Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާސިމްގެ ބޭސްފަރުވާ

ގާސިމަށް ކުރި ހުކުމުގެ ދަށުން ބޭސްފަރުވާއަށް އެކަށީގެންވާ ވަގުތު ދިނުން ލާޒިމްކުރޭ: ވަކީލުން

ކަރެކްޝަނުން ބުނީ އިތުރު މުއްދަތެއް ދެވެން ނެތް ކަމަށް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 13 ސެޕްޓެމްބަރު 2017 | ބުދަ 08:38
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ދަށުން، ބޭސްފަރުވާ ކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގެން ހުންނެވުމަށް އެކަށީގެންވާ ވަގުތު ދޭން ލާޒިމްކުރާކަމަށް ބުނެ، ފަރުވާއަށް އިތުރު މުައްދަތެއް ނުދޭން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ނިންމި ނިންމުން މުރާޖާ ކޮށްދިނުމަށް އެދިއްޖެ އެވެ.

ތިން އަހަރާއި ދެ މަހާއި 12 ދުވަސް ވަންދެން ގާސިމް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާއިރު، އެމަނިކުފާނު މިހާރު ހުންނެވީ ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެން އެގައުމުގަ އެވެ. ގާސިމްގެ ބޭސްފަރުވާއަށް ކަރެކްޝަނުން 10 ދުވަސް ދިން އިރު، އެ މުއްދަތު ހަމަވާނީ ހޮނިހިރު ދުވަހު އެވެ.

ގާސިމްގެ އާއިލާގެ ފަރާތުންނާއި ވަކީލުންގެ ފަރާތުން ވަނީ ބޭސްފަރުވާއަށް ދިން މުއްދަތު އިތުރު ކޮށްދިނުމަށް އެދި ޑޮކްޓަރުންގެ ލިޔުންތަކާއެކު ކަރެކްޝަނަށް ހުށަހަޅާފަ އެވެ. ވައިގެ މަގުން ދަތުރު ކުރެއްވޭނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ފަހުން ކަމަށް ޑޮކްޓަރުން އަންގަވާފައި ވާތީ ބޭސްފަރުވާގެ މުއްދަތު އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް އިތުރުކޮށްދިނުމަށް ގާސިމްގެ އާއިލާއިން އެދުނެވެ.

އެހެން ނަމަވެސް، ގާސިމްގެ އާއިލާއަށް އާދިއްތަ ދުވަހު ކަރެކްޝަނުން ފޮނުވި ސިޓީގައި ބުނެފައި ވަނީ ގާސިމްގެ ބޭސްފަރުވާއަށް ދިން މުއްދަތު އިތުރު ކޮށްދިނުމަށް އެދިފައިވާ ގޮތަށް އެކަން ކޮށްދެވެން ނެތް ކަމަށެވެ.

ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ ކަރެކްޝަނުގެ އެ ނިންމުން މުރާޖާ ކޮށްދިނުމަށް ހުށަހަޅާފައިވާނެ ކަމަށާއި، އެންމެ 10 ދުވަހުން ހޯދޭ ފަރުވާއަކަށް ވުރެ ގާސިމްގެ ބަލިހާލަތު ސީރިއަސް ކަމަށެވެ. އޭނާ ވިދާޅުވީ މިމަހުގެ 11،12،13، މި ތިން ދުވަހު ހައްދާފައިވާ ގާސިމްގެ ޓެސްޓްތަކުގެ ނަތީޖާ ކަރެކްޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

ޝަމީމް ވިދާޅުވީ ގާސިމްގެ މައްޗަށް އިއްވި ހުކުމުގައި އަމުރުކޮށްފައިވަނީ ޓެސްޓްތައް ހަދައި، ފަރުވާ ފުރިހަމަ ކުރުމަށް ރާއްޖެއިން ބޭރުގައި އެކަށީގެންވާ މުއްދަތެއް ދިނުމަށް ކަމަށާއި އެހެންކަމުން އެކަމަށް ބޭނުންވާ އެކަށީގެންވާ ވަގުތު ދިނުމަކީ ސަރުކާރުގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ.

"އަމާ ބުނީތީ ފަރަށްދާ ހެންނެއް ނޫން މުއްދަތު ދޭން އޮތީ، ކަމަކަށް ކަމެއް ކުރާ ހެންނެއް ނޫން، ފަރުވާ ފުރިހަމަ ކުރެވޭނެ ގޮތަށް މުއްދަތު ދިނުމަށް އަމުރުކޮށްފަ އޮތީ. އެ އަމުރަށް ތަބާވުން ސަރުކާރަށް ލާޒިމްވޭ،" ޝަމީމް ވިދާޅުވި އެވެ.

ގާސިމަށް އިއްވި ހުކުމުގައި ބުނެފައިވަނީ ގާސިމްގެ މައްޗަށް ސާބިތުވާ ކުށުގެ އަދަބު ތަންފީޒުކުރަމުންދިޔަ ނަމަވެސް، އަދި ގާސިމްގެ މައްޗަށް ސާބިތުވި ކުށުގެ އަދަބު ތަންފީޒުކުރުމަކީ، ރާއްޖެއިން ބޭރުން ހެދުމަށް ގާސިމް ބެއްލެވި ޑޮކްޓަރު ލަފާދެއްވާފައިވާ ޓެސްޓުތައް ހެދުމާއި، ލިބެންޖެހޭ ފަރުވާ ގާސިމަށް ލިބުމަށްއޮތް ހުރަހަކަށްވެގެން ނުވާނެ ކަމަށާއި، އެފަރުވާތައް ގާސިމަށް ރާއްޖެއިން ބޭރުން ހޯދޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

ގާސިމް މިހާރު ގެންދަވަނީ ސިންގަޕޫރުގެ ޕެރަގަން މެޑިކަލް ސެންޓަރުގެ ހާޓް، ސްޓްރޯކް އެންޑް ކެންސަރ ސެންޓަރުގައި ހިތުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުންނެވެ. ޑޮކްޓަރުން ގާސިމަށް ލަފާ ދެއްވާފައި ވަނީ ކޮރޮނަރީ އެންޖީއޯގްރާމް އަދި ކޮރޮނަރީ އެންޖިއޯޕްލާސްޓް ހެއްދެވުމަށެވެ. އެ މަރުހަލާތައް މިމަހުގެ 15 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ނޮވެނާ ހޮސްޕިޓަލްގައި މިހާރު ވަނީ ޝެޑިއުލް ކޮށްފަ އެވެ.

ޑޮކްޓަރުން ލަފާ ދެއްވާފައި ވަނީ ގާސިމްގެ ހާލަތު ސްޓޭބަލް ވަންދެން ހާލަތު ގާތުން މޮނީޓާކުރަން ޖެހޭތީ ކަމަށާއި އެކަމަށް ތިން މަސް ހޭދަވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ގާސިމަށް ފުރުން މަނާކުރާ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފި

05 އެޕްރީލު 2017
ގާސިމަށް ފުރުން މަނާކުރާ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފި
16 މާރިޗު 2017

އެޗްވަންއެންވަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ސަރުކާރުން އަޅަމުންދޭތޯ ބެލުމަށް މަޖިލީހަށް

16 މާރިޗު 2017
އެޗްވަންއެންވަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ސަރުކާރުން އަޅަމުންދޭތޯ ބެލުމަށް މަޖިލީހަށް
08 މާރިޗު 2017

އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ

08 މާރިޗު 2017
އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ
07 މާރިޗު 2017

އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި

07 މާރިޗު 2017
އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި
25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
22 ފެބުރުއަރީ 2017

މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

22 ފެބުރުއަރީ 2017
މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ
20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
11 ފެބުރުއަރީ 2017

ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

11 ފެބުރުއަރީ 2017
ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!
11 ފެބުރުއަރީ 2017

ރީރަޖިސްޓްރޭޝަނަށް އެކަށީގެންވާ މުއްދަތެއް ދޭނަން: އިލެކްޝަންސް ކޮމިޝަން

11 ފެބުރުއަރީ 2017
ރީރަޖިސްޓްރޭޝަނަށް އެކަށީގެންވާ މުއްދަތެއް ދޭނަން: އިލެކްޝަންސް ކޮމިޝަން
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު