Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރެއާލް މެޑްރިޑު

ޓީމުގެ ކުޅުންތެރިންނަށް މާ ބޮޑު ބާރު ތަކެއް ދީގެން ނުވާނެ ކަމަށް އަލޮންސޯ ބުނެފި

ޓީމުގައި ކުޅުންތެރިންގެ ބާރު މާ ބޮޑަށް ގަދަވެފައި އޮވެގެން ނުވާނެ ކަމަށް އަލޮންސޯ ބުނެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވޭ. ހަމަ އެހެންމެ، ކުލަބުން އަބަދު ވެސް ކުޅުންތެރިންގެ ފަޅީގައި ތިބޭ ކަމަށް ވަނީ ނަމަ، ޑްރެސިން ރޫމުގައި ވެސް ކޯޗަށް މާ ބޮޑު ބާރެއް، ނުވަތަ ކޮންޓްރޯލެއް ނޯންނާނެ ކަމަށް އަލޮންސޯއާ ހަވާލާދީ ސްޕެއިންގެ ލާސާގައި ވަނީ ބުނެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2026 | ބުދަ 06:25
ރެއާލްގެ ކޯޗު ކަމުން ވަކި ކުރި އަލޮންސޯ

ރެއާލްގެ ކޯޗު ކަމުން ވަކި ކުރި އަލޮންސޯ | ރޮއިޓަސް

ޓީމުގެ ކުޅުންތެރިންނަށް މާ ބޮޑު ބާރު ތަކެއް ދީގެން ނުވާނެ ކަމަށް، ދާދި ފަހުން ރެއާލް މެޑްރިޑުގެ ކޯޗު ކަމުގެ މަގާމުން ވަކި ކުރި ޒަބީ އަލޮންސޯ ބުނެފައިވާ ކަމަށް ރިޕޯޓު ކޮށްފި އެވެ.

ހޯމަ ދުވަހު ރެއާލް އިން ވަނީ އެ ޓީމުގެ ކޯޗު ކަމުގެ މަގާމުން އަލޮންސޯ ވަކި ކޮށްފަ އެވެ. އެއަށް ފަހު، ރެއާލްގެ ބީ ޓީމަށް އިރުޝާދު ދެމުން އައި އަލްވާރޯ އާބެލޯއާ ވަނީ ރެއާލްގެ ކޯޗު ކަމަށް ހަމަޖައްސައިފަ އެވެ. ރެއާލް އިން އަލޮންސޯ ވަކި ކޮށްފައިވާއިރު، އެ ޓީމުގައި އޭނާ އަށް ޕްރެޝަރު ބޮޑުވެ، މުސްތަޤުބަލާ މެދު ސުވާލު އެފެދިފައިވާ ކަމަށް ކުރިން ވެސް އޮތީ ރިޕޯޓު ކޮށްފަ އެވެ.

ކުއްލި ގޮތަކަށް ރެއާލްގެ ކޯޗު ކަމުން އަލޮންސޯ ވަކި ކޮށްފައިވާއިރު، އާންމުކޮށް މީޑިއާގައި މިހާތަނަށް އަލޮންސޯ އެއްވެސް އެއްޗެއް ބުނެފައި ނުވެ އެވެ. ނަމަވެސް، އަލޮންސޯއާ ހަވާލާދީ ބައެއް މީޑިއާ ތަކުގައި ވަނީ ވާހަކަތައް ގެނެސްފަ އެވެ. އެގޮތުން ރެއާލްގެ ބައެއް ކުޅުންތެރިންނަށް މާ ބޮޑު ބާރު ތަކެއް ދީފައި އޮންނަ ކަމަށް އަލޮންސޯ ފާހަގަ ކޮށްފައިވާ ކަމަށް ރިޕޯޓު ކޮށްފަ އެވެ. 

އެއާ އެކު، ޓީމުގައި ކުޅުންތެރިންގެ ބާރު މާ ބޮޑަށް ގަދަވެފައި އޮވެގެން ނުވާނެ ކަމަށް އަލޮންސޯ ބުނެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ. ހަމަ އެހެންމެ، ކުލަބުން އަބަދު ވެސް ކުޅުންތެރިންގެ ފަޅީގައި ތިބޭ ކަމަށް ވަނީ ނަމަ، ޑްރެސިން ރޫމުގައި ވެސް ކޯޗަށް މާ ބޮޑު ބާރެއް، ނުވަތަ ކޮންޓްރޯލެއް ނޯންނާނެ ކަމަށް އަލޮންސޯއާ ހަވާލާދީ ސްޕެއިންގެ ލާސާގައި ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން ބައެއް އެހެން މީޑިއާ ތަކުގައި ވެސް ވަނީ އަލޮންސޯ ވަކި ކުރުމާ އެކު، އެކަމާ ގުޅުން ހުރި ބައެއް އެހެން ވާހަކަތައް ވެސް ރިޕޯޓު ކޮށްފަ އެވެ. އެގޮތުން، އަލޮންސޯގެ ކޯޗިން ޓީމުގައި ހިމެނޭ ބައެއް އޮފިޝަލުން ބަދަލު ކުރުމަށް ރެއާލް އިން އެދުނު ކަމަށް ބުނެފައިވެ އެވެ. އަދި އޭގެ ބަދަލުގައި އެ ޓީމުގައި އެންޓޯނިއޯ ޕިންޓަސް ހިމެނުމަށް އެދުނު ނަމަވެސް، އަލޮންސޯ އެކަމާ ދެކޮޅު ހެދި ކަމަށް ބުނެފައިވެ އެވެ. 

އެގޮތުން އޭނާ ގެ ކޯޗިން ޓީމުގައި ހިމެނޭ އެއްވެސް އޮފިޝަލަކު ބަދަލު ނުކުރެވޭނެ ކަމަށް އަލޮންސޯ އަންގާފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ. އަލޮންސޯ އެހެން އެންގުމާ އެކު، ރެއާލްގެ އިސްވެރިން ނިންމީ އަލޮންސޯ ހިމެނޭހެން އޭނާ ގެ މުޅި ކޯޗިން ޓީމު ވަކި ކުރުމަށް ކަމަށް ބުނެފައިވެ އެވެ. އެކަމުގެ ސަބަބުން އަލޮންސޯއާ ރެއާލްގެ އިސްވެރިންނާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާ ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ.

އަލޮންސޯ އާއި ރެއާލްގެ އިސްވެރިންނާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާ ކަމަށް ބުނެފައިވާއިރު، ބައެއް މީޑިއާ ތަކުގައި ބުނެފައި ވަނީ އެ ގުޅުން ގޯސްވެފައި އޮންނަތާ ވަރަށް ދުވަސް ވެފައިވާ ކަމަށެވެ. އެގޮތުން 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު، ސްޕެނިޝް ލީގުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި ރެއާލް އިން ކުރިމަތިލާން ޖެހުނު ބައްޔާ އެކު، ޓީމުގެ އިސްވެރިންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ކަމަށް ބުނެފައިވެ އެވެ. އެ މެޗުގައި އެތުލެޓިކޯ އިން ވަނީ 5-2 އިން ރެއާލް ބަލިކޮށްފަ އެވެ.

ސްޕެއިންގެ އެހެން މީޑިއާއެއްގައި ވެސް ވަނީ، ކުޅުންތެރިންނަށް އޮންނަ ބާރާ މެދު އަލޮންސޯ ހިތްހަމަ ނުޖެހޭކަން އަންގާފައިވާ ކަމަށް ބުނެފަ އެވެ. އެގޮތުން ރެއާލްގެ އިސްވެރިންނާ އެކު އެންމެ ފަހުން އޮތް ބައްދަލުވުމުގައި ވެސް، ޓީމުގެ ކުޅުންތެރިންނަށް މާ ބޮޑު ބާރު ތަކެއް އޮންނަ ކަމަށާއި، އެއީ އެކަން ވެގެން ވާނެ ގޮތް ނޫން ކަމަށް އަލޮންސޯ ފާހަގަ ކޮށްފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. 

ރެއާލްގެ ކޯޗު ކަމަށް އަލޮންސޯ ހަމަޖައްސާފައި ވަނީ 2025 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އެއީ އޭނާ ގެ ކުރިން މަގާމުގައި ހުރި ކާލޯ އަންޗެލޮޓީ ވަކިވުމުންނެވެ. އަލޮންސޯގެ އިރުޝާދުގެ ދަށުން ރެއާލް އިން ވަނީ 34 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން 24 މެޗުން އެ ޓީމު މޮޅުވެފައިވާއިރު، ހަތަރު މެޗުން އެއްވަރުވެ، އަނެއް ހަ މެޗުން ވަނީ ބަލިވެފަ އެވެ. ރެއާލްގެ ކޯޗު ކަމަށް ހަމަޖެއްސިތާ އެންމެ އަށް މަސް ދުވަހުގެ ތެރޭގައި އަލޮންސޯ ވަކި ކޮށްފައިވާއިރު، އޭނާ އަކީ ކުރިން ރެއާލް އަށް ކުޅެފައިވާ ކުޅުންތެރިޔެކެވެ.

ރެއާލް ސޮސިއެޑާޑްގެ ބީ ޓީމުން ކޯޗިން ކެރިއަރު ފެށި އަލޮންސޯ، ރެއާލްއާ ހަވާލުވުމުގެ ކުރިން ހުރީ ބަޔާ ލެވަކޫސަންގެ ކޯޗު ކަމުގެ މަގާމުގަ އެވެ. ލެވަކޫސަންގައި ހޭދަ ކުރި މުއްދަތުގެ ތެރޭގައި އަލޮންސޯ ވަނީ އެ ކުލަބާ އެކު ކާމިޔާބު މަސައްކަތް ތަކެއްކޮށް، އެ ކުލަބަށް ގިނަ ކާމިޔާބީ ތަކެއް ވެސް ހޯދައިދީފަ އެވެ. އެގޮތުން ލެވަކޫސަންއާ އެކު އޭނާ ވަނީ ޖަރުމަނު ލީގުގެ އިތުރުން، ޖަރުމަނު ކަޕް އަދި ޖަރުމަނު ސުޕަ ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ.

ރެއާލް އިން އެ ޓީމުގެ ކޯޗުކަން އަލޮންސޯއާ ހަވާލު ކުރީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ ވެސް، 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް، އެންމެ އަށް މަސް ދުވަހުގެ ތެރޭގައި ރެއާލް އިން އަލޮންސޯ ވަކި ކޮށްފައިވާއިރު، އެ ޓީމުގެ ކުޅުންތެރިން އަންނަނީ ސޯޝަލް މީޑިއާގައި އޭނާ އަށް ޝުކުރު އަދާ ކުރުމަަށް އެކި އެކި ޕޯސްޓުތައް ހިއްސާ ކުރަމުންނެވެ.

ރެއާލް މެޑްރިޑްޒަބީ އަލޮންސޯ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އާބެލޯ އިރުޝާދު ދިން ފުރަތަމަ މެޗުން ބަލިވެ، ކޮޕަ ޑެލް ރޭ އިން ރެއާލް ކަޓައިފި

އާބެލޯ އިރުޝާދު ދިން ފުރަތަމަ މެޗުން ބަލިވެ، ކޮޕަ ޑެލް ރޭ އިން ރެއާލް ކަޓައިފި

15 ޖެނުއަރީ 2026
ރެއާލްގެ ކޯޗު ކަމުން އަލޮންްސޯ ވަކި ކޮށްފި

ރެއާލްގެ ކޯޗު ކަމުން އަލޮންްސޯ ވަކި ކޮށްފި

13 ޖެނުއަރީ 2026
ރެއާލް ބަލިކޮށް، ބާސެލޯނާ އިން ސުޕަ ކަޕް ދިފާއު ކޮށްފި

ރެއާލް ބަލިކޮށް، ބާސެލޯނާ އިން ސުޕަ ކަޕް ދިފާއު ކޮށްފި

12 ޖެނުއަރީ 2026
ބެޓިސް ބަލިކޮށް، ރެއާލް ލީގު ރޭހުގައި ވިއްދާފައި

ބެޓިސް ބަލިކޮށް، ރެއާލް ލީގު ރޭހުގައި ވިއްދާފައި

05 ޖެނުއަރީ 2026
ރެއާލް އިން ސެވިއްޔާ ބަލި ކުރި މެޗު ޚާއްސަވީ އެމްބާޕޭ އަށް

ރެއާލް އިން ސެވިއްޔާ ބަލި ކުރި މެޗު ޚާއްސަވީ އެމްބާޕޭ އަށް

21 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު