްފިނަމަ އެބަޔަކު ޖަލަށްލައި ބޮޑެތި އަދަބުތައް ލިބޭނެ ފަދަ އަމަލެއް، ސަރުކާރުގެ ކުންފުނި ވެމްކޯ އިން މިވަނީ ހިންގާފަ އެވެ.

2024 ވަނަ އަހަރުގެ އޮކްޓޫބަރު 16 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ ކުންފުނި ވެމްކޯ އިން މުވައްޒަފުންގެ ޕެންޝަން ފައިސާގެ އެންމެ ލޯލާރި އެއް ވެސް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް ޖަމާކޮށްފައެއް ނުވެ އެވެ. ނަމަވެސް، ކޮންމެ މަހަކު މުވައްޒަފުންގެ މުސާރަ އިން ޕެންޝަނަށް ކަނޑަންޖެހޭ ފައިސާ ދަނީ ބަރާބަރަށް ކަނޑަމުންނެވެ.

މިއީ އޮޅުމަކުން ވެފައިވާ ކަމެއް ނޫނެވެ. މިއީ މުއިއްޒު ސަރުކާރުން އެންމެންގެ ލޯމަތީގައި، ހިންގަމުންދާ ކަމެކެވެ. ފާއިތުވި ދުވަސްތަކުގައި ވެމްކޯގެ މުވައްޒަފުންގެ މުސާރަ ޝީޓުން "ޕެންޝަން" ގެ ނަމުގައި ފައިސާ ކަނޑާފައި ވެ އެވެ.  މުވައްޒަފަކަށް މިއިން ދޭހަވަނީ އޭނާ ގެ މުސްތަގުބަލަށްޓަކައި އެ ފައިސާ ރައްކާކުރެވޭ ކަމަށެވެ. އެހެނަސް ހަގީގަތަކީ އެ ފައިސާ ޕެންޝަން ފަންޑަށް ނުދާކަމެވެ. އެ ފައިސާ ދާ ތަނެއް އެނގޭ މީހަކާ އަދި ދިމައެއް ނުވެ އެވެ. 

ގާނޫނު ބުނާގޮތުން މުވައްޒަފުގެ މުސާރައިން ކަނޑާ 7 އިންސައްތަ އާއި ކުންފުނީގެ ފަރާތުން ލާންޖެހޭ 7 އިންސައްތަ ޕެންޝަން އޮފީހަށް ޖަމާކުރަން ޖެހެ އެވެ. ނަމަވެސް ވެމްކޯ އިން މިއިން އެއްވެސް ކަމެއް ނުކުރެ އެވެ. މާނައަކީ މުވައްޒަފުގެ މުސްތަގުބަލަށް ރައްކާކުރަން ޖެހޭ ޖުމްލަ 14 އިންސައްތަ ފައިސާ ކޮންމެ މަހަކު ގެއްލިގެން ދާކަމެވެ.

މިކަމާ ގުޅިގެން ސުވާލުކުރުމުން ވެމްކޯ ގެ ވެރިން އިނގިލި ދިއްކުރަނީ މާލެ ސިޓީ ކައުންސިލަށެވެ. މިއީ ވެސް ހެއްވާ ކަމެކެވެ. އެމީހުން ދައްކާ ބަހަނާ އަކީ، ކުނި މެނޭޖްކުރުމުގެ ފީގެ ގޮތުގައި ސިޓީ ކައުންސިލުން ވެމްކޯ އަށް ދައްކަންޖެހޭ 98 މިލިއަން ރުފިޔާ ނުދައްކާ އޮތްކަމެވެ. ދެ މުއައްސަސާއެއްގެ ދެމެދުގައި ފައިސާގެ މައްސަލައެއް އޮވެދާނެ އެވެ. އެހެން ނަމަވެސް މިއީ މުވައްޒަފުންގެ ހައްގުތައް ނިގުޅައިގަތުމަށް ދެއްކޭނެ އުޒުރެއް ނޫނެވެ. މިއީ ބުއްދި ގަބޫލުކުރާ ހަމަ އެއް ނޫނެވެ.

ދެން އުފެދެނީ ހުސް ސުވާލެވެ. 98 މިލިއަން ރުފިޔާ ނުލިބިގެން ވެމްކޯ ގެ ވެހިކަލްތަކަށް ތެޔޮ އެޅުން ހުއްޓާލައިފި ތޯ އުފެދޭ ސުވާލެވެ. އަދަދު ނުކުރެވޭ ވަރަށް ނުވަތަ ހާމަކުރަން ބޭނުން ނުވާ ވަރަށް ތިބި ސިޔާސީ މުވައްޒަފުންނަށް މުސާރަ ދިނުން ހުއްޓާލައިފި ތޯ އެވެ. ދެން މިހެން ގޮސް އެ 98 މިލިއަން ލިބެންދެން އެ ކުންފުނިން ހަމަ އެއްކަމެއް ވެސް ނުކުރަނީ ތޯ އެވެ. ޖަވާބު ވަރަށް ވެސް ސާފެވެ. ނޫނެކެވެ. ޕެންޝަން އޮފީހަށް ދޭން ޖެހޭ ފައިސާ ދިނުން ފިޔަވައި އެހެން ހުރިހާ ކަމެއް އެބަ ހިނގަ އެވެ. ނުވިތާކަށް ވަރުވަރުން މުއިއްޒުގެ ޕީއެންސީ އަށް ކުންފުނީގެ ޚަރަދުގައި ޖަގަހަ އަޅައިދިނުމާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ގެކޮޅު، "މުރައިދޫ" ގެ ވެސް ފެންވަރުގައި ހަދާ ނިންމާލައިފި އެވެ. 

މިކަމުގައި އެންމެ ބޮޑު ކަންބޮޑުވުމަކީ ވެމްކޯގެ ނާގާބިލުކަމެއް ވެސް ނޫނެވެ. މުއިއްޒު ސަރުކާރުން މިކަމުގައި ބައިވެރިވެ، ލޯމަރާލައިގެން ތިބޭ ތިބުމެވެ. ޕެންޝަން އޮފީހާއި، ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަދި ފިނޭންސް މިނިސްޓްރީ އަށް ވެސް މިކަން އެނގިހުރެ، ނުދެނެ ހުރި ކަމަށް ހަދައިގެން އެ ތިބޭ ތިބުމެވެ. އަދި އެކަމުގައި ކުންފުނި ޖަވާބުދާރީ ކުރުވަން ދާނެ ތަނެއް ވެސް ނެތެވެ. ވެމްކޯ ވެސް ސަރުކާރެވެ. މަޖިލިސް ވެސް ސަރުކާރެވެ. ކޯޓު ތަކަކީ ވެސް ސަރުކާރުން އައްޔަން ކުރާ ބަޔަކު ތިބޭ ތަނެކެވެ.

ޕެންޝަން ގާނޫނު ވަރަށް ސާފެވެ. މުވައްޒަފުންގެ ފައިސާ ނުދެއްކުމަކީ ކުށެކެވެ. އަމިއްލަ ކުންފުނިތަކުން މިގޮތަށް ކަންތައް ކުރުމުން އެކައުންޓް ފްރީޒްކޮށް، ކޯޓަށް ގޮސް ފިޔަވަޅު އަޅަ އެވެ. އެކަމަކު ސަރުކާރު ކުންފުންޏަކަށް ވީމާ ގާނޫނު ނުހިނގަނީ ހެއްޔެވެ؟ 

ކަންމަތީ ފިހާރަ އެއް ނުވަތަ ކުޑަ ކެފޭ އެއް ހިންގާ މީހާ ޖީއެސްޓީ ނުދައްކާ ދުވަހެއް ފަހަނައަޅައި ގޮސްފިނަމަ، މީރާއިން އެމީހަކަށް އެއްވެސް ލުޔެއް ނުދެ އެވެ. ވަގުތުން ޖޫރިމަނާ އަރަ އެވެ. އެކައުންޓް ފްރީޒްކުރެ އެވެ. ވިޔަފާރިވެރިޔާ އަށް އާމްދަނީ ނުލިބުނަސް ދައުލަތަށް ދައްކަންޖެހޭ ޓެކްސް ދައްކަން މަޖުބޫރުކުރެ އެވެ. ވެމްކޯ އިން ގެންގުޅޭ އުސޫލަށް ބަލާއިރު، ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ނުދީ އަހަރު ދެ އަަހަރު ވެގެން ދާއިރު، ސަރުކާރަށް މަހުން މަހަށް ދައްކަން ޖެހޭ ޖީއެސްޓީ ދައްކަން ޖެހުމަކީ އަޖައިބެކެވެ. ވެމްކޯ ވީމާ 14 މަސް ވިޔަސް ޕެންޝަނަށް ލާރި ނުދެއްކުން "އޯކޭ" ވަންޏާ، އަމިއްލަ ފަރާތްތަކަށް ސަރުކާރުން ދޭން ޖެހޭ ލާރި ނުދިނީމާ ޖީއެސްޓީ ނުދެއްކިޔަސް އޯކޭ ނުވާންވީ ކީއްވެ ހެއްޔެވެ؟ 

ގާނޫނު އޮތީ އާދައިގެ ނިކަމެތި ރައްޔިތުންގެ މައްޗަށް ހިނގާގޮތައް އެކަނިތާ އެވެ. ސަރުކާރާ ސަރުކާރު ކުންފުނިތައް ތިބީ ގާނޫނަށް ވުރެ މަތީގައެވެ. 

ވެމްކޯމޯލްޑީވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސްލޭބަރ ރިލޭޝަންސް އޮތޯރިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ވެމްކޯ އިން ޕެންޝަނަށް ފައިސާ ނުދައްކާތާ 14 މަސް! އެންމެ ފަހުން ފައިސާ ދެއްކީ 2024 ގައި

ވެމްކޯ އިން ޕެންޝަނަށް ފައިސާ ނުދައްކާތާ 14 މަސް! އެންމެ ފަހުން ފައިސާ ދެއްކީ 2024 ގައި

13 ޖެނުއަރީ 2026
ވެމްކޯ މުވައްޒަފުންގެ ޕެންޝަން ފައިސާ ފަންޑަށް ޖަމާ ނުވާތާ 1 އަހަރު

ވެމްކޯ މުވައްޒަފުންގެ ޕެންޝަން ފައިސާ ފަންޑަށް ޖަމާ ނުވާތާ 1 އަހަރު

21 ޑިސެމްބަރު 2025
ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

12 ޑިސެމްބަރު 2025
ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ޕެންޝަން އޮފީހުގެ ސީއެފްއޯ ގެ މަގާމުން ހައްވާ ފަޖުވާ އިސްތިއުފާ ދީފި

ޕެންޝަން އޮފީހުގެ ސީއެފްއޯ ގެ މަގާމުން ހައްވާ ފަޖުވާ އިސްތިއުފާ ދީފި

04 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު