Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެޓީވީ ޖޫރިމަނާކުރުން

އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި

ޖޫރިމަނާ ކުރަން ނިންމާފައިވަނީ ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިއެއް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 7 މާރިޗު 2017 | އަންގާރަ 16:27
ރާއްޖެޓީވީ

ރާއްޖެޓީވީ

ރާއްޖެޓީވީއިން ގެނެސްދިން ޚަބަރަކާ ގުޅިގެން، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބެލި އަބުރުގެ މައްސަލައެއް ނިންމައި، ރާއްޖެޓީވީ 200،000ރ. އިން ޖޫރިމަނާކޮށް، އެ ޚަބަރު ލިޔުނު ނޫސްވެރިޔާ 50،000ރ. އިން ޖޫރިމަނާ ކުރަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފިއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގާރަ ދުވަހު ރާއްޖެޓީވީއަށް ފޮނުވާފައިވާ މި މައްސަލަ ނިންމި ގޮތުގެ ރިޕޯޓްގައި ވަނީ، ނޮވެމަބަރ 19، 2016 ގައި ރާއްޖެޓީވީގެ ތިން ޚަބަރުގަޑިއެއްގައި ގެނެސްދީފައިވާ ރޭޕްގެ މައްސަލައަކާ ގުޅޭ ޚަބަރެއްގައި، މައްސަލައިގައި ހިމެނޭ ކުއްޖާގެ އާއިލާއާ ހަވާލާދީ މީހެއްގެ ނަން ހާމަކޮށްފައިވާ ކަމަށެވެ. އަދި މިއީ އަބުރު ރައްކާތެރިކޮށްދިނުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 10 ވަނަ މާއްދާއާ ޚިލާފަށް ލިޔެފައިވާ ޚަބަރެއް ކަމަށާއި، ޚަބަރުގެ ސަބަބުން ނަން ހާމަވި މީހާގެ އަބުރުގެ ކަރާމާތަށް އުނިކަން ލިބިފައިވާ ކަމަށް ނިންމާފައިވާ ކަމަށް ވެސް މި ރިޕޯޓްގައި ވެއެވެ.

Advertisement - newsAdvertisement

އެހެންކަމުން، އަބުރު ރައްކާތެރިކޮށްދިނުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ހަވަނަ ބާބުގެ ދަށުން ޖޫރިމަނާ ކުރުމާއި ބެހޭ އުސޫލުގެ 14 ވަނަ މާއްދާގެ (ށ) އަދި (ބ) އަށް ރިޢާޔަތްކޮށް މި އުސޫލުގެ 10 ވަނަ މާއްދާގެ (ހ) ގެ އެކެއްގެ ދަށުން ރާއްޖެ ޓީވީ 200،000ރ. އިން ޖޫރިމަނާކޮށް، މި ޚަބަރު ތައްޔާރު ކުރި، ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ، އާލާ އިބްރާހިމް މި އުސޫލުގެ 10 ވަނަ މާއްދާގެ (ށ) ގެ އެކެއްގެ ދަށުން 50،000ރ އިން ޖޫރިމަނާ ކުރުމަށްވ ެސް ވަނީ ނިންމާފައެވެ.

ޖޫރިމަނާ ކޮށްފައިވާ ދެފަރާތުން ވެސް، މި ފައިސާ މާޗް 7، 2017 އިން ފެށިގެން، 30 ދުވަހުގެ ތެރޭގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ދެއްކުމަށް ކޮމިޝަނުން ވަނީ އަންގާފައެވެ.

މިކަމާ ބެހޭ ގޮތުން ރާއްޖެ ޓީވީގެ ނިއުސް ޑިރެކްޓަރު އަލީ ޔޫސުފް ވިދާޅުވީ އައްޑޫ ހިތަދޫގައި ހިނގި ރޭޕް މައްސަލައަކާ ގުޅިގެން ލިޔުނު އެ ޚަބަރު ގެނެސްދިނުމުގައި ކަމާ ގުޅޭ ހުރިހާ ފަރާތެއްގެ ބަސް ހޯދުމަށް ރާއްޖެޓީވީން މަސައްކަތްކޮށްފައިވާ ކަމަށާއި އަދި ކޮމިޝަނުން އެ މައްސަލަ ބެލި އިރު އެ މައްސަލަ އަށް ޖަވާބުދާރީވެފައިވާނެ ކަމަށެވެ. އަދި ޖޫރިމަނާއާ ގުޅިގެން ދެން އަޅަންޖެހޭ ފިޔަވަޅުތައް ރާއްޖެޓީވީގެ މެނޭޖްމަންޓުން އަޅަމުން ގެންދާނެ ކަމަށް ވެސް އަލީ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ ރާއްޖެޓީވީން ކޮންމެ ޚަބަރެއް ގެނެސްދިނުމުގައި ވެސް ކަމާ ގުޅުންހުރި ފަރާތްތަކުގެ ބަސް ހޯދުމަށް އެކަށީގެންވާ މަސައްކަތްކުރާ ކަމަށާއި ނަމަވެސް މައުލޫމާތު ހޯދުމުގައި ރާއްޖެޓީވީ އަށް ގިނަ ހުރަސްތަކެއް އެބަހުރި ކަމަށެވެ. އަދި ރާއްޖެޓީވީ ރޯކޮށްލުމާއި ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ބިރު ދެއްކުމާ ގުޅިގެން ދައުލަތުގެ އެކި އިދާރާތަކަށް ހުށަހަޅާފައިވާ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ބެލެމުން ނުދާކަން ރާއްޖެ ޓީވީން ފާހަކުރެއެވެ.

އަބުރުގެ މައްސަލައަކާ ގުޅިގެން ރާއްޖެ ޓީވީއާއި ކުރީގެ ނޫސްވެރިއަކު ޖޫރިމަނާ ކުރުމަށް ނިންމާފައިވާއިރު، މިއީ އަބުރު ރައްކާތެރިކޮށްދިނުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން މީޑިއާއެއް، އަދި ނޫސްވެރިއަކުވެސް ޖޫރިމަނާ ކުރަން ނިންމި ފުރަތަމަ ފަހަރެވެ. މި ނޫނަސް ރާއްޖެ ޓީވީއާ ގުޅޭ ގިނަ މައްސަލަތަކެއް ބްރޯޑްކާސްޓިން ކޮމިޝަނުން ގެންދަނީ ބަލަމުންނެވެ. ނަމަވެސް އެހެން ޓީވީ ޗެނެލްތަކާ ގުޅިގެން ބަލާ މިފަދަ މައްސަލަ މަދުވެފައި އަދި ބަލާ މައްސަލަތަކުގައި ފިޔަވަޅު ނާޅާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު