Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ކޮޕަ ޑެލް ރޭ

އާބެލޯ އިރުޝާދު ދިން ފުރަތަމަ މެޗުން ބަލިވެ، ކޮޕަ ޑެލް ރޭ އިން ރެއާލް ކަޓައިފި

މެޗަށް ފަހު ވާހަކަ ދައްކަމުން އާބެލޯ ބުނީ، ފެއިލް ވުމަކީ އޭނާ ބިރު ގަންނަ ކަމެއް ނޫން ކަމަަށް. ރެއާލް އިން ކުރިމަތިވި ބައްޔަކީ ކޮން ކަހަލަ ކަމެއްކަން ބުނެދޭން ބޭނުންވާ މީހުންނަށް އާބެލޯ ވަނީ މެސެޖެއް ދީފައި. އެގޮތުން އޭނާ ބުނީ، ފެއިލް ވުމަކީ ކާމިޔާބާ ހަމައަށް ވާސިލުވުމަށް އޮތް ހިތްވަރެއް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2026 | ބުރާސްފަތި 04:27
މެޗުގައި ލަނޑު ޖެހުމަށް ފަހު އަލްބަސެޓޭގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އަލްބަސެޓޭގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓަސް

ސްޕެނިޝް ކޮޕަ ޑެލް ރޭގެ ގަދަ 16 ވަނަ ބުރުގައި ދެ ވަނަ ޑިވިޝަންގެ  އަލްބަސެޓޭއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ރެއާލް މެޑްރިޑް މުބާރާތުން ކަޓައިފި އެވެ.

ބުދަ ދުވަހުގެ ރޭ  އަލްބަސެޓޭއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް ބަލިވެފައި ވަނީ 3-2 އިންނެވެ. މެޗުގައި އަލްބަސެޓޭ އިން ދެ ފަހަރު ލީޑު ނެގިއިރު ވެސް، ރެއާލް އިން ނަތީޖާ ހަމަހަމަ ކުރި އެވެ. ނަމަވެސް ތިން ވަނަ ލަނޑެއް ޖަހައިގެން އަލްބަސެޓޭ ވަނީ ރެއާލްގެ މައްޗަށް ކުރި ހޯދައިފަ އެވެ. 

މެޗުގެ ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި އަލްބަސެޓޭ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ހަވިއޭ ވިލާ ޑެލް ފްރައިލް އެވެ. ނަަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ރެއާލް އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެއީ ފްރަންކޯ މަސްޓަންޓުއޯނޯ ޖެހި ލަނޑުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނެޓަށް ވެފައި ވަނިކޮށް، އަލްބަސެޓޭ އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ނަގައިފަ އެވެ. ޖެފްޓޭ ބެންޓަންކޯ ޖެހި ލަނޑުން އަލްބަސެޓޭ ލީޑު ނެގި ނަމަވެސް، ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ގޮންޒާލޯ ގާސިއާ ވަނީ ލަނޑު ޖަހައި ރެއާލް އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ރެއާލް އިން ނަތީޖާ ހަމަހަމަ ކުރިތާ ތިން މިނެޓު ފަހުން ބެންޓަންކޯ ޖެހި ލަނޑާ އެކު، އަލްބަސެޓޭ އިން ވަނީ ރެއާލް މުބާރާތުން ކަޓުވާލައިފަ އެވެ. 

މިއީ ރެއާލްގެ ކޯޗު ކަމުގެ މަގާމުގައި ހުރި ޒަބީ އަލޮންސޯ މަގާމުން ވަކި ކުރުމަށް ފަހު، އެ މަގާމަށް ހަމަޖެއްސި އަލްވާރޯ އާބެލޯގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. ރެއާލްގެ ކޯޗުކަމުން އަލޮންސޯ ވަކި ކުރީ، އެ ޓީމުގެ ނަތީޖާތައް ދަށްވުމުގެ ސަބަބުނުންނެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އާބެލޯ ބުނީ، ފެއިލް ވުމަކީ އޭނާ ބިރު ގަންނަ ކަމެއް ނޫން ކަމަަށެވެ. ރެއާލް އިން ކުރިމަތިވި ބައްޔަކީ ކޮން ކަހަލަ ކަމެއްކަން ބުނެދޭން ބޭނުންވާ މީހުންނަށް އާބެލޯ ވަނީ މެސެޖެއް ދީފަ އެވެ. އެގޮތުން އޭނާ ބުނީ، ފެއިލް ވުމަކީ ކާމިޔާބާ ހަމައަށް ވާސިލުވުމަށް އޮތް ހިތްވަރެއް ކަމަށެވެ.

އާބެލޯ ބުނީ އޭނާ އަކީ ޙަޔާތުގައި އެތައް ފެއިލް ވުމަކާ ކުރިމަތިލާން ޖެހިފައި ހުރި މީހެއް ކަމަށެވެ. އަދި ކޮޕަ ޑެލް ރޭ އިން ރެެއާލް ކެޓުމަށް ވުރެ، މާ ބޮޑެތި އަދި ހިތްދަތި ކެޓުންތަކާ ކުރިމަތިލާން ޖެހުނު ކަމަށް ވެސް އޭނާ ބުންޏެވެ. އެހެން ނަމަވެސް، އޭނާ ގެ އަޒުމަކީ އަނެއްކާ ވެސް އަލުން އެނބުރި އައިސް، ރަނގަޅު މަސައްކަތް ތަކެއް ކުރުން ކަމަށް އާބެލޯ ބުނެފައިވެ އެވެ.

ކޮޕަ ޑެލް ރޭރެއާލް މެޑްރިޑްއަލްވާރޯ އާބެލޯ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޓީމުގެ ކުޅުންތެރިންނަށް މާ ބޮޑު ބާރު ތަކެއް ދީގެން ނުވާނެ ކަމަށް އަލޮންސޯ ބުނެފި

ޓީމުގެ ކުޅުންތެރިންނަށް މާ ބޮޑު ބާރު ތަކެއް ދީގެން ނުވާނެ ކަމަށް އަލޮންސޯ ބުނެފި

14 ޖެނުއަރީ 2026
ރެއާލްގެ ކޯޗު ކަމުން އަލޮންްސޯ ވަކި ކޮށްފި

ރެއާލްގެ ކޯޗު ކަމުން އަލޮންްސޯ ވަކި ކޮށްފި

13 ޖެނުއަރީ 2026
ރެއާލް ބަލިކޮށް، ބާސެލޯނާ އިން ސުޕަ ކަޕް ދިފާއު ކޮށްފި

ރެއާލް ބަލިކޮށް، ބާސެލޯނާ އިން ސުޕަ ކަޕް ދިފާއު ކޮށްފި

12 ޖެނުއަރީ 2026
ބެޓިސް ބަލިކޮށް، ރެއާލް ލީގު ރޭހުގައި ވިއްދާފައި

ބެޓިސް ބަލިކޮށް، ރެއާލް ލީގު ރޭހުގައި ވިއްދާފައި

05 ޖެނުއަރީ 2026
ރެއާލް އިން ސެވިއްޔާ ބަލި ކުރި މެޗު ޚާއްސަވީ އެމްބާޕޭ އަށް

ރެއާލް އިން ސެވިއްޔާ ބަލި ކުރި މެޗު ޚާއްސަވީ އެމްބާޕޭ އަށް

21 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު