Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަހި ދިރިއުޅުން ކޯޕަރޭޝަން

އަމާން އުދަރެސް 10 ވަނަ ޓަވަރުގެ ބައެއް ފްލެޓް ތަކަށް އަދިވެސް ފެން ނުލިބޭ ކަމުގެ ޝަކުވާ ކުރަން ފަށައިފި!

ހުޅުމާލޭ ގެދޮރުވެރިޔާ ސްކީމްގެ އަމާން އުދަރެސް 10 ވަނަ ޓަވަރުގެ ބައެއް ފްލެޓްތަކަށް އަދިވެސް ފެން ނުލިބޭކަމުގެ ޝަކުވާތައް ދަނީ ލިބެމުންނެވެ. ފްލެޓްތަކާގުޅޭގޮތުން ގިނަ މައްސަލަތަކެއް ހުރުމުން، ފެން ނުލިބުނަސް ސަރުކާރަށް އިތުބާރު ނެތުމާއެކު ފަހުން ތަޅުދަނޑި ނުލިބިދާނެކަމުގެ ބިރުން ބައެއް ފަރާތްތަކުން ހަވާލުވަމުން ދެއެވެ. ދެ އަހަރަށްވުރެ ގިނަ ދުވަހު ފްލެޓްތައް ދޫނުކޮށް ހިފަހައްޓާފައިވާއިރު، ފްލެޓްތައް ހަވާލުކުރުމުގައި ގިނަ މައްސަލަތަކާއި ލަސްކަންފުޅުތައް ހުރެއެވެ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 6 ޖެނުއަރީ 2026 | އަންގާރަ 13:52
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެމްޑީޕީ ސަރުކާރުން އަޅާފައިވާ ބައެއް ޓަވަރުތައް

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެމްޑީޕީ ސަރުކާރުން އަޅާފައިވާ ބައެއް ޓަވަރުތައް | އެފްޑީސީ

އެމްޑީޕީ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ  ޓަވަރުތަކުގެ ތެރެއިން "އަމާން އުދަރެސް" 10 ވަނަ ޓަވަރުގެ ބައެއް ފްލެޓް ތަކަށް އަދިވެސް ފެން ނުލިބޭ ކަމުގެ ޝަކުވާ، އެ ޓަވަރުން ފްލެޓް ލިބުނު ބައެއް ފަރާތްތަކުން ކުރަން ފަށައިފި އެވެ. 

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިންޑިއާ ގެ ކުންފުންޏެއް ކަމަށްވާ ކަލްޕަތާރޫ ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑް، ކޭޕީއައިއެލް އާއި ހަވާލުކޮށްގެން ތަރައްގީކޮށްފައިވާ މި ފްލެޓް ތަކުގެ ތަޅުދަނޑި ރައީސް މުއިއްޒުގެ ސަރުކާރުން ފްލެޓް ލިބުނު ފަރާތްތަކާއި ހަވާލު ކުރަން ފެށީ ލޯކަލް ކައުންސިލް އިންތިހާބަށް ބޯމަތިވުމުންނެވެ. ނަމަވެސް ސަރުކާރަށް ދެ އަހަރު ވީފަހުން މި ފްލެޓްތައް ހަވާލުކުރަން ފެށިއިރު ވެސް ފްލެޓްތަކުގެ ކަންކަން ފުރިހަމަ ނުވުމުގެ ގިނަ ޝަކުވާތަކެއް އާއްމުން ދަނީ ކުރަމުންނެވެ. 

Advertisement - newsAdvertisement

އަމާން އުދަރެސް 10 ވަނަ ޓަވަރުން ފްލެޓް ލިބުނު ފަރާތެއް ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން ބުނީ، ފްލެޓްގެ ތަޅުދަނޑި އާއި ހަވާލުވާން ދިޔުމުން އެފްޑީސީ އިން ބުނީ އަދި ފްލެޓަށް ފެނުގެ ހިދުމަތް ނުލިބޭނެ ކަމަށެވެ. ތަޅުދަނޑި އާއި މިހާރު ހަވާލުވިޔަސް ނުވަތަ ފެނުގެ މައްސަލަ ހައްލުވުމުން ހަވާލުވިޔަސް އެންމެ ރަނގަޅުކަމަށް އެފްޑީސީ އިން ބުނި ކަމަށް އޭނާ މައުލޫމާތު ދީފައިވެ އެވެ. އަދި މި ސަރުކާރުން ފްލެޓް ތަކާ ގުޅޭ ގޮތުން ކަން ކޮށްފައި ވާގޮތުން، ސަރުކާރަށް ދެން އިތުރަށް ކުރާނެ އިތުބާރެއްް ނެތުމާއެކު ފަހުން ތަޅުދަނޑި ނުލިބިދާނެތީ ފެނުގެ ހިދުމަތް ނުލިބުނަސް ފްލެޓްގެ ތަޅުދަނޑި އާއި ހަވާލުވީ ކަމަށް އޭނާ ބުންޔެވެ. 

 އެމީހުން (އެފްޑީސީ) އިން ފެނާ ކަރަންޓާ ވެސް ގުޅާ ނިމިއްޖެއޭ ބުނެ، ތަޅުދަނޑި ބަލާ އަންނަން މެސެޖު ކުރީމަ މި ދިޔައީ. ދިޔައިމަ ތަޅުދަނޑި ދިއްކޮށްލަމުން މި ބުނަނީ އަދި ތި ފްލެޓް އަށް ފެނެއް ނުލިބޭނެ އޭ. އެހެން ވީމާ މިހާރު ނޫނީ ފަހުން ތަޅުދަނޑި އާ ހަވާލުވިޔަސް އޯކޭ އޭ. ދެން އަޅުގަނޑު ހިތައް އެރީ މިކަމުގަ ދެން ކުރާނެ ކަމެއް ނެތޭ. ފެން ނުލިބުނަސް އަވަހަށް ތަނަށް ވަަންނާނީ އޭ އެމީހުން ބުނި ގޮތަކަށް އެއްބަސް ވެގެން. ފަހުން ތަޅުދަނޑި ނަގަން މަޑުކޮށްފިއްޔާ އަނެއްކާ މިހާ ހާލުން ލިބުނު ފްލެޓް ގަނޑުވެސް ނުލިބިދާނެއޭ. މި ވީހާ ތަނަށް މި ފްލެޓް ތަކުގެ ކަންތަކުގަ މުއިއްޒު ނެތް ދެ އިރަކު އެއް ލަވަ އެއް ކިޔާފަ އެއް
"އަމާން އުދަރެސް" 10 ވަނަ ޓަވަރުން ފްލެޓް ލިބުނު ފަރާތެއް

މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ޖަނަވަރީ މަހުގެ 3 ވަނަ ދުވަހު ބުނެފައިވަނީ، ގެދޮރުވެރިޔާ މަޝްރޫއުގެ ތެރެއިން ގާއިމްކުރި 4000 ފްލެޓުގައި ފެނާއި ނަރުދަމާގެ ހިދުމަތް މިހާރު ގާއިމްކޮށް ނިންމައިފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ރާއްޖެ އެމްވީ އިން އެފްޑީސީ އަށް ގުޅާލުމުން، އެފްޑީސީ އިން ބުނީ އަމާން އުދަރެސް ގެ ހުރިހާ ޓަވަރަކަށް މިހާރު ފެން ލިބޭނެ ކަމުގަ އެވެ. 

ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް ތަޅުދަނޑި ލިބުނު ގިނަ ފަރާތްތަކުން ދަނީ ފްލެޓް ތަކާއި ގުޅޭ މި ނޫން ވެސް ގިނަ ޝަކުވާތަކެއް ކުރަމުންނެވެ. ޝެޑިއުލްކުރާ ދުވަހު ފްލެޓްގެ ތަޅުދަނޑި ހަވާލު ނުކުރުމާއި، ފްލެޓްގެ ބައެއް ކަންކަން ފުރިހަމަ ނުވެ ހުންނައިރު ވެސް، އެކަންކަން ފުރިހަމަ ވެފައި ވާކަމަށް އެއްބަސްވެ ފްލެޓް ގެ ޗެކްލިސްޓް ގައި، ފްލެޓްތަކުުގެ ވެރިފަރާއްތައް ސޮއިކުރަން އެފްޑީސީ އިން ބާރު އެޅުމުގެ ޝަކުވާތައް ވެސް ހިމެނެ އެވެ. މީގެ އިތުރުން ފްލެޓް އާ ހަވާލުވާ އިރު އާދަޔާ ހިލާފު ބޮޑެތި އަދަދުތައް ފެން އަދި ކަރަންޓް މީޓަރުން ހިނގާފައި ވުމުގެ ޝަކުވާތައް ވެސް ފްލެޓް ލިބުނު ފަރާތްތަކުން ކުރެ އެވެ. އަދި ބައެއް ފްލެޓްތަކުން ފެން ލީކު ވުމުގެ މައްސަލަ ފާހަގަވުމުން ބައެއް ފަރާތްތަކުން ތަޅުދަނޑި އާއި ހަވާލު ވާން ދެކޮޅު ހެދުމުން،  އެތައް ދުވަހެއް ވީ އިރުވެސް އެކަން ހައްލުކޮށް ތަޅުދަނޑި އާއި ހަވާލުވާން ދާނެ ދުވަހެއް އެފްޑީސީ އިން ނާންގާ ކަމަށްވެސް ގިނަ ފަރާތްތަކުން ބުނެ އެވެ.

 

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ނިންމާފައިވާ ގެދޮރުވެރިޔާ ފްލެޓުތައް ދެ އަހަރަށް ވުރެ ގިނަ ދުވަހު ދޫނުކޮށް މި ސަރުކާރުން ވަނީ ހިފަހައްޓާފަ އެވެ. ގިނަ ބައެއްގެ ފާޑު ކިޔުމާއި އަދި ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކާ ގުޅިގެން ފްލެޓުތައް ދޫކުރުމުގެ މަސަައްކަތް ފެށި ނަމަވެސް ފްލެޓުތައް ހަވާލު ކޮށް ނިންމަން ކަނޑައެޅި އެއްވެސް ތާރީޚަކަށް ފްލެޓުތައް ހަވާލު ކޮށް ނިމިފައިނުވެ އެވެ. އެންމެފަހުން ސަރުކާރުން ބުނެފައިވަނީ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ހުރިހާ ފްލެޓެއްގެ ތަޅުގަނޑި ހަވާލު ކުރާނެ ކަމަށެވެ. ނަމަވެސް މިކަން ވެސް ކުރެވޭނެ ކަމާމެދު ގިނަ ބަޔަކު މިހާރު ދަނީ ސުވާލު އުފައްދަމުންނެވެ. 

އަމާން އުދަރެސްފަހި ދިރިއުޅުން ކޯޕަރޭޝަންމާލޭ ވޯޓަރ އެންޑް ސަވަރޭޖް ކުންފުނިގެދޮރުވެރިޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

ގޮދޮރުވެރިޔާގެ ފްލެޓުތަކަށް އެފްޑީސީން ދައްކަންޖެހޭ ބިލުގެ ފައިސާ ނުދައްކާތީ ފެނާއި ކަރަންޓުގެ ޚިދުމަތް ކަނޑަނީ

ގޮދޮރުވެރިޔާގެ ފްލެޓުތަކަށް އެފްޑީސީން ދައްކަންޖެހޭ ބިލުގެ ފައިސާ ނުދައްކާތީ ފެނާއި ކަރަންޓުގެ ޚިދުމަތް ކަނޑަނީ

04 ޖެނުއަރީ 2026
ފްލެޓްތައް އަތުލަނީ ހިތު ހުރި ގޮތަކަށް! ދައުލަތުން ވީ އެއްބަސްވުމެއްގެ އަގެއް ނެތް؟

ފްލެޓްތައް އަތުލަނީ ހިތު ހުރި ގޮތަކަށް! ދައުލަތުން ވީ އެއްބަސްވުމެއްގެ އަގެއް ނެތް؟

20 ޑިސެމްބަރު 2025
 އެފްޑީސީ ފްލެޓް ތަކަށް ރައީސް މުއިއްޒު ފުރަތަމަ އެންގެވި ގޮތަށް ދެއްކި ޑިޕޮސިޓް ފައިސާ ކުލިން އުނި ކުރަނީ

އެފްޑީސީ ފްލެޓް ތަކަށް ރައީސް މުއިއްޒު ފުރަތަމަ އެންގެވި ގޮތަށް ދެއްކި ޑިޕޮސިޓް ފައިސާ ކުލިން އުނި ކުރަނީ

20 ޑިސެމްބަރު 2025
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެމްޑީޕީ ސަރުކާރުން ފުލެޓުތަކަށް ހަމަޖެއްސި އަގުތައް ރައީސް މުއިއްޒު އަމިއްލަފުޅަށް ބޮޑު ކުރައްވައި އަމިއްލަފުޅަށް ކުޑަ ކުރައްވައިފި

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެމްޑީޕީ ސަރުކާރުން ފުލެޓުތަކަށް ހަމަޖެއްސި އަގުތައް ރައީސް މުއިއްޒު އަމިއްލަފުޅަށް ބޮޑު ކުރައްވައި އަމިއްލަފުޅަށް ކުޑަ ކުރައްވައިފި

19 ޑިސެމްބަރު 2025
ރައީސް މުއިއްޒު ބޮޑު ކުރި ގެދޮރުވެރިޔާ ފުލެޓުގެ ކުއްޔާއި، ނަގަން ނިންމި އެޑްވާންސަށް ބަދަލު ގެންނާނެ ކަމަށް ވިދާޅުވެއްޖެ، ކުލި ކުޑަވާނެ ދުވަހެއް ވިދާޅެއް ނުވޭ

ރައީސް މުއިއްޒު ބޮޑު ކުރި ގެދޮރުވެރިޔާ ފުލެޓުގެ ކުއްޔާއި، ނަގަން ނިންމި އެޑްވާންސަށް ބަދަލު ގެންނާނެ ކަމަށް ވިދާޅުވެއްޖެ، ކުލި ކުޑަވާނެ ދުވަހެއް ވިދާޅެއް ނުވޭ

19 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު