Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާސިމް އިބްރާހިމް

ގާސިމަށް ފުރުން މަނާކުރާ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފި

ތަހުގީގަށް ދެ ފަހަރަކަށް ފުލުސް އޮފީހަށް ހާޒިރުކުރި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 5 އެޕްރީލު 2017 | ބުދަ 15:33
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ހައިކޯޓުގެ އިސްތިއުނާފަށް ހުށަހަޅައިފި އެވެ.

ގާސިމްގެ މައްޗަށް ފުލުހުން ތުހުމަތު ކުރާ ރިޝްވަތު ދިނުމުގެ މައްސަލައިގެ ތަހުގީގަށް މިދިޔަ މަހުގެ 29 ވަނަ ދުވަހު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، އެއް މަސް ދުވަހަށް ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރެއް ގާސިމާ ވަނީ ހަވާލުކޮށްފަ އެވެ.

Advertisement - newsAdvertisement

ގާސިމްގެ މައްޗަށް ތުހުމަތު ކުރާ ރިޝްވަތު ދިނުމުގެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ވަނީ އާދިއްތަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅާފަ އެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެކަން ކަށަވަރުކޮށްދެ އެވެ.

ޖުމްހޫރީ ޕާޓީގެ އޮފީސް، މ. ކުނޫޒުގައި ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާނޫނީ ވަކީލު މަސްތޫރު ހުސްނީ ވިދާޅުވީ ދަތުރުފަތުރުކުރުމުގެ ހައްގަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ހެއްގެއް ކަމަށެވެ. އަދި އެ ހައްގު ހަނިކުރެވިދާނެ ހާލަތުތަކެއް ވެސް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަސްތޫރު ވިދާޅުވީ ފުލުހުންގެ ތަހުގީގު ނިންމައި އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާއިރު، އެ އަމުރު ދެމިއޮތުމުގެ ބޭނުން މިހާރު ކެނޑިފައިވާ ކަމަށެވެ. އެހެންކަމުން އެ އަމުރު ބުދަ ދުވަހު ހައިކޯޓުގެ އިސްތިއުނާފަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް، ގާސިމް ރާއްޖެއިން ބޭރަށް ފުރާވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި ގާސިމްގެ މައްޗަށް ކުރާ ތުހުމަތަކީ އެއްވެސް އަސްލެއް ނެތް ސިޔާސީ ގޮތުން އުފައްދާފައިވާ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ގާސިމްގެ މައްޗަށް ކުރާ ތުހުމަތާ ގުޅިގެން އާދިއްތަ ދުވަހު ވެސް ގާސިމް ފުލުސް އޮފީހަށް ހާޒިރުކުރި އެވެ. ފުލުސް އޮފީހަށް ހާޒިރުކޮށް ކޯޓު އަމުރެއްގެ ދަށުން ގާސިމްގެ އަޑުގެ ސާމްޕަލްއަކާއި ފޮޓޯތަކެއް ފުލުހުން ވަނީ ނަގާފަ އެވެ. އެ މައްސަލައިގެ ތަހުގީގުގައި ގާސިމް ބޭނުންކުރެއްވީ ގާނޫނު އަސާސީން ލިބިދޭ ހަނުހުރުމުގެ ހައްގެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ ރައީސް މައުމޫނުގެ އޮފީސް ބަންދުކުރުމަށް ފުލުހުންނަށް އަމުރުކޮށްފި

ޕީޕީއެމްގެ ރައީސް މައުމޫނުގެ އޮފީސް ބަންދުކުރުމަށް ފުލުހުންނަށް އަމުރުކޮށްފި

30 މާރިޗު 2017
ޒައިދުލް އަމީންގެ ބަންދަށް 13 ދުވަސްޖެހި މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި

ޒައިދުލް އަމީންގެ ބަންދަށް 13 ދުވަސްޖެހި މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި

26 ފެބުރުއަރީ 2017
ކޯގަންނު ބެލެހެއްޓުމަށް ކުރި އަމުރު އިސްތިއުނާފަށް ހުށަހަޅައިފި

ކޯގަންނު ބެލެހެއްޓުމަށް ކުރި އަމުރު އިސްތިއުނާފަށް ހުށަހަޅައިފި

25 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

23 ފެބުރުއަރީ 2017
ޓެކުހަށް މަކަރު ހެދުމުގެ މައްސަލައަކާ ގުޅިގެން 160،000 ރުފިޔާ ދައްކަން އަމުރުކޮށްފި

ޓެކުހަށް މަކަރު ހެދުމުގެ މައްސަލައަކާ ގުޅިގެން 160،000 ރުފިޔާ ދައްކަން އަމުރުކޮށްފި

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު