Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުޅުމާލެ

ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރަން ހުއްދަ ދިނަސް، ތިރީ 2 ފުލޯ ދިރިއުޅެން ބޭނުން ނުކުރެވޭނެ: ރައީސް މުއިއްޒު

ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދިނުމަކީ ރައީސް މުއިއްޒުގެ ވައުދެއް. އަދި އެ ހުއްދަ ދޭ އިރު 10 ބުރިއަށް އިމާރާތް ކުރާ ނަމަ ގްރައުންޑް ފްލޯ ޕާކިން އަށް އަދި ފުރަތަމަ ފްލޯ ކޮމާޝަލް ބޭނުމަށް ކަނޑައަޅަންޖެހޭ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2025 | އާދީއްތަ 17:40
ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުމާލޭ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުމާލޭ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ

ހުޅުމާލޭގައި އަމިއްލަ ބިމުގައި 10 ބުރިއަށް އިމާރާތް ކުރަން ހުއްދަ ދެއްވާނެ ކަމަށާއި، ނަމަވެސް ގްރައުންޑް ފްލޯ ޕާކިން އަށް މަޖުބޫރުކޮށް ފުރަތަމަ ފްލޯ ކޮމާޝަން ބޭނުމަށް ބޭނުން ކުރަންޖެހޭ ގޮތަށް މަޖުބޫރު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ހުޅުމާލޭގެ ފޭސް 1 ގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ރައީސް ވިދާޅުވީ ހުޅުމާލެ ފޭސް 1 އަދި ހުޅުމާލެ ފޭސް 2 ގައި ވެސް ދޫކޮށްފައިވާ ގޯތިތައް އިމާރާތް ކުރެވޭ އުސްމިން އެމަނިކުފާނު ވައުދުވެފައިވާ ގޮތަށް 10 ބުރިއަށް ނެގޭ ގޮތަށް ބަދަލު ކޮށްދެއްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ މައްސަލަތަކެއް އެބަހުރި ކަމަށާއި، އޭގެ ތެރެއިން ޕާކިން މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. ރައީސް ވިދާޅުވީ 10 ބުރިއަށް ނަގާކަމުގައިވާނަމަ އެންމެ ތިރީ ފްލޯގައި ޕާކިން އެއީ މަޖުބޫރު ކަމެއް ކަމަށެވެ. 

Advertisement - newsAdvertisement
ތިރީ ފުލޯގައި އެގޭގެ މީހުންނަށް ޕާކިން މަޖުބޫރުވާނެ. އަދި 1 ފްލޯ ނޮން-ރެސިޑެންޝަން ބޭނުމަށް މަޖުބޫރު ކުރާނަން. އެއީ ކޮމާޝަލް ވިޔަސް، ދިރިއުޅުން ނޫން އެހެން ބޭނުމަކަށް، އާމްދަނީ ހޯދުމަށް ވިޔަސް އެހެން ބޭނުމަކަށް ވިޔަސް އެ ފްލޯ ކަނޑައަޅަންޖެހޭނެ. މާނައަކީ ބާކީ ދެ ފްލޯ ދިރިއުޅުމަށް ނުވަތަ އެހެން ބަޔަކަށް ވެސް ކުއްޔަށް ދެވިދާނެ. އެހެންވީމާ 4 ފްލޯ ލިބޭ އިރުގައި އޭގެ ތެރެއިން 1 ފުލޯ އަކީ، ގްރައުންޑް ފްލޯ ކަނޑައަޅަން ޖެހޭނީ އެގޭގެ ބޭނުމަށް ޕާކިން އަށް. ދެން އެގޭގެ އެއް ފްލޯ އާމްދަނީ ހޯދަން، ނޮން-ރެސިޑެންޝަލް ޔޫސްއަކަށް ކަނޑައަޅަން. ދެން ބާކީ ދެ ފުލޯ ރެސިޑެންޝަލް ޔޫސް އަށް  ބޭނުން ކުރެވިދާނެ. އެހެންވީމާ 10 ފުލޯއަށް ނެގޭ ގޮތަށް ގަވާއިދަށް ގެންނަންޖެހޭ ބަދަލު ގެނެސް ދެ ފިޔަވަހީގެ ރައްޔިތުންނަށް ވެސް ލިބިގެންދާނެ. 
ރައީސް ޑރ. މުހައްމަދު މުއިއްޒު

ހުޅުމާލޭގައި މީހުން ދިރިއުޅެން ކަނޑައަޅާފައިވާ ގޯތިތަކުގައި 7 ބުރީގެ ބަދަލުގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދޭން އެއިރުގެ އާބަންކޯ އަދި މިހާރުގެ އެޗްޑީސީ އިން ފުރަތަމަ އިއުލާން ކުރީ 17 އޮގަސްޓް 2023 ގަ އެވެ. އެޗްޑީސީ އިން އެއިރު ބުނެފައިވަނީ  މީހުން ދިރިއުޅެން ހުޅުމާލެ އިން ދޫކޮށްފައިވާ ގޯތިތަކުގައި މިހާރު 10 ބުރިއަށް (31 މީޓަރު) ގެ އުސްމިނުގައި އިމާރާތްކުރެވޭނެ ކަމަށެވެ. ނަމަވެސް 10 ބުރިއަށް އިމާރާތްކުރާ އިރު އަމަލުކުރަންޖެހޭނެ މިންގަނޑުތަކެއް ހިމެނެ އެވެ. 

ނަމަވެސް އެޗްޑީސީ އިން އެގޮތަށް ހުއްދަ ދިން ނަމަވެސް އެއިރުގެ ހައުސިންގ އެންޑް ޕްލޭނިންގ މިނިސްޓްރީ އިން އެޗްޑީސީގެ އެ ނިންމުމަށް އަމަލުކޮށްފައި ނުވެ އެވެ. އަދި ޕްލޭނިންގ ގަވާއިދަށް ވެސް ބަދަލެއް ގެނެސްފައި ނުވެ އެވެ. ޕްލޭނިންގ ގަވާއިދަށް ބަދަލެއް ގެންނަ ނަމަ މިނިސްޓްރީން އެކަން ބަަލައިގަނެ ގަވާއިދަށް އިސްލާހު ގެންނަން ޖެހެ އެވެ. 

އެއިރުގެ ހައުސިންގ މިނިސްޓްރީ އިން އެކަމަށް ދެކޮޅު ހެދީ 10 ބުރިއަށް އިމާރާތް ކޮށްފި ނަމަ ހުޅުމާލެ ތޮއްޖެހުމާއި ދިރިއުޅޭ މީހުންނަށް ގިނަ ދަތިތަކަކީ ކުރިމަތިލާންޖެހޭނެތީ އެވެ. ކުރީގެ ހައުސިންގ މިނިސްޓަރު އަސްލަމް ވިދާޅުވެފައިވަނީ ހުޅުމާލެއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ އިންވެގެން އޮންނަ ތަނަކަށް ވާތީ، މަތިންދާބޯޓުތަކަށް ދަތިތަކާއި ކުރިމަތިވުމާއި މުޅި ހުޅުމާލޭގައި އުސްކޮށް އިމާރާތްކުރަން ހުއްދަ ދީފި ނަމަ، އެއާޕޯޓް ބޭނުން ނުކުރެވިދާނެ ހާލަތަށް ދިއުން ވެސް އެކަށީގެންވާ ކަމަށެވެ. 

ހުޅުމާލޭގައި އަމިއްލަ ބިމުގައި 10 ބުރިއަށް އިމާރާތް ކުރަން ހުއްދަ ދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް ނަމަވެސް އެޗްޑީސީގެ ފުރަތަމަ މެނޭޖިންގ ޑިރެކްޓަރަކަށް ހުންނެވި ފަޒުލް  ރަޝީދު ކުރިން ވިދާޅުވެފައިވަނީ 10 ބުރިއަށް އިމާރާތްކުރުމުގެ ހުއްދަ ދެވޭނީ އެސެސްމަންޓްތައް ނިމުމުން ކަމަށެވެ. އަދި ހުޅުމާލޭގެ ފޭސް އެކަަކާއި ދޭކަކީ ވަރަށް ޕްލޭންޑް ސިޓީއެއް ކަމަށާއި، ބިންވެރިޔާ ސްކީމްގެ ދަށުން ބިންތައް ދޫކުރެވި ފެނާއި ނަރުދަމާވެސް އެޅިގެންދާއިރު ގޮންޖެހުންތަކެއް ވެސް އަތުވެދާނެ ކަމަށް ފަޒުލް ވިދާޅުވި އެވެ. މިހާތަނަށް ވެސް އެ އެސެސްމަންޓު ނިމިފައިވާ ކަމަށް އެޗްޑީސީ އިން ބުނެފައި ނުވެ އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުއެޗްޑީސީހައުސިންގް މިނިސްޓްރީހުޅުމާލެ

ކޮމެންޓް

އިތުރަށް ކިޔާލަން

ޤައުމެއް ކުރިއަރައި ދިޔުމަށް އެ ޤައުމެއްގެ ބަޔަކީ އަޚުލާޤު ރަނގަޅު ހަރުދަނާ ބަޔަކަށް ވާން ޖެހޭ : ރައީސް

ޤައުމެއް ކުރިއަރައި ދިޔުމަށް އެ ޤައުމެއްގެ ބަޔަކީ އަޚުލާޤު ރަނގަޅު ހަރުދަނާ ބަޔަކަށް ވާން ޖެހޭ : ރައީސް

21 ޑިސެމްބަރު 2025
ސާޖިދާ ފެމިލީ ކޯޓަށް ހުށަހެޅި މައްސަލަ އެމްޑީޕީ އިން ހައިކޯޓު ގައި އިސްތިއުނާފު ކޮށްފި

ސާޖިދާ ފެމިލީ ކޯޓަށް ހުށަހެޅި މައްސަލަ އެމްޑީޕީ އިން ހައިކޯޓު ގައި އިސްތިއުނާފު ކޮށްފި

21 ޑިސެމްބަރު 2025
ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާ އިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލާނަން: ރައީސް މުއިއްޒު

ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާ އިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލާނަން: ރައީސް މުއިއްޒު

21 ޑިސެމްބަރު 2025
މިސަރުކާރުން ކުމުންދޫ ގައި ފެށި އެއްވެސް ކަމެއް އެންމެ އެދެވޭ ގޮތެއްގައި ކުރިއަކަށް ނުދޭ، ސިއްހީ މަރުކަޒުގެ ބާ އިމާރާތް ތަޅަމުން ދަނީ އެމްޓީސީސީ އިން ގެންގުޅޭ މަރުތޭލަކުން: ކައުންސިލް ރައީސް އަމީން

ރައީސް މުޢިއްޒު ހުޅުމާލޭގެ ފޭސް 2ގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވެވަޑައިގެންނެވި ވައުދުތައް

ރައީސް މުޢިއްޒު ހުޅުމާލޭގެ ފޭސް 2ގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވެވަޑައިގެންނެވި ވައުދުތައް

20 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު