Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް

ކުރީ ސަރުކާރުން އާންމު ކުރި ފުލެޓު ލިބޭ މީހުން ގެ ލިސްޓް އިން އުނި ކުރި މީހުންގެ އަދަދު ހާމައެއް ނުކުރި!

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ކުރީ ސަރުކާރުން ނެރުނު ދެވަނަ ބުރުގެ ފުލެޓު ލިސްޓަށް ކޮންސިޑަރ ނުކުރާނެ ކަމަށާއި އެ ލިސްޓުން 400 އަށްވުރެ ގިނަ މީހުން ކެންސަލް ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ރައްޔިތުންނާ ގާތުން ބޭއްވި ބައްދަލުވުމުގައި އާންމުން ބުނީ ފުލެޓު ނުލިބޭ ސަބަބު ނުބުނެ އިތުރު ފުރުސަތެއް ވެސް ދީފައި ނުވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ކެންސަލް ކުރި ހުރިހާ ފަރާތްތަކަށް ވެސް ފުރުސަތު ދީފައިވާނެ ކަމަށެވެ.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2025 | އާދީއްތަ 10:40
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެ ސަރުކާރުން އާންމު ކުރި ފުލެޓު ލިބޭ މީހުންގެ ލިސްޓް އިން މިސަރުކާރުން އުނި ކުރި މީހުންގެ  އަދަދު އެނގިވަޑައިނުގަންނަވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ، ކުރީ ސަރުކާރުން ނެރުނު ދެވަނަ ބުރުގެ ފުލެޓު ލިސްޓުގައި ފުލެޓު ލިބޭ މީހުން ގެ ލިސްޓް އަށް އެއްވެސް ވަރަކަށް ކޮންސިޑަރ ނުކުރާނެ ކަމަށެވެ. އަދި ފުލެޓު ލިބޭނެ ކަމަށް ލިސްޓު ގައި ވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަ ނުވާ ފަރާތްތައް އުނި ކޮށްފައިވާނެ ކަމަށާއި އެ ފަރާތްތަށް އެއްބުރުން އުނި ކުރުމުގެ ބަދަލުގައި ކަންކަން ޕުރޫފް ކޮށްދޭން ފުރުސަތު ދީފައިވާނެ ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ. 

Advertisement - newsAdvertisement
އަޅުގަނޑުމެން މިހާރު މިސަރުކާރުން އިންސާފުވެރިކަމާއެކު ހަމަހަމަކަމާއެކު ގެންދަން އުސޫލެއް ޕޮލިސީއެއް އިއުލާން ކޮށް ކަނޑައަޅައި އުސޫލެއް އިުލާން ކޮށްގެން މި ކުރިއަށް ގެންދަނީ އެހެންވީމަ އަޅުގަނޑުމެން މިސަރުކާރުން އަޅަ ފުލެޓު ތައް ދޭނީ އުސޫލުގެ ތެރއިން އެޕްލައި ކުރާ ފަރާތްތަކަށް. އެހެންވިމަ އަޅުގަނޑުމެން އެއްވެސް ވަރަކަށް ތިވިދާޅުވާ ދެނަވަ ބުރުގަ އެ ނެރެފައި އޮތް ލިސްޓަކަށް އެއްވެސް ވަރަކަށް ކޮންސިޑަރ ނުކުރާނެ ވާހަކަ ދަންނަވާލަން
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް 

ފުލެޓު ލިބޭ މީހުން ގެ ލިސްޓުން އުނި ކުރި މީހުންގެ އަދަދު ހާމަ ނުކުރުމުން ދެވަނަ ފަހަރަށް އެ ސުވާލު ތަކުރާރުކުރުމުން މިނިސްޓަރު ވިދާޅުވީ ފުލެޓު ކެންސަލް ކުރި މީހުންގެ ލިސްޓު 400 އިން މަތި ވާނެ ކަމަށާއި އަދިވެސް ރިވިއުގަ ބައިވަރު މީހުން އެބަތިބި ކަމަށެވެ. އަދި އެއްވެސް ފަރާތަކަށް ފުރުސަތު ނުދީ ކެންސަލް ކޮށްފައި ނުވާނެ ކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ކެންސަލް ކުރި ހުރިހާ ފަރާތްތަކަށް ވެސް ފުރުސަތު ދީފައިވާނެ ކަމަށެވެ. 

އެހެން ނަމަވެސް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރައްޔިތުންނާއި ގާތުން ނަމުގައި ބޭއްވި ބައްދަލުވުން ތަކުގައި އާންމުންގެ ފަރާތުން އިވުނު އެންމެ ބޮޑެތި ޝަކުވާތަކު ގެ ތެރޭގައި ފުލެޓު ނުލިބޭކަމުގެ ސިޓީ ހައުސިންގ މިނިސްޓްރީ އިން ފޮނުވާފައިވާ ވަހަކަ ހިއްސާ ކޮށްފައިވެ އެވެ. އެގޮތުން އެފަރާތްތަކުން ބުނީ އެ ސިޓީ ތަކުގައި ފުލެޓު ނުލިބޭ ސަބަބު ބުނެދީފައެއް ނުވެ އެވެ. އަދި އެފަރާތްތަކަށް އިތުރު ފުރުސަތެއް ވެސް ދީފައި ނުވާ ކަމަށް އެ ބައްދަލުވުންތަކުގައި އާންމުން އައީ ބުނަމުންނެވެ. 

އޭގެ އިތުުރުން އެ ލިސްޓު އަލުން ރިވިއު ކޮށްދިނުމަށް ވެސް ރައްޔިތުންގެ ބައްދަލުވުމުގައި ވަނީ އެދިފަ އެވެ. އެހެން ނަމަވެސް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އެއްވެސް ވަރަކަށް އެލިސްޓް ކޮންސިޑަރ ނުކުރައްވާނެ ކަމަށެވެ. 

ޑރ. އަބްދުﷲ މުއުޠްޠަލިބުހައުސިންގް މިނިސްޓްރީފުލެޓް ލިސްޓްރައީސް ޑރ. މުހައްމަދު މުއިއްޒުކޮންސްޓްރަކްޝަން މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރިޔަށް އޮތް 2 އަހަރު ދުވަހަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ 2 އަހަރު: ރައީސް

ކުރިޔަށް އޮތް 2 އަހަރު ދުވަހަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ 2 އަހަރު: ރައީސް

28 ޑިސެމްބަރު 2025
ގޮނޑުދޮށުން ވައި ބަދަލުވާ އުސޫލުން ރައީސް މުއިއްޒުގެ ސިޔާސަތުތައް ދަނީ ބަދަލުވަމުން: އަހުމަދު އީސާ

ގޮނޑުދޮށުން ވައި ބަދަލުވާ އުސޫލުން ރައީސް މުއިއްޒުގެ ސިޔާސަތުތައް ދަނީ ބަދަލުވަމުން: އަހުމަދު އީސާ

28 ޑިސެމްބަރު 2025
24 ގަޑި އިރު ނުވަނީސް ސިޔާސަތު އުނބަށް! އެކަނިވެރި މައިންގެ އިހުސާސްތައް ސަރުކާރަށް ވަނީ ޖޯކަކަށް؟

24 ގަޑި އިރު ނުވަނީސް ސިޔާސަތު އުނބަށް! އެކަނިވެރި މައިންގެ އިހުސާސްތައް ސަރުކާރަށް ވަނީ ޖޯކަކަށް؟

27 ޑިސެމްބަރު 2025
''ދަރުމަވަންތަ މަނަވަރު'' ގެނައުމުގައި އަޑި ނޭނގޭ ޑީލެއް އޮންނާނެ، މި މައްސަލާގައި ރައީސް މުއިއްޒަށް ދައުވާ އުފުލޭ ދުވަސް އަންނާނެ: ވަކީލް ނިޝާން

''ދަރުމަވަންތަ މަނަވަރު'' ގެނައުމުގައި އަޑި ނޭނގޭ ޑީލެއް އޮންނާނެ، މި މައްސަލާގައި ރައީސް މުއިއްޒަށް ދައުވާ އުފުލޭ ދުވަސް އަންނާނެ: ވަކީލް ނިޝާން

27 ޑިސެމްބަރު 2025
ބައިނަލްއަޤްވާމީ މުޖްތަމައު އާއި އެކުވެރި ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތުމުގެ ފައިދާ އަކީ ސުނާމީ ކާރިސާއިން ލިބުނު ޢިބްރަތެއް: ރައީސް މުޢިއްޒު

ބައިނަލްއަޤްވާމީ މުޖްތަމައު އާއި އެކުވެރި ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތުމުގެ ފައިދާ އަކީ ސުނާމީ ކާރިސާއިން ލިބުނު ޢިބްރަތެއް: ރައީސް މުޢިއްޒު

26 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު