Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޯހިޔާވަހިކަން

ސަރުކާރުން ދަނީ ފްލެޓަށް ވައްދާ ކޮންމެ މީހެއްގެ ވޯޓު ކަށަވަރު ކުރަން މަސައްކަތް ކުރަމުން: އަމްރު

އަމްރު ވިދާޅުވީ ސަރުކާރުން ބޯހިޔާވަހިކަމުގެ ކަންކަން ހަމަޖައްސަނީ ސިޔާސީގޮތުން ވޯޓު ކަށަވަރުކުރުމަށް ކަމަށް. ރަސްމާލެފަދަ ބޮޑެތި މަޝްރޫޢުތައް ހިންގި ނަމަވެސް މައްސަލައަށް މިހާރުން މިހާރަށް ޙައްލެއް ނުލިބޭނެ ކަމަށާއި މި 5 އަހަރު ނިމޭއިރު ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 1 ޖެނުއަރީ 2026 | ބުރާސްފަތި 05:06
އެސްޓީއޯ ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު

އެސްޓީއޯ ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު

4000 ފުލެޓަށް މީހުން ވައްދާ ނުނިމިގެން އުޅެނީ މި ސަރުކާރަށް ވޯޓު ކަށަވަރު ނުވާތީ ކަމަށާއި، ފުލެޓްތަކަށް ވައްދާ ކޮންމެ މީހެއް ނޯޓް ކޮށް ވޯޓު ކަށަވަރު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ މި ސަރުކާރުން ދެއިރު ދެ ދަޅައަށް ސިޔާސަތުތައް ބަދަލުވާ ކަމަށާއި، ޕްރެސް ކޮންފަރެންސްތައް ބާއްވާ ކަމަށެވެ. އެކަމަކު ޙަޤީޤީ މާނައިގައި ބޯހިޔާވަހިކަމުގެ އެންމެ މަޝްރޫޢެއް ވެސް އަދި މިހާތަނަށް މި ސަރުކާރަށް ނުހިންގޭ ކަމަށެވެ. އޭނާ ވިދާޅުވީ ޙަޤީޤީ މާނައިގެ އެންމެ ޢާއިލާއަކަށް ވެސް ބޯހިޔާވަހިކަމެއް އަދި ހޯދައެއް ނުދެވުނު އިރު، ސަރުކާރުން ބޭނުންވާ އެހެން ކަންކަން ކުރާ ތަން ފެންނަ ކަމަށެވެ. 

Advertisement - newsAdvertisement

އެގޮތުން ރަސްމާލެ ކިޔާ ބޮޑުސިންގާ ތަނެއް ހިއްކަމުންދާ ކަމަށާއި، އެކަމަކު އެތަނަކަށް އަދި މި ފަސް އަހަރު ވެސް އަދި މި އަންނަ ފަސް އަހަރު ވެސް މީހަކަށް ގޮސް އާބާދުވެ އެތަނުގައި ދިރިއުޅެން ނުފަށޭނެ ކަމަށް އަމްރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޖެހިގެން މިއުޅެނީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި، އެއީ ރަނގަޅަށް ޕްލޭން ނުކުރެވޭތީ ދިމާވެގެން އުޅޭ މައްސަލަ އެއް ކަމަށް އަމްރު ވިދާޅުވި އެވެ. 

ދެން މިހާރުން މިހާރަށް ބޯހިޔާވަހިކަމެއް ނުވަތަ ވަންނާނެ ތަނެއް ނެތިފައި ތިބި ނުވަތަ ކުދިން އިންތިހާއަށް ބޮޑުވެގެން ހަދާނެ ގޮތެއް ނެތިގެން ދެކޮޅުނުޖެހިގެން އުޅޭ ބައިވަރު މިހެން އެބައުޅޭ. އެ މައްސަލަތަކަށް މިހާރުން މިހާރަށް ޙައްލު ހޯދައިދޭން މި ޖެހެނީ. އެހެންވީމާ، އަދި ބޮޑުސިންގާ ތަނެއްގައި ގުޅީ ކައިރީގައި އަދި ހިއްކިޔަސް މި މައްސަލައަކަށް ޙައްލެއް ނުލިބޭނެ. އެހެންވީމާ، އަސްލު މައްސަލައެއް ޙައްލު ހޯދައިދެވޭނީ އަސްލު ރައްޔިތުންގެ ކޮންސަރންތަކަށް ޙަޤީޤަތުގައި ވިސްނައިގެން. އެކަމަކު އަޅުގަނޑަށް ފެންނަނީ މި ސަރުކާރުގައި ބޯހިޔާވަހިކަމޭ ބުނާ ކޮންމެ ފަހަރަކު މި ސަރުކާރަށް ފެންނަނީ ވޯޓެއްގެ ގޮތުގައި. ބޯހިޔާވަހިކަން މި ކަށަވަރު މި ކޮށްދެނީ ވޯޓެއް ކަށަވަރުވީމަ. އެހެންވީމާ، އެއްކަލަ 4000 ވަނީ ނަލަ ހަދައި ނިމިފަ. މީހުންނަށް ދީފައި ހުރި ތަންތަން އަދިވެސް އެ އުޅެނީ މީހުން ނުވެއްދިގެން. އެއީ، ނޯޓުކުރަން އެބަޖެހޭ މީނާ އެ ތަނަށް ވައްދައިފިއްޔާ މީނާގެ ވޯޓު ކަށަވަރުވޭތޯ. އެކަން ނުވާހާ ހިނދަކު މި ސަރުކާރުން އެންމެ މީހަކަށްވެސް ބޯހިޔާވަހިކަމެއް ނުދޭނެ.
އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު 

އަމްރު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ ޙައްލުނުވާވަރުގެ މައްސަލައެއް ނޫން ކަމަށެވެ. އަދި މި މައްސަލަ ޙަޤީޤަތުގައި ޙައްލުނުވެގެން އުޅެނީ ސިޔާސަތުތައް ބަދަލުވާތީ ކަމަށާއި، ސިޔާސަތުތައް ބަދަލުވަނީ ސިޔާސީގޮތުން ވިސްނާތީ ކަމަށް އޭނާ ވިދާޅުވި އެވެ. 

އަމްރު ވިދާޅުވީ ރައްޔިތުން އުޅޭ ހާލާ މެދު، ނޫނީ ރައްޔިތުން އެ ބޭނުންވާ ކަންކަމާ މެދު ސަރުކާރުން ވިސްނާނުލާ ކަމަށެވެ. 4000 ފްލެޓު ދީ ނިންމިޔަސް، 60،000 ޢާއިލާއަކަށް ބޯހިޔާވަހިކަން ދީ މައްސަލަ ހައްލުކުރަން އަދިވެސް ޖެހޭ ކަމަށެވެ. ނަމަވެސް އެވަރު މި ސަރުކާރަށް ނުވާ ކަމަށާއި، އަހަރު ވެގެންދާ އިރު ވެސް އެކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށެވެ.

އަމްރު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން މި ސަރުކާރުގެ ޕްލޭނެއް ނެތް ކަމަށެވެ. އަދި 2 އަހަރު ދިޔަ އިރު އައު ޕްލޭނެއް ނުވަތަ މިހާރުން މިހާރަށް ބޯހިޔާވަހިކަން ޙައްލުކޮށްދޭނެ ޕްލޭނެއް، އަދި ކުރިއަށް އޮތް 3 އަހަރު ކުރާނެ ކަމެއް ވެސް ހަދާނެ ގޮތެއް ވެސް މި ސަރުކާރަކަށް ނޭނގޭ ކަމަށެވެ. އޭނާ ވިދާޅުވީ މި 5 އަހަރު ނިމޭއިރުގައި ބޯހިޔާވަހިކަމުގެ އެއްވެސް ކަމަކަށް ޙައްލެއް ނުލިބޭނެ ކަމަށެވެ. 

ހުސެއިން އަމްރުބޯހިޔާވަހިކަންގެދޮރުވެރިޔާ ސްކީމްރަސްމާލެ މަޝްރޫއު

ކޮމެންޓް

އިތުރަށް ކިޔާލަން

ބ. ތުޅާދޫ 100 ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ އުސޫލަށް ބައެއް ބަދަލު ގެނެސް، ޖެނުއަރީ 11 ގައި ކުރިމަތިލާން ހުޅުވާލަނީ

ބ. ތުޅާދޫ 100 ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ އުސޫލަށް ބައެއް ބަދަލު ގެނެސް، ޖެނުއަރީ 11 ގައި ކުރިމަތިލާން ހުޅުވާލަނީ

31 ޑިސެމްބަރު 2025
ބޯހިޔާވަހިކަމަށް ޚާއްސަ ކުރި 2025 އަހަރު ރައްޔިތުންނަށް ޔަގީން ވެގެންދިޔައީ ލިބުނު ބޯހިޔާވަހިކަން ވެސް ލޫޓުވާލިކަން!

ބޯހިޔާވަހިކަމަށް ޚާއްސަ ކުރި 2025 އަހަރު ރައްޔިތުންނަށް ޔަގީން ވެގެންދިޔައީ ލިބުނު ބޯހިޔާވަހިކަން ވެސް ލޫޓުވާލިކަން!

29 ޑިސެމްބަރު 2025
ބޯހިޔާވަހި ކަމަށް ޚާއްސަ ކުރި އަހަރު، ބަޖެޓުން އެއްވެސް ރައްޔިތަކަށް ބޯހިޔާވަހިކަން ލިބިފައިވޭތޯ ރައްޔިތުން ބަލަން ޖެހޭ: އެމްޑީޕީ

ބޯހިޔާވަހި ކަމަށް ޚާއްސަ ކުރި އަހަރު، ބަޖެޓުން އެއްވެސް ރައްޔިތަކަށް ބޯހިޔާވަހިކަން ލިބިފައިވޭތޯ ރައްޔިތުން ބަލަން ޖެހޭ: އެމްޑީޕީ

29 ޑިސެމްބަރު 2025
ފުށިދިއްގަރު ފަޅު ހިއްކަމުންދާއިރު ކައިރީގައިވާ ފަރުތަކަށް ދަނީ ބޮޑެތި ގެއްލުން ވަމުން: ރައީސް ނަޝީދު

ފުށިދިއްގަރު ފަޅު ހިއްކަމުންދާއިރު ކައިރީގައިވާ ފަރުތަކަށް ދަނީ ބޮޑެތި ގެއްލުން ވަމުން: ރައީސް ނަޝީދު

25 ޑިސެމްބަރު 2025
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެމްޑީޕީ ސަރުކާރުން ފުލެޓުތަކަށް ހަމަޖެއްސި އަގުތައް ރައީސް މުއިއްޒު އަމިއްލަފުޅަށް ބޮޑު ކުރައްވައި އަމިއްލަފުޅަށް ކުޑަ ކުރައްވައިފި

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެމްޑީޕީ ސަރުކާރުން ފުލެޓުތަކަށް ހަމަޖެއްސި އަގުތައް ރައީސް މުއިއްޒު އަމިއްލަފުޅަށް ބޮޑު ކުރައްވައި އަމިއްލަފުޅަށް ކުޑަ ކުރައްވައިފި

19 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު