Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރެއާލް މެޑްރިޑް

ރެއާލްގެ ކޯޗު ކަމުން އަލޮންްސޯ ވަކި ކޮށްފި

އަލޮންސޯ ވަކިކޮށްފައިވާކަން ރެއާލް އިން އިއުލާން ކޮށްފައިވާއިރު، އެ ކުލަބުން ބުނީ ކޯޗުގެ މަގާމާ ހަވާލުވެފައި ވަނީ އަލްވާރޯ އާބެލޯއާ ކަމަށް. އޭނާ އަކީ ރެއާލްގެ ބީ ޓީމުގައި މަސައްކަތް ކުރަމުން އައި ކޯޗު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2026 | އަންގާރަ 03:52
ރެއާލް އަށް އިރުޝާދު ދެމުން އައި ޒަބީ އަލޮންސޯ

ރެއާލް އަށް އިރުޝާދު ދެމުން އައި ޒަބީ އަލޮންސޯ | ރޮއިޓަސް

ސްޕެއިންގެ ރެއާލް މެޑްރިޑަށް އިރުޝާދު ދެމުން އަައި ޒަބީ އަލޮންސޯ، މަގާމުން ވަކި ކޮށްފި އެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި، ރެއާލްގެ ކޯޗުކަމާ އުމުރުން 43 އަހަރުގެ އަލޮންސޯ ހަވާލުވެފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ ވެސް 2028 ވަަނ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. 

ނަމަވެސް، މަގާމުގައި އެންމެ އަށް މަސް ދުވަސް ހޭދަކޮށްފައި ވަނިކޮށް، ކުއްލި ގޮތަކަށް ރެއާލް އިން ވަނީ އަލޮންސޯ މަގާމުން ވަކި ކޮށްފަ އެވެ. އަލޮންސޯ މަގާމުން ވަކި ކުރަން ރެއާލް އިން ނިންމިއިރު، އޭނާ އަށް ޕްރެޝަރު ބޮޑު ވަމުން އަންނަ ކަމަށް މީގެ ކުރިން ރިޕޯޓު ކޮށްފައި ވެސްވެ އެވެ. 

އެހެން އޮއްވާ، ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލްގައި ވާދަވެރި ބާސެލޯނާ އަތުން ރެއާލް ބަލިވެފައި ވަނިކޮށް އަލޮންސޯ ވަނީ މަގާމުން ވަކި ކޮށްފަ އެވެ. އާދީއްތަ ދުވަހުގެ ރޭ ސައުދީ އަރަބިއްޔާގައި ކުޅުނު ފައިނަލްގައި ބާސެލޯނާ އިން ވަނީ 3-2 އިން ރެއާލްގެ މައްޗަށް ކުރި ހޯދައިފަ އެވެ.

ފާއިތުވި މުއްދަތުގެ ތެރޭގައި އަލޮންސޯގެ އިރުޝާދުގެ ދަށުން ރެއާލް އިން ވަނީ 34 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން 24 މެޗުން އެ ޓީމު މޮޅުވެފައިވާއިރު، ހަތަރު މެޗުން އެއްވަރުވެ، އަނެއް ހަ މެޗުން ވަނީ ބަލިވެފަ އެވެ. މިހާރު ކުރިއަށްދާ ސްޕެނިޝް ލީގުގައި ރެއާލް އޮތީ ލީގު ތާވަލްގެ ދެ ވަނަ މަގާމުގަ އެވެ. 

އަލޮންސޯ ވަކިކޮށްފައިވާކަން ރެއާލް އިން އިއުލާން ކޮށްފައިވާއިރު، އެ ކުލަބުން ބުނީ ކޯޗުގެ މަގާމާ ހަވާލުވެފައި ވަނީ އަލްވާރޯ އާބެލޯއާ ކަމަށެވެ. އޭނާ އަކީ ރެއާލްގެ ބީ ޓީމުގައި މަސައްކަތް ކުރަމުން އައި ކޯޗެވެ. އަލޮންސޯ ވަކި ކުރުމަށް ރެއާލް އިން ނިންމީ ކުއްލި ބައްދަލުވުމަކަށް ފަހު ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

ރެއާލްއާ ހަވާލުވުމުގެ ކުރިން އަލޮންސޯ އިރުޝާދު ދީފައި ވަނީ ޖަރުމަނުގެ ބަޔާ ލެވަކޫސަން އަށެވެ. އެ ކުލަބުގައި އޭނާ ކާމިޔާބު މަސައްކަތް ތަކެއް ކޮށްފައިވާއިރު، ރެއާލްގެ ކޯޗު ކަމާ ހަވާލުވީ ކުރިން އެ މަގާމުގައި ހުރި ކާލޯ އަންޗެލޮޓީ މަގާމުން ވަކިވުމާ އެކު އެވެ. ނަމަވެސް، އެންމެ އަށް މަސް ދުވަހުގެ ތެރޭގައި މި ވަނީ ކުއްލި އަކަށް އޭނާ މަގާމުން ވަކި ކޮށްފަ އެވެ.

ރެއާލް މެޑްރިޑްޒަބީ އަލޮންސޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ރެއާލް ބަލިކޮށް، ބާސެލޯނާ އިން ސުޕަ ކަޕް ދިފާއު ކޮށްފި

ރެއާލް ބަލިކޮށް، ބާސެލޯނާ އިން ސުޕަ ކަޕް ދިފާއު ކޮށްފި

12 ޖެނުއަރީ 2026
ބެޓިސް ބަލިކޮށް، ރެއާލް ލީގު ރޭހުގައި ވިއްދާފައި

ބެޓިސް ބަލިކޮށް، ރެއާލް ލީގު ރޭހުގައި ވިއްދާފައި

05 ޖެނުއަރީ 2026
ރެއާލް އިން ސެވިއްޔާ ބަލި ކުރި މެޗު ޚާއްސަވީ އެމްބާޕޭ އަށް

ރެއާލް އިން ސެވިއްޔާ ބަލި ކުރި މެޗު ޚާއްސަވީ އެމްބާޕޭ އަށް

21 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު މޮޅުވެ، ރެއާލް ގަދަ 16 އަށް

އެމްބާޕޭގެ ދެ ލަނޑާ އެކު މޮޅުވެ، ރެއާލް ގަދަ 16 އަށް

18 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު