Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކޮޕަ ޑެލް ރޭ

އެމްބާޕޭގެ ދެ ލަނޑާ އެކު މޮޅުވެ، ރެއާލް ގަދަ 16 އަށް

އަލޮންސޯ ބުނީ ފުރަތަމަ ހާފުގައި ރެއާލް އިން މެޗު ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްގެން ކުޅުނު ކަމަށާއި، ރެއާލް އަށް ތިން ލަނޑުގެެ ލީޑެއް ނަގަން ވެސް ފުރުސަތު ލިބުނު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 ޑިސެމްބަރު 2025 | ބުރާސްފަތި 06:11
މެޗުގައި ލަނޑު ޖެހުމަށް ފަހު އެމްބާޕޭ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އެމްބާޕޭ އުފާ ފާޅު ކުރަނީ

ސްޕެނިޝް ކޮޕަ ޑެލް ރޭގައި ޓަލަވޭރާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ރެއާލް މެޑްރިޑް އިން މުބާާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ރެއާލް އިން ކާމިޔާބު ކުރީ 3-2 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ރެއާލް އިން ދެ ލަނޑު ޖަހައިގެން ކުރި ހޯދިއިރު، ދެ ވަނަ ހާފުގައި އެ ޓީމުން ތިން ވަނަ ލަނޑެއް ވެސް ޖެހި އެވެ. ޓަލަވޭރާ އިން ވަނީ ދެ ވަނަ ހާފުގައި ދެ ލަނޑު ޖަހައިފަ އެވެ.

މެޗުގެ ފުރަތަމަ ހާާފުގެ 41 ވަނަ މިނެޓުގައި ރެއާލް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ލީޑު ނަގައިދިނީ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ ފަހު ވަގުތުގައި ރެއާލްގެ ދެ ވަނަ ލަނޑަކީ ޓަލަވޭރާގެ މަނޫ ފެރާންޑޯ އަތުން ބައި ކޮޅަށް ވަތް ލަނޑެވެ.

މެޗުގެ ދެ ވަނަ ހާފުގައި ރެއާލް އަށް ވަނީ އިތުރު ލަނޑު ޖަހަން ވެސް ފުރުސަތު ލިބިފަ އެވެ. މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި ޓަލަވޭރާގެ ފުރަތަމަ ލަނޑު ޖެހީ ނަހުއެލް އަރޯޔޯ އެވެ. އޭގެ އަށް މިނެޓު ފަހުން އެމްބާޕޭ ވަނީ ރެއާލްގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޓަލަވޭރާގެ ދެ ވަނަ ލަނޑު ޖެހީ ގޮންޒާލޯ ޑި ރެންޒޯ އެވެ.

މެޗަށް ފަހު ވާހަަކަ ދައްކަމުން ރެއާލްގެ ކޯޗު ޒަބީ އަލޮންސޯ ބުނެފައި ވަނީ، ރެއާލްގެ ކުޅުމާ މެދު އޭނާ ހިތްހަމަ ޖެހޭ ކަމަށެވެ. އަލޮންސޯ ބުނީ ފުރަތަމަ ހާފުގައި ރެއާލް އިން މެޗު ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްގެން ކުޅުނު ކަމަށާއި، ރެއާލް އަށް ތިން ލަނޑުގެެ ލީޑެއް ނަގަން ވެސް ފުރުސަތު ލިބުނު ކަމަށެވެ. ނަމަވެސް، ރެއާލް އަށް ފުރުސަތުގެ ބޭނުން އެންމެ އެކީގެންވާ ގޮތުގައި ނުހިފުނު ކަމަށާއި، އޭގެ ނަތީޖާ އަކީ ފަހު ވަގުތާ ޖެހެންދެން ވެސް މެޗު ޓެންޝަންގައި ދިޔުން ކަމަށް އަލޮންސޯ ބުންޏެވެ.

އަލޮންސޯ ވަނީ މެޗުގައި ދެ ލަނޑު ޖެހި އެމްބާޕޭ އަށް ވެސް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. އޭނާ ބުނީ ލަނޑު ޖެހުމަކީ އެމްބާޕޭ އަށް ފަސޭހަ ކަމެއް ކަމަށާއި، އެމްބާޕޭ އަންނަނީ އޭނާ ގެ ފެންވަރު ސާބިތު ކޮށްދެމުން ކަމަށެވެ. އެގޮތުން އެމްބާޕޭގެ އެންމެ ވަރުގަދަ އެއް ހުނަރަކީ  ވެސް ލަނޑު ޖެހުން ކަމަށް އަލޮންސޯ ބުންޏެވެ. 

އިތުރަށް ވާހަކަ ދައްކަމުން އަލޮންސޯ ބުނީ އޭނާ ގެ ހަމައެކަނި އަމާޒަކީ މެޗު ތަކުން މޮޅުވުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި ރެއާލްގެ ފެންވަރު ދަމަހައްޓައި، އެ ޓީމުގެ ގޮތުގައި ކުރިއަށް ދާން ބޭނުންވާ ކަމަށް އަލޮންސޯ ބުންޏެވެ. ޚާއްސަކޮށް ހުރިހާ ކުޅުންތެރިން އެކުވެގެން، އެއް އަޒުމެއްގައި، ޓީމެއްގެ ގޮތުގައި އޮންނަން ބޭނުންވާ ކަމަށް ވެސް އަލޮންސޯ ވަނީ ބުނެފަ އެވެ. އެކަން ފާހަގަކޮށް އަލޮންސޯ ބުނީ މިހާރު ވެސް ރެއާލް އޮތީ ރަނގަޅު މިސްރާބުގައި ކަމަށާއި، އެކަން ދަމަހައްޓަން ޖެހޭ ކަމަށެވެ.

ކޮޕަ ޑެލް ރޭރެއާލް މެޑްރިޑްކީލިއަން އެމްބާޕޭ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

17 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު